Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އެމްޑީޕީ ބޮޑު މުޒާހަރާ: ރައްޔިތުންނަށް ލިބޭ ފެށުމެއް

ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމާއި ނޫސްވެރިކަމުގެ މިނިވަންކަން ފަހަތަށް ހިނގައިދާނެ ކަމުގެ ބިރުވެރިކަން އުފެދިފައި ވާތީ، އެމްޑީޕީން އަލުން އިސްލާހީ މަސައްކަތްތަކެއް ފަށައިފި. ސަރުކާރުގެ ނުފޫޒުން މުއައްސަސާތަކުގެ މިނިވަންކަން ގެއްލި، ވަޒީފާތަކުން މީހުން ވަކިކުރަމުންދާ މި ދަނޑިވަޅުގައި، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް އެންމެން އެކަތިގަނޑަކަށްވެ، މަގުމައްޗަށް ނުކުތުމަށް އެ ޕާޓީން ވަނީ ގޮވާލާފަ. މި ހަރަކާތަކީ ގެއްލެމުންދާ މިނިވަންކަން އަނބުރާ ހޯދުމަށް ރައްޔިތުންނަށް ލިބޭ އާ ފެށުމެއް.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 18 ޖޫން 2026 | ބުރާސްފަތި 07:10
ޗެއާޕާސަން އިންތިޚާބުގެ ކާމިޔާބު ފާހަގަ ކުރުމަށް ބޭއްވި އިވެންޓުގައި އެމްޑީޕީގެ ދިދަ އާއެކު ރައީސް ނަޝީދު.

ޗެއާޕާސަން އިންތިޚާބުގެ ކާމިޔާބު ފާހަގަ ކުރުމަށް ބޭއްވި އިވެންޓުގައި އެމްޑީޕީގެ ދިދަ އާއެކު ރައީސް ނަޝީދު. | ވިރާސީި

ހަނދާނަށް އަންނަނީ އިސްލާހީ މަސައްކަތުގެ ވާހަކަ ފެށިގެން އައި ދުވަސްވަރުގެ މަތިންނެވެ. އޭރު އެވާހަކަ ދައްކަމުން ދިޔައީ ސިއްރު ސިއްރުންނެވެ. ގޭގޭގެ ހަތަރުފާރުން އެތެރޭގައެވެ. ރައްޓެހި ރަހުމަތްތެރިން ދިމާވީމާ ވަކިން ތިބެ ކުރާ ސިއްރު ސައްލާތަކުގެ ގޮތުގައެވެ. ނޫންނަމަ އަރުވާލެވިގެން ތިބެ ރާއްޖެއިން ބޭރުގައެވެ. އޭރުގެ ބިރަކީ ހައްޔަރުކޮށްފާނެތީއެވެ. ވަޒީފާ ގެއްލިދާނެތީއެވެ. ބުނެވޭ ބަހަކުން، ވާހަކަ ދައްކާލެވޭ މީހެއްގެ ގޮތުން ހުރަގެއަށް ދާން ޖެހިދާނެ ކަމުގެ ބިރަށްޓަކައެވެ.

ހަށިފޮޅާލާފައި ނުކުތީ އެ ބިރު ފަހަނައަޅާގޮސްގެންނެވެ. އެކަން ކުރުމުގެ އާރުކާޓީއަކީ އެއްވެސް މީހަކު ދެބަހެއް ނުވެވޭނެ ގޮތުން އެމްޑީޕީއެވެ. މަލްޓިޕާޓީ ވެރިކަމަކަށް ގެންދިއުމަށްޓަކައި އެޕާޓީގެ އިސް ސަފުގައި މަސައްކަތްކުރި މީހުންގެ ލައްކަ ބުރަ މަސައްކަތުންނެވެ. އެކަމަށްޓަކައި އެންމެ އާދައިގެ މީހާވެސް ހިމެނޭގޮތަށް އެތައް ގުރުބާނީތަކެއް ވެގެންނެވެ. ބައެއްގެ ވަޒީފާތައް ގެއްލުނެވެ. ވިޔަފާރިތަކެއް ފުނޑި ބަނގުރޫޓުވިއެވެ. އާއިލާތައް ބިކަވެ ބައެއް މީހުންނަށް ޖަލުގައި އެތައް އަނިޔާއެއް ލިބުނެވެ. އެކަމަކު އެއްވާނެއްގައި ދުލެއް ނުދީ ކުރި މަސައްކަތުން ބޮޑެތި ބަދަލުތަކެއް މިވަނީ އައިސްފައެވެ. މިއަދު ރައްޔިތުންގެ އަޑު ސަރުކާރުތަކުންނާއި ވެރިން އަހަން ޖެހެއެވެ. ވެރިކަމަށް އައުމަށްޓަކައި ވައުދުތަކެއް ވާން ޖެހެއެވެ. ވެރިކަމުގައި އޮތުމަށާއި އިތުރު ދައުރެއް ބޭނުންނަމަ އެވައުދުތައް ފުއްދާން ޖެހެއެވެ. ހިލޭ ބޭސް މިހާރު ދޭން ޖެހޭނެއެވެ. ދަރިވަރުންނަށް ފޮތްފުންސުރު ގަންނާކަށް މިހާރަކު ނުޖެހޭއެވެ. ޖީސީއަށް ފައިސާ ނުދެއްކި ތަޙައްމަލްކުރި ބޮލުގެ ރިހުން ނެތިއްޖެއެވެ. މުސްކުޅިވި ދުވަހު މައިން ބަފައިން ބެލޭނޭގޮތް އެވަނީ ހަމަޖެހިފައެވެ. އެކަނިވެރިން ހާލުގައި ޖެހުން ކުޑަކޮށް ދަރިން ގޮވައިގެން އުޅެވޭނޭ ގޮތެއް އެވަނީ ހޯދިފައެވެ. މިއީ އެ އިސްލާހީ މަސައްކަތުގެ ތެރއިން ފާހަގަ ކޮށްލެވޭ ކުޑަ މިންވަރެކެވެ.

މިކަންކަން މިހާރު ނުކޮށް ސަރުކާރުތައް ކަސިޔާރުވެގެން ދިޔަ ނުދިނުމަށް ބަސް ބުނެވޭނެ، ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމުގެ މިނިވަންކަން ގާނޫން އަސާސީން މިހާރު އެވަނީ ލިބިދީފައެވެ. ދެއްކޭ ވާހަކައަކަށް ޓެރަރިޒަމްގެ ކުށާއި، ސަރުކާރާ ދެކޮޅުވުމުގެ ކުށެއް ފަސޭހައަކުން ނުކުރެވޭނެއެވެ. ނޫސްވެރިން މިނިވަންކަމާ އެކު އެކަން ކުރެވޭނެ ޖާގަ އެވަނީ ހޯދިފައެވެ.

މިހުރިހާ ކަމެއް ވެގެން ދިޔަތާ އަހަރުތަކެއް ފަހުން އަނެއްކާ ވެސް ކުރިން އޮތް ހާލަތަށް ހިނގައިދާނެ ކަމުގެ ބިރު މި ވަނީ ފެންނާން ފަށާފައެވެ. ފުރަތަމަ ފެށެނީ އެވާހަކަ ދައްކަންތިބި މަޖިލިސް މެންބަރުންނާ ހަމައިންނެވެ. އެވެރިންގެ ކޮންޓްރޯލް އެއޮތީ ރައީސަކަށް ހުންނެވި ބޭފުޅާގެ އަތުގައެވެ. އިންތިޚާބު ކުރި ރައްޔިތުންގެ ހައްގުގައި އަދި މުޅި ގައުމުގެ ހައްގުގައި ވެސް އެއްޗެއް ބުނެލާނެ ބާރެއް މަޖިލީހުގެ މެޖޯރިޓީ ބޭފުޅުންގެ ކިބަޔަކު ނެތެވެ. އެ ކޮންޓްރޯލާއެކު ކޯޓުތަކާއި މިނިވަން މުއައްސަސާތަކުގެ ކޮންޓްރޯލް އެވަނީ ރައީސް މީހާގެ މުށުތެރޭގައެވެ. އެ ބާރާއެކު އެދަނީ ހިތުހުރި އެއްޗެއް ހައްދަވަމުންނެވެ. ކަންކުރާން ނޭނގި ރައްޔިތުން އެދަނީ ހަފުސްވަމުންނެވެ. ޕާޓީގެ މީހުންނަށް ވަޒީފާ ދީގެން ދައުލަތުގެ ބަޖެޓް، މުސާރައަށް ހުސްކޮށް ނިމޭއިރު ރައްޔިތުން މިވަނީ އަނގަޔާ އަތާދިމާ ނުވާފަދަ ހާލަތެއްގައެވެ. މީން ދުވަހަކު ޑޮލަރުގެ އަގު ބޮޑުނުވާވަރަށް ބޮޑުވެ ތަކެތީގެ އަގާއި ބިލްތަކަށް ދައްކާން ޖެހޭ މިންވަރު އެވަނީ އުފުލިފައެވެ. ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ރައްކާތެރިކަން އެވަނީ ގެއްލި އަދުތޯ؟ މާދަންތޯ؟ ވެފައެވެ. ސޯޝަލް މީޑިޔާގައި ކުރެވޭ ކޮމެންޓަކުން ނޫނީ ދެވޭ ލައިކަކުން ވެސް ވަޒީފާ ގެއްލުމުގެ ބިރު އެވަނީ އުފެދިފައެވެ. މި ވާހަކަތައް ދައްކާން ތިބި ނޫސްވެރިންގެ ތެރެއިން ބޮޑުބައެއް އެވަނީ ސަރުކާރުން ފައިސާ ދީގެން ކޮންޓްރޯލް ކުރުވާފައެވެ. ދައުލަތުގެ ޓީވީ އާއި ސަރުކާރުން ލާރިދީގެން ހިންގާ އޮންލައިން ނޫސްތަކުން އެނޫން އެއްވެސް ގޮތެއް ނެތެވެ. މަތިހަށި ނަގާފައި ހަގީގަތް ހާމަކުރާން ތިބި މަދު ނޫސްވެރިން ކޮޅަކަށް އެ ގެންދަނީ ޖަލުގެ ކުޑަގޮޅިއަށް ވަންނަން ޖެހޭނޭ ކަމުގެ ބިރު ދައްކަމުންނެވެ. ރީތިކޮށް ކުރުކޮށް ބުނާ ނަމަ ނޫސްވެރިކަމުގެ މިނިވަންކަން އެދަނީ ގެއްލެމުންނެވެ.

މި ހާލަތަށް ވެއްޓުމާއެކު ރައްޔިތުންގެ އާދޭހަކީ މިކަން ހައްލުކުރާނެ ބަޔަކު ނުކުތުމެވެ. ނިމިދިޔަ، ފެންނަ ނުފެންނަ ވޯޓުގައި ވަރަށް ޞަރީޙަކޮށް އެބުނީ އެވާހަކައެވެ. މިހާރު ކަންކުރަމުންދާ ގޮތް ރަނގަޅު ނޫން ވާހަކައެވެ. އެކަމުގައި ވެސް އެހީތެރިކަމަކަށް ގިނަބައެއްގެ އަތް ދިއްކުރަމުން ދަނީ އިދިކޮޅު އެމްޑީޕީއަށެވެ. ކަމެއް ކުރެވޭނީ އެވެރިން ނުކުމެ ކުރި މަސައްކަތަކުންނޭ ބުނެއެވެ. އަނެއްކާ ވެސް އާފެށުމަކުން ފަށަންވެއްޖެއޭ ބުނެވެ.

ކޮންމެއަކަސް އެމްޑީޕީން އެތެދުވަނީ އެ އާދޭސްތަކާއެކުގައެވެ. ވަޒީފާއިން ވަކިކުރަމުންދާ މީހުންގެ ހައގުގައެވެ. އެމިހުންގެ ކުދި ޅަދަރިންނާއި އާއިލާތައް ބިކަވުމުން ސަލާމަތް ކުރުމަށެވެ. މުޅި ރާއްޖޭގައި ކުރެވޭ ސުލްހަވެރި އިހުތިޖާޖަކަށް އެވެރިން އެނުކުތީ އެކަމުގައެވެ. ދެން އޮތީ ރައްޔިތުންގެ ދައުރެވެ. އަނިޔާ ލިބެމުންދާ ރައްޔިތުންގެ ދައުރެވެ. ވަޒީފާ ގެއްލެމުންދާ އާއިލާތަކުގެ ހައްގުގައި އެމީހުންނާއި އެމީހުންގެ އާއިލާތައް އަދި ރައްޓެހިންގެ ދައުރެވެ. އެކެއްގެ ކިބައިން އަނެކަކު ހިތްވަރު ލިބިގަނެ އެންމެން އެއްވާނެއްގައި ނުކުމެ ގެއްލެމުންދާ މިނިވަންކަން ހޯދުމުގެ މަސައްކަތް ކުރުމަށެވެ. އެމްޑީޕީގެ ބޮޑު މުޒާހަރާ މިއީ އަނެއްކާ ވެސް ރައްޔިތުންނަށް ލިބޭ ފެށުމެކެވެ.

އެމްޑީޕީއިސްލާހީ މަސައްކަތްމަލްޓިޕާޓީޕްރެސް ފްރީޑަމް20 ވަނަ ރައްޔިތުންގެ މަޖިލީސްސޯޝަލް މީޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީން މިރޭ ބާއްވާ ބޮޑު މުޒާހަރާ އަށް ފުލުހުން އެއްބާރުލުން ދޭނެ: އެމްޑީޕީ

އެމްޑީޕީން މިރޭ ބާއްވާ ބޮޑު މުޒާހަރާ އަށް ފުލުހުން އެއްބާރުލުން ދޭނެ: އެމްޑީޕީ

18 ޖޫން 2026
ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް

ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް

18 ޖޫން 2026
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ޕީއެންސީ އިން ދެކޮޅު ހަދައިފި

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ޕީއެންސީ އިން ދެކޮޅު ހަދައިފި

17 ޖޫން 2026
މިގައުމުގައި ނެތީ ގާނޫނާއި ގަވާއިދެއް ނޫން، ގާނޫނުތައް ތަންފީޒު ކުރާނެ އިހުލާސްތެރި ވެރީން!

މިގައުމުގައި ނެތީ ގާނޫނާއި ގަވާއިދެއް ނޫން، ގާނޫނުތައް ތަންފީޒު ކުރާނެ އިހުލާސްތެރި ވެރީން!

17 ޖޫން 2026
ސަރުކާރުން ފޮނުވާ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެކަށީގެންވާ މިންވަރަށް ދިރާސާނުކުރޭ: މައުރޫފް

ސަރުކާރުން ފޮނުވާ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އެކަށީގެންވާ މިންވަރަށް ދިރާސާނުކުރޭ: މައުރޫފް

17 ޖޫން 2026

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު