Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޒާޔާއަށް ކުރާ ދައުވާ

ޒާޔާއާ ދެކޮޅަށް ހެއްކެއް ނެތް، ދައުވާކުރަނީ އެކަށީގެންވާ ހެކި ނެތި: ނަޝީދު

17 ޖޫން 2026 | ބުދަ 09:18

ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާއާ ދެކޮޅަށް އުފުލާފައިވާ ދައުވާއަކީ އެއްވެސް ހެއްކެއް ނެތި ސިޔާސީ މަގްސަދެއްގައި ކުރާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ. ފުލުހުންގެ ހެކިބަހާއި ފެންނަން ހުރި ހަގީގަތްތަކާ ދިމާނުވާކަން ފާހަގަކުރައްވައި، މިއީ އަދުލުއިންސާފުގެ ނިޒާމަށް ލިބޭ އުނިކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި. އެހެންކަމުން، ގައުމަށް އެއްވެސް ފައިދާއެއް ނެތް މިފަދަ ދައުވާތައް ދައުލަތުން އަނބުރާ ގެންދިއުމަށް ނަޝީދު ވަނީ ގޮވާލައްވާފަ.

މަޚްތޫމް
މަޚްތޫމް | 17 ޖޫން 2026 | ބުދަ 09:18
ކްރިމިނަލް ކޯޓު ސަރަހައްދުގައި ހުންނަވައި ކުރީގެ ރައީސް ނަޝީދު ރާއްޖެޓީވީއަށް އިންޓަރވިއު ދެއްވަނީ.

ކްރިމިނަލް ކޯޓު ސަރަހައްދުގައި ހުންނަވައި ކުރީގެ ރައީސް ނަޝީދު ރާއްޖެޓީވީއަށް އިންޓަރވިއު ދެއްވަނީ. | ރާއްޖެ އެމްވީ

ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ އެއްވެސް ހެއްކެއް ނެތި، ސިޔާސީ މަގްސަދެއްގައި އުފުލާފައިވާ ދައުވާއެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ކްރިމިނަލް ކޯޓު ސަރަހައްދުގައި ހުންނަވައިގެން ރާއްޖެޓީވީއަށް ދެއްވި ބަސްދީގަތުމެއްގަ އެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ، މިހާރު ބައެއް ފަރާތްތަކަށް ކުރަމުންދާ ދައުވާތަކުގައި ސިޔާސީ ކުލަވަރު ޖެހިފައިވާ ކަމަށާއި، މިއީ ސިޔާސީ މަގްސަދުތަކެއް ހާސިލުކުރުމަށް ކުރާ ކަންކަން ކަމަށެވެ. މި ބާވަތުގެ ދައުވާތަކަކީ މީގެ ކުރިން 2005 އިން ފެށިގެން 2008 ވަނަ އަހަރާ ދެމެދު ވަރަށް ގިނައިން ފެނިގެންދިޔަ ކަންކަންކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވަނީ މީގެ ކުރިން ޒިޔާދަށް (ޒިޔައްޓެ) ކުރެވުނު ދައުވާތަކުގެ ހަނދާންތައް އާކުރައްވާފަ އެވެ.

ޒާޔާއަށް ކުރާ ދައުވާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ފުލުހުންނަށް ހުރަސްއެޅި ކަމަށް ބުނެ ދައުވާ ކުރާއިރު، އެއީ ކޮން ފުލުހަކަށް ކުރި ހުރަހެއްކަން ސާފުނުވާ ކަމަށެވެ. އަދި ފުލުހުން ކޯޓުގައި ދޭ ހެކިބަހާއި، ފެންނަން ހުރި މަންޒަރުތަކާ ދިމާނުވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ރައީސް ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލް މި ދައުވާ އުފުލާފައިވަނީ އެކަށީގެންވާ ހެކި ނުހޯއްދަވަ އެވެ.

ދެން އޭގައި މިހާރު މިސާލަކަށް ޒާޔާއަށް ކުރެވޭ ދަޢުވާގައި އެބަބުނޭ ފުލުހުންނަށް ހުރަސްއެޅީކަމަށް. ދެން އެއީ ކޮން ފުލުހަކަށްތޯ؟ އެ ފުލުހުން މި ތަނުގައި ދޭ ހެކިބަހާއި، ދެން އެހެން ފެންނާން ހުރި މަންޒަރުތަކާއި، މި ކަންކަން މުޅިން ދިމާނުވެދަނީ. ދެން އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ޕްރޮސިކިއުޓަރ ޖެނެރަލް މި ދަޢުވާ އުފުލާފައި މިވަނީ އެ ބޭނުންވާ ހެކި، އެކަށީގެންވާ ހެކި، ނުހޯއްދަވާ. ދެން ޙަޤީޤަތުގައި ހެއްކެއްނުވެސް ނެތް. އެހެންވީމާ، ދެން ހެއްކެއް ނެތުނީމަ ހައްތާ އަބަދުވެސް ފެބްރިކޭޓްކުރެވޭނީ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު

ޒާޔާއާ ދެކޮޅަށް އެއްވެސް ހެއްކެއް ނެތް ކަމަށާއި، ހެކި ނެތުމުން ދެން ކުރާނެ ކަމަކީ ހެކި އުފެއްދުން ނުވަތަ ފެބްރިކޭޓް ކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ. މިފަދަ ބޭއިންސާފު ކަންކަން ހިނގުމަކީ ރާއްޖޭގެ އަދުލުއިންސާފުގެ ނިޒާމަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މި ދައުވާތަކަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، މީގެން ދިވެހި ރައްޔިތުންނަށްވެސް އަދި ގައުމަށްވެސް ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. އެހެންކަމުން، މި ދައުވާތައް ދައުލަތުން އަނބުރާ ގެންދަވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޒާޔާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އެވެ. މި ދައުވާ އުފުލާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުންނެވެ. މި މައްސަލައިގައި ޒަހިއްޔާ ހިމެނޭހެން ޖުމްލަ އަށް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ފާތިމަތު ޒަހިއްޔާމުހައްމަދު ނަޝީދުއެމްޑީޕީކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

14 އޯގަސްޓު 2026

އެމްޑީޕީގެ ވެރިކަން ނިމުމާއެކު މުޅި ރާއްޖޭގެ ތަރައްގީ އަދި އިގްތިސާދު ބިލާހަކަށްވެ ނެތިގޮސްފި: ނާޒިލް

14 އޯގަސްޓު 2026
އެމްޑީޕީގެ ވެރިކަން ނިމުމާއެކު މުޅި ރާއްޖޭގެ ތަރައްގީ އަދި އިގްތިސާދު ބިލާހަކަށްވެ ނެތިގޮސްފި: ނާޒިލް
14 އޯގަސްޓު 2026

މި ސަރުކާރުގެ ހިންގުންތެރިކަމަށް ބަލާއިރު ފެންނަނީ އެއްވެސް ކަހަލަ ލީޑަރޝިޕެއް ނެތް މަންޒަރު: ހިސާން

14 އޯގަސްޓު 2026
މި ސަރުކާރުގެ ހިންގުންތެރިކަމަށް ބަލާއިރު ފެންނަނީ އެއްވެސް ކަހަލަ ލީޑަރޝިޕެއް ނެތް މަންޒަރު: ހިސާން
14 އޯގަސްޓު 2026

ރާއްޖޭގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް އިސްލާހުކޮށް ބަދަލުކޮށްލި ފަހުލަވާނުން ތިބީ އެމްޑީޕީގައި: ޝާހިދު

14 އޯގަސްޓު 2026
ރާއްޖޭގެ ރައްޔިތުން އެދުނު ކޮންމެ ކަމެއް އިސްލާހުކޮށް ބަދަލުކޮށްލި ފަހުލަވާނުން ތިބީ އެމްޑީޕީގައި: ޝާހިދު
14 އޯގަސްޓު 2026

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރައްވައިފި

14 އޯގަސްޓު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރައްވައިފި
14 އޯގަސްޓު 2026

ސަވާހިލި އަނބުރާ އައްޑޫގެ ރައްޔިތުންނާ ހަވާލުކުރާނަން: ޝާހިދު

14 އޯގަސްޓު 2026
ސަވާހިލި އަނބުރާ އައްޑޫގެ ރައްޔިތުންނާ ހަވާލުކުރާނަން: ޝާހިދު
14 އޯގަސްޓު 2026

ގާނޫނު އަސާސީ ހޯދަން ކުރި މަސައްކަތުގައި ރައީސް މުއިއްޒުއަކީ 'ގައިން އެންމެ ދާ ފޮދެއް ވެސް އޮހުރުވި' ބޭފުޅެއް ނޫން: ޝިފާޒް

14 އޯގަސްޓު 2026
ގާނޫނު އަސާސީ ހޯދަން ކުރި މަސައްކަތުގައި ރައީސް މުއިއްޒުއަކީ 'ގައިން އެންމެ ދާ ފޮދެއް ވެސް އޮހުރުވި' ބޭފުޅެއް ނޫން: ޝިފާޒް
14 އޯގަސްޓު 2026

ޒަރޫރީ ތަކެތި ހޯދުމަށް ދަތިވެފައިވާއިރު، މިސަރުކާރުން އަދިވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް: ފައިސަލް

14 އޯގަސްޓު 2026
ޒަރޫރީ ތަކެތި ހޯދުމަށް ދަތިވެފައިވާއިރު، މިސަރުކާރުން އަދިވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް: ފައިސަލް
14 އޯގަސްޓު 2026

ރައްޔިތުންގެ ދަތިކަން ފިލުވަން މިއަދު އޮތް ހަމައެކަނި ގޮތަކީ މަގުމަތިން: މެންބަރު ޒިޔާދު

14 އޯގަސްޓު 2026
ރައްޔިތުންގެ ދަތިކަން ފިލުވަން މިއަދު އޮތް ހަމައެކަނި ގޮތަކީ މަގުމަތިން: މެންބަރު ޒިޔާދު
14 އޯގަސްޓު 2026

ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އެދޭ ހެވެއް ނެތް، ދަނީ އިނދަޖައްސަމުން: ޝާހިދު

14 އޯގަސްޓު 2026
ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އެދޭ ހެވެއް ނެތް، ދަނީ އިނދަޖައްސަމުން: ޝާހިދު
13 އޯގަސްޓު 2026

ރާއްޖެ މިހާރު މިދަނީ "ހައިޕަރ އިންފްލޭޝަން" ގެ ހާލަތަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

13 އޯގަސްޓު 2026
ރާއްޖެ މިހާރު މިދަނީ "ހައިޕަރ އިންފްލޭޝަން" ގެ ހާލަތަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް