Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޔާސީ މަޤާމުތައް

ރައީސް މުއިއްޒު އަންގަވައިގެން ވަޒީރުކަމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފްގެ އަނބިކަނބަލުންނަށް، ސްޓޭޓް މިނިސްޓަރުގެ މަޤާމެއް!

ޕީއެންސީގެ ކުރީގެ ސެކެޓަރީ ޖެނެރަލް ޒީނާޒް އަދުނާނު ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ނަމަވެސް، ސަރުކާރުން އެކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވޭ. ޒީނާޒް މިހާރު ވަޒީފާއަށް ނުކުމެވަޑައިގަންނަވަމުންދާއިރު، އޭނާ މަސައްކަތް ކުރައްވަނީ އެ މިނިސްޓްރީގެ ޖެންޑާ ސެކްޝަނުގައި. މީގެ އިތުރުން، ލޯކަލް ގަވަރމަންޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފް އުމަރު މިހާރު ވަނީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރައްވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ޖޫން 2026 | އާދީއްތަ 08:11
ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން އިސްތިއުފާ ދެއްވި، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ އަނބިކަނބަލުން ޒީނާޒު އަދުނާނު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން އިސްތިއުފާ ދެއްވި، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ އަނބިކަނބަލުން ޒީނާޒު އަދުނާނު | ޕީއެންސީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން އިސްތިއުފާ ދެއްވި، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރުގެ އަނބިކަނބަލުން ޒީނާޒު އަދުނާނު ހެލްތް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުކަމުގެ މަޤާމަށް އައްޔަނުކޮށްފިއެވެ.

ވެރިކަން ކުރާ ޕީއެންސީގެ ސެކެޓަރީ ޖެނެރަލްގެ މަޤާމުވެސް ފުރުއްވި ޒީނާޒް އެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ މިހިނގާ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. އޭނާ މިހާރު މަސައްކަތަށް ނުކުމެވަޑައިގެންފައިވާ ކަމަށާއި، މަސައްކަތް ކުރައްވާނީ ޖެންޑާއާ ގުޅޭ ކަންކަން ބަލަހައްޓާ ފަޅީގައި ކަމަށް ހެލްތް މިނިސްޓްރީއާ ސުވާލު ކުރުމުން އެ މިނިސްޓްރީން ވަނީ މީޑިއާތަކަށް މައުލޫމަތު ދީފައެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް އޭނާ މަޤާމަށް އައްޔަނު ކުރެވިގެން ދިޔައިރު ސަރުކާރުން އެކަން ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން އެފަދަ އިސް މަޤާމުތަކަށް އައްޔަނުކުރާ މީހުންގެ މައުލޫމާތު ދައުލަތުގެ އެކިއެކި އިދާރާތަކުން އާންމުކުރަމުން ގޮސްފައިވެއެވެ.

ރައީސް މުއިއްޒު ވަނީ އާދަމް ޝަރީފް، ގަތަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އައްޔަން ކުރައްވަން ނަން ފޮނުއްވާފަ އެވެ.  އާދަމް ޝަރީފް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ 14 އޭޕްރީލް 2026 ގަ އެވެ. އޭގެފަހުން އޭނާ ވަނީ މިނިސްޓަރުންގެ ފެންވަރުގައި ފޮރިން މިނިސްޓްރީއަށް އައްޔަންކުރައްވާފަ އެވެ.

އާދަމް ޝަރީފް އެ މަޤާމަށް އައްޔަން ކުރެއްވި ސީދާ ތާރީޚެއްވެސް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރިކަން ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް 27 އޭޕްރީލް 2026 ގައި ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓަށް ދާދި ފަހުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އަދި އޭރު އިސްތިއުފާ ދެއްވި ބައެއް ވަޒީރުން ސަފީރުކަމުގެ މަޤާމަށް އައްޔަނު ކުރައްވާފައިވާއިރު، ބައެއް ވަޒީރުން މިނިސްޓަރު ފެންވަރުގައި ސަރުކާރުގެ އެހެނިހެން މަޤާމުތަކަށް ވަނީ އައްޔަނު ކުރައްވާފަ އެވެ. 

މި ދަނޑިވަޅަކީ ސަރުކާރުގެ "ސައިޒް" ކުޑަކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ދަނޑިވަޅެއްކަމަށް ސަރުކާރުން ބުނަމުން ދިޔަނަމަވެސް، ފެންނަމުންދަނީ އައު މަޤާމުތައް އުފައްދައި، އެކި މަޤާމުތަކަށް ބޮޑު މުސާރައިގައި މީހުން އައްޔަނުކުރަމުންދާތަނެވެ. އަދި އިންތިޚާބާ ދިމާކޮށް ރަށްރަށުން ފެނަކަ ފަދަ ކުންފުނިތަކަށް ނެގި އާންމު ރައްޔިތުން ގެންދަނީ އެކި ސަބަބުތައް ދައްކައި ވަޒީފާއިން ވަކިކުރަމުންނެވެ.

ޑރ. މުޙައްމަދު މުޢިއްޒުއާދަމް ޝަރީފު އުމަރުޒީނާޒު އަދުނާންޕީއެންސީގަތަރުމުހައްމަދު ހުސައިން ޝަރީފު (މުންދު)

އިތުރަށް ކިޔާލަން

14 ޖޫން 2026

ތެލަސީމިއާ ޕޭޝަންޓުންގެ ދަތިތަކަށް ޙައްލު ހޯދައިނުދީ ރައީސް ވިދާޅުވީ ކުއްލި ހާލަތްތަކުގައި ބޭނުންވާ ވަގުތަށް ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަމަށް!

14 ޖޫން 2026
ތެލަސީމިއާ ޕޭޝަންޓުންގެ ދަތިތަކަށް ޙައްލު ހޯދައިނުދީ ރައީސް ވިދާޅުވީ ކުއްލި ހާލަތްތަކުގައި ބޭނުންވާ ވަގުތަށް ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަމަށް!
14 ޖޫން 2026

ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!

14 ޖޫން 2026
ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!
13 ޖޫން 2026

އިންތިޚާބާ ދިމާކޮށް ގޯއްޗާ ފްލެޓް ހަވާލު ކުރާ ވާހަކައިގެ އަޑު ގަދަވި، އެކަން ނިމުމާއެކު އެވާހަކަ ދައްކާނެ މީހަކު ވެސް ނެތް: ޔޫނިއަންތަކުގެ ތަރުޖަމާނު

13 ޖޫން 2026
އިންތިޚާބާ ދިމާކޮށް ގޯއްޗާ ފްލެޓް ހަވާލު ކުރާ ވާހަކައިގެ އަޑު ގަދަވި، އެކަން ނިމުމާއެކު އެވާހަކަ ދައްކާނެ މީހަކު ވެސް ނެތް: ޔޫނިއަންތަކުގެ ތަރުޖަމާނު
13 ޖޫން 2026

މަރުހޫމް އަހުމަދު އާސިފްގެ އާއިލާއާ ސިޕީ ބައްދަލުކުރައްވައިފި

13 ޖޫން 2026
މަރުހޫމް އަހުމަދު އާސިފްގެ އާއިލާއާ ސިޕީ ބައްދަލުކުރައްވައިފި
13 ޖޫން 2026

މީދޫ ކައުންސިލް ރައީސްގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީ ކެންޑިޑޭޓް ސުހާ

13 ޖޫން 2026
މީދޫ ކައުންސިލް ރައީސްގެ އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީއެންސީ ކެންޑިޑޭޓް ސުހާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު