Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

ގަތަރުގެ ސަފީރުގެ މަގާމަށް އާދަމް ޝަރީފް އުމަރާއި ޔޫއޭއީގެ ސަފީރުގެ މަގާމަށް ތޯރިގު އިބްރާހިމް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި. މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މި ދެ ބޭފުޅުންނަށް ރުހުން ދިނުމަށް ނިންމުމާ ގުޅިގެން، ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވި މެންބަރުންގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ އެ ބޭފުޅުން ސަފީރުކަމަށް އައްޔަންކުރަން ފާސްކޮށްފަ. ކުރިން ވަޒީރުކަމުގައި ތިއްބެވި މި ދެ ބޭފުޅުން މިހާރު ތިއްބެވީ މިނިސްޓަރުންގެ ފެންވަރުގައި ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމުގަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 15 ޖޫން 2026 | ހޯމަ 07:34
ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން އިސްތިއުފާ ދެއްވި، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް: ދެ ބޭފުޅުން ވެސް ސަފީރު ކަމަށް އައްޔަނު ކުރުމަށް މަޖިލީހުން ވަނީ ރުހުން ދީފަ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން އިސްތިއުފާ ދެއްވި، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް: ދެ ބޭފުޅުން ވެސް ސަފީރު ކަމަށް އައްޔަނު ކުރުމަށް މަޖިލީހުން ވަނީ ރުހުން ދީފަ | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން އިސްތިއުފާ ދެއްވި، ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި، އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ސަފީރު ކަމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާދަމް ޝަރީފް އުމަރު އަދު ތޯރިގު ސަފީރު ކަމަށް އައްޔަނު ކުރުމަށް ރުހުން ހޯދުމަށް ވޯޓަށް އަހާފައި ވަނީ ވަކިވަކިންނެވެ. 

Advertisement - newsAdvertisement

އެގޮތުން ގަތަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އާދަމް ޝަރީފް އައްޔަނު ކުރުމަށް ފެންނަ ކަމަށް 57 މެންބަރުން ވޯޓު ދެއްވިއިރު 9 މެންބަރުން ވަނީ އޭނާ އެ މަގާމަށް އައްޔަނު ކުރަން ނުފެންނަ ކަމަށް ބުނެފަ އެވެ. 

އެކުވެރި އަރަބި އިމާރާތު (ޔޫއޭއީ)ގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް ތޯރިގު އައްޔަން ކުރުމަށް ފެންނަ ކަމަށް 57 މެންބަރުން ވޯޓު ދެއްވިއިރު އޭނާ އެ މަގާމަށް އައްޔަނު ކުރުމަށް ނުފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވި އެވެ. 

މި މައްސަލަ ދިރާސާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ އިންނެވެ. ކޮމިޓީގެ އިއްތިފާގުން ވަނީ ދެ ބޭފުޅުންނަށް ވެސް ރުހުން ދިނުމަށް ނިންމާފަ އެވެ.

ތޯރިގާއި އާދަމް ޝަރީފް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ 14 އޭޕްރީލް 2026 ގަ އެވެ. އޭގެފަހުން މި ދެ ބޭފުޅުން ވަނީ މިނިސްޓަރުންގެ ފެންވަރުގައި ފޮރިން މިނިސްޓްރީއަށް އައްޔަންކުރައްވާފަ އެވެ.

އެ ބޭފުޅުން އައްޔަން ކުރެއްވި ސީދާ ތާރީޚެއް ސަރުކާރުން ހާމަ ނުކުރި ނަމަވެސް، ދެ ބޭފުޅުން ވެސް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް އައްޔަންކުރިކަން ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް 27 އޭޕްރީލް 2026 ގައި ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުއާދަމް ޝަރީފު އުމަރުގަތަރުޔުނައިޓެޑް އަރަބް އެމިރޭޓްސްތޯރިގް އިބްރާހީމް ރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

15 ޖޫން 2026

އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ގަރާރެއް

15 ޖޫން 2026
އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ގަރާރެއް
15 ޖޫން 2026

ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި، އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް!

15 ޖޫން 2026
ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި، އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް!
14 ޖޫން 2026

ރައީސް މުއިއްޒު އަންގަވައިގެން ވަޒީރުކަމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފްގެ އަނބިކަނބަލުންނަށް، ސްޓޭޓް މިނިސްޓަރުގެ މަޤާމެއް!

14 ޖޫން 2026
ރައީސް މުއިއްޒު އަންގަވައިގެން ވަޒީރުކަމުން އިސްތިއުފާ ދެއްވި އާދަމް ޝަރީފްގެ އަނބިކަނބަލުންނަށް، ސްޓޭޓް މިނިސްޓަރުގެ މަޤާމެއް!
14 ޖޫން 2026

ތެލަސީމިއާ ޕޭޝަންޓުންގެ ދަތިތަކަށް ޙައްލު ހޯދައިނުދީ ރައީސް ވިދާޅުވީ ކުއްލި ހާލަތްތަކުގައި ބޭނުންވާ ވަގުތަށް ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަމަށް!

14 ޖޫން 2026
ތެލަސީމިއާ ޕޭޝަންޓުންގެ ދަތިތަކަށް ޙައްލު ހޯދައިނުދީ ރައީސް ވިދާޅުވީ ކުއްލި ހާލަތްތަކުގައި ބޭނުންވާ ވަގުތަށް ލޭ ލިބުމަކީ ފުރާނަ ސަލާމަތްކުރުމަށް ލިބޭ ވަރަށް ބޮޑު ބާރެއްކަމަށް!
14 ޖޫން 2026

ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!

14 ޖޫން 2026
ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު