Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީފާ ބުރާސްފަތި އިހުތިޖާޖު

މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ

ސަރުކާރުން މުވައްޒަފުން ވަކިކުރާ މައްސަލައިގައި ބޭއްވި މި ހިނގާލުމުގައި، ނުހައްގުން ވަޒީފާއިން ވަކިކުރި ފަރާތްތަކަށް އަލުން ވަޒީފާ ދިނުމަށާއި ސަރުކާރު ޒިންމާދާރުވުމަށް ގޮވާލާފައި. އެމްޑީޕީން ވަނީ ވަޒީފާ ގެއްލުނު ފަރާތްތަކުގެ ހައްގުގައި މަސައްކަތްކޮށް، އެ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ނިޒާމެއް ގާއިމުކުރާނެކަން ހާމަކޮށްފަ. މީގެ އިތުރުން، ކުރިއަށް އޮތް އެމްޑީޕީގެ ވެރިކަމެއްގައި މި ސަރުކާރުން ވަކިކުރި ހުރިހާ މުވައްޒަފުންނަށް ވަޒީފާ އިއާދަކޮށްދޭނެ ކަމުގެ ޔަގީންކަން އެ ޕާޓީން ވަނީ ދީފަ.

މަޚްތޫމް
މަޚްތޫމް | 18 ޖޫން 2026 | ބުރާސްފަތި 19:35
އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގެ ތެރެއިން.

އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގެ ތެރެއިން. | އެމްޑީޕީ

ސަރުކާރުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ދިއުމާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު އެމްޑީޕީން އިސްނަގައިގެން ބުރާސްފަތި ދުވަހުވެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި މާލެއާއި އަތޮޅުތެރޭގެ އެކި ރަށްރަށުން އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ އެވެ.

މާލޭގައި ބޭއްވި މި ހިނގާލުން ފަށާފައިވަނީ ރަސްފަންނު ސަރަހައްދުންނެވެ.

މާލޭގެ ބޮޑުތަކުރުފާނު މަގުން ފެށި މި އިހުތިޖާޖުގެ ބައިވެރިން ވަނީ ބޭރުމަގުން އައިސް އަމީނީ މަގަށް ވަދެ، އެ މަގުން ހިނގާލުމަށްފަހު އާޓިފިޝިއަލް ބީޗް ސަރަހައްދަށް އެއްވެ އިހުތިޖާޖު ނިންމާލާފަ އެވެ. މި ހިނގާލުމުގައި އެމްޑީޕީގެ އިސްވެރިންނާއި، އާންމު މެންބަރުންގެ އިތުރުން ވަޒީފާއިން ވަކިކޮށްފައިވާ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެ އެވެ.

އިހުތިޖާޖުގެ ބައިވެރިން ދިޔައީ ނުހައްގުން ވަޒީފާއިން ކަނޑާލި މުވައްޒަފުންނަށް އަލުން ވަޒީފާ ދިނުމަށާއި، ސަރުކާރު ޒިންމާދާރުވުމަށް ގޮވާލާ އަޑުއުފުލަމުންނެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރުގެ އިސްތިއުފާއަށް ވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.

މި އިހުތިޖާޖުގައި އެމްޑީޕީން ބުނީ، ރައީސް މުއިއްޒުގެ ސަރުކާރުން ވަޒީފާއިން ކަނޑާލި ހުރިހާ މުވައްޒަފުންގެ ހައްގުގައި އެ ޕާޓީން ދެގޮތެއްނުވެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އެ ޕާޓީން ވަނީ ދީފަ އެވެ. އެމްޑީޕީން އިތުރަށް ބުނެފައިވަނީ، ކުރިއަށް އޮތް އެމްޑީޕީގެ ވެރިކަމެއްގައި، މި ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރި ހުރިހާ މުވައްޒަފުންނަށް އަލުން ވަޒީފާ އިއާދަކޮށްދޭނެ ކަމަށެވެ.

ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި ކުރިއަށްގެންދިޔަ މި އިހުތިޖާޖުތަކުގެ އިތުރުން، ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރާ ފަރާތްތަކަށާއި، ސިޔާސީ ދައުވާތައް އުފުލާފައިވާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ނިޒާމެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެމްޑީޕީން ވަނީ ހާމަކޮށްފަ އެވެ. އެމްޑީޕީން ވަނީ ސަރުކާރުގެ މިފަދަ އަމަލުތަކާ ދެކޮޅަށް ހުރިހާ ރައްޔިތުން އަޑުއުފުލުމަށް ވެސް ގޮވާލާފަ އެވެ.

އެމްޑީޕީޑރ. މުޙައްމަދު މުޢިއްޒުމާލެވަޒީފާ ބުރާސްފަތިއާޓިފިޝަލް ބީޗު

އިތުރަށް ކިޔާލަން

18 ޖޫން 2026

ވަޒީފާއިން ވަކިކުރާ ކޮންމެ މީހެއްގެ އާއިލާއަކީ މި ސަރުކާރާއި ދެކޮޅުވާނެ އާއިލާއެއް: ޝާހިދު

18 ޖޫން 2026
ވަޒީފާއިން ވަކިކުރާ ކޮންމެ މީހެއްގެ އާއިލާއަކީ މި ސަރުކާރާއި ދެކޮޅުވާނެ އާއިލާއެއް: ޝާހިދު
18 ޖޫން 2026

ކައުންސިލާ ބައްދަލުކުރުމަށް އިންކާރުކުރައްވައި ލިޔެކިޔުމުން މުއާމަލާތު ކުރަން މުއްޠަލިބު އެދިވަޑައިގަތުމުން މޭޔަރުގެ ފާޑުކިޔުން: "މުއްޠަލިބަށް ހީވަނީ އެއީ މަތިން ފައިބާފައި ހުރި ބޭފުޅެއް ހެން"

18 ޖޫން 2026
ކައުންސިލާ ބައްދަލުކުރުމަށް އިންކާރުކުރައްވައި ލިޔެކިޔުމުން މުއާމަލާތު ކުރަން މުއްޠަލިބު އެދިވަޑައިގަތުމުން މޭޔަރުގެ ފާޑުކިޔުން: "މުއްޠަލިބަށް ހީވަނީ އެއީ މަތިން ފައިބާފައި ހުރި ބޭފުޅެއް ހެން"
18 ޖޫން 2026

އެމްޑީޕީން މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދީފި

18 ޖޫން 2026
އެމްޑީޕީން މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދީފި
18 ޖޫން 2026

ރައީސް މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާތީ، އެކަމުގައި ޑެސްޕަރޭޓް ވެގެން: ޔައުގޫބް

18 ޖޫން 2026
ރައީސް މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާތީ، އެކަމުގައި ޑެސްޕަރޭޓް ވެގެން: ޔައުގޫބް
18 ޖޫން 2026

އެމްޑީޕީ ބޮޑު މުޒާހަރާ: ރައްޔިތުންނަށް ލިބޭ ފެށުމެއް

18 ޖޫން 2026
އެމްޑީޕީ ބޮޑު މުޒާހަރާ: ރައްޔިތުންނަށް ލިބޭ ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު