Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

"ހަކަތަ ލިބުމުގެ ދަތިކަމާ" ދުނިޔެއަށް ވަރަށް އަވަހަށް ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ގަތަރުގެ ފިނޭންސް މިނިސްޓަރު ދެއްވައިފި

17 އެޕްރީލު 2026 | ހުކުރު 00:47

އީރާނުގެ ހަނގުރާމައިގެ ސަބަބުން ކުރިއަށް އޮތް ދެ މަހެއްގެ ތެރޭގައި ދުނިޔޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަރައި، ހަކަތައާއި ކާބޯތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ގަތަރުގެ ފިނޭންސް މިނިސްޓަރު ދެއްވި. ހަކަތައަށް ފައިސާ ދެއްކޭނެ ތަނަވަސްކަން ހުރި ނަމަވެސް، އެ ތަކެތި ގަންނަން ނުލިބުމުގެ ބޮޑު މައްސަލައަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި.

ރާއްޖެ އެމްވީ | 17 އެޕްރީލު 2026 | ހުކުރު 00:47
ގަތަރުގެ ފިނޭންސް މިނިސްޓަރު އަލީ އަހުމަދު އަލް ކުވާރީ.

ގަތަރުގެ ފިނޭންސް މިނިސްޓަރު އަލީ އަހުމަދު އަލް ކުވާރީ. | އޭއެފްޕީ

"ހަކަތަ ލިބުމުގެ ދަތިކަމާ" ދުނިޔެއަށް ވަރަށް އަވަހަށް ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ގަތަރުގެ ފިނޭންސް މިނިސްޓަރު ބުދަ ދުވަހު ދެއްވައިފިއެވެ. އަދި އީރާނުގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރާނެ ފުރިހަމަ އަސަރުތައް ވަރަށް އަވަހަށް ފެންނަން ފަށާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވޮޝިންޓަންގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބޭއްވި މަޝްވަރާއެއްގައި ވާހަކަދައްކަވަމުން ގަތަރުގެ ފިނޭންސް މިނިސްޓަރު އަލީ އަހުމަދު އަލް ކުވާރީ ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ކުރާނެ ފުރިހަމަ އަސަރުތައް ފެންނަން އޮތީ މާ ދުރުގައި ނޫން ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް މިހާރު އުފުލިފައިވަނީ ކުރިއަށް އޮތް ބޮޑު ނުރައްކަލުގެ ކުޑަ މިންވަރެއްގައި ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.

އަލް ކުވާރީ އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް އެއް މަސް ނުވަތަ ދެ މަސްދުވަހުގެ ތެރޭގައި މުޅި ދުނިޔޭގެ އިގްތިސާދަށް އޭގެ "ބޮޑު އަސަރެއް" ކުރާނެ ކަމަށެވެ.

"ވަރަށް އަވަހަށް ހަމައެކަނި އަގު ބޮޑުވުމުގެ މައްސަލައެއް ނޫން ކުރިމަތިވާނީ، ހަކަތަ ލިބުމުގެ ދަތިކަންވެސް ކުރިމަތިވާނެ. އެހެންކަމުން ހަކަތައަށް ފައިސާ ދެއްކޭނެ ތަނަވަސްކަން ހުރި ނަމަވެސް، އެ ތަކެތި ގަންނަން ނުލިބުމުގެ ބޮޑު މައްސަލައަކާ ކުރިމަތިލާން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

މިފަދަ އިންޒާރުތަކެއް ދެއްވި ނަމަވެސް، ގަތަރުގެ މާލީ ހާލަތު ހުރި ގޮތުން މަދުވެގެން އެއް އަހަރު ދުވަހުގެ މުއްދަތަށް މި ދަތިތަކުން އަރައިގަނެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ސަރަހައްދުން އުފައްދާ އަދި ސަޕްލައިކުރާ ގަސްކާނާގެ މިންވަރު ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަން ކުރާ މޫސުންތައް ގެއްލި، ކާބޯތަކެތީގެ ނުތަނަވަސްކަމެއް ކުރިމަތިވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ގަތަރުގެ ހާލަތު ޖޭޕީ މޯގަންގެ އިގްތިސާދީ މާހިރުން އިންޒާރު ދީފައިވާ ގޮތުގައި، ގަތަރުގެ ބިޔަ ރަސް ލައްފާން ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ޕްލާންޓަށް އީރާނުން ދިން މިސައިލް ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ އުފެއްދުންތެރިކަމުގެ 17 އިންސައްތަ ވަނީ ހުއްޓިފައެވެ. މީގެ ސަބަބުން މިއަހަރު ގަތަރުގެ އިގްތިސާދު 9 އިންސައްތައަށް ދަށަށް ދާނެ ކަމަށް ބެލެވެއެވެ.

ނަމަވެސް، ހަނގުރާމައިގެ ސަބަބުން ގައުމުގެ މާލީ ހާލަތަށް ކުރާ އަސަރުތައް ކޮންޓްރޯލް ކުރެވޭނެ މިންވަރެއްގައި ހުރި ކަމަށް އަލް ކުވާރީ ވިދާޅުވިއެވެ.

ގައުމުގެ މާލީ ކަންކަން ބެލެހެއްޓުމުގައި މައްސަލައެއް ނެތް ކަމަށް ވިދާޅުވަމުން އޭނާ ފާހަގަކުރެއްވީ، ހަނގުރާމައިގެ ކުރިންވެސް ގަތަރުން ގެންގުޅުނު "ކޮންޒަވޭޓިވް" ބަޖެޓާއި، ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް އެކުލަވާލާފައިވާ "ޝޮކް ސްޓެބިލިޓީ ފަންޑު" ގެ ސަބަބުން ހާލަތު ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.

ގައުމުގެ ސޮވެރިން ވެލްތު ފަންޑު ކަމަށްވާ ގަތަރު އިންވެސްޓްމަންޓް އޮތޯރިޓީގެ ރިޒާވް ބޭނުން ނުކޮށްވެސް ހަ މަސް ދުވަހު ހިފަހައްޓާލެވޭނެ ކަމަށް އަލް ކުވާރީ ވިދާޅުވިއެވެ. އަދި ބޭނުންވެއްޖެ ނަމަ ބަޖެޓު ކުޑަކުރުމާއި، ލޯނު ނެގުމާއި، ބައެއް އިންވެސްޓްމަންޓް މަޝްރޫއުތައް ފަސްކުރުމުގެ ފުރުސަތު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް މާ ބޮޑު މައްސަލައެއް ކުރިމަތިވާނެ ކަމަކަށް ނުފެނޭ. މި ހާލަތުގައި މުޅި އަހަރު ދުވަހުވެސް އަޅުގަނޑުމެންނަށް ހިފަހައްޓާލެވޭނެ،" އަލް ކުވާރީ ވިދާޅުވިއެވެ.

ގަތަރުއީރާންއަލީ އަހުމަދު އަލް ކުވާރީއައިއެމްއެފް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 އެޕްރީލު 2026

އީރާނުގެ ބަނދަރުތަކަށް ހަމަލާދީފި ނަމަ ސަރަހައްދުގެ އެއްވެސް ބަނދަރަކީ އަމާން ތަނެއްގެ ގޮތުގައި ނޯންނާނެ: އީރާން

13 އެޕްރީލު 2026
އީރާނުގެ ބަނދަރުތަކަށް ހަމަލާދީފި ނަމަ ސަރަހައްދުގެ އެއްވެސް ބަނދަރަކީ އަމާން ތަނެއްގެ ގޮތުގައި ނޯންނާނެ: އީރާން
12 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް ޓްރަމްޕް އަންގަވައިފި

12 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް ޓްރަމްޕް އަންގަވައިފި
12 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅީގެ ތަޅުދަނޑި އޮތީ އީރާނުގެ އަތުގައި: ވަލަޔާތީ

12 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅީގެ ތަޅުދަނޑި އޮތީ އީރާނުގެ އަތުގައި: ވަލަޔާތީ
05 އެޕްރީލު 2026

ކުރިއަށް އޮތް ތަނުގައި އެމެރިކާ އާއި އިޒްރޭލް އަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދާނެ ކަމަށް އީރާން އިން ބުނެފި

05 އެޕްރީލު 2026
ކުރިއަށް އޮތް ތަނުގައި އެމެރިކާ އާއި އިޒްރޭލް އަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދާނެ ކަމަށް އީރާން އިން ބުނެފި
01 އެޕްރީލު 2026

ހަނގުރާމަ ހުއްޓާލުމާ މެދު ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ، ހަމައެކަނި އިރާނުން ކަނޑައަޅާ ޝަރުތުތަކުގެ މަތިން ކަމަށް ރައީސް ޕެޒެޝްކިއަން ވިދާޅުވެއްޖެ

01 އެޕްރީލު 2026
ހަނގުރާމަ ހުއްޓާލުމާ މެދު ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ، ހަމައެކަނި އިރާނުން ކަނޑައަޅާ ޝަރުތުތަކުގެ މަތިން ކަމަށް ރައީސް ޕެޒެޝްކިއަން ވިދާޅުވެއްޖެ
01 އެޕްރީލު 2026

އެމެރިކާގެ ތިންވަނަ މަނަވަރު މެދުއިރުމައްޗަށް ދަތުރުކުރަނީ

01 އެޕްރީލު 2026
އެމެރިކާގެ ތިންވަނަ މަނަވަރު މެދުއިރުމައްޗަށް ދަތުރުކުރަނީ
29 މާރިޗު 2026

ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ބޭނުންވާ ތެލާއި، ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް!

29 މާރިޗު 2026
ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ބޭނުންވާ ތެލާއި، ބޭސްފަރުވާގެ ސާމާނު ފޯރުކޮށްދިނުމަށް ބޮޑެތި ގޮންޖެހުންތަކެއް!
29 މާރިޗު 2026

ޕެރިހުގައި ހުންނަ ބޭންކް އޮފް އެމެރިކާ ގޮއްވާލަން އުޅެފި

29 މާރިޗު 2026
ޕެރިހުގައި ހުންނަ ބޭންކް އޮފް އެމެރިކާ ގޮއްވާލަން އުޅެފި
29 މާރިޗު 2026

ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން އީރާން ވަކިވަނީ

29 މާރިޗު 2026
ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން އީރާން ވަކިވަނީ
29 މާރިޗު 2026

ދުބާއީ ގައި ޔޫކްރެއިންގެ ޑްރޯން ހަމަލާތަކުން ދިފާއުވާ ނިޒާމުތައް ރައްކާކޮށްފައި ހުރި ގުދަނެއް ސުންނާފަތިކޮށްލާފައިވާ ކަމަށް އީރާނުން ބުނެފި

29 މާރިޗު 2026
ދުބާއީ ގައި ޔޫކްރެއިންގެ ޑްރޯން ހަމަލާތަކުން ދިފާއުވާ ނިޒާމުތައް ރައްކާކޮށްފައި ހުރި ގުދަނެއް ސުންނާފަތިކޮށްލާފައިވާ ކަމަށް އީރާނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް