Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސް މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާތީ، އެކަމުގައި ޑެސްޕަރޭޓް ވެގެން: ޔައުގޫބް

މި ސަރުކާރުގެ މަގުބޫލުކަން އިންތިހާއަށް ދަށަށް ގޮސްފައިވާ ކަމަށާއި، ކުރިއަށް އޮތް އެއްވެސް އިންތިޚާބެއް ރައީސް މުއިއްޒަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް ކުރީގެ މެންބަރު ޔައުގޫބް ވިދާޅުވި. އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސަރވިސް މުވައްޒަފުންނަށް ބިރުދައްކައި ވަޒީފާގެ އަނިޔާވެރިކަން އިސްކުރަނީ ދެވަނަ ދައުރެއް ނުލިބޭނެކަން ޔަގީންވުމުން ކަމަށް. މީގެ އިތުރުން، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ އަވަހަށް ރައްޔިތުންގެ ތާއީދު ގެއްލުނު ސަރުކާރުކަން އޭނާ ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 ޖޫން 2026 | ބުރާސްފަތި 07:58
އެމްޑީޕީއަށް 20 އަހަރުފުރުން ފާހަގަކުރުމުގެ ތެރެއިން ރާއްޖެޓީވީ އަށް އިންޓަވިއު ދެއްވަނީ.

އެމްޑީޕީއަށް 20 އަހަރުފުރުން ފާހަގަކުރުމުގެ ތެރެއިން ރާއްޖެޓީވީ އަށް އިންޓަވިއު ދެއްވަނީ. | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާތީ، އެކަމުގައި ޑެސްޕަރޭޓް ވެގެން ކަމަށް ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔައުގޫބް ވިދާޅުވީ، ރައީސް މުއިއްޒު ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެކަމާ ވަރަށް ބޮޑަށް އެމަނިކުފާނު ޑެސްޕަރޭޓްވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސަރުކާރުގެ އެކިއެކި ކުންފުނިތަކުގައި މަސައްކަތް މުވައްޒަފުންނާއި، ސިވިލް ސަރވިސް މުވައްޒަފުންނަށް ވެސް ބިރު ދެއްކުމުގެ މަސައްކަތް ކުރަނީ ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ޔައުގޫބް ވިދާޅުވީ މިސަރުކާރަށް 3 ވާންދާއިރު، މިސަރުކާރަކީ އެންމެ އަވަހަށް ރައްޔިތުންގެ މެދުގައި އެންމެ އަވަހަށް މަގުބޫލުކަން ވެއްޓުނު ސަރުކާރު ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެއްވެސް އިންތިޚާބެއް ރައީސް މުއިއްޒުގެ ސަރުކާރަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. 

މުވައްޒަފުންނަށް ޚާއްސަކޮށް ބިރު ދައްކާ އެގޮތަށް ތްރެޓް ކުރާނީ އެއީ އެ ސަރުކާރެއްގެ ނޫނީ އެ ރައީސްއެއްގެ މަގުބޫލުކަން އިންތިހާއަށް ދަށްވުމުން އިންތިހާއަށް ވެއްޓެމުން ދިޔާމަވާކަންކަން. ދެން ހަމައާއެކު މިސަރުކާރުގައި ވަޒީފާ އަދާ ކުރާ ފަރާތްތަކުން ވެސް ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރާ ގޮތުގައި މިސަރުކާރަކީ ކުރިއަށް އޮތްތަނުގައި ދެވަނަ ފަހަރަށް އިންތިޚާބުވާނެ ސަރުކާރެއް ނޫންކަން ރާއްޖޭގެ ހުރިހާ އެންމެން އެބަ ގަބޫލުކުރޭ. އޭގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުން ވެސް އަދި ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާ ކުރާ ބޭފުޅުން ވެސް އެހެނިހެން މުވައްޒަފުން ވެސް ހަމަ އެކަން ގަބޫލުކުރޭ. އަދި ޚާއްސަކޮށް އާއްމު ރައްޔިތުން. 
ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ 

ވަޒީފާގެ އަނިޔާވެރިކަން އިންތިހާއަށް ބޮޑުކަން ފާހަގަކުރައްވައި ޔައުގޫބް ވިދާޅުވީ އެމްޑީޕީން ކުރިއަށް ގެންދިޔަ ޗެއަރޕާސަން ކެންޕޭންގެ ތެރޭގައި މުޅި ރާއްޖެއިން މި މަންޒަރު ފެނުނު ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މަރުހަބާ ދެންނެވުމަށް ނުކުންނަ ރައްޔިތުންނަށް ބިރު ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުޔައުގޫބް އަބްދުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީ ބޮޑު މުޒާހަރާ: ރައްޔިތުންނަށް ލިބޭ ފެށުމެއް

އެމްޑީޕީ ބޮޑު މުޒާހަރާ: ރައްޔިތުންނަށް ލިބޭ ފެށުމެއް

18 ޖޫން 2026
އެމްޑީޕީން މިރޭ ބާއްވާ ބޮޑު މުޒާހަރާ އަށް ފުލުހުން އެއްބާރުލުން ދޭނެ: އެމްޑީޕީ

އެމްޑީޕީން މިރޭ ބާއްވާ ބޮޑު މުޒާހަރާ އަށް ފުލުހުން އެއްބާރުލުން ދޭނެ: އެމްޑީޕީ

18 ޖޫން 2026
ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް

ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް

18 ޖޫން 2026
އެމްޑީޕީން މާދަމާ ރޭ މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން، ސިޔާސީ ވެގެނެއް ނޫން: ވަކީލު މައުރޫފް

އެމްޑީޕީން މާދަމާ ރޭ މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން، ސިޔާސީ ވެގެނެއް ނޫން: ވަކީލު މައުރޫފް

17 ޖޫން 2026
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ޕީއެންސީ އިން ދެކޮޅު ހަދައިފި

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ޕީއެންސީ އިން ދެކޮޅު ހަދައިފި

17 ޖޫން 2026

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު