Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީފާ ބުރާސްފަތި އިހުތިޖާޖު

ރައީސް މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް: ނަޝީދު

ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރާ މައްސަލައިގައި އެމްޑީޕީން ބޭއްވި އިހުތިޖާޖުގައި، ނުހައްގުން ވަޒީފާ ގެއްލުވާލި ފަރާތްތަކުގެ ހައްގުގައި އެ ޕާޓީން ދެގޮތެއްނުވެ މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފި. މި އެއްވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ މި ސަރުކާރު ބަދަލުކުރާނެ ކަމަށް ވިދާޅުވެ، ވަޒީފާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައްވާފަ. އެމްޑީޕީގެ ވެރިކަމެއްގައި މި ސަރުކާރުން ވަކިކުރި ހުރިހާ މުވައްޒަފުންނަށް އަލުން ވަޒީފާ އިއާދަކޮށްދޭނެ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފަ.

މަޚްތޫމް
މަޚްތޫމް | 19 ޖޫން 2026 | ހުކުރު 08:30
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދާއި ޕާޓީގެ އިސްވެރިން "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދާއި ޕާޓީގެ އިސްވެރިން "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި. | އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އުފައްދަވަމުން ގެންދަވަނީ އިންގިލާބެއްގެ ފެށުން ކަމަށާއި، ދިވެހިރާއްޖޭގެ ރައްޔިތުން އިންގިލާބަށް ނުކުންނާނެ ކަމަށާއި، އެ ރައްޔިތުން އެ މީހުންގެ ހައްގުގައި އަދާކުރަންޖެހޭ ހުރިހާ ވާޖިބެއް އަދާކުރަމުންގެންދާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އުފެދިގެން އައީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކަމަށެވެ. އެ ޕާޓީގެ މަގްސަދަކީ އަމާޒަކީ ރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަން ހޯދައިދިނުން ކަމަށާއި، ތަނަވަސްކަން ބިނާވެފައި އޮންނަނީ ރާއްޖޭގެ ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިކުރުމަށް ކަމަށް ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި ވަޒީފާ އަދާކުރާ މީހުންގެ ހައްގުތައް ރައްކާތެރިކުރުމުގެ އެންމެހައި އަސާސީ އުންސުރުތައް، އެންމެހައި އަސާސީ ކަންކަން އޮތީ ދިވެހި ރައްޔިތުންނަށް ލިބިދީފަ ކަމަށާއި، ރައްޔިތުން އެ ހައްގުތައް ހޯދީ އެތައް ޒަމާނެއްގެ ބުރަ މަސައްކަތުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީއަކީ ހަރަކާތެއް ކަމަށާއި، މުއައްސަސާއެއް ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ އެ ޕާޓީން ފަހަތަކަށް ނުޖެހޭނެ ކަމަށެވެ. އެ ޕާޓީން ނިކުންނާނެ ކަމަށާއި، އިރާދަކުރެއްވިއްޔާ މި ވެރިކަން ބަދަލުކުރާނެ ކަމަށް ވިދާޅުވި އެވެ. ރާއްޖޭގެ ވަޒީފާ އަދާކުރާ ހުރިހާ ރައްޔިތުންނަށް ޔަގީންކޮށް އަރުވަން ބޭނުންވަނީ، އެ ބޭފުޅުންނަށް އެކަނިވެ ނުވާނެ ކަމަށާއި، އެމްޑީޕީން ކޮންމެ ޢާއިލާއަކާ އެކީގައި ތިބޭނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ ވަޒީފާ އަދާކުރާ ހުރިހާ ރައްޔިތުންނަށް އަޅުގަނޑުމެން ޔަޤީންކޮށް އަރުވަން ބޭނުންވަނީ، އެ ބޭފުޅުންނަށް އެކަންޏެއް ނުވާނެ. އަޅުގަނޑުމެން ކޮންމެ ޢާއިލާއަކާ އެކީގައި ތިބޭ، ރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން، ވަކިކުރަމުންދޭންދެނީ އެއްވެސް ހަމައެއް އިންސާފެއް ނެތި މި ކަންކަމުގެ އަޑު އުފުލުމުގައި އަޅުގަނޑުމެން އެ މުވައްޒަފުންނާ އެކުގައި ތިބޭނަން. ޑޮކްޓަރ. މުޢިއްޒަށް އެނގިވަޑައިގަންނަވަންވީ، އެ ބޭފުޅާ އެ އުފައްދަވަމުން އެ ގެންދަވަނީ އިންޤިލާބެއްގެ މަސައްކަތް. ދިވެހިރާއްޖޭގެ ރައްޔިތުން އިންޤިލާބަށް ނުކުންނާނެ. އެ ރައްޔިތުން އެ މީހުންގެ ޙައްޤުގައި އަދާކުރަންޖެހޭ ހުރިހާ ވާޖިބެއް އަދާކުރަމުންގެންދާނެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އެ މީހުންނާ އެކީގައި، ރާއްޖޭގެ ރައްޔިތުންނާ އެކީގައި ތިބޭނެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު

ސަރުކާރުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު އެމްޑީޕީން އިސްނަގައިގެން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ވަޒީފާ ބުރާސްފަތި އިހުތިޖާޖުގައި މާލެއާއި އަތޮޅުތެރޭގެ އެކި ރަށްރަށުން އެތައް ހާސް ބަޔަކު ބައިވެރިވި އެވެ.

އިހުތިޖާޖުގެ ބައިވެރިން ދިޔައީ ނުހައްގުން ވަޒީފާއިން ކަނޑާލި މުވައްޒަފުންނަށް އަލުން ވަޒީފާ ދިނުމަށާއި، ސަރުކާރު ޒިންމާދާރުވުމަށް ގޮވާލާ އަޑުއުފުލަމުންނެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރުގެ އިސްތިއުފާއަށް ވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.

މި އިހުތިޖާޖުގައި އެމްޑީޕީން ބުނީ، ރައީސް މުއިއްޒުގެ ސަރުކާރުން ވަޒީފާއިން ކަނޑާލި ހުރިހާ މުވައްޒަފުންގެ ހައްގުގައި އެ ޕާޓީން ދެގޮތެއްނުވެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް އެ ޕާޓީން ވަނީ ދީފައެވެ. އެމްޑީޕީން އިތުރަށް ބުނެފައިވަނީ، ކުރިއަށް އޮތް އެމްޑީޕީގެ ވެރިކަމެއްގައި، މި ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރި ހުރިހާ މުވައްޒަފުންނަށް އަލުން ވަޒީފާ އިއާދަކޮށްދޭނެ ކަމަށެވެ.

ޑރ. މުޙައްމަދު މުޢިއްޒުމުހައްމަދު ނަޝީދުއެމްޑީޕީވަޒީފާ ބުރާސްފަތިމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

އިތުރަށް ކިޔާލަން

18 ޖޫން 2026

މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ

18 ޖޫން 2026
މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ
18 ޖޫން 2026

ވަޒީފާއިން ވަކިކުރާ ކޮންމެ މީހެއްގެ އާއިލާއަކީ މި ސަރުކާރާއި ދެކޮޅުވާނެ އާއިލާއެއް: ޝާހިދު

18 ޖޫން 2026
ވަޒީފާއިން ވަކިކުރާ ކޮންމެ މީހެއްގެ އާއިލާއަކީ މި ސަރުކާރާއި ދެކޮޅުވާނެ އާއިލާއެއް: ޝާހިދު
18 ޖޫން 2026

އެމްޑީޕީން މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދީފި

18 ޖޫން 2026
އެމްޑީޕީން މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދީފި
18 ޖޫން 2026

ރައީސް މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާތީ، އެކަމުގައި ޑެސްޕަރޭޓް ވެގެން: ޔައުގޫބް

18 ޖޫން 2026
ރައީސް މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާތީ، އެކަމުގައި ޑެސްޕަރޭޓް ވެގެން: ޔައުގޫބް
18 ޖޫން 2026

ރައީސް މުއިއްޒުގެ މި ސަރުކާރުގައި މިހާތަނަށް 80 އަށް ވުރެ ގިނަ މުވައްޒަފުންނަށް އަނިޔާވެރިވެފައިވޭ: އެމްޑީޕީ

18 ޖޫން 2026
ރައީސް މުއިއްޒުގެ މި ސަރުކާރުގައި މިހާތަނަށް 80 އަށް ވުރެ ގިނަ މުވައްޒަފުންނަށް އަނިޔާވެރިވެފައިވޭ: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު