Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

އެމްޑީޕީން މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން ދީފި

މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އެމްޑީޕީން ވަނީ ދީފައި. އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ވިދާޅުވީ ނޫސްވެރިންގެ ހައްގުގައި ކުރާ މަސައްކަތްތަކާ ގުޅިގެން ޕާޓީގެ ބައެއް މެންބަރުންނަށް ދައުވާ އުފުލާފައިވީ ނަމަވެސް، ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 18 ޖޫން 2026 | ބުރާސްފަތި 08:20
ބުރާސްފަތި ދުވަހު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވާހަކަ ދައްކަވަނީ.

ބުރާސްފަތި ދުވަހު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެކަމުގެ ޔަގީންކަން އެފާޓީން ދީފި އެވެ. 

ބުރާސްފަތި ދުވަހު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ވިދާޅުވީ ޗެއަރޕާސަން އިންތިޚާބަ ށްފަހު ޕާޓީ ހަމަ މަގަށް އެޅިފައިވާ ކަމަށާއި، ހައްސާސް ދަނޑިވަޅެއްގައި ވެސް ނޫސްވެރިންގެ ހައްގުގައި ޕާޓީން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

ނޫސްވެރިންގެ ދިފާއުގައި އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނެކަން ފާހަގަކުރައްވައި ހުސެއިން ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން މިހާރު ވެސް ޕާޓީގެ މެންބަރުންނަށް ދައުވާ ވެސް އުފުލާފައިވާ ކަމަށެވެ. ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށާއި، މިމަސައްކަތުގައި އަބަދުވެސް ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ހުސެއިން ވިދާޅުވީ މި މަސައްކަތުގެ ނަތީޖާއެއް ގޮތުން މިސަރުކާރަށް ރައްޔިތުންގެ ތާއީދާއި މަގުބޫލުކަން ނެތް މުޅި ރާއްޖެއިން ފެންނަމުންދާ ކަމަށެވެ. 

އިރާދަކުރެއްވިއްޔާ މިރާއްޖޭގައި އަދުލުވެރިކަމާއެކު ކޯޓުތައް ހިންގުމަށްޓަކައި އިންސާފުވެރިކަމާއެކު ކަންކަން ހިންގުމަށްޓަކައި އަދި މިނިވަން ނޫސްވެރިކަމުގެ ދިފާއުގައި އަޅުގަނޑުމެން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން. އެމަސައްކަތްތައް އަޅުގަނޑުމެން ދަތި ދުވަސްތަކުގައި ވެސް މިއައީ ކޮށްފައި. އެތަހައްމަލު އެ އުދަނގޫތައް އަޅުގަނޑުމެން އެ އުދަނގޫތަކުގެ ތެރޭގައި އަޅުގަނޑުމެން އެމަސައްކަތް ކުރުމުން އަޅުގަނޑުމެންގެ މީހުންގެ މައްޗަށް ދައުވާ އުފުލާފައި އެވަނީ. އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރުގެ މައްޗަށް ދައުވާ އުފުލާފައި ވެއްޖެ. އަޅުގަނޑުމެންގެ ގައުމީ މަޖިލިސް މެންބަރު ޒާޔާއަށް ދައުވާ އުފުލާފައި ވެއްޖެ. އަދި ހަމައާއެކު އިތުރު ހަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައި ވެއްޖެ. މިއީ އަޅުގަނޑުމެން ތިބޭފުޅުންނަށްޓަކައި ނޫސްވެރިންނަށްޓަކައި ދިވެހި ރައްޔިތުންނަށްޓަކައި ކުރަމުންދާ މަސައްކަތުގެ ނާއިންސާފުން މިސަރުކާރުން އަޅުގަނޑުމެންނާ ކުރިމަތި ކުރަމުން މިދަނީ. 
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން

 މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ، ނޫސްވެރިންގެ ދިފާއުގައި އެއް މުއައްސަސާ އޮވެއްޖެނަމަ އޮންނާނެ އެއް މުއައްސަސާއަކީ އެމްޑީޕީ ކަމަށާއި، އެމްޑީޕީ އުފެދިގެން އައީ ނޫސްވެރިކަމުގެ ތެރެއިން ކަމަށެވެ. 

އެމްޑީޕީ އުފެދިގެން އައީ ނޫސްވެރިންގެ ހައްގުގައި ނޫސްވެރިންގެ ދިފާއުގައި ނޫސްވެރިކަމެއް ނެތިއްޔާ ޑިމޮކްރަސީއެއް ނޯންނަކަން އެނގޭ ބަޔަކީ އެމްޑީޕީ. އެހެންވީމަ ނޫސްވެރިންނާ ނުލައި ނޫސްވެރިން ދިފާއު ކުރަން ޖެހޭ ކަންކަން ނުކޮށް އެމްޑީޕީ މަޑުން ނޯންނާނެ. އެއީ ފުރަތަމަ ކަންތައް. ދެވަނަ ކަމަކީ އަޅުގަނޑުމެން މިކުރާ މަސައްކަތަކީ މިރާއްޖޭގައި ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް ވަކި ކަމެއް ކޮށްފައި ދޫކޮށްލާނެ ވަކި ކަމެއް ނެތް. ހުރިހާ ކަމެއް. ކޮންމެ ދާއިރާއަކުން ކޮންމެ ދިމާލަކަށް އަޅުގަނޑުމެން ފޯކަސް ކުރިއަސް އަޅުގަނޑުމެންނަށް ފެންނަނީ ބޮޑެތި އިޝޫތައް. 
ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ

މީގެ އިތުރުން ޔައުގޫބް ވިދާޅުވީ، އެމްޑީޕީން މަސައްކަތްތައް ކުރިއަށް ގެންދާނީ ރާވާލައިގެން ކަމަށާއި، ހުރިހާ ކަމެއް މަސްހުނި ކޮށްގެން ކުރިއަށް ނުގެންދާނެ ކަމަށެވެ. 

އެގޮތުން އެންމެ ފުރަތަމަ ފޯކަސް ކުރާ މައްސަލައަކީ ނުހައްގުން ވަޒީފާއިން ވަކި ކުރުމާއި ސަސްޕެންޑް ކުރުމުގެ މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމްޑީޕީން މަސައްކަތް ހުއްޓާނީ މައްސަލަތަކަށް ހައްލު ލިބުމުން ކަމަށެވެ.

އެމްޑީޕީހުސައިން ހަސަންޕްރެސް ފްރީޑަމްޔައުގޫބު އަބްދުﷲ

އިތުރަށް ކިޔާލަން

18 ޖޫން 2026

ރައީސް މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާތީ، އެކަމުގައި ޑެސްޕަރޭޓް ވެގެން: ޔައުގޫބް

18 ޖޫން 2026
ރައީސް މުއިއްޒު ރައްޔިތުންނަށް އަނިޔާވެރިވަމުން ދަނީ ދެވަނަ ފަހަރަށް އިންތިޚާބު ނުވާނެކަން އެނގިވަޑައިގަންނަވާތީ، އެކަމުގައި ޑެސްޕަރޭޓް ވެގެން: ޔައުގޫބް
18 ޖޫން 2026

ރައީސް މުއިއްޒުގެ މި ސަރުކާރުގައި މިހާތަނަށް 80 އަށް ވުރެ ގިނަ މުވައްޒަފުންނަށް އަނިޔާވެރިވެފައިވޭ: އެމްޑީޕީ

18 ޖޫން 2026
ރައީސް މުއިއްޒުގެ މި ސަރުކާރުގައި މިހާތަނަށް 80 އަށް ވުރެ ގިނަ މުވައްޒަފުންނަށް އަނިޔާވެރިވެފައިވޭ: އެމްޑީޕީ
18 ޖޫން 2026

އެމްޑީޕީ ބޮޑު މުޒާހަރާ: ރައްޔިތުންނަށް ލިބޭ ފެށުމެއް

18 ޖޫން 2026
އެމްޑީޕީ ބޮޑު މުޒާހަރާ: ރައްޔިތުންނަށް ލިބޭ ފެށުމެއް
18 ޖޫން 2026

އެމްޑީޕީން މިރޭ ބާއްވާ ބޮޑު މުޒާހަރާ އަށް ފުލުހުން އެއްބާރުލުން ދޭނެ: އެމްޑީޕީ

18 ޖޫން 2026
އެމްޑީޕީން މިރޭ ބާއްވާ ބޮޑު މުޒާހަރާ އަށް ފުލުހުން އެއްބާރުލުން ދޭނެ: އެމްޑީޕީ
18 ޖޫން 2026

ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް

18 ޖޫން 2026
ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު