Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ސްވިޒަލެންޑުގައި މަޝްވަރާތައް ކުރިއަށް ދަނިކޮށް ޓްރަމްޕް ދިން އިންޒާރުގެ ސަބަބުން، މަޝްވަރާތައް ނުރައްކަލަކަށް ވެއްޓުނު: އީރާން

23 ޖޫން 2026 | އަންގާރަ 10:34

ޖެނީވާގައި ހުންނަވައި ރޮއިޓާސް ނިއުސް އެޖެންސީ އަށް ދެއްވި ބަސްދީގަތުމެއްގައި ބަހްރައިނީ ވިދާޅުވީ، ޓްރަމްޕްގެ ބަހުގެ ހަމަލާ ތަކުގެ ސަބަބުން ސްވިޒަލެންޑުގައި ކުރިއަށް ދިޔަ މަޝްވަރާތައް ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ޖޫން 2026 | އަންގާރަ 10:34
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާންއާ ދެމެދު ސްވިޒަލެންޑުގައި މަޝްވަރާތައް ކުރިއަށް ދަނިކޮށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރު ތަކުގެ ސަބަބުން ބޮޑެތި ހުރަސް ތަކެއް ކުރިމަތިވި ކަމަށް އދ. އަށް ކަނޑައަޅާފައި ހުންނަވާ އީރާންގެ ސަފީރު އަލީ ބަހްރައިނީ ވިދާޅުވެއްޖެ އެވެ.

ޖެނީވާގައި ހުންނަވައި ރޮއިޓާސް ނިއުސް އެޖެންސީ އަށް ދެއްވި ބަސްދީގަތުމެއްގައި ބަހްރައިނީ ވިދާޅުވީ، ޓްރަމްޕްގެ ބަހުގެ ހަމަލާ ތަކުގެ ސަބަބުން ސްވިޒަލެންޑުގައި ކުރިއަށް ދިޔަ މަޝްވަރާތައް ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ.

Advertisement - worldAdvertisement

މިދިޔަ އާދީއްތަ ދުވަހު ސްވިޒަލެންޑުގައި މި މަޝްވަރާތައް ފެށުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ޓްރަމްޕް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އީރާން އަށް ވަރުގަދަ އިންޒާރެއް ދެއްވާފައި އެވެ.

ޓްރަމްޕްގެ "ޓްރޫތް ސޯޝަލް" އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ފަދަ އީރާން އިން ޚަރަދުކުރާ ހަނގުރާމަވެރި ޖަމާއަތް ތަކުން ހިންގާ ހަމަ ނުޖެހުންތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކޮށްފި ނަމަ، އެންމެ ފަހުން އީރާން އަށް ދިން ހަމަލާއަށް ވުރެ މާ ވަރުގަދަ ހަމަލާއެއް އެ ގައުމަށް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް އިންޒާރު ދެއްވި އެވެ.

މި އިންޒާރުތަކާ ގުޅިގެން ސަފީރު ބަހްރައިނީ ވިދާޅުވީ، އެމެރިކާ އިން ބިނާ ކުރަނިވި ގޮތެއްގައި މަޝްވަރާ ކުރުމަށް ތައްޔާރަށް އޮތްކަން ދައްކައިދޭ ނަމަ، އީރާން އިން އެމެރިކާ އާއެކު ވާހަކަ ދެއްކުމުގައި ދެމި އޮންނާނެ ކަމަށެވެ. އޭނާ އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، މަޝްވަރާ ތަކުގައި ބައިވެރިވާ ފަރާތް ތަކުން މިހާރު މަސައްކަތް ކުރަމުން ދަނީ ނިއުކްލިއާ މައްސަލައާ ގުޅޭ ވާހަކަ ތަކަށް ދިއުމުގެ ކުރިން، ދެ ގައުމުގެ ދެމެދުގައި ވެފައިވާ ފަހުމުނާމާގެ ހުރިހާ މާއްދާ ތަކަކަށް އެއްބަސްވުމަކަށް އައުމަށެވެ.

މި މަޝްވަރާ ތަކަކީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަ ކުރުމަށް ކުރިއަށް ގެންދާ މުހިންމު ބައްދަލުވުން ތަކެކެވެ. ނަމަވެސް ޓްރަމްޕްގެ ހަރުކަށި ސިޔާސަތުތަކާއި، ދެއްވަމުންދޭ އިންޒާރު ތަކުގެ ސަބަބުން، ޑިޕްލޮމެޓިކް އުސޫލުން މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތް ތަކަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވަމުންދާ ކަމަށް އީރާން އިން ގަބޫލު ކުރެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަލީ ބަހްރައިނީ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުގައި ބަހްރައިންގައި އޮންނަ އެމެރިކާގެ އަސްކަރީ ބޭސް "ސުންނާފަތިވެއްޖެ" ކަމަށް އެންމެ ފަހުން އެމެރިކާއިން އެއްބަސްވެއްޖެ

2

އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށި ދުވަހުގެ ހާމަނުކުރާ ވާހަކަތައް: އެމެރިކާގެ ހަމަލާތަކަށް ފަހު މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން އެފް-35 މަރުކާގެ ބޯޓެއްގެ މިޝަން ހުއްޓުވައި އެމެރިކާ ސިއްސުވާލި

3

އާދަޔާޚިލާފު ބާރުގަދަ "އެލް ނީނޯ" ގެ ނުރައްކާ ބޮޑުވަނީ، ވަގުތު ނަގާލެވޭކަށް ނެތް: އދ

4

ޔަމަނުގެ ހޫޘީން ހަލުއިކަމާއެކު ހޯދަމުންދާ ކުރިއެރުންތަކާއެކު މުޅި ސަރަހައްދަށް ކުއްލި ސިހުމެއް

5

އީރާނުން ބަޑިޖަހައި ވައްޓާލި އެމެރިކާގެ އަސްކަރީ ބޯޓުގައި އިން އެއާމަން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގެ ވާހަކަ

އިތުރަށް ކިޔާލަން

23 ޖޫން 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވާން ފަށައިފި

23 ޖޫން 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވާން ފަށައިފި
23 ޖޫން 2026

އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ދޫނުކުރާނެ ކަމަށް ބުނެފި

23 ޖޫން 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ދޫނުކުރާނެ ކަމަށް ބުނެފި
23 ޖޫން 2026

އެމެރިކާ އިން ކުރިން ބޮން އެޅި ނިއުކްލިއާ މަރުކަޒުތަކަށް، އދ. ގެ އިންސްޕެކްޓަރުންނަށް ވަނުމުގެ ހުއްދަ ނުދޭނެ ކަމަށް އީރާނުން ބުނެފި

23 ޖޫން 2026
އެމެރިކާ އިން ކުރިން ބޮން އެޅި ނިއުކްލިއާ މަރުކަޒުތަކަށް، އދ. ގެ އިންސްޕެކްޓަރުންނަށް ވަނުމުގެ ހުއްދަ ނުދޭނެ ކަމަށް އީރާނުން ބުނެފި
23 ޖޫން 2026

މަޝްވަރާ ތަކުގެ ނަތީޖާ ބިނާވެފައި ވަނީ އިޙްތިރާމްގެ މައްޗަށް: އީރާންގެ ރައީސް ޕެޒެޝްކިއާން

23 ޖޫން 2026
މަޝްވަރާ ތަކުގެ ނަތީޖާ ބިނާވެފައި ވަނީ އިޙްތިރާމްގެ މައްޗަށް: އީރާންގެ ރައީސް ޕެޒެޝްކިއާން
23 ޖޫން 2026

އީރާން އިން އެއްބަސްވުމަށް އަމަލު ނުކުރާ ނަމަ، ފިޔަވަޅު އަޅާނަން: ޓްރަމްޕް

23 ޖޫން 2026
އީރާން އިން އެއްބަސްވުމަށް އަމަލު ނުކުރާ ނަމަ، ފިޔަވަޅު އަޅާނަން: ޓްރަމްޕް
23 ޖޫން 2026

އީރާން އާއި އެމެރިކާގެ ޓެކްނިކަލް މަޝްވަރާތައް ވެސް ނިމިއްޖެ

23 ޖޫން 2026
އީރާން އާއި އެމެރިކާގެ ޓެކްނިކަލް މަޝްވަރާތައް ވެސް ނިމިއްޖެ
23 ޖޫން 2026

ހަނގުރާމައިގެ ކުރިން އޮތް ޙާލަތަށް ހޮރްމޫޒް ކަނޑު އޮޅި ދުވަހަކު ވެސް ނުދާނެ: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

23 ޖޫން 2026
ހަނގުރާމައިގެ ކުރިން އޮތް ޙާލަތަށް ހޮރްމޫޒް ކަނޑު އޮޅި ދުވަހަކު ވެސް ނުދާނެ: އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
22 ޖޫން 2026

އީރާނުގެ ރައީސް ޕެޒެޝްކިއަން ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަނީ

22 ޖޫން 2026
އީރާނުގެ ރައީސް ޕެޒެޝްކިއަން ޕާކިސްތާނަށް ދަތުރުފުޅެއް ކުރައްވަނީ
22 ޖޫން 2026

އީރާނުގެ ތެލުގެ އުފެއްދުންތައް ވިއްކުމާއި އުފުލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް އެމެރިކާ އިން ދީފި

22 ޖޫން 2026
އީރާނުގެ ތެލުގެ އުފެއްދުންތައް ވިއްކުމާއި އުފުލުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް އެމެރިކާ އިން ދީފި
22 ޖޫން 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުގައި ފާހަގަ ކުރެވުނު މުހިންމު ނުކުތާތައް ހާމަ ކޮށްފި

22 ޖޫން 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުގައި ފާހަގަ ކުރެވުނު މުހިންމު ނުކުތާތައް ހާމަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް