Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

މި މުއާމަލާތުގެ ދަށުން ޤަތަރާއި، އިޒްރޭލް އަދި ޔޫއޭއީ އަށް ވިއްކާ އޭޕީކޭޑަބްލިއުއެސް ހަތިޔާރު ފޯރުކޮށްދޭ މައިގަނޑު ކޮންޓްރެކްޓަރަކީ ބީއޭއީ ސިސްޓަމްްސް ކަމަށް ސްޓޭޓް ޑިޕާޓްމަންޓް އިން ބުނެފައިވޭ. އަދި ކުވެއިތަށް ވިއްކާ ބެޓްލް ކޮމާންޑް ސިސްޓަމް އާއި، ޤަތަރަށް ވިއްކާ ޕެޓްރިއަޓް މިސައިލް ޑިފެންސް ސިސްޓާމްގެ މަސައްކަތްތައް ކުރިއަށް ގެންދާނީ އާރުޓީއެކްސް އަދި ލޮކްހީޑް މާޓިން ކުންފުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 މެއި 2026 | ހޮނިހިރު 09:39
އިޒްރޭލްގެ އުތުރުގައި، ލުބުނާނުގެ ބޯޑަރު ކައިރީގައި "ޕެޓްރިއަޓް" މަރުކާގެ ސާފޭސް-ޓޫ-އެއަރ (އެއްގަމުން ވައިގެ ތެރެއަށް ފޮނުވާލާ) މިސައިލް ބެޓެރީއެއް ހަރުކޮށްފައިވާ މަންޒަރު.

އިޒްރޭލްގެ އުތުރުގައި، ލުބުނާނުގެ ބޯޑަރު ކައިރީގައި "ޕެޓްރިއަޓް" މަރުކާގެ ސާފޭސް-ޓޫ-އެއަރ (އެއްގަމުން ވައިގެ ތެރެއަށް ފޮނުވާލާ) މިސައިލް ބެޓެރީއެއް ހަރުކޮށްފައިވާ މަންޒަރު. | ރޮއިޓާސް

އެމެރިކާގެ މެދު އިރުމަތީގެ ބައިވެރިން ކަމަށްވާ ޤަތަރާއި، ކުވެއިތާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އިތުރުން އިޒްރޭލް އަށް 8.6 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ ހަތިޔާރު ވިއްކުމުގެ ހުއްދަ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ދީފި އެވެ. 

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން މި ހުއްދަ ދީފައި ވަނީ ހުކުރު ދުވަހު އެވެ. މި ނިންމުން އިއުލާން ކޮށްފައި މި ވަނީ އެމެރިކާގެ އެހީތެރިކަމާ އެކު، އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމަ އަށް ނުވަ ހަފުތާ ވެފައި ވަނިކޮށެވެ. އަދި މިއީ ހަނގުރާމަ ހުއްޓާލުމުގެ ނާޒުކު އެއްބަސްވުމަަކަށް އަމަލުކުރަން ފެށިތާ ތިން ހަފުތާއަށް ވުރެ ގިނަ ދުވަސްވީ ފަހުން، އެމެރިކާ އިން ނިންމި ނިންމުމެކެވެ. 

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން އާންމު ކޮށްފައިވާ ތަފްސީލު ތަކަށް ބަލާއިރު، ޤަތަރަށް ވިއްކުމަށް ހަމަޖެހިފައި ވަނީ ޕެޓްރިއަޓް އެއާ އެންޑް މިސައިލް ޑިފެންސް ރިޕްލެނިޝްމަންޓް ސާވިސަސް އާއި، އެޑްވާންސްޑް ޕްރިސިޝަން ކިލް ވެޕަން ސިސްޓަމްސް (އޭޕީކޭޑަބްލިއުއެސް) އެވެ. މީގެ ތެރެއިން މިސައިލް ޑިފެންސް ސިސްޓަމްގެ އަގު 4.01 ބިލިއަން އެމެރިކާ ޑޮލަރަށް އަރާއިރު، އޭޕީކޭޑަބްލިއުއެސް ހަތިޔާރުގެ އަގަކީ 992.4 މިލިއަން އެމެރިކާ ޑޮލަރެވެ. 

މީގެ އިތުރުން ކުވެއިތަށް 2.5 ބިލިއަން އެމެރިކާ ޑޮލަރުގެ އިންޓަގްރޭޓެޑް ބެޓްލް ކޮމާންޑް ސިސްޓަމެއް ވިއްކުމަށް ވަނީ ހުއްދަ ދީފަ އެވެ. އަދި އިޒްރޭލް އަށް 992.4 މިލިއަން އެމެރިކާ ޑޮލަރުގެ އެޑްވާންސްޑް ޕްރިސިޝަން ކިލް ވެޕަން ސިސްޓަމްސް ވިއްކުމަށް ނިންމާފައިވާއިރު، ޔޫއޭއީ އަށް ވެސް 147.6 މިލިއަން އެމެރިކާ ޑޮލަރުގެ އެފަދަ ހަތިޔާރު ވިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. 

މި މުއާމަލާތުގެ ދަށުން ޤަތަރާއި، އިޒްރޭލް އަދި ޔޫއޭއީ އަށް ވިއްކާ އޭޕީކޭޑަބްލިއުއެސް ހަތިޔާރު ފޯރުކޮށްދޭ މައިގަނޑު ކޮންޓްރެކްޓަރަކީ ބީއޭއީ ސިސްޓަމްްސް ކަމަށް ސްޓޭޓް ޑިޕާޓްމަންޓް އިން ބުނެފައިވެ އެވެ. އަދި ކުވެއިތަށް ވިއްކާ ބެޓްލް ކޮމާންޑް ސިސްޓަމް އާއި، ޤަތަރަށް ވިއްކާ ޕެޓްރިއަޓް މިސައިލް ޑިފެންސް ސިސްޓާމްގެ މަސައްކަތްތައް ކުރިއަށް ގެންދާނީ އާރުޓީއެކްސް އަދި ލޮކްހީޑް މާޓިން ކުންފުނިން އެވެ. 

ކުވެއިތަށް ހަތިޔާރު ވިއްކުމުގެ މަޝްރޫއުގައި ނޯތުރޮޕް ގްރަމަން ކުންފުނި ވެސް މައިގަނޑު ކޮންޓްރެކްޓަރެއްގެ ގޮތުގައި ބައިވެރި ވާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން މައުލޫމާތު ދީފައިވެ އެވެ. މި ބޮޑު އަދަދުގެ ހަތިޔާރުގެ މުއާމަލާތް ތަކަކީ މެދު އިރުމަތީގެ ސަލާމަތީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން އެމެރިކާގެ ބައިވެރިންގެ ދިފާއީ ޤާބިލުކަން އިތުރު ކުރުމަށް ނިންމި ނިންމުމެއް ކަމަށް ބެލެވެ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ގަތަރުޔޫއޭއީކުވައިތުއިޒްރޭލްއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުގެ ހަމަލާތަކުން ހުޅަނގު އޭޝިއާގައި ހުރި އެމެރިކާގެ 16 މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަވެއްޖެ

އީރާނުގެ ހަމަލާތަކުން ހުޅަނގު އޭޝިއާގައި ހުރި އެމެރިކާގެ 16 މަރުކަޒަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަވެއްޖެ

02 މެއި 2026
އީރަން އިން މަޝްވަރާގެ މަގު އިޚްތިޔާރު ނުކޮށްފި ނަމަ، ފުނޑުފުނޑު ކޮށްލާނަން: ޓްރަމްޕް

އީރަން އިން މަޝްވަރާގެ މަގު އިޚްތިޔާރު ނުކޮށްފި ނަމަ، ފުނޑުފުނޑު ކޮށްލާނަން: ޓްރަމްޕް

02 މެއި 2026
ހަނގުރާމަ އަލުން ފެށިދާނެ، މިތިބީ އެމެރިކާގެ "މޮޔަ" ހަމާލާ ތަކަށް ތައްޔާރުވެގެން: އީރާން

ހަނގުރާމަ އަލުން ފެށިދާނެ، މިތިބީ އެމެރިކާގެ "މޮޔަ" ހަމާލާ ތަކަށް ތައްޔާރުވެގެން: އީރާން

02 މެއި 2026
8.6 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ގަތަރާއި، ކުވެއިތު، ޔޫއޭއީއޭ އަދި އިޒްރޭލަށް ވިއްކުމަށް އެމެރިކާ އިން ހުއްދަދީފި

8.6 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ގަތަރާއި، ކުވެއިތު، ޔޫއޭއީއޭ އަދި އިޒްރޭލަށް ވިއްކުމަށް އެމެރިކާ އިން ހުއްދަދީފި

02 މެއި 2026
އީރާން ހަނގުރާމަ ނިމިއްޖެ، ކޮންގްރެސްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ: ޓްރަމްޕް

އީރާން ހަނގުރާމަ ނިމިއްޖެ، ކޮންގްރެސްގެ ހުއްދަ ހޯދާކަށް ނުޖެހޭނެ: ޓްރަމްޕް

02 މެއި 2026

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު