Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުވައްޒަފުން ވަކިކުރުން

އަޅުގަނޑާއެކު ކެމްޕޭނުގައި އުޅުނީތީ ކުންފުނިތަކުގައި މަސައްކަތް ކުރި 10 މުވައްޒަފުން ވަކިކޮށް އެތައް ބަޔަކު ސަސްޕެންޑްކުރަން ނިންމާފައިވޭ: ސޯބެ

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ތުހުމަތުކުރައްވައި، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު ގޮވާލައްވައިފި. އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓި، އަސާސީ ޚިދުމަތްތަކުގެ ފެންވަރު ދަށްވަމުންދާކަން ފާހަގަކުރައްވައި، މި މައްސަލަތަކަށް ހައްލު ހޯދުމަށް ކުރިއަށް އޮތް ބުރާސްފަތި ދުވަހު ބާއްވާ އިހުތިޖާޖުގައި ބައިވެރިވުމަށް އޭނާ ވަނީ ރައްޔިތުންނަށް ދައުވަތު ދެއްވާފަ. ސޯބެ ވިދާޅުވި ގޮތުގައި ޚަރަދު ކުޑަކުރުމުގެ ނަމުގައި މުވައްޒަފުން ވަކިކުރަނީ ކުންފުނިތަކުގެ އުސޫލުތަކާ ޚިލާފަށް.

މަޚްތޫމް
މަޚްތޫމް | 16 ޖޫން 2026 | އަންގާރަ 14:29
ހިތަދޫ އުތުރުދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ)

ހިތަދޫ އުތުރުދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) | ރާއްޖެ އެމްވީ

މަޖިލީހުގެ ބައި އިލެކްޝަން ކެމްޕޭނުގައި އޭނާއާއެކު އުޅުނު ސަރުކާރު ކުންފުނިތަކުގެ 10 މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، އިތުރު އެތައް ބަޔަކު ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވެއްޖެ އެވެ.

ސޯބެ މިހެން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ސޯބެ ވިދާޅުވީ ދާދި ފަހުން ބޭއްވި ބައި އިލެކްޝަންގެ ކެމްޕޭނުގައި އޭނާއަށް އެހީތެރިވެދޭން ނިކުމެ އުޅުނު އާއިލާގެ މީހުންނާއި ރައްޓެހިން، އިންތިޚާބުގެ ނަތީޖާ ނިކުތްއިރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި ކެމްޕޭނުގައި އަމަލީގޮތުން ބައިވެރިނުވި ނަމަވެސް، އޭނާއާއެކު ކޮފީއެއްގައި ބައިވެރިވެ ފޮޓޯއަކުން ފެނުނު އެހެން ދާއިރާތަކުގެ މީހުން ވެސް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މި މުވައްޒަފުން ވަކިކުރާ ސަބަބެއްގެ ގޮތުގައި ސަރުކާރުން ދައްކަނީ ޚަރަދު ކުޑަކުރުން ކަމަށް ވިޔަސް، އެއީ ހަގީގަތެއް ނޫން ކަމަށް ސޯބެ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޚަރަދު ކުޑަކުރަން ކަމަށް ބުނެ މީހުން ވަކިކުރާއިރު، އެ ކުންފުނިތަކުގައި ސޮއިކޮށްފައި އެއްވެސް މަސައްކަތެއް ނުކޮށް ގޭގައި ތިބި މީހުން އެބަތިބި ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރުމުގައި ކުންފުނިތަކުގައި އެކުލަވާލާފައިވާ އުސޫލުތަކާ ޚިލާފަށް އަމަލުކުރަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

އަޅުގަނޑުގެ އިންތިޚާބުގައި އަޅުގަނޑަށް އެކު އަޅުގަނޑަށް އެހީތެރިވެދޭން ނިކުމެ ތިބި ޢާއިލާގެ މީހުންނާއި ރައްޓެހިން ނަތީޖާ ނިކުތްއިރު ވަކިކޮށްފައި އޮތީ. އަދި އެއްގޮތަކަށް އަޅުގަނޑާ އެއްކޮށް ބައިވެރިނުވާ އެހެން ދާއިރާތަކުގެ މީހުން އެހެން ދޭތެރެއަކުން ކޮފީއެއް އަރާލާ މީހުން. ފޮޓޯއެއް ދައްކާފައި ވަކި ކޮށްފައެއް. ސަބަބަކަށް މި ދައްކަނީ ޚަރަދު ކުޑަކުރާށޭ. ޚަރަދު ކުޑަކުރަން ބަލާއިރު އެ ކުންފުނިތަކުގައި އެބަތިބި ސޮއިކޮށްފައި އެއްވެސް މަސައްކަތެއް ނުކޮށް ގޭގައި ތިބި މީހުން. ޚަރަދު ކުޑަކުރަން ވަޒީފާއިން ވަކިކުރަން ހަދަންޖެހޭ އެ ކުންފުނިތަކުގައި އެކުލަވާލާފައި ހުރި އުސޫލުތަކާ ޚިލާފަށް ވަޒީފާތަކުން ވަކިކޮށްފައިވޭ. އެހެންވީމާ، މި ކަންކަމަކީ އަޅުގަނޑުމެން މަޑުމަޑުން ތިބެގެންނެއް އަދި ޓްރައިބިއުނަލަށް ނުވަތަ ކޯޓަށް ގޮސްގެންވެސް އަވަހަށް ޙައްލު އޮތް ކަމެއް ނޫން. ބުރާސަތު ދުވަހު ނިކުމެ އިހުތިޖާޖުކޮށްގެން މިކަން ވާނީ.
ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ)

ވަޒީފާއިން ވަކިކުރި މީހުންގެ އިތުރުން، ގިނަ ބަޔަކު ސަސްޕެންޑްކޮށްފައިވާ ކަމަށާއި، ވަޒީފާއިން ވަކިކުރަން ނިންމާފައިވާ މީހުންގެ ދިގު ލިސްޓެއް އަދިވެސް އެބައޮތް ކަމަށް ސޯބެ ވިދާޅުވިއެވެ. މި މައްސަލަތަކަކީ ހަމައެކަނި ޓްރައިބިއުނަލަށް ނުވަތަ ކޯޓަށް ގޮސްގެން އަވަސް ހައްލެއް ލިބޭނެ ކަންކަން ނޫން ކަމަށާއި، މިކަން ހުއްޓުވޭނީ ރައްޔިތުން ނިކުމެ އިހުތިޖާޖު ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ، ކެމްޕޭން ތެރޭގައި ގޭގެއަށް ޒިޔާރަތްކުރިއިރު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ހުއްޓިފައި އޮތުން ކަމަށެވެ. އެގޮތުން އައްޑޫގައި އަޅަން ފަށާފައިވާ ހައުސިންގ ޔުނިޓުތަކާއި ފްލެޓުތަކުގެ މަސައްކަތް ކުރިއަށް ނުދާކަން އޭނާ ފާހަގަކުރެއްވި އެވެ. މީގެ އިތުރުން ފެނާއި ކަރަންޓުގެ މައްސަލައަށް ވެސް އެއްވެސް ހައްލެއް ނުލިބޭ ކަމަށާއި، އިންޖީނުގޭގެ މަސައްކަތް އޮތީ ކުރީގެ ސަރުކާރުން ނިންމާލި ހިސާބުގައި ކަމަށް ވިދާޅުވި އެވެ.

އައްޑޫގެ ކަރަންޓުގެ ހާލަތު ބަޔާންކުރައްވަމުން ސޯބެ ވިދާޅުވީ، އިންޖީނުގޭގެ ތެރެއަށް ވަދެވެން ނެތް މިންވަރަށް ކުދިކުދި އިންޖީނުތައް އަތުރާފައި ހުރި ނަމަވެސް، މުޅި އައްޑޫގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދޭނެ އިންތިޒާމެއް ނެތް ކަމަށެވެ. އަދި އައްޑޫގައި ފެށިފައި ހުރި ގިނަ މަޝްރޫއުތައް ހުއްޓި، އެ ތަންތަން ހަލާކުވާ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ހުރިހާ ކަންކަމަކާ ގުޅިގެން، ބޯހިޔާވެހިކަމާއި ފެނާއި ކަރަންޓުގެ މައްސަލަތަކަށް ހައްލު ބޭނުންވާ ހުރިހާ ރައްޔިތުންނާއި، ވަޒީފާއިން ވަކިކުރި މުވައްޒަފުން ކުރިއަށް އޮތް ބުރާސްފަތި ދުވަހު ބާއްވާ އިހުތިޖާޖަށް ނިކުތުމަށް ސޯބެ ވަނީ ގޮވާލައްވާފައެވެ. އޭނާ ވިދާޅުވީ މި އިހުތިޖާޖުގައި އޭނާ ވެސް އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އަބްދުﷲ ސޯދިހުހިތަދޫ އުތުރުއެމްޑީޕީއައްްޑޫ ސިޓީ

އިތުރަށް ކިޔާލަން

16 ޖޫން 2026

އާރްޓީއެލް ގެ ހިދުމަތް މިސަރުކާރުން ހުއްޓާލައިފި، ބުރާސްފަތި ދުވަހުގެ އިހްތިޖާޖުން މިކަން ކޮޅެއްގަ ޖައްސަން ޖެހޭ: ރާއީ

16 ޖޫން 2026
އާރްޓީއެލް ގެ ހިދުމަތް މިސަރުކާރުން ހުއްޓާލައިފި، ބުރާސްފަތި ދުވަހުގެ އިހްތިޖާޖުން މިކަން ކޮޅެއްގަ ޖައްސަން ޖެހޭ: ރާއީ
16 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް

16 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް
16 ޖޫން 2026

ހުއްޓިފައިވާ ފެނާ ނަރުދަމާގެ މައްސަލަތަކާ ގުޅިގެން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރު ކުރަނީ

16 ޖޫން 2026
ހުއްޓިފައިވާ ފެނާ ނަރުދަމާގެ މައްސަލަތަކާ ގުޅިގެން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރު ކުރަނީ
15 ޖޫން 2026

ސަރުކާރުގެ ކުންފުނިތަކުން އެމްޑީޕީ ސަޕޯޓަރުން ވަކިކުރާ މައްސަލައިގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

15 ޖޫން 2026
ސަރުކާރުގެ ކުންފުނިތަކުން އެމްޑީޕީ ސަޕޯޓަރުން ވަކިކުރާ މައްސަލައިގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ
15 ޖޫން 2026

އަންނަ ދިރާސީ އައު އަހަރު އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ: ރައީސް މުއިއްޒު

15 ޖޫން 2026
އަންނަ ދިރާސީ އައު އަހަރު އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު