Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގަތަރު

ގަތަރުގެ ގޭސް ޕްލާންޓެއް ގޮވައި 18 މީހަކު ގެއްލި، 54 ޒަޚަމް

ގަތަރުގެ ރަސް ލައްފާންގައި ހުންނަ ބަރްޒާން ގޭސް ފެސިލިޓީ އަލުން ހުޅުވަން އުޅުމުގެ ތެރޭގައި ހިނގި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބާރުގަދަ ގޮވުމެއް ގޮވައި، ގިނަ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައި. މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ހަރަކާތްތެރިވެ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު، ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ދަނީ ކުރަމުން. ގައުމުގެ އެތެރޭގެ ބާޒާރަށް ބޭނުންވާ ހަކަތަ ފޯރުކޮށްދޭ މި މަރުކަޒަށް ލިބުނު ގެއްލުމުގެ ތަފްސީލު ގަތަރު އެނާޖީން އަދި ހާމަކޮށްފައެއް ނުވޭ.

ރާއްޖެ އެމްވީ | 22 ޖޫން 2026 | ހޯމަ 08:24
ޤަޠަރުގެ ރަސް ލައްފާންގައި ހުންނަ އިސްތިރާތީޖީ ސިނާއީ ސަރަހައްދެއްގައި ބާރުގަދަ ގޮވުމެއް ގޮވާފައިވާ ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ރިޕޯޓްކޮށްފި.

ޤަޠަރުގެ ރަސް ލައްފާންގައި ހުންނަ އިސްތިރާތީޖީ ސިނާއީ ސަރަހައްދެއްގައި ބާރުގަދަ ގޮވުމެއް ގޮވާފައިވާ ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ރިޕޯޓްކޮށްފި. | އެކްސް

ގަތަރުގެ ގުދުރަތީ ގޭސް (އެލް.އެން.ޖީ) އުފައްދާ މައި މަރުކަޒު ކަމަށްވާ ރަސް ލައްފާންގައި އާދީއްތަ ދުވަހު ހިނގި ގޮވުމެއްގައި 54 މީހަކު ޒަޚަމްވެ، 18 މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެފިއެވެ.

ގަތަރުގެ ހަކަތައާ ބެހޭ ގައުމީ ކުންފުނި، ގަތަރު އެނާޖީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީގައި ހުންނަ ބަރްޒާން ލޯކަލް ގޭސް ސަޕްލައި ފެސިލިޓީގެ މަސައްކަތްތައް އަލުން ފެށުމަށް އުޅުމުގެ ތެރޭގައި އާދީއްތަ ދުވަހުގެ އިރުއޮއްސުނު ވަގުތު ބާރުގަދަ ގޮވުމަކާއެކު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިމަޖެންސީ ޓީމުތަކުން ހަރަކާތްތެރިވެ، މިހާރު އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ގަތަރުގެ އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާގައި 54 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ގެއްލިފައިވާ 18 މީހަކު ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދާ ކަމަށެވެ. މި ގޮވުން ގޮވަން މެދުވެރިވީ "ޓެކްނިކަލް މައްސަލައެއްގެ" ސަބަބުން ކަމަށާއި، އާންމުންގެ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ގަތަރުގެ އެތެރޭގެ ބާޒާރަށް ބޭނުންވާ ގޭސް ފޯރުކޮށްދޭ މި ޕްލާންޓަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ގަތަރު އެނާޖީން ހާމަކޮށްފައެއް ނުވެއެވެ.

ރޮއިޓާސްގެ މުރާސިލަކު ރިޕޯޓްކޮށްފައިވާ ގޮތުގައި، ރަސް ލައްފާން ފެސިލިޓީގެ ދެކުނުން އޮންނަ ގަތަރުގެ ވެރިރަށް ދޯހާއަށްވެސް މި ގޮވުމުގެ ބާރުގަދަ އަޑު ވަނީ އިވިފައެވެ.

ބަރްޒާން ގޭސް ފެސިލިޓީއަކީ ދުވާލަކު 1.4 ބިލިއަން ކިއުބިކް ފީޓުގެ ގޭސް އުފެއްދުމުގެ ގާބިލުކަން ހުންނަ ތަނެކެވެ. މި ތަނުން ގޭސް ފޯރުކޮށްދެނީ ގަތަރުގެ ސިނާއީ މަސައްކަތްތަކަށާއި ކަރަންޓު އުފައްދާ މަރުކަޒުތަކަށެވެ.

މީގެ އިތުރުން، މި ފެސިލިޓީއަކީ ގައުމުން ބޭރަށް އެކްސްޕޯޓް ކުރުމަށާއި އެތެރޭގެ ބާޒާރަށް ބޭނުންވާ އީތޭން، ކޮންޑެންސޭޓް، ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލް.ޕީ.ޖީ) އަދި ސަލްފާ އުފެއްދުމުގެ ގާބިލުކަންވެސް ލިބިފައިވާ ތަނެކެވެ.

މި ހާދިސާ ހިނގި ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީއަކީ ގަތަރު އެނާޖީން އެލް.އެން.ޖީ އުފައްދައި ބޭރުކުރާ އެންމެ މައި މަރުކަޒެވެ. މި ސަރަހައްދުގައި ހުންނަ 14 ޕްރޮޑަކްޝަން ލައިން ނުވަތަ ޓްރެއިންތަކުން އަހަރަކު 77 މިލިއަން މެޓްރިކް ޓަނުގެ ގޭސް އުފެއްދުމުގެ ގާބިލުކަން ހުރެއެވެ.

ގަތަރުރަސް ލައްފާންގަތަރު އެނާޖީގޮވުން

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

15 ޖޫން 2026
ރައީސް މުއިއްޒު އަންގަވައިގެން ވަޒީރުކަމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފްގެ އަނބިކަނބަލުންނަށް، ސްޓޭޓް މިނިސްޓަރުގެ މަޤާމެއް!

ރައީސް މުއިއްޒު އަންގަވައިގެން ވަޒީރުކަމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފްގެ އަނބިކަނބަލުންނަށް، ސްޓޭޓް މިނިސްޓަރުގެ މަޤާމެއް!

14 ޖޫން 2026
ވަޒީރެއްގެ ފެންވަރުގައި އަނެއްކާވެސް ނާޒިމް ސަރުކާރަށް

ވަޒީރެއްގެ ފެންވަރުގައި އަނެއްކާވެސް ނާޒިމް ސަރުކާރަށް

05 ޖޫން 2026
މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން ކޮމިޓީ އިން ރުހުން ދީފި

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން ކޮމިޓީ އިން ރުހުން ދީފި

01 ޖޫން 2026
ހަނގުރާމަ ނިންމުމަށް ސުލްޙަވެރި އޮނިގަނޑެއްގެ ތެރެއިން މަސައްކަތް ކުރަން އީރާން އޮތީ ތައްޔާރަށް: އީރާންގެ ރައީސް

ހަނގުރާމަ ނިންމުމަށް ސުލްޙަވެރި އޮނިގަނޑެއްގެ ތެރެއިން މަސައްކަތް ކުރަން އީރާން އޮތީ ތައްޔާރަށް: އީރާންގެ ރައީސް

30 މެއި 2026

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު