Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނާޒިމް ރައީސް އޮފީސް

ވަޒީރެއްގެ ފެންވަރުގައި އަނެއްކާވެސް ނާޒިމް ސަރުކާރަށް

5 ޖޫން 2026 | ހުކުރު 09:05

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް، މިނިސްޓަރު ފެންވަރުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް އައްޔަންކުރައްވައިފި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 5 ޖޫން 2026 | ހުކުރު 09:05
 ނާޒިމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ

ނާޒިމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް، މިނިސްޓަރު ފެންވަރުގައި އަނެއްކާވެސް ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަން ކުރައްވައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނާޒިމް މި މަގާމަށް އައްޔަން ކުރައްވާފައި ވަނީ ނިމިދިޔަ ހަފުތާގެ ތެރޭގައެވެ.

މިފަހަރު ނާޒިމް އައްޔަން ކުރައްވާފައި ވަނީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ. މިއީ މިނިސްޓަރުންގެ ފެންވަރުގެ މަގާމެކެވެ. ނާޒިމް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް ހެލްތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.

Advertisement - newsAdvertisement

މި ސަރުކާރު ފެށުނުއިރު ވެސް ނާޒިމް ފުރަތަމަ ހުންނެވީ ރައީސް އޮފީހުގެ އިސް މަގާމެއްގަ އެވެ. ނަމަވެސް އެ މަގާމުގައި ހުންނަވަނިކޮށް، 2024 ސެޕްޓެމްބަރު 30 ގައި އޭނާ ވަނީ ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވައިފައެވެ. ނާޒިމް ހެލްތު މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ރެފަރަންޑަމް ވޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީ އަށް ފަހު ކެބިނެޓަށް ގެނައި ބަދަލުތަކުގެ ތެރޭގަ އެވެ.

އެގޮތުން މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ގިނަ މިނިސްޓަރުންތަކެއް މަގާމުން އިސްތިއުފާ ދެއްވިއިރު، އޭގެ ތެރެއިން ބައެއް ބޭފުޅުންނަށް ސަރުކާރުން  އިސް މަޤާމުތައް ދެމުންދާކަން ފާހަގަކުރެވެ އެވެ. ނާޒިމްގެ އިތުރުން، ލޯކަލް ގަވަމެންޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް އުމަރު ގަތަރަށް ކަނޑައަޅާ ސަފީރަކަށް އައްޔަން ކުރެއްވުމަށް ވަނީ ނިންމަވައިފައެވެ.

މީގެ އިތުރުން، އެންވައިރޮމެންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ތޯރިގް އިބްރާހީމް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައަޅާ ސަފީރަކަށް އައްޔަން ކުރެއްވުމަށް ވެސް ސަރުކާރުން ވަނީ ނިންމަވައިފައެވެ. މި ބަދަލުތަކަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައާއި ބޭރުގެ ގައުމުތަކާއެކު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަމުންދާ ބަދަލުތަކެއް ކަމަށް ބެލެވެއެވެ.

އަބްދުﷲ ނާޒިމް އިބްރާހިމްރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްއާދަމް ޝަރީފު އުމަރުއިބްރާހިމް ތޯރިގްގަތަރުޔޫއޭއީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

01 ޖޫން 2026

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން ކޮމިޓީ އިން ރުހުން ދީފި

01 ޖޫން 2026
މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން ކޮމިޓީ އިން ރުހުން ދީފި
30 މެއި 2026

ހަނގުރާމަ ނިންމުމަށް ސުލްޙަވެރި އޮނިގަނޑެއްގެ ތެރެއިން މަސައްކަތް ކުރަން އީރާން އޮތީ ތައްޔާރަށް: އީރާންގެ ރައީސް

30 މެއި 2026
ހަނގުރާމަ ނިންމުމަށް ސުލްޙަވެރި އޮނިގަނޑެއްގެ ތެރެއިން މަސައްކަތް ކުރަން އީރާން އޮތީ ތައްޔާރަށް: އީރާންގެ ރައީސް
24 މެއި 2026

ބޭހުގެ މައްސަލަ އެއްކޮށް ޙައްލު ކުރުމަށް ރައީސްގެ ޑެޑްލައިނެއް، ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ތެރޭގައި ބޭހުގެ މައްސަލަ ޙައްލުވާނެކަމަށް!

24 މެއި 2026
ބޭހުގެ މައްސަލަ އެއްކޮށް ޙައްލު ކުރުމަށް ރައީސްގެ ޑެޑްލައިނެއް، ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ތެރޭގައި ބޭހުގެ މައްސަލަ ޙައްލުވާނެކަމަށް!
17 މެއި 2026

އެމެރިކާ އާއި އީރާންއާ ދެމެދު އޮތް އެއްބަސްވުމާ ގުޅޭ ގޮތުން، ޤަތަރާއި ކުވެއިތުން މަޝްވަރާ ކޮށްފި

17 މެއި 2026
އެމެރިކާ އާއި އީރާންއާ ދެމެދު އޮތް އެއްބަސްވުމާ ގުޅޭ ގޮތުން، ޤަތަރާއި ކުވެއިތުން މަޝްވަރާ ކޮށްފި
14 މެއި 2026

އީރާން ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ސިއްރިޔާތުގައި ޔޫއޭއީ އަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފި

14 މެއި 2026
އީރާން ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ސިއްރިޔާތުގައި ޔޫއޭއީ އަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފި
14 މެއި 2026

މަގާމުން އިސްތިއުފާ ދެއްވި ތޯރިގު ޔޫއޭއީގެ ސަފީރު ކަމަށް، އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަަށް އައްޔަން ކުރަން ހުށަހަޅައިފި

14 މެއި 2026
މަގާމުން އިސްތިއުފާ ދެއްވި ތޯރިގު ޔޫއޭއީގެ ސަފީރު ކަމަށް، އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަަށް އައްޔަން ކުރަން ހުށަހަޅައިފި
05 މެއި 2026

ޔޫއޭއީގެ ފުޖައިރާގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކުގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އެމެރިކާގެ ނުރައްކާތެރި އަމަލުތަކުގެ ނަތީޖާ: އީރާން

05 މެއި 2026
ޔޫއޭއީގެ ފުޖައިރާގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކުގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އެމެރިކާގެ ނުރައްކާތެރި އަމަލުތަކުގެ ނަތީޖާ: އީރާން
04 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގައި ތެޔޮ ޓޭންކަރަކަށް ހަމަލާ ދީފި

04 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގައި ތެޔޮ ޓޭންކަރަކަށް ހަމަލާ ދީފި
02 މެއި 2026

މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

02 މެއި 2026
މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި
02 މެއި 2026

8.6 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ގަތަރާއި، ކުވެއިތު، ޔޫއޭއީއޭ އަދި އިޒްރޭލަށް ވިއްކުމަށް އެމެރިކާ އިން ހުއްދަދީފި

02 މެއި 2026
8.6 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ގަތަރާއި، ކުވެއިތު، ޔޫއޭއީއޭ އަދި އިޒްރޭލަށް ވިއްކުމަށް އެމެރިކާ އިން ހުއްދަދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް