Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިގްތިސާދީ ގޮންޖެހުންތައް ބޮޑު ދަނޑިވަޅެއްގައި އެސްއޯއީތަކުގެ މިސްރާބު ގެއްލި، ރައްޔިތުން ސުވާލުމާކެއްގައި!

އިޤްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރަންޖެހޭ ދަނޑިވަޅެއްގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތަކަށް މެދުނުކެނޑި ބަދަލުތައް ގެންނާތީ އާންމުންގެ މެދުގައި ކަންބޮޑުވުން ވަނީ އިތުރުވެފައި. މިފަދަ ކުއްލި ބަދަލުތަކުގެ ސަބަބުން ސަރުކާރުގެ ހިންގުމުގެ ނިޒާމާއި ސިޔާސަތުތަކުގެ ހަމަޖެހުމާމެދު ސުވާލު އުފެދި، އިޤްތިސާދީ މައި ތަނބުތަކަށް ބުރޫއަރަމުންދާކަން ފާހަގަކުރެވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 13 އެޕްރީލު 2026 | ހޯމަ 07:37
ރައީސް މުޢިއްޒު ވިދާޅުވީ ފީއަލީ ފެނަކަ އަށް މި ސަރުކާރުން ނެގީ 10 މުވައްޒަފުން ކަމަށް، އެކަމަކު މިހާތަނަށް 39 މުވައްޒަފުން ނަގައިފި

ރައީސް މުޢިއްޒު ވިދާޅުވީ ފީއަލީ ފެނަކަ އަށް މި ސަރުކާރުން ނެގީ 10 މުވައްޒަފުން ކަމަށް، އެކަމަކު މިހާތަނަށް 39 މުވައްޒަފުން ނަގައިފި | ރާއްޖެ އެމްވީ

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ އަގަށާއި، މުދާ އުފުލާ ނިޒާމުތަކަށް ކުރަމުންދާ އަސަރުތަކާ ގުޅިގެން ދުނިޔޭގެ ހުރިހާ ގައުމެއްގެ ސަރުކާރުތަކުން ވެސް މިހާރު ދަނީ ޚަރަދު ކުޑަކޮށް، އިޤްތިސާދީ އަޑިގުޑަންތަކުން އަރައިގަތުމަށް ރޭވުންތެރިކަމާއެކު ދުރާލާ މަސައްކަތްތައް ކުރަމުންނެވެ.

އެހެންނަމަވެސް ދިވެހިރާއްޖޭގައި ކަންކަން ހިނގަމުންދާ ގޮތް ފެނުމުން ރައްޔިތުންގެ ހިތަށް ތަސައްލީއެއް ލިބުމުގެ ބަދަލުގައި ލިބެމުންދަނީ އިތުރު ކަންބޮޑުވުންތަކެވެ. އުފެދެމުންދަނީ އިތުރު ސުވާލުތަކެކެވެ.

އިގްތިސާދީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން އެންމެ މުހިންމު މި ދަނޑިވަޅުގައި އާންމު ރައްޔިތުންނަށް ފެންނަމުންދަނީ ސަރުކާރުގެ ނިޒާމުގެ ތެރޭގައި އޮތް ނުތަނަވަސްކަމެވެ. މި ނުތަނަވަސްކަމުގެ އެންމެ ސާފު އެއް ހެއްކަކީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސް.އޯ.އީ) އިސް މަގާމުތަކަށް މެދުނުކެނޑި ގެންނަމުންދާ ބަދަލުތަކެވެ. އެ ތަނުގެ އިސް މަޤާމުތަކަށް ކުއްލި ކުއްލިއަށް އެ ގެންނަމުންދާ ބަދަލުތަކާއެކު ސަރުކާރުގެ ސްޓެބިލިޓީއާމެދު ސުވާލު އުފައްދާ ރައްޔިތުން ވެސް މަދެއް ނޫނެވެ.

މެނޭޖިންގ ޑިރެކްޓަރުން އިސްތިއުފާ ދެއްވުމާއި، މަގާމުތަކުން ވަކިކޮށް އަވަސްއަވަހަށް ބަދަލުކުރަމުން ދިއުމުގެ ސަބަބުން ސަރުކާރުގެ އަމަލުތައް ހުރީ ދުރާލާ ރޭވިފައިވާ ސިޔާސަތެއްގެ ދަށުން ނޫންކަން އެނގި ހާމަވަމުން އެބަ ދެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އާދައިގެ މުއައްސަސާތަކެއް ނޫނެވެ. އެއީ ދަތުރުފަތުރާއި، ބޯހިޔާވަހިކަމާއި، މަސްވެރިކަމާއި، އަސާސީ ހިދުމަތްތައް ފަދަ މުހިންމު ދާއިރާތައް ބަލަހައްޓާ، ދިވެހި އިގްތިސާދުގެ މައި ތަނބުތަކެވެ.

އިގްތިސާދީ ދަތި ދަނޑިވަޅެއްގައި މި މުއައްސަސާތައް ހިންގަންވާނީ ހަމަޖެހުމާއި، ފަންނީ ގާބިލުކަމާއި، ސާފު މިސްރާބެއްގެ ދަށުންނެވެ. އިސް މަގާމުތަކަށް އަވަސްއަވަހަށް ބަދަލު އައުމަކީ އެ ހަމަޖެހުން ގެއްލޭ ކަމެކެވެ. އޭގެ ސަބަބުން ނިންމުންތައް ނިންމުން ލަސްވެ، ދުރު ރާސްތާގެ ރޭވުންތަކަށް ބުރޫއަރައި، މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދެއެވެ.

މިއަށްވުރެ ވެސް ކަންބޮޑުވާން ޖެހޭ ކަމަކީ މިފަދަ ކުއްލި ބަދަލުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބޭ ނުބައި މެސެޖެވެ. އެއީ، ގައުމުގެ އެންމެ މަތީ ފަންތީގައި ތިއްބެވި ބޭފުޅުންނަށް ޤައުމުގެ ހާލަތު ކޮންޓްރޯލް ނުކުރެވޭ ކަމުގެ އިޝާރާތެކެވެ. ރައްޔިތުން މިއަދު އެ ވާހަކަ ތުންތުންމަތިން ދައްކަންވެސް ފަށައިފިއެވެ.

ވެރިކަމުގެ މަތީ ފަޑީގެ އިސް މަގާމުތަކަށް މެދުނުކެނޑި ބަދަލު އަންނަތަން ފެނުމުން، އެ ބަދަލުތަކުގެ ފަހަތުގައިވާ ސަބަބުތަކާ މެދު ރައްޔިތުން ސުވާލު އުފައްދަން ފަށައެވެ. އެ ނިންމުންތަކަކީ މަސައްކަތުގެ ފެންވަރަށާއި ޒިންމާދާރުކުރުވުމަށް ބިނާކޮށް ނިންމާ ނިންމުންތަކެއް ހެއްޔެވެ؟ ނުވަތަ އެއީ ސިޔާސީ މަސްލަހަތުތަކެއްގެ މައްޗަށް ބިނާވެފައިވާ ކަންކަން ހެއްޔެވެ؟ ސަރުކާރުގެ ދުރު ރާސްތާގެ ރޭވުމެއް އެބައޮތް ހެއްޔެވެ؟ ނުވަތަ ސަރުކާރުން މަސައްކަތް ކުރަނީ ކުރިމަތިވާ ފިއްތުންތަކަށް ވަގުތުން ވަގުތަށް ހައްލެއް ހޯދުމަށް އެކަނި ހެއްޔެވެ؟

މިއީ ކުދިކުދި ޝައްކުތަކެއް ނޫނެވެ. މިއީ ސަރުކާރު ހިންގުމުގެ އަސާސްތަކާ ގުޅިފައިވާ ސުވާލުތަކެވެ. އިގްތިސާދީ ނުތަނަވަސްކަމުގެ ވަގުތެއްގައި، ސަރުކާރުގެ ސިޔާސަތުތަކެކޭ އެއްވަރަށް، ރައްޔިތުންނަށް އެ ސިޔާސަތުތަކާ މެދު ޔަޤީންކަން އޮތުން ވެސް މުހިއްމެވެ.

ހަމައެއާއެކު، ހަރަދު ކުޑަކުރުމާއި އިޤްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތެއް މި ދަނޑިވަޅުގައި ރައްޔިތުންނަށް ދެއްކުމުގެ ބަދަލުގައި މުޅިން ވެސް ފެންނަމުން މި ދަނީ  ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސިޔާސަތުތަކުގެ މިސްރާބު އޮޅުންބޮޅުން ވަމުންދާ މަންޒަރެވެ.

ދިވެހިރާއްޖެއިން މީގެ ކުރިންވެސް ގޮންޖެހުންތަކާ ކުރިމަތިލައި، އެކަންކަމުން އަރައިގަނެފައިވެއެވެ. ކޮވިޑް 19 ގެ ބަލި މަޑުކަމާއި، އޭގެ ކުރިން ދިމާވި އެފަދަ ދަތި އުނދަގޫ ވަގުތުތަކުގައިވެސް އޭރުގެ ސަރުކާރުތަކުން މަސައްކަތް ކޮށްފައިވަނީ ރައްޔިތުންގެ މެދުގައި އޮންނަ ނުތަނަވަސްކަން ވިހާ ވެސް ކުޑަކުރުމަށެވެ.  އެކަން ޙާސިލުވުން އަބަދު ވެސް ބިނާވެފައި އޮންނަނީ ސާބިތު ލީޑަޝިޕަކާއި ރައްޔިތުންގެ އިތުބާރުގެ މައްޗަށެވެ. މިވަގުތު މި ދެކަންތައް ވެސް ފެންނަނީ ބަލިކަށިވެފައިވާ ތަނެވެ.

އެހެންކަމުން އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި ދުނިޔެއަށް ކުރިމަތިވެފައިވާ މި އިގްތިސާދީ ނުތަނަވަސްކަމުގެ ތެރެއިން ގައުމު ސަލާމަތްކުރުމަށް ސަރުކާރުން ސީރިއަސްވާ ނަމަ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ސަރުކާރުގެ އެތެރޭގައި އޮތް ނުތަނަވަސްކަމާއި ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައްމަގޭ ރިޕޯޓްއިޤްތިޞާދީ ހީނަރުކަން

ކޮމެންޓް

އިތުރަށް ކިޔާލަން

"ކޮންމެ މެންދުރަކަށް ފަހުން ފިނިކަން ހަވީރުގެ އަންނަނީ!"

"ކޮންމެ މެންދުރަކަށް ފަހުން ފިނިކަން ހަވީރުގެ އަންނަނީ!"

11 އެޕްރީލު 2026
މިއީ ޑިމޮކްރަސީގެ ރިވެތި މިސާލު ދައްކަވައި، އިސްތިއުފާ ދެއްވަންވީ ވަގުތު!

މިއީ ޑިމޮކްރަސީގެ ރިވެތި މިސާލު ދައްކަވައި، އިސްތިއުފާ ދެއްވަންވީ ވަގުތު!

05 އެޕްރީލު 2026
މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކޮރަޕްޓް އިންތިޚާބު، ދިމާލަށް ނޫނެކޭ ބުނޭ!

މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ކޮރަޕްޓް އިންތިޚާބު، ދިމާލަށް ނޫނެކޭ ބުނޭ!

02 އެޕްރީލު 2026
ސަލްމާގެ ބަޔާނަކީ ދިވެހި ރައްޔިތުންގެ ބަހެއް ނޫން، އެއީ ދިވެހިންގެ ސްޓޭންޑެއް ވެސް ނޫން!

ސަލްމާގެ ބަޔާނަކީ ދިވެހި ރައްޔިތުންގެ ބަހެއް ނޫން، އެއީ ދިވެހިންގެ ސްޓޭންޑެއް ވެސް ނޫން!

26 މާރިޗު 2026
ވޯޓު ހޯދަން ސަރުކާރުން ދީނީ ކާޑު ކުޅޭ ކަމުގެ ހެކި އެންމެ ބެނާ އަކުން!

ވޯޓު ހޯދަން ސަރުކާރުން ދީނީ ކާޑު ކުޅޭ ކަމުގެ ހެކި އެންމެ ބެނާ އަކުން!

24 މާރިޗު 2026

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު