Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން ކޮމިޓީ އިން ރުހުން ދީފި

ގަތަރާއި ޔޫއޭއީގެ ސަފީރުކަމަށް އާދަމް ޝަރީފް އުމަރާއި ތޯރިގު އިބްރާހިމް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން އިއްތިފާގުން ރުހުން ދީފި. މި ދެ ބޭފުޅުންނަކީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ގާބިލު ބޭފުޅުން ކަމަށްވާތީ، ކޮމިޓީން ނިންމީ އިތުރު އިންޓަވިއުއަކާ ނުލައި ރުހުން ދިނުމަށް. މީގެ ކުރިން ވަޒީރުކަމުން އިސްތިއުފާ ދެއްވި މި ދެ ބޭފުޅުން މިހާރު ތިއްބެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 1 ޖޫން 2026 | ހޯމަ 08:18
ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން އިސްތިއުފާ ދެއްވި، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް: ދެ ބޭފުޅުން ވެސް ސަފީރު ކަމަށް އައްޔަނު ކުރުމަށް ކޮމިޓީ އިން ރުހުން ދިން

ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން އިސްތިއުފާ ދެއްވި، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް: ދެ ބޭފުޅުން ވެސް ސަފީރު ކަމަށް އައްޔަނު ކުރުމަށް ކޮމިޓީ އިން ރުހުން ދިން | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން އިސްތިއުފާ ދެއްވި، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ސަފީރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ އިން ރުހުން ދީފި އެވެ. 

ރައީސް މުއިއްޒު ވަނީ އާދަމް ޝަރީފް، ގަތަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އައްޔަން ކުރައްވަން ނަން ފޮނުއްވާފަ އެވެ. އަދި އެކުވެރި އަރަބި އިމާރާތު (ޔޫއޭއީ)ގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް ތޯރިގު އައްޔަން ކުރައްވަން ވަނީ ނަން ފޮނުއްވާފަ އެވެ. އެ މައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ. 

Advertisement - newsAdvertisement

އެ ކޮމިޓީ އިން ހޯމަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ވަނީ، މި ދެ ބޭފުޅުންނަކީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ބަލާއިރު ފާހަގަކޮށްލެވޭ ގާބިލު ބޭފުޅުންނަށް ވުމާއެކު  އިތުރު އިންޓަވިއުއަކާ ނުލައި ރުހުން ދިނުމަށް ހުށަހަޅުއްވާފަ އެވެ. އެ ހުށަހެޅުއްވުމަށް ކޮމިޓީ އިން ތާއީދު ކޮށްފައިވާއިރު ދެ ބޭފުޅުންނަށް ވެސް ރުހުން ދީފައިވަނީ ކޮމިޓީގައި އެވަގުތު ތިއްބެވި 6 މެންބަރުންގެ އިއްތިފާގުންނެވެ. 

ތޯރިގާއި އާދަމް ޝަރީފް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ 14 އޭޕްރީލް 2026 ގަ އެވެ. އޭގެފަހުން މި ދެ ބޭފުޅުން ވަނީ މިނިސްޓަރުންގެ ފެންވަރުގައި ފޮރިން މިނިސްޓްރީއަށް އައްޔަންކުރައްވާފަ އެވެ. އެ ބޭފުޅުން އައްޔަން ކުރެއްވި ސީދާ ތާރީޚެއް ސަރުކާރުން ހާމަ ނުކުރި ނަމަވެސް، ދެ ބޭފުޅުން ވެސް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރިކަން ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް 27 އޭޕްރީލް 2026 ގައި ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުއާދަމް ޝަރީފްއިބްރާހިމް ތޯރިގްގަތަރުޔުނައިޓެޑް އަރަބް އެމިރޭޓްސްރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީރައްޔިތުންގެ މަޖިލިސްސަފީރުން

ކޮމެންޓް

އިތުރަށް ކިޔާލަން

ބައެއް ނޫސްވެރިންނަކީ "ގަޓަރ ޕްރެސް" ކަމަށް ވިދާޅުވެ ރައީސް ނޫސްވެރިންނަށް މަލާމަތް ކުރައްވައިފި

ބައެއް ނޫސްވެރިންނަކީ "ގަޓަރ ޕްރެސް" ކަމަށް ވިދާޅުވެ ރައީސް ނޫސްވެރިންނަށް މަލާމަތް ކުރައްވައިފި

01 ޖޫން 2026
ކުރިއަށް އޮތް 1 އަހަރުތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭންކުރާނަން: ރައީސް

ކުރިއަށް އޮތް 1 އަހަރުތެރޭގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްލިކޭޝަންތައް ބޭންކުރާނަން: ރައީސް

01 ޖޫން 2026
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމް އިންތިޚާބު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމް އިންތިޚާބު ކޮށްފި

01 ޖޫން 2026
ސިނގިރޭޓުގެ ޑިއުޓީ ކުޑަ ނުކުރާނެކަމަށް ރައީސް ވިދާޅުވިތާ މަހެއް ނުވެ ޔޫޓާންއަކާ ދިމާއަށް ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން!

ސިނގިރޭޓުގެ ޑިއުޓީ ކުޑަ ނުކުރާނެކަމަށް ރައީސް ވިދާޅުވިތާ މަހެއް ނުވެ ޔޫޓާންއަކާ ދިމާއަށް ދިއުމުން ގިނަ ބައެއްގެ ފާޑުކިޔުން!

01 ޖޫން 2026
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފި، ސަބަބަކަށް އޮތީ ތަންފީޒީ ދަތިތަކެއް ހުރުން

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމުގެ ބިލު ރައީސް އަނބުރާ ފޮނުވާލައްވައިފި، ސަބަބަކަށް އޮތީ ތަންފީޒީ ދަތިތަކެއް ހުރުން

01 ޖޫން 2026

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު