Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޖިލިސް

މަގާމުން އިސްތިއުފާ ދެއްވި ތޯރިގު ޔޫއޭއީގެ ސަފީރު ކަމަށް، އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަަށް އައްޔަން ކުރަން ހުށަހަޅައިފި

ގަތަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އާދަމް ޝަރީފް އަދި ޔޫއޭއީގެ ސަފީރުކަމަށް ތާރިގު އިބްރާހިމް އައްޔަންކުރަން ރައީސް ފޮނުއްވި މައްސަލަ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައި. މި ދެ ބޭފުޅުންނަކީ ސަރުކާރަށް ކުރިމަތިވި އިންތިޚާބީ ނާކާމިޔާބީއާ ގުޅިގެން ކެބިނެޓުން އިސްތިއުފާ ދެއްވުމަށްފަހު، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައި ތިއްބެވި ބޭފުޅުން.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 މެއި 2026 | ބުރާސްފަތި 05:51
ރައީސް ޑރ.މުހައްމަދު މުއިއްޒު އަންގަވައިގެން އިސްތިއުފާ ދެއްވި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އައްޔަން ކުރައްވަނީ ޔޫއޭއީގެ ސަފީރު ކަމަށް.

ރައީސް ޑރ.މުހައްމަދު މުއިއްޒު އަންގަވައިގެން އިސްތިއުފާ ދެއްވި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އައްޔަން ކުރައްވަނީ ޔޫއޭއީގެ ސަފީރު ކަމަށް. | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން އިސްތިއުފާ ދެއްވި، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ސަފީރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ދެ ބޭފުޅުންގެ ނަން ފޮނުއްވައިފި އެވެ.

ރައީސް މުއިއްޒު ވަނީ އާދަމް ޝަރީފް، ގަތަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އައްޔަން ކުރައްވަން ނަން ފޮނުއްވާފަ އެވެ. އަދި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް ތޯރިގު އައްޔަން ކުރައްވަން ވަނީ ނަން ފޮނުއްވާފަ އެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފަ އެވެ

.

ރައީސް ޑރ.މުހައްމަދު މުއިއްޒު އަންގަވައިގެން އިސްތިއުފާ ދެއްވި ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު އައްޔަން ކުރައްވަނީ ގަތަރުގެ ސަފީރު ކަމަށް.
ރައީސް ޑރ.މުހައްމަދު މުއިއްޒު އަންގަވައިގެން އިސްތިއުފާ ދެއްވި ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު އައްޔަން ކުރައްވަނީ ގަތަރުގެ ސަފީރު ކަމަށް.

ތޯރިގާއި އާދަމް ޝަރީފް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ 14 އޭޕްރީލް 2026 ގަ އެވެ. އޭގެފަހުން މި ދެ ބޭފުޅުން ވަނީ މިނިސްޓަރުންގެ ފެންވަރުގައި ފޮރިން މިނިސްޓްރީއަށް އައްޔަންކުރައްވާފަ އެވެ. އެ ބޭފުޅުން އައްޔަން ކުރެއްވި ސީދާ ތާރީޚެއް ސަރުކާރުން ހާމަ ނުކުރި ނަމަވެސް، ދެ ބޭފުޅުން ވެސް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރިކަން ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް 27 އޭޕްރީލް 2026 ގައި ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ. މި ބޭފުޅުންނާ އެކު، ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވެސް އެ މަގާމަށް އައްޔަންކުރެއްވި އެވެ. ނަމަވެސް ދިޔާނާގެ ނަން މަޖިލީހަށް ފޮނުވާފައެއް ނުވެ އެވެ. އަދި އޭނާ އައްޔަން ކުރައްވަނީ ކޮން ގައުމެއްގެ ސަފީރުކަމަށް ކަމެއް ސާފެއް ނުވެ އެވެ. 

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުގައި ރައީސް މުއިއްޒުގެ ސަރުކާރަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ފަހުން އެމަނިކުފާނު އަންގަވައިގެން ކުއްލި ގޮތަކަށް 10 މިނިސްޓަރަކު މަގާމުން އިސްތިއުފާ ދެއްވި އެވެ. އަދި ކުންފުނިތަކުގެ ބައެއް ވެރިން ވަކި ކުރެއްވިއިރު، އަނެއްބައި ވެރީން އިސްތިއުފާ ދެއްވި އެވެ. ނަމަވެސް މިހާރު އެކި ބޭފުޅުންނަށް ސަރުކާރުގެ ތެރެއިން ދަނީ މަގާމުތައް ދެމުންނެވެ.

ގަތަރުޔޫއޭއީފާތިމަތު ދިޔާނާ ސައީދުތޯރިގް އިބްރާހީމް އާދަމް ޝަރީފު އުމަރުމަޖިލިސް

އިތުރަށް ކިޔާލަން

11 މެއި 2026

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރާމިޒް އަވަހާރަވުމާ ގުޅިގެން ޖަލްސާގައި ހިމޭންކަމުގެ ސުކޫތެއް

11 މެއި 2026
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ރާމިޒް އަވަހާރަވުމާ ގުޅިގެން ޖަލްސާގައި ހިމޭންކަމުގެ ސުކޫތެއް
05 މެއި 2026

ޔޫއޭއީގެ ފުޖައިރާގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކުގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އެމެރިކާގެ ނުރައްކާތެރި އަމަލުތަކުގެ ނަތީޖާ: އީރާން

05 މެއި 2026
ޔޫއޭއީގެ ފުޖައިރާގެ ތެޔޮ ރައްކާކުރާ މަރުކަޒުތަކުގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އެމެރިކާގެ ނުރައްކާތެރި އަމަލުތަކުގެ ނަތީޖާ: އީރާން
04 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގައި ތެޔޮ ޓޭންކަރަކަށް ހަމަލާ ދީފި

04 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގައި ތެޔޮ ޓޭންކަރަކަށް ހަމަލާ ދީފި
02 މެއި 2026

މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި

02 މެއި 2026
މެދު އިރުމަތީގެ ޤައުމު ތަކާއި އިޒްރޭލް އަށް، 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި
02 މެއި 2026

8.6 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ގަތަރާއި، ކުވެއިތު، ޔޫއޭއީއޭ އަދި އިޒްރޭލަށް ވިއްކުމަށް އެމެރިކާ އިން ހުއްދަދީފި

02 މެއި 2026
8.6 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ގަތަރާއި، ކުވެއިތު، ޔޫއޭއީއޭ އަދި އިޒްރޭލަށް ވިއްކުމަށް އެމެރިކާ އިން ހުއްދަދީފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު