Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއަސާސީ ޚިދުމަތްތައް

ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ދެނީ "ވެއިޓިންގ ލިސްޓެއްގެ" ދަރަޖަ!

ރާއްޖޭގެ އެކި ރަށްރަށުގައި ފަށާފައިވާ ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ހުއްޓި، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް ސަރުކާރުން އިސްކަންނުދޭތީ އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައި. ދައުލަތުގެ ބަޖެޓުން ބޮޑެތި ޚަރަދުތައް ކޮށްގެން ރަސްމިއްޔާތުތަކާއި ސިޔާސީ މަޝްރޫއުތައް ކުރިއަށްގެންދާއިރު، އާންމު ދިރިއުޅުމާ ގުޅުންހުރި މުހިންމު މަސައްކަތްތައް ލަސްވަމުންދާތީ ސަރުކާރުގެ ސިޔާސަތުތަކަށް ވަނީ ފާޑުކިޔުން އަމާޒުވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 މެއި 2026 | އާދީއްތަ 07:43
ރަށްރަށުގެ ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައި،

ރަށްރަށުގެ ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައި، | ރާއްޖެ އެމްވީ

ރައްޔިތުން ހައިހޫނުކަމުގައި، ބޮޑެތި ބިލުތަކާއި ލޯނުތައް ބޮލުގައި އަޅައިގެން ތިބެ ހަނާވަނީއެވެ. ނަމަވެސް ސަރުކާރުން އެކަމަށް ފަރުވާލެއް ނެތި، މުއްސަނދި މަހުޖަނަކު ފަދައިން ބޮޑެތި ޖާފަތްތަކަށް އިސްރާފުކުރަމުން ދަނީއެވެ. ސަރުކާރުން ބޭނުންވާ ކަމެއް އޮތްނަމަ އެކަމެއް ކުރައްވައެވެ. ބަޖެޓުގެ ދަތިކަމެއް، މާލީ ދަތިކަމެއް، އެއިރަކު ނޯވެއެވެ. އެ ދަތިކަން އަންނަނީ މުޅިންވެސް، ރައްޔިތަކަށް ކަމެއް ކޮށްދޭންޖެހޭ ހިސާބުންނެވެ.

މުޅި ރާއްޖެއަށް ބަލާއިރު، ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުރީ ނުނިމިއެވެ. ގިނަ މަޝްރޫއުތައް ކުރިއަށްވެސް ނުދެއެވެ. ރަށްރަށުގައި ބިމުގެ އަޑިއަށް ބޯ ކޮށްޕާލައިގެން އިސްޖަހައިގެން ތިބި ހައިމާކުތަކާއި ކޮންނަ ބޯޓުތަކުގެ އަދަދުވެސް ވަކި މަދެއް ނޫނެވެ. އޭގެ ތެރޭގައި ގިނައީވެސް އިންތިޚާބާ ދިމާކޮށް ރަށްރަށަށް، ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ފޮނުވި އުޅަނދުތަކެވެ.

ނިމިދިޔަ އަހަރަކީ މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބޮޑު އަހަރުގެ ގޮތުގައި ބުނަމުން ދިޔަނަމަވެސް، ލިބޭނެ ކަމަށް ބުނި ގެދޮރުގެ އިންތިޒާރުގައި އާއިލާތައް އަދިވެސް ތިބީ ކެތްތެރިކަން ކޮޅުންލާފައެވެ. ގިނަ ބަޔަކު ދިރިއުޅެމުންދަނީ ތޮއްޖެހިފައިވާ ތަންތަނުގައި، އަތްނުފޯރާ ފަށުގެ ކުލި ދައްކަމުންނެވެ. ނުވިތާކަށް މިދިޔަ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓުތަކަށްވެސް ވާނުވާ އަދިވެސް މުޅިއަކުން ސާފެއް ނުވެއެވެ.

ކަން މިހެން ހުރިނަމަވެސް، ދައުލަތުގެ ފައިސާ ދަނީ ހޭދަވަމުންނެވެ. ބަޖެޓުން ލާރި ދަނީ ހުސްވަމުންނެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ރަސްމިއްޔާތެއް ބޭއްވުމާއި، ރިބަން ކެނޑުމާއި، ކުލަގަދަ އިޢުލާނުތައް ކުރުމާއި، ޚަބަރުތަކުގެ ސުރުޚީތައް ހޯދުމަށް މަސައްކަތް ކުރާތަން ފެންނަމުން ދިޔަނަމަވެސް، އަމަލީ މަސައްކަތެއް ނުފެންނާތީ ރައްޔިތުން ތިބީ ނުހަނު ބޮޑު މާޔޫސްކަމެއްގައެވެ.

އެންމެ ފަހުން މިއަދު ހެރިޓޭޖް މިނިސްޓްރީން އެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުންވެސް ހާމަވެގެން ދިޔައީ ސަރުކާރުގެ ސާބިތު ސިޔާސަތުތަކެއް ނެތްކަމެވެ. ރައްޔިތުން އެންމެ އެދޭ ކަންކަން ފުނިޖެހިފައި ހުއްޓާ ދައުލަތުގެ ބަޖެޓުން މިވަގުތު ހޭދަކުރަންވީ "ދޫދޫ މަތިން ހަނދާނެއް ކުރުމުގެ ޤައުމީ މަޝްރޫއު" އަށް ތޯއެވެ؟ އެކަންކަން ވެސް ނުކުރާށެކޭ ނޫނެވެ. ނަމަވެސް ފުރަތަމަ ރައްޔިތުންގެ ތަކުލީފުތަކާއި މުހުތާދުތައް ބަލާލުން ކީއްތޯއެވެ؟ ބަޖެޓުން އިސްކަންދޭންވީ އެކަންކަމަކަށް ނޫންތޯއެވެ؟

މިދަނޑިވަޅުގައި، އާންމު ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ އަސާސީ މަޝްރޫއުތައް ކުރިއަށްދަނީ ނުހަނު ލަސް ދުވެއްޔެއްގައެވެ. ރަށްރަށުގެ ރައްޔިތުން އަދިވެސް ތިބީ އަސާސީ އުމްރާނީ ވަސީލަތްތަކުގެ އިންތިޒާރުގައެވެ. ބަނދަރު ހެދުމުގެ މަޝްރޫއުތައް ލަސްވުމުގެ ސަބަބުން ރަށްރަށުގެ އިގްތިސާދަށް ވަނީ ހުރަސް އެޅިފައެވެ. މަގު ހެދުމުގެ މަޝްރޫއުތައް ނުނިމި ދިގުލައިގެން ދާތީ ޝަކުވާ ކުރާ ރައްޔިތުންވެސް މަދެއް ނޫނެވެ. ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކޮށްދޭނެ ކަމަށް މީގެ އެތައް ދުވަހެއް ކުރިން ވައުދުވި ނަމަވެސް، އެ މަސައްކަތްތައް އަދިވެސް ހުރީ ނުނިމިއެވެ. ރައްޔިތުންގެ ބޭނުންތަކަށް ދެނީ "ވެއިޓިންގ ލިސްޓެއްގެ" ދަރަޖައެވެ.

 

މަގޭ ރިޕޯޓް57 ރަށުގެ ހައުސިން މަޝްރޫއުމުއިއްޒުގެ ސަރުކާރު

އިތުރަށް ކިޔާލަން

03 މެއި 2026

ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކުރަން ސަރުކާރުން އިލްތިމާސް ކުރަން: ރައީސް

03 މެއި 2026
ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ބޭނުންކުރަން ސަރުކާރުން އިލްތިމާސް ކުރަން: ރައީސް
02 މެއި 2026

ރައީސަށް ލިބޭ ބާރުގެ ދަށުން އައްޔަނުކުރާ ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސަށް ނޭނގޭނަމަ މީހުން ޖޯކުވެސް ޖަހާނެ: ނިޝާން

02 މެއި 2026
ރައީސަށް ލިބޭ ބާރުގެ ދަށުން އައްޔަނުކުރާ ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސަށް ނޭނގޭނަމަ މީހުން ޖޯކުވެސް ޖަހާނެ: ނިޝާން
29 އެޕްރީލު 2026

އަދަދުގެ ހަސަންގެ މައްޗަށް ޖިނާއީ 5 ތުހުމަތެއް، ހަސަން ހުރީ ހަނު!

29 އެޕްރީލު 2026
އަދަދުގެ ހަސަންގެ މައްޗަށް ޖިނާއީ 5 ތުހުމަތެއް، ހަސަން ހުރީ ހަނު!
28 އެޕްރީލު 2026

ރައްޔިތުންގެ މޫނު މަތީގައި ޖަހާލީ ހެޔޮވަރުގެ ތަފާއްޔެއް!

28 އެޕްރީލު 2026
ރައްޔިތުންގެ މޫނު މަތީގައި ޖަހާލީ ހެޔޮވަރުގެ ތަފާއްޔެއް!
27 އެޕްރީލު 2026

ވަޒީރުކަމުން ވަކިވި ބޭފުޅުންނަށް މަޤާމު ދިނުން ދިފާއު ކުރައްވައި ރައީސް: އެއީ އަލަށް އުފެއްދި މަޤާމުތަކެއް ނޫން

27 އެޕްރީލު 2026
ވަޒީރުކަމުން ވަކިވި ބޭފުޅުންނަށް މަޤާމު ދިނުން ދިފާއު ކުރައްވައި ރައީސް: އެއީ އަލަށް އުފެއްދި މަޤާމުތަކެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު