Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަތިޔާރުގެ ވިޔަފާރި

8.6 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ގަތަރާއި، ކުވެއިތު، ޔޫއޭއީއޭ އަދި އިޒްރޭލަށް ވިއްކުމަށް އެމެރިކާ އިން ހުއްދަދީފި

މެދުއިރުމަތީގެ ހަތަރު ގައުމަކަށް 8.6 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ވިއްކުމަށް އެމެރިކާއިން ނިންމާފައިވާއިރު، މީގެ ތެރޭގައި މިސައިލް ޑިފެންސް ސިސްޓަމްތަކާއި އެންމެ ފަހުގެ ޒަމާނީ ހަތިޔާރުތައް ހިމެނޭ. މި މުއާމަލާތުގެ ދަށުން ގަތަރާއި، ކުވެއިތާއި، އިޒްރޭލުގެ އިތުރުން ޔޫއޭއީއަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ބީއޭއީ ސިސްޓަމްސް އާއި ލޮކްހީޑް މާޓިން ފަދަ އެމެރިކާގެ ބޮޑެތި ކުންފުނިތަކުން. މި ނިންމުން އިއުލާނުކޮށްފައިވަނީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި.

ރާއްޖެ އެމްވީ | 2 މެއި 2026 | ހޮނިހިރު 07:42
އިޒްރޭލުގެ އުތުރުގައި، ލުުބުނާނުގެ ބޯޑަރު ކައިރީގައި ޕެޓްރިއަޓް ސާފަސް-ޓޫ-އެއާ މިސައިލް ބެޓެރީއެއް ހަރުކޮށްފައިވަނިކޮށް ނަގާފައިވާ ފޮޓޯއެއް. މި ފޮޓޯއަކީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ނަގާފައިވާ ފޮޓޯއެކެވެ.

އިޒްރޭލުގެ އުތުރުގައި، ލުުބުނާނުގެ ބޯޑަރު ކައިރީގައި ޕެޓްރިއަޓް ސާފަސް-ޓޫ-އެއާ މިސައިލް ބެޓެރީއެއް ހަރުކޮށްފައިވަނިކޮށް ނަގާފައިވާ ފޮޓޯއެއް. މި ފޮޓޯއަކީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ނަގާފައިވާ ފޮޓޯއެކެވެ. | އޭއެފްޕީ

އެމެރިކާގެ މެދުއިރުމަތީގެ ބައިވެރިން ކަމަށްވާ އިޒްރޭލާއި، ގަތަރާއި، ކުވެއިތުގެ އިތުރުން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ޖުމްލަ 8.6 ބިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ އަސްކަރީ ސާމާނު ވިއްކުމުގެ ހުއްދަ ދީފައިވާކަން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހުކުރު ދުވަހު ހާމަކޮށްފިއެވެ.

މިކަން އިއުލާނުކޮށްފައި މިވަނީ، އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ނުވަ ހަފުތާވެފައި ވަނިކޮށެވެ. އަދި މިއީ އެ ހަނގުރާމައިގައި އިއުލާނުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށިތާ ތިން ހަފުތާއަށްވުރެ ގިނަ ދުވަސް ފަހުންނެވެ.

ހުކުރު ދުވަހު ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައިވާ ގޮތުން، ގަތަރަށް 4.01 ބިލިއަން ޑޮލަރުގެ "ޕެޓްރިއަޓް" އެއާ އެންޑް މިސައިލް ޑިފެންސް ރިޕްލެނިޝްމަންޓް ޚިދުމަތްތަކާއި، 992.4 މިލިއަން ޑޮލަރުގެ "އެޑްވާންސްޑް ޕްރެސިޝަން ކިލް ވެޕަން ސިސްޓަމްސް" (އޭޕީކޭޑަބްލިއުއެސް) ވިއްކުމަށް ވަނީ ހުއްދަ ދީފައެވެ.

މީގެ އިތުރުން، ކުވެއިތަށް 2.5 ބިލިއަން ޑޮލަރުގެ "އިންޓެގްރޭޓެޑް ބެޓްލް ކޮމާންޑް ސިސްޓަމް" އެއް ވިއްކުމަށާއި، އިޒްރޭލަށް 992.4 މިލިއަން ޑޮލަރުގެ "އެޑްވާންސްޑް ޕްރެސިޝަން ކިލް ވެޕަން ސިސްޓަމްސް" ވިއްކުމަށް ވެސް ވަނީ ނިންމާފައެވެ.

ހަމައެއާއެކު، ޔޫއޭއީއަށް 147.6 މިލިއަން ޑޮލަރުގެ "އޭޕީކޭޑަބްލިއުއެސް" ވިއްކުމުގެ ހުއްދަ ވެސް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ދީފައެވެ.

ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، ގަތަރާއި އިޒްރޭލު އަދި ޔޫއޭއީއަށް ވިއްކާ "އޭޕީކޭޑަބްލިއުއެސް" ހަތިޔާރުތައް ފޯރުކޮށްދޭ މައިގަނޑު ކުންފުންޏަކީ ބީއޭއީ ސިސްޓަމްސްއެވެ.

ކުވެއިތަށް ވިއްކާ "އިންޓެގްރޭޓެޑް ބެޓްލް ކޮމާންޑް ސިސްޓަމް" އާއި ގަތަރަށް ވިއްކާ "ޕެޓްރިއަޓް" މިސައިލް ޑިފެންސް ސިސްޓަމްގެ ޚިދުމަތްތައް ފޯރުކޮށްދޭ މައިގަނޑު ކުންފުނިތަކަކީ އާރްޓީއެކްސް އަދި ލޮކްހީޑް މާޓިން ކަމަށް ވެސް ސްޓޭޓް ޑިޕާޓްމަންޓުން ބުންޏެވެ.

މީގެ އިތުރުން، ކުވެއިތަށް ވިއްކާ ސާމާނު ފޯރުކޮށްދިނުމުގައި ނޯތުރޮޕް ގްރަމަން ކުންފުނި ވެސް މައިގަނޑު ބައިވެރިއެއްގެ ގޮތުގައި ހިމެނެއެވެ.

މަސްދަރު: ރޮއިޓާސް

އިޒްރޭލްގަތަރުކުވައިތުޔޫއޭއީއެމެރިކާ-އީރާންސްޓޭޓް ޑިޕާޓްމަންޓްހަތިޔާރު ވިއްކުން

ކޮމެންޓް

އިތުރަށް ކިޔާލަން

ނަތަންޔާހޫ އަށް މައާފު ދިނުމުގެ ކުރިން، މަޝްވަރާ ކުރަން އިޒްރޭލްގެ ރައީސް ދައުވަތު ދެއްވައިފި

ނަތަންޔާހޫ އަށް މައާފު ދިނުމުގެ ކުރިން، މަޝްވަރާ ކުރަން އިޒްރޭލްގެ ރައީސް ދައުވަތު ދެއްވައިފި

29 އެޕްރީލު 2026
ސަލާމަތީ ސަބަބު ތަކަށްޓަކައި ނަތަންޔާހޫގެ ބަޔާން ނެގުން ކެންސަލް ކޮށްފި

ސަލާމަތީ ސަބަބު ތަކަށްޓަކައި ނަތަންޔާހޫގެ ބަޔާން ނެގުން ކެންސަލް ކޮށްފި

27 އެޕްރީލު 2026
ނަަތަންޔާހޫގެ ވެރިކަން ބަދަލު ކުރުމަށް ބެނެޓް އާއި ލަޕިޑް އެކުވެއްޖެ

ނަަތަންޔާހޫގެ ވެރިކަން ބަދަލު ކުރުމަށް ބެނެޓް އާއި ލަޕިޑް އެކުވެއްޖެ

26 އެޕްރީލު 2026
އިޒްރޭލުން އެލްބިޓް ސިސްޓަމްސް އަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އޯޑަރެއް ދީފި

އިޒްރޭލުން އެލްބިޓް ސިސްޓަމްސް އަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އޯޑަރެއް ދީފި

23 އެޕްރީލު 2026
ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލައިގެ ހެކިބަސް ދިނުން ކެންސަލް ކޮށްފި

ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލައިގެ ހެކިބަސް ދިނުން ކެންސަލް ކޮށްފި

20 އެޕްރީލު 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު