Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

އެޗްޑީސީގެ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

19 ޖޫން 2026 | ހުކުރު 08:35

އެޗްޑީސީގެ އާ އޮނިގަނޑަށް ބަދަލުވުމުގެ މަރުހަލާގައި، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް މާލީ އިނާޔަތްތަކާއެކު އެ ފުރުސަތު އެ ކޯޕަރޭޝަނުން ވަނީ ހުޅުވާލާފައި. އެގޮތުން ރިޑަންޑަންޓްވުމުގެ ސެވަރެންސް ޕެކޭޖެއް ނުވަތަ ޚިދުމަތުގެ މުއްދަތަށް ބަލައި ރިޓަޔާމަންޓް އިނާޔަތް ހޯދުމުގެ އިޚުތިޔާރު މުވައްޒަފުންނަށް ލިބޭނެ. މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް މުވައްޒަފުންގެ އަދަދު މަދުކުރުމަށް ޕީސީބީން ދީފައިވާ އިރުޝާދާ އެއްގޮތަށް އެޅި ފިޔަވަޅެއް.

އަމްނާ އިމާދު
އަމްނާ އިމާދު | 19 ޖޫން 2026 | ހުކުރު 08:35
އެޗްޑީސީ އޮފީސް ހުންނަ އިމާރާތް، އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ވައްދާފައިވޭ.

އެޗްޑީސީ އޮފީސް ހުންނަ އިމާރާތް، އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ވައްދާފައިވޭ. | މިހާރު

އިންތިޚާބުތަކާ ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒަފުން ވެއްދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ ފުރުސަތު އެ ކޯޕްރޭޝަނުން ހުޅުވާލައިފި އެވެ. 

ބުރާސްފަތި ދުވަހު އެޗްޑީސީން ވަނީ މުވައްޒަފުންނަށް އެ މެމޯ ފޮނުވާފަ އެވެ. 

އެ މެމޯއެއްގައި ބުނެފައިވަނީ، ރިޓަޔާމަންޓް ޕޮލިސީ އާއި ވަޒީފާއިން ރިޑަންޑަންޓްވާ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލުތަކަށް ކުންފުނީގެ ބޯޑުން މުހިންމު އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެޗްއާރުން ފޮނުވި މި މެމޯގައި ބުނީ، އާ އޮނިގަނޑަށް ބަދަލުވާއިރު، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ދެ ފުރުސަތެއް ލިބޭނެ ކަމަށެވެ.

އެގޮތުން މި މެމޯގައި ބުނީ، އަމިއްލައަށް އެދިގެން ރިޑަންޑަންޓްވުމުން އުސޫލުގައިވާ ގޮތުގެ މަތިން ވަޒީފާއިން ވަކިވުމުގެ މާލީ އިނާޔަތެއްގެ ގޮތުގައި ފުރިހަމަ ސެވަރެންސް ޕެކޭޖެއް ލިބޭނެ ކަމަށެވެ. އަދި ދެވަނަ ގޮތަކީ އަމިއްލައަށް އެދިގެން ރިޓަޔަވުން ކަމަށާއި، މިއަށް ޝަރުތު ހަމަވާ މުވައްޒަފުންނަށް އެ މުވައްޒަފަކު ކުންފުންޏަށް ޚިދުމަތްކުރި މުއްދަތަށާއި އަދާކުރާ މަގާމަށް ރިއާޔަތްކޮށް، އެއްފަހަރާ ލިބޭ އެކަށީގެންވާ މާލީ އިނާޔަތަކާއެކު ރިޓަޔާ ކުރެވޭނެ ކަމަށް މެމޯގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން މެމޯގައި ބުނީ، އިތުރު ތަފްސީލާއި، ޝަރުތުތައް އަދި އެދި ހުށަހަޅަންޖެހޭ ސުންގަޑިތައް ކުންފުނީގެ ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި ހިއުމަން ރިސޯސް ޑިޕާޓްމަންޓް މެދުވެރިކޮށް މުވައްޒަފުންނަށް ލިބޭނެ ކަމަށެވެ. 

އެޗްޑީސީން މި އެންގުން މުވައްޒަފުންނަށް އަންގާފައިމިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ އޭޕްރީލް މަހު އަންގާފައިވަނިކޮށެވެ. ސަރުކާރުގެ އެކި ކުންފުނިތަކުން ހަރަދު ކުޑަކުރުމަށް ކަމަށް ބުނެ މުވައްޒަފުން މަދު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބޮޑު ގެެއްލުމަކާއެކު ހިންގަމުންދާ ފެނަކަ ކޯޕަރޭޝަނުން ވެސް މުވައްޒަފުން މަދުކުރުމަށް ހަތަރު މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު ޖޫން މަހުގެ ކުރީކޮޅު ދީފައިވެ އެވެ. 

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އެޗްޑީސީޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުޕީސީބީފެނަކަ ކޯޕަރޭޝަން

އިތުރަށް ކިޔާލަން

13 ޖޫން 2026

ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން

13 ޖޫން 2026
ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން
12 ޖޫން 2026

އުރީދޫން ވޯލްޑް ކަޕް "ފުޓްބޯޅަ ފޯރި" އަށް ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް

12 ޖޫން 2026
އުރީދޫން ވޯލްޑް ކަޕް "ފުޓްބޯޅަ ފޯރި" އަށް ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް
10 ޖޫން 2026

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުމާކުރި ލެގޫން ކްލީނިންގ ވެސެލް، "ސާސޭ ސީ ސްކައުޓް" ރަސްމީކޮށް އިފްތިތާހުކޮށްފި

10 ޖޫން 2026
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުމާކުރި ލެގޫން ކްލީނިންގ ވެސެލް، "ސާސޭ ސީ ސްކައުޓް" ރަސްމީކޮށް އިފްތިތާހުކޮށްފި
10 ޖޫން 2026

ހުޅުމާލެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން ރަސްމީކޮށް ހަވާލުކޮށްފި

10 ޖޫން 2026
ހުޅުމާލެ ބޮޑު މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބިން ރަސްމީކޮށް ހަވާލުކޮށްފި
09 ޖޫން 2026

ހިޔާ ފްލެޓުތަކުގެ 14 ވަނަ ޓަވަރުގައި ހަރުކޮށްފައިވާ ލިފްޓު ބޭނުން ނުކުރެވެނީ ކޮމިޝަންކުރުމުގެ މަސައްކަތް ކުރާތީ: އެޗްޑީސީ

09 ޖޫން 2026
ހިޔާ ފްލެޓުތަކުގެ 14 ވަނަ ޓަވަރުގައި ހަރުކޮށްފައިވާ ލިފްޓު ބޭނުން ނުކުރެވެނީ ކޮމިޝަންކުރުމުގެ މަސައްކަތް ކުރާތީ: އެޗްޑީސީ
04 ޖޫން 2026

ފެނަކައިގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މުވައްޒަފުންނަށް ލީވް ދިނުން މަޑުޖައްސާލައިފި

04 ޖޫން 2026
ފެނަކައިގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން މުވައްޒަފުންނަށް ލީވް ދިނުން މަޑުޖައްސާލައިފި
04 ޖޫން 2026

8000 އެއްހާ މުވައްޒަފުންނާއެކު ކޮންމެ މަހަކު ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވޭ، މިއީ އުފުލޭނެ ބުރައެއް ނޫން: ފެނަކަ އެމްޑީ

04 ޖޫން 2026
8000 އެއްހާ މުވައްޒަފުންނާއެކު ކޮންމެ މަހަކު ގާތްގަނޑަކަށް 90 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވޭ، މިއީ އުފުލޭނެ ބުރައެއް ނޫން: ފެނަކަ އެމްޑީ
04 ޖޫން 2026

ފަހި ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ: އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް އިންޒާރު!

04 ޖޫން 2026
ފަހި ފްލެޓުތައް ކުއްޔަށް ދޭ މައްސަލަ: އެކަކު ޖޫރިމަނާކޮށް ތިން މީހަކަށް އިންޒާރު!
03 ޖޫން 2026

ހަމްބޯ ކުންފުނި ވުޖޫދުން ގެއްލިގެން ހޯދާ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރު: ކުންފުނި

03 ޖޫން 2026
ހަމްބޯ ކުންފުނި ވުޖޫދުން ގެއްލިގެން ހޯދާ ކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރު: ކުންފުނި
03 ޖޫން 2026

ފެނަކައިން މުވައްޒަފުންނަށް ހަތަރު މަސްދުވަހުގެ މުސާރަ އާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

03 ޖޫން 2026
ފެނަކައިން މުވައްޒަފުންނަށް ހަތަރު މަސްދުވަހުގެ މުސާރަ އާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް