Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބަޖެޓް ތަފްސީލު ހޯދުން

ރައީސް މުއިއްޒުގެ ސަރުކާރުން 170 ބިލިއަން ރުފިޔާ ހުސްކުރި ގޮތް ހޯދަންޖެހޭ: ނާޒިލް

މި ސަރުކާރަށް ފާސްކޮށްދިން 170 ބިލިއަން ރުފިޔާގެ ބަޖެޓު ހަރަދުކުރި ގޮތުގެ ތަފްސީލު ހޯދައި، ސަރުކާރު ޖަވާބުދާރީކުރުވަން ޖެހޭ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ. ބަޖެޓުގެ ތަފްސީލު ނެތުމުން މަޝްރޫއުތަކަށް ހަރަދުކުރާ ގޮތް ސާފުނުވާކަމަށާއި، މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުން ޖަވާބުދާރީވުމަށް ހުރަސްތަކެއް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް ނާޒިލް ފާޅުކުރެއްވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 16 ޖޫން 2026 | އަންގާރަ 12:18
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް ނާޒިލް، ހޯމަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 35 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް ނާޒިލް، ހޯމަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 35 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. | އެމްޑީޕީ ސެކްރިޓޭރިއެޓް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރުގެ ބަޖެޓުގެ ގޮތުގައި 170 ބިލިއަން ރުފިޔާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދީފައިވާއިރު، ސަރުކާރު ޖަވާބުދާރީކުރުވުމަށްޓަކައި އެ ފައިސާ ހުސްކުރި ގޮތުގެ ތަފްސީލު ހޯދަން ޖެހޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ނާޒިލް މިހެން ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ 35 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ނާޒިލް ވިދާޅުވީ މި ސަރުކާރަށް ތިން އަހަރު ފާއިތުވެގެންދާއިރު، ޖުމްލަ 170 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުގެ ތެރެއިން ފާސްކޮށްދެވިފައިވާ ކަމަށެވެ. ނަމަވެސް ގާނޫނުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތަކެއް ނުކޮށްދީ އޮތްކަން ފާހަގަކުރައްވައި، ނާޒިލް ވިދާޅުވީ އެ ފައިސާ ހުސްވެގެންދިޔަ ގޮތް ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މަޖިލީހުން ފާސްކުރާ ބަޖެޓުގެ ތަފްސީލެއް ނެތި ފާސްކުރަން ޖެހުމަކީ އަބަދުވެސް އުފެދޭ ސުވާލެއް ކަމަށާއި، އެ ތަފްސީލުތައް ނެތުމުގެ ސަބަބުން މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީކުރުވަން ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 35 ވަނަ ބައްދަލުވުމުގެ ތެރެއިން.
ހޯމަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ޤައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 35 ވަނަ ބައްދަލުވުމުގެ ތެރެއިން.
މި ސަރުކާރަށް 3 އަހަރު ފާއިތުވެގެން ދިޔަ އިރު 170 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފަ ސަރުކާރަށް ދެވިއްޖެ. ގަރާރުގަ އޮތީ ގާނޫނުން ރައްޔިތުންނަށް ކޮށްދެންޖެހޭ ކަންތައްތަކެއް ނުކޮށްދީ އޮތްކަން ފާހަގަކޮށްފަ. ގަރާރުގެ ތެރެއިން ހޯދަން އެބަޖެހޭ އެ 170 ބިލިއަން ރުފިޔާ ހުސްވެދިޔަ ގޮތްވެސް. އަބަދުވެސް އަޅުގަނޑުމެން ކުރަމުން އަންނަ ސުވާލެއް މަޖިލީހުން ފާސްކުރާ ބަޖެޓް، އޭގެ ތަފްސީލެއް ނެތި ފާސް ކުރެވެނީ ކީއްވެތޯއޭ؟ އެ ސުވާލުތަކުގެ ޖަވާބު ހޯދަން މަޖްލިސް ތެރެއިން ބޮޑުތަނުން އުނދަގޫ ވަނީ އެ ބަޖެޓުގެ ތަފްސީލު ނެތީމަ. 
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް

ސަރުކާރަށް ޕްރެޝަރ ކުރާއިރު ރައްޔިތުންނާ ހަމައަށް ބަޖެޓުގެ ތަފްސީލުތައް އައުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ، މަޖިލީހުގެ ތެރެއިން އެ ތަފްސީލުތައް ހޯދުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މިއީ ހުރިހާ ދިވެހި ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމަށާއި، ބަޖެޓުގެ ތަފްސީލު ލިބުމުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ބަޖެޓުގެ ތަފްސީލު ނެތުމުން، ރަށެއްގެ ނަރުދަމާ ފަދަ މަޝްރޫއުތަކަށް ހަރަދުކުރަނީ ބަޖެޓުގެ ކޮން ކޯޑަކުން ކަމެއްވެސް ސާފުނުވާ ކަމަށް ނާޒިލް ފާހަގަކުރެއްވި އެވެ.

ސަރުކާރު ކޮންކަމެއްތޯ ކުރަނީ، ބަޖެޓް ހުސްކުރަނީ ކިހިނެއްތޯ މި ސުވާލުތައް ކުރަންޖެހޭ. މި ސުވާލު އުފައްދާ އިރު މަޖްލިސް ތެރެއިން މިކަން ނުކުރެވެނީ ބަޖެޓުގެ ތަފްސީލު ލިބިފަ ނެތީމަ. އަޅުގަނޑުމެންނަކަށް ނޭނގެ ށ އަތޮޅު ރަށެއްގަ ނަރުދަމާ މަސައްކަތް ކުރާނީ ބަޖެޓުގެ ކޮން ކޯޑަކުން ކަމެއް، ކޮން ހިސާބަކުން ކަމެއް. އެ ތަފްސީލު ހޯދަން މަސައްކަތްކުރަން އެބަ ޖެހޭ. މިކުރާ މަސައްކަތުގެ ތެރެއިން އެ ތަފްސީލު ލިބޭ ގޮތަށް މަސައްކަތް ކުރެވިއްޖެއްޔާ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގިނަ މަސައްކަތްތަކެއް ކުރެވިގެން ދާނެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް

އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ނާޒިލް ވިދާޅުވީ، ކުރީ ސަރުކާރުން ފަށާފައިވާ ގިނަ މަސައްކަތްތަކެއް މިހާރު ހުއްޓިފައިވާ ކަމަށެވެ. ހާއްސަކޮށް އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ބޮޑު ހަފްލާއެއް ބާއްވައި ސޮއިކުރި ނަމަވެސް، އޭގެ އެއްވެސް ތަފްސީލެއް ރައްޔިތުންނަށް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރުވެސް ދޭތެރެ ދޭތެރެއިން ތިން ހަތަރު ގަޑިއިރަށް ކަރަންޓު ކެނޑެމުންދާއިރު، އެކަމަށް ހައްލެއް ލިބޭނެ ތަނެއް ނުފެންނަ ކަމަށްވެސް ވިދާޅުވި އެވެ.

ހާއްސަކޮށް އައްޑޫ ސިޓީގެ އެކި ދާއިރާތަކުގަ ފެށިފަ ހުރި މަސައްކަތްތަކާ، އެހަކަށް ދުވަހު ސޮއިކުރެވިގެންދިޔަ ކަރަންޓްގެ ހިދުމަތް، ވަރަށް ބޮޑު ހަފްލާ އެއްގެ ތެރެއިން އައްޑޫ ސިޓީގެ ގުޅިފަވާ ރަށްތަކުގެ ކަރަންޓުގެ ކަންތައްތަކެއް ފެށިގެން ދިޔައީ. މިއަދާ ހަމައަށްވެސް އޭގެ އެއްވެސް ތަފްސީލެއް ރައްޔިތަކަށް ނުލިބޭ. މިހާރުވެސް ދޭތެރެދޭތެރެއިން 3 ގަޑިއިރަށް، 4 ގަޑިއިރަށް ކަރަންޓް އެބަ ކެނޑޭ. މިކަމަށް ހައްލެއް ނުލިބޭ ހައްލެއް ލިބޭ ތަނެއް ވެސް ނުފެނޭ. 
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް

މީގެ އިތުރުން ނާޒިލް ވިދާޅުވީ، މަޝްރޫއުތަކާ ގުޅޭގޮތުން ވަޒީރުންނާ ސުވާލުކުރުމުން ޖަވާބު ދިނުމުގެ ބަދަލުގައި ވަޒީރުން ރުޅި އިސްކުރައްވައި މެންބަރުންނާ ދިމާކުރައްވާ މަންޒަރު ފެންނަ ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި މަޖިލީހުގެ ރިޔާސަތުންވެސް ވަޒީރުން ހުއްޓުވުމުގެ ބަދަލުގައި މެންބަރުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. ނާޒިލް ވިދާޅުވީ 170 ބިލިއަން ރުފިޔާ ހުސްވެގެންދާއިރު، އެ ފައިސާއިން ކުރެވުނު ކަމެއް ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށެވެ.

އިބްރާހިމް ނާޒިލްއެމްޑީޕީ20 ވަނަ ރައްޔިތުންގެ މަޖިލީސްއައްްޑޫ ސިޓީރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުބަޖެޓް 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ހުއްޓިފައިވާ ފެނާ ނަރުދަމާގެ މައްސަލަތަކާ ގުޅިގެން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރު ކުރަނީ

ހުއްޓިފައިވާ ފެނާ ނަރުދަމާގެ މައްސަލަތަކާ ގުޅިގެން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރު ކުރަނީ

16 ޖޫން 2026
ރައީސްގެ ޕޯޑިއަމްގައި ޕީއެންސީގެ ވާހަކަ ނުދެއްކޭ، އެކަމަކު ޕީއެންސީގެ ޕޯޑިއަމްގައި ސަރުކާރުގެ ވާހަކަ ދެއްކޭ؟

ރައީސްގެ ޕޯޑިއަމްގައި ޕީއެންސީގެ ވާހަކަ ނުދެއްކޭ، އެކަމަކު ޕީއެންސީގެ ޕޯޑިއަމްގައި ސަރުކާރުގެ ވާހަކަ ދެއްކޭ؟

16 ޖޫން 2026
ސަރުކާރުގެ ކުންފުނިތަކުން އެމްޑީޕީ ސަޕޯޓަރުން ވަކިކުރާ މައްސަލައިގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

ސަރުކާރުގެ ކުންފުނިތަކުން އެމްޑީޕީ ސަޕޯޓަރުން ވަކިކުރާ މައްސަލައިގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

15 ޖޫން 2026
އެމްޑީޕީން ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަނީ

އެމްޑީޕީން ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަނީ

15 ޖޫން 2026
ފެންނަ ނުފެންނަ ވޯޓުން 70 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނި ޕީއެންސީ އަކީ، ރައްޔިތުން އެންމެ ބަލައިގަތް ޕާޓީކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ފެންނަ ނުފެންނަ ވޯޓުން 70 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނި ޕީއެންސީ އަކީ، ރައްޔިތުން އެންމެ ބަލައިގަތް ޕާޓީކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

15 ޖޫން 2026

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު