Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީފާއިން ވަކިކުރުން

ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް

މިހާރުގެ ސަރުކާރުން ނުޙައްޤުން މީހުން ވަޒީފާއިން ވަކިކުރުމުގެ މައްސަލަތައް އިތުރުވެފައިވާތީ، އެކަމުގެ ސަބަބުން އާއިލާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަމަށް ޤާނޫނީ ވަކީލު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެ. ވަކި ބަޔަކަށް އަމާޒުކޮށް ޤާނޫނީ އުސޫލުތަކާ ޚިލާފަށް ފިޔަވަޅު އަޅަމުންދާކަން ފާހަގަކުރައްވައި، މިހާރުވެސް ފަސްދޮޅަހަކަށް މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ޖޫން 2026 | ބުރާސްފަތި 03:59
ޤާނޫނީ ވަކީލު އައިކް އަހުމަދު އީސާ

ޤާނޫނީ ވަކީލު އައިކް އަހުމަދު އީސާ | ރާއްޖެ އެމްވީ

މިއަދު ފެންނަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަންކަމަށް ޤާނޫނީ ވަކީލު އައިކް އަހުމަދު އީސާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އައިކް ވިދާޅުވީ މީގެ ކުރިންވެސް ސަރުކާރުތަކުން އަނިޔާވެރިކަން ފެނިފައިވީ ނަމަވެސް މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރު ހާ އަނިޔާވެރިއެއް ނޫންކަމަށެވެ. އެގޮތުން މިހާރުގެ ސަރުކާރުން ނުޙައްޤުން މީހުން ވަޒީފާއިން ވަކިކުރުމުގެ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށާއި، މިއީ ކުރިން ދެކިފައިނުވާ ޒާތުގެ މައްސަލަތައްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ނުޙައްޤުން މީހުން ވަޒީފާއިން ވަކިކުރާއިރު އެ ގެއްލިގެންދަނީ ހަމައެކަނި އެމީހާގެ ޙައްޤެއް ނޫންކަމަށާއި އެ ޙާލަތުގައި ބިކަވެގެން އެދަނީ އާއިލާއެއްކަމަށް ވަކީލު ވިދާޅުވިއެވެ. އެގޮތުން ރަށަކުން ވިއްސަކަށް މީހުން ވަޒީފާއިން ކަނޑާލާއިރު ވަރަށް ބޮޑު ލޮޅުމެއް އަދި ގެއްލުމެއް އާއިލާތަކަށް ލިބިގެންދާނެކަން އައިކް ފާހަގަކުރެއްވިއެވެ.

  ނުޙައްޤުން މީހުން ވަޒީފާއިން ވަކިކުރާއިރު އެ ގެއްލިގެންދަނީ ހަމައެކަނި އެމީހާގެ ޙައްޤެއް ނޫން، އެ ޙާލަތުގައި ބިކަވެގެން އެ ދަނީ އާއިލާއެއް، ރަށަކުން ވިއްސަކަށް މީހުން ވަޒީފާއިން ކަނޑާލާއިރު ވަރަށް ބޮޑު ލޮޅުމެއް އަދި ގެއްލުމެއް އާއިލާތަކަށް އެ ދެވެނީ.
ޤާނޫނީ ވަކީލު އައިކް އަހުމަދު އީސާ 

އައިކް ވިދާޅުވީ ސިޔާސީ ވެގެންގޮސް މިހާރު މި އޮތީ ހައްދުފަހަނަ އަޅާފައިކަމަށާއި އޭގެ އެތައް މައްސަލަތަކެއް މިފަހުންވެސް ފެންމަތިވެފައިވާކަމަށެވެ. އަދި މިހާރުވެސް ފަސްދޮޅަހަކަށް މައްސަލަ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާކަމަށް އައިކް ވިދާޅުވިއެވެ.

މީގެ އިތުރުން، ވަޒީފާއިން މީހަކު ވަކިކުރާއިރުވެސް ޤާނޫނީ އުސޫލުތަކެއް އެބަހުރިކަމަށާއި އެ އުސޫލުތަކަށް ތަބާ ނުވުމަކީ ހިތާމަހުރި ކަމެއްކަމަށް އައިކް ވިދާޅުވިއެވެ. މިއަދު ފެންނަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަންކަމަށްވެސް ވަކީލު ފާހަގަކުރެއްވިއެވެ.

ސަރުކާރުން މީހުން ވަޒީފާއިން ވަކިކުރުމުގެ މައްސަލަތައް އިތުރުވެފައިވާތީ މިއީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށާއި ޤާނޫނީ އުސޫލުތަކަށް ތަބާވެގެން މިކަންކަން ކުރުމަކީ މުހިންމު ކަމެއްކަމަށް އައިކް ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބޭއިންސާފުން ހިނގަމުންދާ އަމަލުތައް ހުއްޓާލަން ގޮވާލައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ ބުރާސްފަތި ދުވަހުގެރޭ މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް ނިންމާފައެވެ.

ޑރ. މުޙައްމަދު މުޢިއްޒުއައިކު އަހުމަދު އީސާރާއްޖެ ޓީވީއެމްޑީޕީމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

އިތުރަށް ކިޔާލަން

17 ޖޫން 2026

އެމްޑީޕީން މާދަމާ ރޭ މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން، ސިޔާސީ ވެގެނެއް ނޫން: ވަކީލު މައުރޫފް

17 ޖޫން 2026
އެމްޑީޕީން މާދަމާ ރޭ މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން، ސިޔާސީ ވެގެނެއް ނޫން: ވަކީލު މައުރޫފް
17 ޖޫން 2026

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ޕީއެންސީ އިން ދެކޮޅު ހަދައިފި

17 ޖޫން 2026
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ޕީއެންސީ އިން ދެކޮޅު ހަދައިފި
17 ޖޫން 2026

ގަޕޯގެ ވަގުތީ ޗެއަރޕާސަން ކަމުގައި އެމްޑީޕީއަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ: ޕާޓީގެ ރައީސް ޝާހިދު

17 ޖޫން 2026
ގަޕޯގެ ވަގުތީ ޗެއަރޕާސަން ކަމުގައި އެމްޑީޕީއަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ: ޕާޓީގެ ރައީސް ޝާހިދު
17 ޖޫން 2026

ވަށަފަރު މީހުން އުނބަށްޖެހީ ހަޔާތުގައި އެންމެ ފަހަރަކު، އެހެންނަމަވެސް އެކަން ސަގާފަތަކަށް ވީމަ ކަމަކުނުދާނެ: ޒިޔާދު

17 ޖޫން 2026
ވަށަފަރު މީހުން އުނބަށްޖެހީ ހަޔާތުގައި އެންމެ ފަހަރަކު، އެހެންނަމަވެސް އެކަން ސަގާފަތަކަށް ވީމަ ކަމަކުނުދާނެ: ޒިޔާދު
17 ޖޫން 2026

ސަރުކާރުން ފޮނުވާ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެކަށީގެންވާ މިންވަރަށް ދިރާސާނުކުރޭ: މައުރޫފް

17 ޖޫން 2026
ސަރުކާރުން ފޮނުވާ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެކަށީގެންވާ މިންވަރަށް ދިރާސާނުކުރޭ: މައުރޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު