Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

މިސައިލް ނެތް ނަމަ، ޣައްޒާ ގޮތަށް އަހަރަމެން ވެސް ފުނޑު ފުނޑު ވާނެ: އީރާންގެ ރައީސް ޕެޒެޝްކިއާން

ޕެޒެޝްކިއާން ވިދާޅުވީ އީރާންގެ ދިފާއީ ބާރުގެ ގޮތުގައި މިސައިލްތައް ނެތް ނަމަ، އެމެރިކާ އާއި އިޒްރޭލް އިން ޣައްޒާ އަށް ހަދާލިހެން އީރާން ވެސް ފުނޑު ފުނޑު ކޮށްލާނެ ކަމަށް. އަދި އެފަދަ ހާލަތެއްގައި ކުޑަ ކުއްޖަކަށް ނުވަތަ މުސްކުޅި އަކަށް ބެލުމެއް ނެތް ރަހުމު ކުޑަ ހަމަލާތަކެއް އީރާން އަށް އަމާޒު ވާނެ ކަމަށް ވެސް ޕެޒެޝްކިއާން ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ޖޫން 2026 | ބުދަ 04:14
އީރާާންގެ ރައީސް ޕެޒެޝްކިއާން.

އީރާާންގެ ރައީސް ޕެޒެޝްކިއާން. | ގެޓީ އިމޭޖަސް

އީރާންގެ މިސައިލް ޕްރޮގްރާމް އަކީ އެ ގައުމުގެ ދިފާއަށް ކޮންމެހެން ބޭނުންތެރި އެއްޗެއް ކަމަށާއި، އެ ނޫން ނަމަ މިއަދު އީރާން އޮންނާނީ ޣައްޒާ ފަދަ ހާލަތެއްގައި ކަމަށް އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ޕާކިސްތާން އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުން ޕެޒެޝްކިއާން ވިދާޅުވީ، އީރާންގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމްއާ ގުޅޭ ގޮތުން އެއްވެސް ފަރާތަކާ އެކު މަޝްވަރާ ނުކުރައްވާނެ ކަމަށެވެ.

އެގޮތުން ޕެޒެޝްކިއާން ވިދާޅުވީ އީރާންގެ ދިފާއީ ބާރުގެ ގޮތުގައި މިސައިލްތައް ނެތް ނަމަ، އެމެރިކާ އާއި އިޒްރޭލް އިން ޣައްޒާ އަށް ހަދާލިހެން އީރާން ވެސް ފުނޑު ފުނޑު ކޮށްލާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ކުޑަ ކުއްޖަކަށް ނުވަތަ މުސްކުޅި އަކަށް ބެލުމެއް ނެތް ރަހުމު ކުޑަ ހަމަލާ ތަކެއް އީރާން އަށް އަމާޒު ވާނެ ކަމަށް ވެސް ޕެޒެޝްކިއާން ފާހަގަ ކުރެއްވި އެވެ. އެހެން ކަމުން އެއްވެސް ހާލަތެއްގައި، އެއްވެސް މީހަކާ އެކު އީރާންގެ ދިފާއީ ގާބިލުކަމާ ބެހޭ ގޮތުން މަޝްވަރާ ނުކުރައްވާނެ ކަމަށް ޕެޒެޝްކިއާން ތަކުރާރުކޮށް ވިދާޅުވި އެވެ.

މެދު އިރުމަތީގެ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށް އެމެރިކާ އާއި އީރާންއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާންގެ ބޮޑު ވަޒީރު ޝެހްބާޒް ޝަރީފް ވެސް ވަނީ މިކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައި އެވެ. ބޮޑު ވަޒީރު ޝަރީފް ވިދާޅުވީ، އެމެރިކާ އާއި އީރާންއާ ދެމެދު ސޮއި ކުރެވުނު އިބްތިދާއީ އެއްބަސްވުމުގައި ބެލިސްޓިކް މިސައިލްތަކާ ބެހޭ އެއްވެސް ވާހަކައެއް ހިމަނާފައި ނުވާނެ ކަމަށެވެ.

އީރާން އިން އެ ގައުމުގެ މިސައިލް ޕްރޮގްރާމް އެންމެ ފުރަތަމަ ތަރައްޤީ ކުރަން ފެށީ 1980 ގެ އަހަރު ތަކުގައި އިރާޤާ އެކު ކުރި ހަނގުރާމައިގައި އީރާންގެ ވައިގެ ދިފާއީ ނިޒާމު ބަލި ކަށިވުމުން، އެކަން ފޫ ބެއްދުމަށެވެ. އޭގެ ފަހުން މިސައިލް ތަކުގެ ރޭންޖާއި އަމާޒަށް ވާސިލުވުމުގެ ޤާބިލުކަން ވަނީ ވަރަށް ބޮޑަށް އިތުރު ކޮށްފައި އެވެ. އީރާންއާ 1،500 ކިލޯ މީޓަރު ދުރުގައި އޮންނަ އިޒްރޭލް އިން އަބަދު ވެސް ދެކެނީ މި ޕްރޮގްރާމް އަކީ އެ ޤައުމުގެ ދެމި އޮތުމަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެވެ.

މީގެ ކުރިން އެމެރިކާ އިން މަސައްކަތް ކުރީ އީރާންގެ ނިއުކްލިއާ މަޝްވަރާ ތަކުގެ ތެރޭގައި ބެލިސްޓިކް މިސައިލް ޕްރޮގްރާމް އާއި، ހަތިޔާރު އެޅި ޖަމާއަތް ތަކަށް އީރާން އިން ދޭ އެހީތެރި ކަމުގެ މައްސަލަ ހިމެނުމަށެވެ. ނަމަވެސް ފަހަކަށް އައިސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިކަމުގައި ގެންގުޅުއްވާ ހަރުކަށި ސިޔާސަތަށް ކޮންމެ ވެސް ވަރެއްގެ ލުޔެއް ދެއްވާފައި އެވެ. ފްރާންސްގައި ބޭއްވި ޖީ7 ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެހެން ޤައުމު ތަކުގައި މިފަދަ ހަތިޔާރު ހުންނައިރު، އީރާން އަށް އެފަދަ އެއްޗެއް ނެތުމަކީ އިންސާފެއް ނޫން ކަމަށް ފެންނަ ކަމަށެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ހަނގުރާމައިގެ ތެރޭގައި، އީރާން އިން ވަނީ އަވަށްޓެރި ގަލްފްގެ ގައުމު ތަކުގައި ހުރި އެމެރިކާގެ އަމާޒު ތަކަށާއި، އިޒްރޭލް އަށް އަމާޒުކޮށް އެތައް ސަތޭކަ މިސައިލް އަދި ހާހަކަށް ވުރެ ގިނަ ޑްރޯން ފޮނުވާލާފަ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނާއި އޮމާނުން ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް ކޮމިޓީއެއް އެކުލަވާލަން އެއްބަސްވެއްޖެ

އީރާނާއި އޮމާނުން ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމަށް ކޮމިޓީއެއް އެކުލަވާލަން އެއްބަސްވެއްޖެ

23 ޖޫން 2026
ސްވިޒަލެންޑުގައި މަޝްވަރާތައް ކުރިއަށް ދަނިކޮށް ޓްރަމްޕް ދިން އިންޒާރުގެ ސަބަބުން، މަޝްވަރާތައް ނުރައްކަލަކަށް ވެއްޓުނު: އީރާން

ސްވިޒަލެންޑުގައި މަޝްވަރާތައް ކުރިއަށް ދަނިކޮށް ޓްރަމްޕް ދިން އިންޒާރުގެ ސަބަބުން، މަޝްވަރާތައް ނުރައްކަލަކަށް ވެއްޓުނު: އީރާން

23 ޖޫން 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވާން ފަށައިފި

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ އަދަދު އިތުރުވާން ފަށައިފި

23 ޖޫން 2026
އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ދޫނުކުރާނެ ކަމަށް ބުނެފި

އީރާނުން ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ދޫނުކުރާނެ ކަމަށް ބުނެފި

23 ޖޫން 2026
އެމެރިކާ އިން ކުރިން ބޮން އެޅި ނިއުކްލިއާ މަރުކަޒުތަކަށް، އދ. ގެ އިންސްޕެކްޓަރުންނަށް ވަނުމުގެ ހުއްދަ ނުދޭނެ ކަމަށް އީރާނުން ބުނެފި

އެމެރިކާ އިން ކުރިން ބޮން އެޅި ނިއުކްލިއާ މަރުކަޒުތަކަށް، އދ. ގެ އިންސްޕެކްޓަރުންނަށް ވަނުމުގެ ހުއްދަ ނުދޭނެ ކަމަށް އީރާނުން ބުނެފި

23 ޖޫން 2026

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު