Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވަޒީފާ ބުރާސްފަތު އިހުތިޖާޖު

އެމް.ޑީ.ޕީން ކޯޓަށް ގޮސް ވަޒީފާއިން ކަނޑާލި މުވައްޒަފުންގެ ޙައްޤު ހޯދައިދޭނަން: ނިޔާޒު

ސަރުކާރުން ވަޒީފާތަކުގައި ތިބި މުވައްޒަފުން ވަކިކުރަނީ އެއްވެސް އުސޫލެއް ނެތި ކަމަށް ތުހުމަތުކުރައްވައި، އެ މީހުންގެ ހައްގުތައް ހޯދައިދޭން އެމްޑީޕީން ކޯޓަށް ދާނެ ކަމަށް އަލީ ނިޔާޒު ވިދާޅުވެއްޖެ. 2018 ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު އެޗްޑީސީގައި ތިބި ވަގުތީ މުވައްޒަފުންނަށް ވަޒީފާގެ ޔަގީންކަން ދިންކަން އޭނާ ފާހަގަކުރެއްވި. ވަޒީފާގެ ކުރިއެރުން ދިނުމާއި ވަކިކުރުމުގައި ސިޔާސީ ފިކުރަށް ބަލައިގެން ނުވާނެ ކަމަށާއި، ގާނޫނާ ހިލާފަށް ކުރާ ކަންކަމާ ދެކޮޅަށް އެ ޕާޓީން ވަކާލާތު ކުރާނެ ކަމަށްވެސް ނިޔާޒު ވިދާޅުވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 19 ޖޫން 2026 | ހުކުރު 08:37
އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވާހަކަ ދައްކަވަނީ.

އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަޒީފާތަކުން ވަކިކުރަމުންދާ މުވައްޒަފުންގެ ޙައްޤުތައް ހޯދައިދިނުމަށް އެމް.ޑީ.ޕީން ކޯޓަށް ގޮސްގެން ވެސް މަސައްކަތް ކުރާނެ ކަމަށް ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

ނިޔާޒު މިހެން ވިދާޅުވީ ވަޒީފާތަކުން މުވައްޒަފުން ވަކިކުރާ މައްސަލައާ ގުޅިގެން އެމް.ޑީ.ޕީން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ނިޔާޒުގެ ވާހަކަައިގައި މީގެ ފަސް އަހަރު ކުރިން އެމް.ޑީ.ޕީން ވެރިކަމާ ހަވާލުވިއިރު އޮތް ހާލަތަށް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށް އޭރު އޮތް ސަރުކާރުން އިންތިޚާބު ކާމިޔާބު ކުރުމުގެ ބޭނުމުގައި އެޗް.ޑީ.ސީ.އަށް 400 އަށްވުރެ ގިނަ ވަގުތީ މުވައްޒަފުން ވައްދާފައިވާ ކަމަށާއި، އެ މުވައްޒަފުން އޭރު ތިބީ ވަޒީފާގެ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެމް.ޑީ.ޕީ.ން ވެރިކަމަށް އައުމަށް ފަހު އެ ހުރިހާ މުވައްޒަފުންނަށް ވަޒީފާގެ ޔަޤީންކަން ދީ، އެ މީހުން ވަޒީފާގައި ބޭތިއްބި ކަމަށް ނިޔާޒު ފާހަގަކުރެއްވި އެވެ.

ވަޒީފާ ދިނުމުގައި މައްސަލައެއް އުޅޭނަމަ އެއީ ވަޒީފާ ދިން މީހުންގެ މައްސަލައެއް ކަމަށާއި، ވަޒީފާގައި ތިބި މުވައްޒަފުންނަކީ މައްސަލައެއް ނޫން ކަމަށް ނިޔާޒު ވިދާޅުވި އެވެ. އަދި މިއަދު ސަރުކާރުން މުވައްޒަފުން ވަކިކުރަމުންދަނީ އެއްވެސް އުސޫލެއް، އިންސާފެއް ނެތި އަދި އެއްވެސް ޙައްޤަކާ ނުލައި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. ވަޒީފާއާ ބެހޭ ޤާނޫނުގައި ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ނޯންނާނެ ކަމަށާއި، މުވައްޒަފުން އަމަލުކުރަން ޖެހޭނީ ޤާނޫނުއަސާސީއާއި ވަޒީފާއާ ބެހޭ ޤާނޫނަށް ކަމަށް ވެސް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި އަދި އެއާއެކު ވަޒީފާތަކާ ބެހޭ ގާނޫނުގެ ދަށުން މުވައްޒަފުންނަށް އުނދަގޫވާ ގޮތަށް މުވައްޒަފުންގެ ޙައްޤުތަކަށް އަރައިގޮސް ހުންނަ ގަވާއިދުތަކާއި އުސޫލުތަކަކީ ތަބާވަޖެހޭ އެއްޗެއް ނޫން. އަޅުގަނޑު ހުރިހާ މުވައްޒަފުންނަށް ވެސް މި ދަންނަވަނީ، ތިބޭފުޅުންގެ ސިޔާސީ ފިކުރަކަށް ބެލުމެއް އޮވެގެންނެއް ވަޒީފާގެ ކުރިއެރުމަށް ވެސް އަދި ވަޒީފާއަށް ކެނޑުމަށް ވެސް އޮވެގެންނެއް ނޯންނާނެ. އެފަދަ ކަމަކަށް އަޅުގަނޑުމެން މި ތިބީ ތައްޔާރަށް އެމް.ޑީ.ޕީން ކޯޓަށް ގޮސް ތިބޭފުޅުންނަށް އެ ޙައްޤު އަޅުގަނޑުމެން ހޯދައިދޭނަން.
ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު

މީގެ އިތުރުން ނިޔާޒު ވިދާޅުވީ ވަޒީފާއިން މީހުން ކަނޑާ ފަރާތްތައް ހިފައި ހައްޔަރުކުރަން ޖެހޭ ކަމަށެވެ. ނިޔާޒު ވަނީ ވަޒީފާގެ ބިރުވެރިކަމެއް ނެތި މަސައްކަތް ކުރުމުގެ މާޙައުލެއް އޮންނަންޖެހޭނެ ކަމަށް ވަކާލާތު ކުރައްވާފަ އެވެ. 

ސަރުކާރުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު އެމްޑީޕީން އިސްނަގައިގެން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ވަޒީފާ ބުރާސްފަތި އިހުތިޖާޖުގައި މާލެއާއި އަތޮޅުތެރޭގެ އެކި ރަށްރަށުން އެތައް ހާސް ބަޔަކު ބައިވެރިވި އެވެ.

އިހުތިޖާޖުގެ ބައިވެރިން ދިޔައީ ނުހައްގުން ވަޒީފާއިން ކަނޑާލި މުވައްޒަފުންނަށް އަލުން ވަޒީފާ ދިނުމަށާއި، ސަރުކާރު ޒިންމާދާރުވުމަށް ގޮވާލާ އަޑުއުފުލަމުންނެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރުގެ އިސްތިއުފާއަށް ވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.

އެމްޑީޕީއަލީ ނިޔާޒްހުޅުމާލެ އެޗްޑީސީވަޒީފާ ބުރާސްފަތި

ކޮމެންޓް

އިތުރަށް ކިޔާލަން

އެޗްޑީސީގެ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

އެޗްޑީސީގެ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

19 ޖޫން 2026
ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް ވަޒީފާއިން ވަކިކުރާ އިސްވެރިންގެ ފަހަތުން ވެސް ދުވާނަން: ޒިޔާދު

ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ ވަޒީފާ އިއާދަކޮށް ވަޒީފާއިން ވަކިކުރާ އިސްވެރިންގެ ފަހަތުން ވެސް ދުވާނަން: ޒިޔާދު

19 ޖޫން 2026
ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް: ނަޝީދު

ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް: ނަޝީދު

19 ޖޫން 2026
މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ

މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ

18 ޖޫން 2026
ވަޒީފާއިން ވަކިކުރާ ކޮންމެ މީހެއްގެ އާއިލާއަކީ މި ސަރުކާރާއި ދެކޮޅުވާނެ އާއިލާއެއް: ޝާހިދު

ވަޒީފާއިން ވަކިކުރާ ކޮންމެ މީހެއްގެ އާއިލާއަކީ މި ސަރުކާރާއި ދެކޮޅުވާނެ އާއިލާއެއް: ޝާހިދު

18 ޖޫން 2026

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު