Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

އެމްޑީޕީން މިރޭ ބާއްވާ ބޮޑު މުޒާހަރާ އަށް ފުލުހުން އެއްބާރުލުން ދޭނެ: އެމްޑީޕީ

މިރޭ އަމީނީމަގުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުމާ ގުޅޭގޮތުން ފުލުހުންނާ މަޝްވަރާކޮށް، އެ މުއައްސަސާގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެމްޑީޕީން ހޯދައިފިއެވެ. ވަޒީފާތަކުން މީހުން ވަކިކުރާ މައްސަލައިގައި ބާއްވާ މި މުޒާހަރާ ކުރިއަށްދާނީ ކަނޑައެޅިފައިވާ ރޫޓާ އެއްގޮތަށް އަމާންކަމާއެކު ކަމަށާއި، މަގުތައް ބަންދުކުރުމާއި ސަލާމަތީ ކަންކަމުގައި ފުލުހުން އެހީތެރިވާނެ ކަމަށް އެ ޕާޓީން ބުނެއެވެ. ރަސްފަންނު ސަރަހައްދުން ފަށާ މި ހިނގާލުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

އަމްނާ އިމާދު
އަމްނާ އިމާދު | 18 ޖޫން 2026 | ބުރާސްފަތި 06:46
އެމްޑީޕީން ބުރާސްފަތި ދުުވަހުގެ ރޭ ބާއްވާ ބޮޑު މުޒާހަރާއާ ގުޅޭގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވާހަކަ ދައްކަވަނީ.

އެމްޑީޕީން ބުރާސްފަތި ދުުވަހުގެ ރޭ ބާއްވާ ބޮޑު މުޒާހަރާއާ ގުޅޭގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވާހަކަ ދައްކަވަނީ. | އެމްޑީޕީ

 މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުރާސްފަތި ދުުވަހުގެ ރޭ ބާއްވާ ބޮޑު މުޒާހަރާ އަށް ފުލުހުން އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ. 

ބުރާސްފަތި ދުވަހުގެ ހެނދުނު އެމްޑީޕީގެ ފަރާތުން ވަނީ ފުލުހުންނާ ބައްދަލުކޮށް، ބޮޑު މުޒާހަރާއާ ގުޅޭގޮތުން މަޝްވަރާ ކޮށްފަ އެވެ.

މި ބައްދަލުވުމަށްފަހު ނުކުމެ ވަޑައިގެން މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ މުޒާހަރާ ކުރިއަށް ގެންދިއުމަށް ފުލުހުން އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި މި އެއްވުމުގެ ހިނގާލުން ކުރިއަށް ދާނީ އަމީނީ މަގުން ކަމަށާއި، ފުލުހުން މަގުތައް ބަންދު ކުރުމާއި، އެ ދޭން ޖެހޭ ރައްކާތެރިކަން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަމީން ފައިސަލް ވިދާޅުވީ މުޒާހަރާ ކުރިއަށް ގެންދަނީ ހަމަޖެހުނު ރޫޓާ އެއްގޮތަށް ކަމަށާއި، ގްރީން ޒޯނަށް ގޮސް ހަމަނުޖެހުމަކަށް މަގުފަހިވާ ގޮތަށް މަސައްކަތް ނުކުރާނެ ކަމަށެވެ. 

ފުލުހުންނާ މި ބައްދަލުކުރީ އެމްޑީޕީން މިރޭ މި ބާއްވާ މުޒާހަރާއާ ގުޅޭގޮތުން. ވަޒީފާއިން ނަހަމަ ގޮތުގައި މީހުން ވަކިކުރަމުންދާތީ. ދެން އަޅުގަނޑުމެންގެ ވާހަކައިގައި ދާނެ މަގާއި، އެ ހުރިހާ އެއްވެސް ވަރަށް ސާފުކޮށް ކިޔައިދިން. ދެން ވަރަށް ރަނގަޅު ފުލުހުން ދެން އަޅުގަނޑުމެން އެދުނު ގޮތަށް އަމީނީ މަގުން ދާ ގޮތަށް ފުލުހުން ހުއްދަ ދެއްވާފައި އޮތީ. އެބޭފުޅުންގެ އެހީތެރިކަން ވެސް ދާ ދިއުމުގައި މަގުތައް ބަންދު ކުރުމާއި އެކީގައި ކޮށްދެއްވާނެ ކަމަށް އެބޭފުޅުން ވިދާޅުވީ.
ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް

އެމްޑީޕީގެ މި މުޒާހަރާ ފެށޭނީ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ރަސްފަންނު ސަރަހައްދުންނެވެ. މި މުޒާހަރާގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެޕާޓީން ވަނީ އެދިފަ އެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަމީން ފައިސަލްރަސްފަންނުއެމްޑީޕީއިހުތިޖާޖީ އެއްވުން

އިތުރަށް ކިޔާލަން

18 ޖޫން 2026

ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް

18 ޖޫން 2026
ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް
17 ޖޫން 2026

އެމްޑީޕީން މާދަމާ ރޭ މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން، ސިޔާސީ ވެގެނެއް ނޫން: ވަކީލު މައުރޫފް

17 ޖޫން 2026
އެމްޑީޕީން މާދަމާ ރޭ މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން، ސިޔާސީ ވެގެނެއް ނޫން: ވަކީލު މައުރޫފް
17 ޖޫން 2026

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ޕީއެންސީ އިން ދެކޮޅު ހަދައިފި

17 ޖޫން 2026
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ޕީއެންސީ އިން ދެކޮޅު ހަދައިފި
17 ޖޫން 2026

ގަޕޯގެ ވަގުތީ ޗެއަރޕާސަން ކަމުގައި އެމްޑީޕީއަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ: ޕާޓީގެ ރައީސް ޝާހިދު

17 ޖޫން 2026
ގަޕޯގެ ވަގުތީ ޗެއަރޕާސަން ކަމުގައި އެމްޑީޕީއަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ: ޕާޓީގެ ރައީސް ޝާހިދު
17 ޖޫން 2026

ޒާޔާއާ ދެކޮޅަށް ހެއްކެއް ނެތް، ދައުވާކުރަނީ އެކަށީގެންވާ ހެކި ނެތި: ނަޝީދު

17 ޖޫން 2026
ޒާޔާއާ ދެކޮޅަށް ހެއްކެއް ނެތް، ދައުވާކުރަނީ އެކަށީގެންވާ ހެކި ނެތި: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު