Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީފާ ބުރާސްފަތި އިހުތިޖާޖު

ވަޒީފާއިން ވަކިކުރާ ކޮންމެ މީހެއްގެ އާއިލާއަކީ މި ސަރުކާރާއި ދެކޮޅުވާނެ އާއިލާއެއް: ޝާހިދު

ސަރުކާރުގެ ވަޒީފާތަކުން މީހުން ވަކިކުރާ މައްސަލައިގައި އެމްޑީޕީން ބޭއްވި އިހުތިޖާޖުގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، ވަޒީފާ އަދާކުރުމުގެ ހައްގަށް ސަރުކާރުން އަރައިގަންނަ އިރު އެމްޑީޕީން މަޑުން ނޯންނާނެ ކަމަށް. އަދި ވަޒީފާއިން ވަކިކުރާ ކޮންމެ މީހަކާއެކު މި ސަރުކާރާ ދެކޮޅު އާއިލާއެއް އުފެދެމުންދާކަން ފާހަގަކުރައްވައި، އެމްޑީޕީގެ ވެރިކަމެއްގައި އެ މުވައްޒަފުން އަނބުރާ ވަޒީފާތަކަށް ރުޖޫއަކޮށްދޭނެ ކަމުގެ ޔަގީންކަން ޝާހިދު އެރުއްވި.

މަޚްތޫމް
މަޚްތޫމް | 18 ޖޫން 2026 | ބުރާސްފަތި 19:32
"ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން އިސްވެރިން.

"ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން އިސްވެރިން. | ރާއްޖެ އެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަކިކުރާ ކޮންމެ މުވައްޒަފެއްގެ އާއިލާއަކީ މި ސަރުކާރާއި ދެކޮޅުވާނެ އާއިލާއެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ރައްޔިތުން ވަޒީފާ އަދާކުރުމުގެ ހައްގު އިންތިހާއަށް ރައްކާތެރިވެފައިވާ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ ހައްގަށް އަރައިގަންނަ އިރު އެމްޑީޕީ އިން މަޑުން ނޯންނާނެ ކަމަށެވެ. ޝާހިދު ވިދާޅުވީ އެމްޑީޕީގެ މެންބަރުންނާއި ރައްޔިތުންނަކީ ބިރަކަށް ފަހަތަށް ޖެހޭނެ ބައެއް ނޫން ކަމަށާއި، ނުކުމެ މިތިބީ ސަރުކާރަށް ގޮންޖަހައި ނުކުމެ ކަމަށެވެ. 

އަބްދުﷲ ޝާހިދު ވިދާޅުވީ ވަޒީފާއިން ވަކިކުރާ ކޮންމެ މިހަކާއެކު މިހާރު އޮތް ސަރުކާރާއި އުފައްދަމުން އެދަނީ މި ސަރުކާރާއި ދެކޮޅުވާނެ އާއިލާއެއް ކަމަށެވެ. އަދި ރައްޔިތުން ބިކަކުރުމުން ރައްޔިތުންގެ ލޮތްބެއް ނުލިބޭނެ ކަމަށާއި، މިހާރު ފެންނަމުން ދަނީ މި ސަރުކާރު ބޮނދު ބުޑަށް ސައިވަމުންދާތަން ކަމަށެވެ. 

ޝާހިދު ވިދާޅުވީ ރައްޔިތުންނަށް އެމްޑީޕީގެ ފަރާތުން އަރުވާ ޔަގީންކަމަކީ ވަޒީފާއިން ވަކިކުރާ މީހުންގެ ދިފާއުގައި ޕާޓީ އިން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ. އަދި އެނބުރި ވެރިކަމަށް އައިސް ވަކިކޮށްފައިވާ ވަޒީފާތަކަށް މުވައްޒަފުން ރުޖޫއަކުރާނެ ކަމަށާއި، އެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ. 

"ވަޒީފާ ބުރާސްފަތި" އިހުތިޖާޖު އެއްފަހަރާ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ބާއްވާފައިވެ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުއެމްޑީޕީއަބްދުﷲ ޝާހިދުވަޒީފާ ބުރާސްފަތިދިވެހިރާއްޖޭގެ ޤާނޫނުއަސާސީ

އިތުރަށް ކިޔާލަން

18 ޖޫން 2026

އެމްޑީޕީން މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދީފި

18 ޖޫން 2026
އެމްޑީޕީން މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދީފި
18 ޖޫން 2026

ރައީސް މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާތީ، އެކަމުގައި ޑެސްޕަރޭޓް ވެގެން: ޔައުގޫބް

18 ޖޫން 2026
ރައީސް މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާތީ، އެކަމުގައި ޑެސްޕަރޭޓް ވެގެން: ޔައުގޫބް
18 ޖޫން 2026

އެމްޑީޕީ ބޮޑު މުޒާހަރާ: ރައްޔިތުންނަށް ލިބޭ ފެށުމެއް

18 ޖޫން 2026
އެމްޑީޕީ ބޮޑު މުޒާހަރާ: ރައްޔިތުންނަށް ލިބޭ ފެށުމެއް
18 ޖޫން 2026

އެމްޑީޕީން މިރޭ ބާއްވާ ބޮޑު މުޒާހަރާ އަށް ފުލުހުން އެއްބާރުލުން ދޭނެ: އެމްޑީޕީ

18 ޖޫން 2026
އެމްޑީޕީން މިރޭ ބާއްވާ ބޮޑު މުޒާހަރާ އަށް ފުލުހުން އެއްބާރުލުން ދޭނެ: އެމްޑީޕީ
18 ޖޫން 2026

ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް

18 ޖޫން 2026
ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު