Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވަޒީފާ ބުރާސްފަތި މުޒާހަރާ

އެމްޑީޕީ އިން ބާއްވާ "ވަޒީފާ ބުރާސްފަތި" މުޒާހަރާގެ ޕޯސްޓަރުތައް ހަރުކުރަން ފަށައިފި

ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ވަކިކުރުމާއި ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައިވާތީ، އެކަމާ ދެކޮޅަށް "ވަޒީފާ ބުރާސްފަތި" ނަމުގައި މުޅި ރާއްޖޭގައި މުޒާހަރާކުރަން އެމްޑީޕީން ވަނީ ތައްޔާރުވެފަ. މި ހަރަކާތުގެ އިތުރުން، ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާ ގެއްލޭ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ހުއްޓިފައިވާ މަޝްރޫއުތައް ކައުންސިލްތައް މެދުވެރިކޮށް ކުރިއަށްގެންދަން އެ ޕާޓީން ވަނީ ނިންމާފަ. މި ގަރާރުގައި ސަރުކާރުން ގާނޫނާ ހިލާފަށް ކުރާ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ތަކުލީފުތަކާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ ފާހަގަކޮށްފަ.

މަޚްތޫމް
މަޚްތޫމް | 16 ޖޫން 2026 | އަންގާރަ 14:32
ބުރާސްފަތި ދުވަހުގެ މުޒާހަރާގެ ޕޯސްޓަރެއް އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ހަރުކުރައްވަނީ.

ބުރާސްފަތި ދުވަހުގެ މުޒާހަރާގެ ޕޯސްޓަރެއް އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ހަރުކުރައްވަނީ. | އެމްޑީޕީ

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ބޭއިންސާފުން ހިނގަމުންދާ އަމަލުތައް ހުއްޓާލަން ގޮވާލައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި ކުރާ މުޒާހަރާގެ ޕޯސްޓަރުތައް ހަރުކުރަން ފަށައިފި އެވެ. 

އެމްޑީޕީ އިން މުޅި ރާއްޖޭގައި އެއްވަގުތެއްގައި މުޒާހަރާކުރަން ނިންމާފައި ވަނީ ހޯމަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި ގަރާރެއް، ޖަލްސާގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުން ފާސްކުރުމާ ގުޅިގެންނެވެ.

ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "ވަޒީފާ ބުރާސްފަތި" ގެ ނަމުގައި ބާއްވާ މުޒާހަރާގެ ޕޯސްޓަރުތައް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރަން ވަނީ ފަށާފަ އެވެ. މި ހަރަކާތް ފެށުނީ އެމްޑީޕީ ހަރުގެ ހުންނަ ސަރަހައްދުންނެވެ. މި ހަރަކާތުގައި އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ހޮވިވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ އިސް ފަރާތްތަކުން ބައިވެރިވެފައިވެ އެވެ.

އެމްޑީޕީގެ ގަރާރުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ، ރައީސް މުއިއްޒުގެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ނިކަމެތިކަން ލިބެމުންދާ ކަމަށާއި، ގާނޫނާއި ގަވާއިދުތަކަށް ބޯނުލަނބައި ސަރުކާރުން ކުރަމުންދާ ކަންކަމުގެ ތަކުލީފު ރައްޔިތުން އުފުލަން ޖެހުމަކީ އެމްޑީޕީން ބަލަން ތިބޭނެ ކަމެއް ނޫން ކަމަށެވެ.

މި ގަރާރުގައި ސަރުކާރާ ދެކޮޅަށް މައިގަނޑު ތިން މައްސަލައެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތެރޭގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި އޮތުމާއި، ސިޔާސީ ސަބަބުތަކަށްޓަކައި ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުން ދިޔުމުގެ އިތުރުން، އެކި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ސިޔާސީ ދައުވާތައް އުފުލަމުން ދިޔުމެވެ.

ޚާއްސަކޮށް، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން 90 އިންސައްތަ ނިމިފައި ހުރި މަޝްރޫއުތައް ވެސް ކުރިއަށް ނުގެންގޮސް ހުއްޓާލާފައިވާ ކަމަށާއި، އޭގެ ތެރޭގައި ރަށްރަށުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ މަޝްރޫއުތައް ހިމެނޭކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ އެމްޑީޕީ އަށް ތާއީދުކުރާ މުވައްޒަފުންނާ މެދު އެއްވެސް އިންސާފެއް ނެތި، ގާނޫނާއި ގަވާއިދާ ޚިލާފަށް ފިޔަވަޅު އަޅައި ވަޒީފާ އިން ވަކިކުރަމުންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތުކުރެ އެވެ.

މިކަންކަމާ ދެކޮޅަށް ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމުގެ އިތުރުން، ސިޔާސީ ގޮތުން ވަޒީފާ އިން ވަކިކުރާ ފަރާތްތަކަށާއި ސިޔާސީ ދައުވާތައް އުފުލާފައިވާ މީހުންނަށް އެމްޑީޕީގެ ފަރާތުން ގާނޫނީ އެހީތެރިކަމާއި އެހެނިހެން އެއްބާރުލުން ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ގައުމީ މަޖިލީހުން ވަނީ ނިންމާފަ އެވެ.

ހަމައެއާއެކު، ސަރުކާރުން ހުއްޓުވާފައިވާ ތަރައްގީގެ މަޝްރޫއުތަކާ ރަށު ކައުންސިލްތަކުން ހަވާލުވެ، އެ މަޝްރޫއުތައް ނިންމައި ރައްޔިތުންނަށް ހިދުމަތް ދޭން ފެށުމަށްޓަކައި އެމްޑީޕީން ކައުންސިލްތަކާއެކު ގާތުން މަސައްކަތް ކުރުމަށް ވެސް ހޯމަ ދުވަހުގެ ރޭ ފާސްކުރި ގަރާރުގައި ވަނީ ހިމަނާފަ އެވެ.

އެމްޑީޕީޑރ. މުއިއްޒުކުރީގެ ރައީސް މުހައްމަދު ނަޝީދުމާލެވަޒީފާ ބުރާސްފަތި

އިތުރަށް ކިޔާލަން

16 ޖޫން 2026

އަޅުގަނޑާއެކު ކެމްޕޭނުގައި އުޅުނީތީ ކުންފުނިތަކުގައި މަސައްކަތް ކުރި 10 މުވައްޒަފުން ވަކިކޮށް އެތައް ބަޔަކު ސަސްޕެންޑްކުރަން ނިންމާފައިވޭ: ސޯބެ

16 ޖޫން 2026
އަޅުގަނޑާއެކު ކެމްޕޭނުގައި އުޅުނީތީ ކުންފުނިތަކުގައި މަސައްކަތް ކުރި 10 މުވައްޒަފުން ވަކިކޮށް އެތައް ބަޔަކު ސަސްޕެންޑްކުރަން ނިންމާފައިވޭ: ސޯބެ
16 ޖޫން 2026

އާރްޓީއެލް ގެ ހިދުމަތް މިސަރުކާރުން ހުއްޓާލައިފި، ބުރާސްފަތި ދުވަހުގެ އިހްތިޖާޖުން މިކަން ކޮޅެއްގަ ޖައްސަން ޖެހޭ: ރާއީ

16 ޖޫން 2026
އާރްޓީއެލް ގެ ހިދުމަތް މިސަރުކާރުން ހުއްޓާލައިފި، ބުރާސްފަތި ދުވަހުގެ އިހްތިޖާޖުން މިކަން ކޮޅެއްގަ ޖައްސަން ޖެހޭ: ރާއީ
16 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް

16 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް
16 ޖޫން 2026

ހުއްޓިފައިވާ ފެނާ ނަރުދަމާގެ މައްސަލަތަކާ ގުޅިގެން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރު ކުރަނީ

16 ޖޫން 2026
ހުއްޓިފައިވާ ފެނާ ނަރުދަމާގެ މައްސަލަތަކާ ގުޅިގެން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރު ކުރަނީ
15 ޖޫން 2026

ސަރުކާރުގެ ކުންފުނިތަކުން އެމްޑީޕީ ސަޕޯޓަރުން ވަކިކުރާ މައްސަލައިގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

15 ޖޫން 2026
ސަރުކާރުގެ ކުންފުނިތަކުން އެމްޑީޕީ ސަޕޯޓަރުން ވަކިކުރާ މައްސަލައިގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު