Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ރައްޔިތުންގެ މޫނު މަތީގައި ޖަހާލީ ހެޔޮވަރުގެ ތަފާއްޔެއް!

ވިންދާ އިޙުސާސްތަކާ އެއްގޮތަށް ވެރިކަން ކުރުމަށް އިސްތިއުފާ ދެއްވި ވަޒީރުންނަށް، އަލުން މަގާމު ދޭން ފަށައިފި. ރައީސް މުޢިއްޒުގެ ކެބިނެޓުން އިސްތިއުފާ ދެއްވި ޠާރިޤު އިބްރާހީމް އާއި އާދަމް ޝަރީފް އުމަރަށް މަގާމެއް ދެއްވިކަން ހާމަވެއްޖެ އެވެ. ވަޒީރުންގެ ފެންވަރުގައި ދެ ބޭފުޅުންނަށް ދެއްވީ އެމްބެސެޑަރ އެޓް ލަރޖްގެ މަގާމެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 އެޕްރީލު 2026 | އަންގާރަ 09:51
ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު.

ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު. | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ތިއްބެވި 10 ވަޒީރަކު ކުއްލި ގޮތަަކަށް އިސްތިއުފާ ދެއްވި އެވެ. ސަރުކާރުގައި ތިއްބެވި ނުފޫޒު ގަދަ އަދި ރައީސް މުޢިއްޒުގެ އަރިސް ވަޒީރުން ތަކެއް އިސްތިއުފާ ދެއްވުން ވެގެން ދިޔައީ، އާދައިގެ ކަމަކަށް ނޫނެވެ. ހަމަ އެ ދުވަހު، އެ ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަން ކުރުމަށް ކަމަށް ރައީސް އޮފީހުން ބުނެ، ބަޔާނެއް ވެސް ނެރުނެވެ.

އެއާ އެކު ވެސް އާންމުންގެ ތެރޭގައި ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔަ އެވެ. ވަކި ކުރެއްވި ބޭފުޅުންނަށް އިތުރު މަގާމެއް ސަރުކާރުން ނުދޭނެ ހެއްޔެވެ؟ ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެރިކަން ހިންގުމަށް ބޭނުންވާތީ، އެ ވަޒީރުން އިސްތިއުފާ ދެއްވުމަށް ފަހު، އެހެން މަގާމެއް ދީފި ނަމަ އެއީ ގޯހެއް ކަމަށް ވެސް ގިނަ ބަޔަކު ބުންޏެވެ. 

އާޚިރުގައި ކަންތައް ވާން މި ފެށީ ވެސް އެހެންނެވެ. ވިންދާ އިޙުސާސްތަކާ އެއްގޮތަށް ވެރިކަން ކުރުމަށް އިސްތިއުފާ ދެއްވި ވަޒީރުންނަށް، އަލުން މަގާމު ދޭން ފަށައިފި އެވެ. ރައީސް މުޢިއްޒުގެ ކެބިނެޓުން އިސްތިއުފާ ދެއްވި ޠާރިޤު އިބްރާހީމް އާއި އާދަމް ޝަރީފް އުމަރަށް މަގާމެއް ދެއްވިކަން ހާމަވެއްޖެ އެވެ. ވަޒީރުންގެ ފެންވަރުގައި ދެ ބޭފުޅުންނަށް ދެއްވީ އެމްބެސެޑަރ އެޓް ލަރޖްގެ މަގާމެކެވެ. 

ރަށު ތެރޭގައި ވާހަކަ ދެެކެވެމުން އަންނަ ގޮތުގައި، ދެން ވެސް ތިއްބެވި ބޭފުޅުންނަށް މަގާމު ދެއްވަ އެވެ. ކެބިނެޓުން އިސްތިއުފާ ދެއްވި، އަދި ރައީސް މުޢިއްޒުގެ ނުހަނު އަރިސް ބޭފުޅެއް ކަމަށް ޑޮކްޓަރު އަލީ ހައިދަރު އަށް ވެސް މަގާމެއް ދެއްވާ ވާހަކަ ދެކެވެ އެވެ. އެގޮތުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމަށް ހައިދަރު ހަމަޖައްސަވާ ވާހަކަ ދެކެވޭތާ ވެސް ދުވަސް ކޮޅެއް ވެއްޖެ އެވެ.

ކޮންމެ އަކަސް، އިސްތިއުފާ ދެއްވި ވަޒީރުންނަށް އަލުން މަގާމެއް ނުވަތަ ވަޒީފެއް ދިނުމުގެ ކަންކަން ސަރުކާރުން ކުރިއަށް ގެންދާ ވާާހަކައިގެ އަސްލު ފެންނަން ފަށައިފި އެވެ. މިއީ ރައްޔިތުންގެ ވިންދާއި އިޙުސާސްއާ އެއްގޮތަށް ވެރިކަން ކުރެއްވުމުގެ ނަމުގައި، ރައްޔިތުންގެ މޫނު މަތީގައި ޖަހާލި ހެޔޮ ވަރުގެ ތަފާއްޔެކެވެ. ރައްޔިތުންގެ ވިންދު ހުރީ ސަރުކާރުން ކުރާ ބޭކާރު ޚަރަދުތައް މަދު ކުރުމަށެވެ.

މަގާމުން ވަކި ކުރާ ބޭފުޅުންނާއި، އިސްތިއުފާ ދެއްވާ ބޭފުޅުންނަށް އަލުން މަގާމު ދިނުމަކީ ރައްޔިތުންގެ ވިންދެއް ނޫނެވެ. އިޙުސާސެއް ވެސް ނޫނެވެ. ރައްޔިތުން ބޭނުން ވަނީ އަދިވެސް ސަރުކާރުގެ ޚަރަދުތައް ކުޑަ ކުރުމަށެވެ. ބޭކާރު މަޤާމު ތަަކަށް މީހުން އައްޔަންކޮށް، ރައީސް މުޢިއްޒުގެ އަމިއްލަފުޅު ސިޔާސީ މަންފާ ހާސިލު ކުރުމަށް ކުރަމުން އަންނަ ބޭކާރު ޚަރަދުތައް ހުއްޓާލުމަކީ ރައްޔިތުންގެ ވިންދެވެ. ރައްޔިރުންގެ އިޙުސާސް އަކީ އެކަހަލަ ބޭކާރު ޚަރަދު ނުކޮށް، ރައްޔިތުންނަށް ކަމެއް ކޮށްދިނުމެވެ. 

މަގޭ ރިޕޯޓްރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

"އައިޝާ" ޑޮކިއުމަންޓްރީ ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ކުރެއްވި އަމުރާއެކު، ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފި

"އައިޝާ" ޑޮކިއުމަންޓްރީ ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ކުރެއްވި އަމުރާއެކު، ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފި

27 އެޕްރީލު 2026
އައިޝާ ޑޮކިއުންމެންޓަރީ އަކީ ދޮގެއް، އެ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދެން: ރައީސް މުއިއްޒު

އައިޝާ ޑޮކިއުންމެންޓަރީ އަކީ ދޮގެއް، އެ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދެން: ރައީސް މުއިއްޒު

27 އެޕްރީލު 2026
ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް މުއިއްޒު އިއުތިރާފުވެވަޑައިގެންނެވި ނަމަވެސް ރައީސް އޮފީހުން އެކަން ދޮގުކޮށްފި

ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް މުއިއްޒު އިއުތިރާފުވެވަޑައިގެންނެވި ނަމަވެސް ރައީސް އޮފީހުން އެކަން ދޮގުކޮށްފި

20 އެޕްރީލު 2026
އެމްއޭސީއެލްގައި ބޮޑެތި މުސާރަ ދޭ ސިޔާސީ މަގާމުތަކެއްގައި ބަޔަކު ތިބިކަން ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެއްޖެ

އެމްއޭސީއެލްގައި ބޮޑެތި މުސާރަ ދޭ ސިޔާސީ މަގާމުތަކެއްގައި ބަޔަކު ތިބިކަން ރައީސް މުއިއްޒަށް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެއްޖެ

20 އެޕްރީލު 2026
 500 ސިޔާސީ މުވައްޒަފުން ވަކިކުރަން އުޅޭ ވާހަކަ، ޗީފް ސްޕޯކްސްޕާސަން މުންދު ދޮގު ކުރައްވައިފި

500 ސިޔާސީ މުވައްޒަފުން ވަކިކުރަން އުޅޭ ވާހަކަ، ޗީފް ސްޕޯކްސްޕާސަން މުންދު ދޮގު ކުރައްވައިފި

18 އެޕްރީލު 2026

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު