Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

ރައީސް މުއިއްޒުގެ މި ސަރުކާރުގައި މިހާތަނަށް 80 އަށް ވުރެ ގިނަ މުވައްޒަފުންނަށް އަނިޔާވެރިވެފައިވޭ: އެމްޑީޕީ

މި ސަރުކާރުން މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކައި، ނުހައްގުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގައުމީ މަޖިލީހުގެ މެމްބަރ ހުސައިން ވިދާޅުވީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މިހާތަނަށް 60 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް. މީގެ އިތުރުން، ވަޒީފާގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެމްޑީޕީގެ ލީގަލް ޓީމުން މުވައްޒަފުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 18 ޖޫން 2026 | ބުރާސްފަތި 07:22
ބުރާސްފަތި ދުވަހު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ވާހަކަ ދައްކަވަނީ.

ބުރާސްފަތި ދުވަހު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިސަރުކާރުގައި މިހާތަނަށް 80 އަށް ވުރެ ގިނަ މުވައްޒަފުންނަށް އަނިޔާވެރިވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށް  މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން ބުނެފި އެވެ. 

ބުރާސްފަތި ދުވަހު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ވިދާޅުވީ ''ވަޒީފާ ބުރާސްފަތި'' ނަމުގައި މުޒާހަރާއަށް ނުކުންނަނީ ވަޒީފާއިން ވަކިކޮށް ނުވަތަ ސަސްޕެންޑް ކުރަމުންދާ މުވައްޒަފުންގެ ހައްގުގައި ކަމަށާއި، މި އަނިޔާވެރިކަން ވަރަށް ބޮޑު ވެފައިވާ ކަމަށެވެ. އަދި މިހާރު ވަޒީފާގެ ބިރު ދެއްކުން އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ހުސެއިން ވިދާޅުވީ މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު، ވަޒީފާގެ ކަންކަމުގައި 80 އަށް ވުރެ ގިނަ މުވައްޒަފުންނަށް އަނިޔާ ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަނިޔާ ލިބިފައިވާ މުވައްޒަފުންގެ ހައްގުގައި އެމްޑިޕީގެ ލީގަލްޓީމުން މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު ވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި 60 ވުރެ ގިނަ މައްސަލަ އެބައޮތް ކަމަށެވެ. 

މިއީ މިއަދަކު ނޫނީ އިއްޔެއަކު ހިނގާގެން އުޅޭ ކަމެއް ނޫން. މިހާތަނަށް އަޅުގަނޑުމެންގެ ރިކޯޑްސްތަކުން ފެންނަ ގޮތުން 80ށް ވުރެ ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކޮށްގެން ސަސްޕެންޑް ކޮށްގެން މިފަދަ މައްސަލަތައް އަޅުގަނޑުމެންނަށް ލިބިފައި އެބަހުރި. މިވަގުތު ވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި އަޅުގަނޑުމެންގެ ލީގަލް ޓީމުން އެބޭފުޅުން ތަމްސީލު ކުރަމުންދާ މައްސަލަތަކުގެ އަދަދު 60 ށް އެބަ އަރާ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ނުހައްގުން ވަޒީފާއިން ވަކި ކޮށްގެން ހިންގާ މައްސަލަތައް 60 އަށް އެބަ އަރާ. އަދި މިދިޔަ އަންގާރަ ދުވަހު އަޅުގަނޑުމެންގެ ލީގަލް ޓީމުން މައުލޫމާތު ދޭ ގޮތުގައި 10 ވަރަކަށް މައްސަލަ މިގޮތަށް އަޅުގަނޑުމެން އެބޭފުޅުންގެ ލީގަލް ޓީމަށް ހުށަހަޅާފައިވެއްޖެ.   

ހުސެއިން ވިދާޅުވީ މިސަރުކާރުން ވަޒީފާގެ ބިރު ދެއްކުން އާއްމު ކަމަކަށް ހަދާފައިވާ ކަމަށާއި، މިވާހަކަތައް ދައްކަމުންދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. 

އެހެންކަމުން ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ މި މުޒާރަހާގައި އެމްޑީޕީގެ ލީޑަރޝިޕުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، ޢައްމުން ވެސް ބައިވެރުމަށް އެދުނެވެ. އަދި ދެން ކުރިއަށް އޮތްތަނުގައި މިޕާޓީ މަޑުން ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީހުސައިން ހަސަންވަޒީފާ ބުރާސްފަތިވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް

އިތުރަށް ކިޔާލަން

18 ޖޫން 2026

އެމްޑީޕީން މިރޭ ބާއްވާ ބޮޑު މުޒާހަރާ އަށް ފުލުހުން އެއްބާރުލުން ދޭނެ: އެމްޑީޕީ

18 ޖޫން 2026
އެމްޑީޕީން މިރޭ ބާއްވާ ބޮޑު މުޒާހަރާ އަށް ފުލުހުން އެއްބާރުލުން ދޭނެ: އެމްޑީޕީ
18 ޖޫން 2026

ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް

18 ޖޫން 2026
ސަރުކާރު އޮތީ ހައްދުފަހަނަ އަޅާފައި، ފެންނަމުންދަނީ ވަކި ވަކި މީހުންނަށް ޓާގެޓުކޮށްގެން ފިޔަވަޅުތައް އަޅަމުންދާތަން: އައިކް
17 ޖޫން 2026

އެމްޑީޕީން މާދަމާ ރޭ މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން، ސިޔާސީ ވެގެނެއް ނޫން: ވަކީލު މައުރޫފް

17 ޖޫން 2026
އެމްޑީޕީން މާދަމާ ރޭ މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން، ސިޔާސީ ވެގެނެއް ނޫން: ވަކީލު މައުރޫފް
17 ޖޫން 2026

ގަޕޯގެ ވަގުތީ ޗެއަރޕާސަން ކަމުގައި އެމްޑީޕީއަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ: ޕާޓީގެ ރައީސް ޝާހިދު

17 ޖޫން 2026
ގަޕޯގެ ވަގުތީ ޗެއަރޕާސަން ކަމުގައި އެމްޑީޕީއަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ: ޕާޓީގެ ރައީސް ޝާހިދު
17 ޖޫން 2026

ބޮޑުމުޒަހަރާގެ ދައުވާތައް: 3 މީހަކު އެދުނީ ނަސޭހަތުގެ އެއްބަސްވުމެއް ހަދަން، ދެން ތިބި މީހުންނަށް ވަކީލެއް އައްޔަނު ކުރަން ފުރުސަތު ދީފި

17 ޖޫން 2026
ބޮޑުމުޒަހަރާގެ ދައުވާތައް: 3 މީހަކު އެދުނީ ނަސޭހަތުގެ އެއްބަސްވުމެއް ހަދަން، ދެން ތިބި މީހުންނަށް ވަކީލެއް އައްޔަނު ކުރަން ފުރުސަތު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު