Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އާއި އީރާންއާ ދެމެދު އޮތް އެއްބަސްވުމާ ގުޅޭ ގޮތުން، ޤަތަރާއި ކުވެއިތުން މަޝްވަރާ ކޮށްފި

ޤަތަރުގެ ފޮރިން މިނިސްޓްރީ އިން އެކްސްގައި ޝާއިއު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ދެ ޤައުމުގެ ބޮޑު ވަޒީރުން މަޝްވަރާ ކުރެއްވީ އެމެރިކާ އާއި އީރާންއާ ދެމެދު ޤާއިމު ކޮށްފައިވާ ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމާއި، ޙާލަތު ހަމަ މަގަށް އެޅުވުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 މެއި 2026 | އާދީއްތަ 02:54
ޤަތަރުގެ ބޮޑު ވަޒީރު އަދި ފޮރިން މިނިސްޓަރު ޝައިޚް މުޙައްމަދު ބިން ޢަބްދުއް ރަޙްމާން ބިން ޖާސިމް އަލް ޘާނީ އާއި، ކުވެއިތުގެ ބޮޑު ވަޒީރު މުޙައްމަދު ޞަބާޙް އައްސަލަމް އައް ޞަބާޙް.

ޤަތަރުގެ ބޮޑު ވަޒީރު އަދި ފޮރިން މިނިސްޓަރު ޝައިޚް މުޙައްމަދު ބިން ޢަބްދުއް ރަޙްމާން ބިން ޖާސިމް އަލް ޘާނީ އާއި، ކުވެއިތުގެ ބޮޑު ވަޒީރު މުޙައްމަދު ޞަބާޙް އައްސަލަމް އައް ޞަބާޙް. | ޓްވިޓަރ

އެމެރިކާ އާއި އީރާންއާ ދެމެދު ޤާއިމު ކޮށްފައިވާ ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން، ޤަތަރުގެ ބޮޑު ވަޒީރު އަދި ފޮރިން މިނިސްޓަރު ޝައިޚް މުޙައްމަދު ބިން ޢަބްދުއް ރަޙްމާން ބިން ޖާސިމް އަލް ޘާނީ އާއި، ކުވެއިތުގެ ބޮޑު ވަޒީރު މުޙައްމަދު ޞަބާޙް އައްސަލަމް އައް ޞަބާޙްއާ މަޝްވަރާ ކުރައްވައިފި އެވެ. 

މި މަޝްވަރާ ކުރެއްވުން ކުރިއަށް ގެންގޮސްފައި ވަނީ ގްރީސްގެ އެތެންސްގައި ފުރަތަމަ ފަހަރަށް ބާއްވަމުން އަންނަ އެލަޔަންސް ފޯ ޔޫރަޕް-ގަލްފު ޖިއޯޕޮލިޓިކްސް އެންޑް އިންވެސްޓްމަންޓްސް ސަމިޓުގެ ޙަރަކާތްތައް ކުރިއަށް ދަނިކޮށް، އެ ތަނުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. 

ޤަތަރުގެ ފޮރިން މިނިސްޓްރީ އިން އެކްސްގައި ޝާއިއު ކޮށްފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ދެ ޤައުމުގެ ބޮޑު ވަޒީރުން މަޝްވަރާ ކުރެއްވީ އެމެރިކާ އާއި އީރާންއާ ދެމެދު ޤާއިމު ކޮށްފައިވާ ހަނގުރާމަ މެދު ކަނޑާލުމުގެ އެއްބަސްވުމާއި، ޙާލަތު ހަމަޖެއްސުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ. 

ޤަތަރުގެ އެންމެ އިސް ޑިޕްްލޮމެޓް ވަނީ މި ސަރަހައްދުގައި ކުރިއަށްދާ މަސައްކަތް ތަކަށް ހުރިހާ ފަރާތް ތަކުން ރަނގަޅު ރައްދެއް ދިނުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ، މި މަސައްކަތް ތަކަށް ރަނގަޅު ރައްދެއް ދިނުމަށް ކުރިމަތި ވެފައިވާ ބޮޑު މައްސަލައިގެ އަސްލު ސަބަބުތައް ސުލްޙަވެރި ގޮތުގައި ވާހަކަ ދައްކައިގެން ޙަައްލު ކުރެވޭނެ ކަމަަށެވެ. އަދި މިއީ ކުރިއަށް އޮތް ތަނުގައި އަލުން ޙާލަތު ގޯސްވުން ހުއްޓުވޭނެ، ދެމެހެއްޓެނިވި އެއްބަސްވުމަކަށް ދިޔުމަށް މަގު ފަހި ކުރާނެ ކަމެއް ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ. 

މި ބައްދަލުވުން އޮތީ މެދު އިރުމަތީގެ ސަރަހައްދުގައި ޙާލަތު އިތުރަށް ގޯސްވުން ހުއްޓުވުމަށް ބައިނަލްއަޤުވާމީ މަސައްކަތްތައް ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ޤަތަރުން ވަނީ މި ސަރަހައްދުގައި ކުރިމަތިވެފައިވާ ބޮޑެތި ގިނަ މައްސަލަ ތަކުގައި މެދުވެރިއެއްގެ ދައުރު އަދާ ކޮށްފަ އެވެ. 

އެތެންސްގައި ބާއްވަމުން އަންނަ މި ސަމިޓަކީ ޔޫރަޕް އަދި ގަލްފު ސަރަހައްދުގެ ޤައުމުތަކާ ދެމެދު ސިޔާސީ އަދި އިޤްތިޞާދީ ގުޅުން ބަދަހި ކުރުމަށް ބޭއްވި މުހިންމު ބައްދަލުވުމެކެވެ. މި ސަމިޓުގައި އެ ސަރަހައްދުގެ ލީޑަރުންނާއި އިސްވެރިން ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ގަތަރުކުވައިތުޝައިޚް މުޙައްމަދު ބިން އަބްދުއް ރަޙްމާން އަލް ޘާނީކުވެއިތުގެ ބޮޑު ވަޒީރު މުޙައްމަދު ޞަބާޙް އައްސަލަމް އައް ޞަބާޙް

އިތުރަށް ކިޔާލަން

17 މެއި 2026

ސުލްޙައިގެ މަޝްވަރާ ތަކަށް މަގު ފަހި ކުރުމަށް، ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު އީރާން އަށް

17 މެއި 2026
ސުލްޙައިގެ މަޝްވަރާ ތަކަށް މަގު ފަހި ކުރުމަށް، ޕާކިސްތާންގެ އިންޓީރިއާ މިނިސްޓަރު އީރާން އަށް
16 މެއި 2026

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް 20 އަހަރަށް މެދުކަނޑާލަން އެއްބަސްވުމުން ފުދޭނެ: ޓްރަމްޕް

16 މެއި 2026
އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް 20 އަހަރަށް މެދުކަނޑާލަން އެއްބަސްވުމުން ފުދޭނެ: ޓްރަމްޕް
16 މެއި 2026

އެމެރިކާގެ އިޤްތިޞާދަށް ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި

16 މެއި 2026
އެމެރިކާގެ އިޤްތިޞާދަށް ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމުގެ އިންޒާރު އީރާން އިން ދީފި
14 މެއި 2026

އެމެރިކާ އާއި އިޒްރޭލްގެ އަމަލުތައް ކުށްވެރި ކުރުމަށް، އީރާން އިން ބްރިކްސްގެ ޤައުމު ތަކަށް ގޮވާލައިފި

14 މެއި 2026
އެމެރިކާ އާއި އިޒްރޭލްގެ އަމަލުތައް ކުށްވެރި ކުރުމަށް، އީރާން އިން ބްރިކްސްގެ ޤައުމު ތަކަށް ގޮވާލައިފި
14 މެއި 2026

އީރާން ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ސިއްރިޔާތުގައި ޔޫއޭއީ އަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފި

14 މެއި 2026
އީރާން ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ސިއްރިޔާތުގައި ޔޫއޭއީ އަށް ވަޑައިގެންނެވި ކަމަށް ހާމަ ކޮށްފި
14 މެއި 2026

މަގާމުން އިސްތިއުފާ ދެއްވި ތޯރިގު ޔޫއޭއީގެ ސަފީރު ކަމަށް، އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަަށް އައްޔަން ކުރަން ހުށަހަޅައިފި

14 މެއި 2026
މަގާމުން އިސްތިއުފާ ދެއްވި ތޯރިގު ޔޫއޭއީގެ ސަފީރު ކަމަށް، އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަަށް އައްޔަން ކުރަން ހުށަހަޅައިފި
14 މެއި 2026

ޚަރަދު ކުޑަ ކުރުމުގެ ގޮތުން ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑު ކުޑަ ކުރައްވައިފި

14 މެއި 2026
ޚަރަދު ކުޑަ ކުރުމުގެ ގޮތުން ބޮޑު ވަޒީރު މޯދީގެ މޮޓޯކޭޑު ކުޑަ ކުރައްވައިފި
13 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގައި ފްރާންސް އާއި އިނގިރޭސިވިލާތުން ކުރިއަށް ގެންދާ މިޝަންގައި އޮސްޓްރޭލިއާ ބައިވެރި ވަނީ

13 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގައި ފްރާންސް އާއި އިނގިރޭސިވިލާތުން ކުރިއަށް ގެންދާ މިޝަންގައި އޮސްޓްރޭލިއާ ބައިވެރި ވަނީ
13 މެއި 2026

ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި

13 މެއި 2026
ޓްރަމްޕްގެ އީރާން ހަނގުރާމަ ހުއްޓުވުމަށް، ރިޕަބްލިކަން ޕާޓީގެ މެމްބަރުން ތާއީދު ކުރުމަށް ޝުމާ ގޮވާލައްވައިފި
13 މެއި 2026

ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް

13 މެއި 2026
ހޮރްމޫޒް ކަނޑު އޮޅީގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާ އެއްބަސްވުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު