Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަނގުރާމަ ނިންމުމަށް ސުލްޙަވެރި އޮނިގަނޑެއްގެ ތެރެއިން މަސައްކަތް ކުރަން އީރާން އޮތީ ތައްޔާރަށް: އީރާންގެ ރައީސް

30 މެއި 2026 | ހޮނިހިރު 07:44

އީރާން ރައީސްގެ މީޑިއާ އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި، މި މަޝްވަރާ ތަކުގައި ޕެޒެޝްކިއާން ވަނީ މަޝްވަރާގެ މަގުން ކަންކަން ހައްލު ކުރުމުގައި އީރާން އިން އަބަދުވެސް އިޚުލާޞްތެރިކަމާއި ސާބިތުކަން ދައްކާފައި ވާނެކަން ފާހަގަ ކުރައްވާފައި. އަދި މިހާރު މިއީ އަނެއް ފަރާތުން އެމީހުންގެ އިޚުލާޞްތެރިކަން ދައްކަން ޖެހޭ ވަގުތު ކަމަށާއި، ބަހާއި އަމަލުން ބައިނަލްއަގުވާމީ ޒިންމާ ތަކަށް އެފަރާތް ތަކުން ތަބާވާން ޖެހޭ ކަމަށް ވެސް ޕެޒެޝްކިއާން ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 މެއި 2026 | ހޮނިހިރު 07:44
އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން.

އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން. | ޕްރެސް ޓީވީ

ސަރަޙައްދީ ހަނގުރާމަ އާއި ނުތަނަވަސްކަން ނިމުމަކަށް ގެނައުމަށްޓަކައި، އިއްޒަތްތެރި، ގަދަރުވެރި އަދި ސުލްޙަަވެރި އޮނިގަނޑެއްގެ ތެރެއިން މަސައްކަތް ކުރުމަށް އީރާން ތައްޔާރަށް އޮތް ކަމަށް އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެ އެވެ.

އީރާންގެ ރައީސް މިހެން ވިދާޅުވީ ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއާ އެކު އަންގާރަ ދުވަހު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. އީރާނުގެ ރައީސްގެ މީޑިއާ އޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި، މި މަޝްވަރާ ތަކުގައި ޕެޒެޝްކިއާން ވަނީ މަޝްވަރާގެ މަގުން ކަންކަން ހައްލު ކުރުމުގައި އީރާން އިން އަބަދުވެސް އިޚުލާޞްތެރިކަމާއި ސާބިތުކަން ދައްކާފައި ވާނެކަން ފާހަގަ ކުރައްވާފައި އެވެ. އަދި މިހާރު މިއީ އަނެއް ފަރާތުން އެމީހުންގެ އިޚުލާޞްތެރިކަން ދައްކަން ޖެހޭ ވަގުތު ކަމަށާއި، ބަހާއި އަމަލުން ބައިނަލްއަގުވާމީ ޒިންމާ ތަކަށް އެފަރާތް ތަކުން ތަބާވާން ޖެހޭ ކަމަށް ވެސް ޕެޒެޝްކިއާން ވިދާޅުވި އެވެ.

މި ފޯނު ކޯލުގައި ޕެޒެޝްކިއާން ވަނީ ސަރަޙައްދީ ސުލްހައަށްޓަކައި ގަތަރުގެ ސަރުކާރުން ކުރަމުންދާ ބިނާ ކުރުވަނިވި މަސައްކަތް ތަކަށް ޝުކުރު އަދާ ކުރައްވާފަ އެވެ. ވަކިން ހާއްސަކޮށް ސުލްހަ ގާއިމު ކުރުމުގައި ގަތަރުގެ އަމީރު އަމަލީ ގޮތުން އަދާކު ރައްވާ ދައުރު އީރާންގެ ރައީސް ފާހަގަ ކުރެއްވި އެވެ. އޭގެ ޖަވާބުގައި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ވިދާޅުވީ، ސަރަޙައްދީ ހަމަޖެހުމާއި ސަލާމަތް ތެރިކަން ގާއިމު ކުރުމަށްޓަކައި ޤަތަރުން ކުރަމުންދާ މަސައްކަތްތައް ހުއްޓައި ނުލާ ކުރިއަށް ގެންދާނެ ކަމަށާއި، މެދުވެރިއެއްގެ ދައުރު އަދާ ކުރުމުގައި ދެމިއޮންނާނެ ކަމަށެވެ.

މި ސަރަޙައްދުގައި ނުތަނަވަސްކަން އުފެދިފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާންއާ ދެކޮޅަށް ހަމަލާ ތަކެއް ދޭން ފެށުމާ ގުޅިގެންނެވެ. އެ ހަމަލާ ތަކުގައި އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ ހިމެނޭހެން، އީރާން ސަރުކާރުގެ އިސް ބޭފުޅުންނާއި އަސްކަރީ ކޮމާންޑަރުން ވަނީ އަވަހާރަ ކޮށްލާފައި އެވެ.

މި ހަމަ ލާތަކުގެ ރައްދުގައި އީރާންގެ އަސްކަރިއްޔާ އިން ވަނީ އެމެރިކާ އާއި އިޒްރޭލްގެ މުހިންމު އަދި އިސްތިރާތީޖީ އަމާޒުފަތް ތަކަށް 100 އަށް ވުރެ ގިނަ ރައްދު ހަމަލާތައް ކާމިޔާބުކަމާ އެކު ފޮނުވާލާފައި އެވެ.

ހަނގުރާމަ އަށް 40 ދުވަސްވީ ފަހުން، އޭޕްރިލް މަހުގެ އަށް ވަނަ ދުވަހު ޕާކިސްތާންގެ މެދުވެރިވުމާ އެކު އެމެރިކާ އާއި އީރާންއާ ދެމެދު ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމު ކޮށްފައި އެވެ. މިހާރު ދެ ޤައުމުގެ ދެ މެދުގައި މަޝްވަރާތައް ކުރިއަށް ދަނީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށެވެ. 

މަސްދަރު: ޕްރެސް ޓީވީ

މަސްޢޫދު ޕެޒެޝްކިއަންޝެއިޚް ތަމީމް ބިން ހަމަދް އަލް ތާނީއީރާންގަތަރުއީރާން-އިޒްރޭލް-އެމެރިކާއާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

30 މެއި 2026

އެމެރިކާ އިން އުސޫލު ތަކުގައި ނުހިފާއްޓާ ކަމަށް ބުނެ، އީރާންގެ ފާޑު ކިޔުން

30 މެއި 2026
އެމެރިކާ އިން އުސޫލު ތަކުގައި ނުހިފާއްޓާ ކަމަށް ބުނެ، އީރާންގެ ފާޑު ކިޔުން
28 މެއި 2026

މެދު އިރުމަތި އޮތީ ހަނގުރާމަ އާއި ސުލްޙައާ ދެމެދު ނުރައްކާތެރި ފައްތަރެއްގައި: ކަލާސް

28 މެއި 2026
މެދު އިރުމަތި އޮތީ ހަނގުރާމަ އާއި ސުލްޙައާ ދެމެދު ނުރައްކާތެރި ފައްތަރެއްގައި: ކަލާސް
28 މެއި 2026

ކުވެއިތަށް އަމާޒުވި މިސައިލް, ޑްރޯން ހަމަލާތައް ހުއްޓުވައިފި

28 މެއި 2026
ކުވެއިތަށް އަމާޒުވި މިސައިލް, ޑްރޯން ހަމަލާތައް ހުއްޓުވައިފި
27 މެއި 2026

އިރާން: އަސްކަރީ ހަނގުރާމައިން ބަލިވި ދުޝްމަނުން "ސޮފްޓް ވޯ" ގެ ޒަރީއާއިން ހަމަޖެހުން ނަގާލަން މަސައްކަތް ކުރަނީ

27 މެއި 2026
އިރާން: އަސްކަރީ ހަނގުރާމައިން ބަލިވި ދުޝްމަނުން "ސޮފްޓް ވޯ" ގެ ޒަރީއާއިން ހަމަޖެހުން ނަގާލަން މަސައްކަތް ކުރަނީ
26 މެއި 2026

ބައިނަލްއަޤުވާމީ އިންޓަނެޓުގެ ޚިދުމަތް އަލުން ދިނުމަށް އީރާންގެ ރައީސް އަމުރު ކުރައްވައިފި

26 މެއި 2026
ބައިނަލްއަޤުވާމީ އިންޓަނެޓުގެ ޚިދުމަތް އަލުން ދިނުމަށް އީރާންގެ ރައީސް އަމުރު ކުރައްވައިފި
25 މެއި 2026

އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުގެ ހަތް ވަނަ ދައުރަކަށް ޣަލިބާފް އިންތިޚާބު ކޮށްފި

25 މެއި 2026
އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމުގެ ހަތް ވަނަ ދައުރަކަށް ޣަލިބާފް އިންތިޚާބު ކޮށްފި
25 މެއި 2026

އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އިޒްރޭލް އަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ޙައްގު އޮންނާނެ: ރޫބިއޯ

25 މެއި 2026
އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އަދިވެސް އެބަ އޮތް، އިޒްރޭލް އަށް އަމިއްލަ ނަފްސު ދިފާއު ކުރުމުގެ ޙައްގު އޮންނާނެ: ރޫބިއޯ
24 މެއި 2026

ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ އަވަހާރަ ކޮށްލަން އީރާންގެ އެޖެންޓަކު މަސައްކަތް ކުރި ކަމަށް ރިޕޯޓު ކޮށްފި

24 މެއި 2026
ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާ އަވަހާރަ ކޮށްލަން އީރާންގެ އެޖެންޓަކު މަސައްކަތް ކުރި ކަމަށް ރިޕޯޓު ކޮށްފި
20 މެއި 2026

އީރާނުގެ ކުރީގެ ރައީސް އަހްމަދީނިޖާދުގެ ގެކޮޅަށް ދިން ހަމަލާއަކީ، އޭނާ ގޭބަންދުން ސަލާމަތްކުރުމުގެ މަގްސަދުގައި ދިން ހަމަލާއެއް: ރިޕޯޓް

20 މެއި 2026
އީރާނުގެ ކުރީގެ ރައީސް އަހްމަދީނިޖާދުގެ ގެކޮޅަށް ދިން ހަމަލާއަކީ، އޭނާ ގޭބަންދުން ސަލާމަތްކުރުމުގެ މަގްސަދުގައި ދިން ހަމަލާއެއް: ރިޕޯޓް
20 މެއި 2026

އެމެރިކާ އާއި އިޒްރޭލް އިން ބޭނުންވީ އީރާންގެ ވެރިކަން ވައްޓާލުމަށް ފަހު، ކުރީގެ ރައީސް އަޙުމަދީ ނިއްޖާދު ވެރި ކަމަށް ގެންނަން

20 މެއި 2026
އެމެރިކާ އާއި އިޒްރޭލް އިން ބޭނުންވީ އީރާންގެ ވެރިކަން ވައްޓާލުމަށް ފަހު، ކުރީގެ ރައީސް އަޙުމަދީ ނިއްޖާދު ވެރި ކަމަށް ގެންނަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް