Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ

ބޮޑު ތަފާތަކުން އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކުރީގެ ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި!

އެމްޑީޕީގެ 7 ވަނަ ޗެއަރޕާސަން ހޮވުމަށް ބޭއްވި މި އިންތިޚާބުގައި މެންބަރު މީކާއިލް އަހްމަދު ނަސީމާއި ވާދަކުރައްވައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރިހޯއްދަވާފަ. މޫސުމް ގޯސްވުމުގެ ސަބަބުން ވޯޓުލުމުގެ ވަގުތު އިތުރުކުރި މި އިންތިޚާބަކީ ކުރިން އެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި ވަރަށް ފޯރިގަދަ އިންތިޚާބެއް. މި އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާއިރު، މިއީ އެ ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 12 ޖޫން 2026 | ހުކުރު 18:13
ކުރީގެ ރައީސް މުހައްމަދު ނަޝީދު "ބޮޑު ބަދަލު" ޖަލްސާގައި ވާހަކަދައްކަވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު "ބޮޑު ބަދަލު" ޖަލްސާގައި ވާހަކަދައްކަވަނީ | އެމްޑީޕީ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އިންތިޚާބު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފި އެވެ. 

މި އިންތިޚާބުގެ ވަގުތީ ނަތީޖާ އިން ރައީސް ނަޝީދު އިންތިޚާބު ކާމިޔާބު ކުރެއްވި އިރު މި އިންތިޚާބުގައި އެމަނިކުފާނާ ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެެވެ. 

Advertisement - newsAdvertisement

އިންތިޚާބުގެ ވަގުތީ ނަތީޖާ އިން މި އިންތިޚާބު ކާމިޔާބުކުރެއްވީ ނަޝީދު ކަން ޔަގީން ވުމާއެކު ނަޝީދުގެ ޓީމުން ވަނީ ޕާޓީގެ މެންބަރުންނަށް ޝުކުރުދަންނަވާފަ އެވެ. އަދި އިދިކޮޅު ކެންޑިޑޭޓް މީކާއިލްގެ ޓީމު ކުރި މަސައްކަތް ފާހަގަ ކޮށްފަ އެވެ. މީކާއިލްގެ ޓީމުން ވެސް ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް ނަޝީދާ، އެމަނިކުފާނުގެ ޓީމަށް މަރުހަބާ ދަންނަވާފަ އެވެ. 

އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހުގެ މެންދުރު 02:30 އިން ރޭގަނޑު 09:00 އާ ހަމަ އަށެވެ. ދެ ފަހަރެއްގެ މަތިން ވޯޓު ފޮށި ބަންދުކުރާ ވަގުތު އިތުރު ކޮށްފައިވާއިރު އެންމެ ފުރަތަމަ ވޯޓު ފޮށި ބަންދު ކުރުމަށް ނިންމީ ރޭގަނޑު 08:00 އަށެވެ. އެއަށްފަހު އެ އިންތިޚާބުގެ ވޯޓުލުން 08:30 އަށް ކުރިއަށް ދާނެ ކަމަށް އެ ޕާޓީ އިން ބުރާސްފަތި ދުވަހު ވަނީ އިއުލާނު ކޮށްފަ އެވެ. ނަމަވެސް ސަބަބު ހާމަކޮށްފަ އެއް ނުވެ އެވެ. 

ހުކުރު ދުވަހު ދެވަނަ ފަހަރަށް އެ ވަގުތު އެ ޕާޓީ އިން އިތުރު ކޮށްފައި ވަނީ މޫސުން ގޯސްވެ ދަތިތަކެއް ދިމާވެ ބައެއް ފޮށިތަކުގެ ވޯޓުލުން ކުރިއަށް ގެންދިއުން ލަސްވެފައިވާތީ އެވެ. އެހެންކަމުން ރޭގަނޑު 09:00 އާ ހަމައަށް ވޯޓު ލުން ކުރިއަށް ގެންގޮސްފައި ވެ އެވެ. 

މި އިންތިޚާބުގައި ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ވެސް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ވާދަވެރިކަމާއެކު ވަރަށް ފޯރީގަ އެވެ. 

މިއީ އެމްޑީޕީގެ 7 ވަނަ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިހާބެވެ. ކުރިން ޗެއަރޕާސަން ކަމުގައި ހުންނެވި ފައްޔާޒް އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މިވަގުތު ވަގުތީ ޗެއަރޕާސަންގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސަ އެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީމުހައްމަދު ނަޝީދުމީކާއިލް އަހުމަދު ނަސީމްފައްޔާޒް އިސްމާއިލްއަބްދުލްޣަފޫރު މޫސާ

އިތުރަށް ކިޔާލަން

12 ޖޫން 2026

ނަޝީދުގެ ޝުކުރު އެމްޑީޕީ މެންބަރުންނަށް، ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް ކަމަށްް!

12 ޖޫން 2026
ނަޝީދުގެ ޝުކުރު އެމްޑީޕީ މެންބަރުންނަށް، ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް ކަމަށްް!
12 ޖޫން 2026

ރައީސް ނަޝީދަށް މަރުޙަބާ ދަންނަވައި މީކާއީލް ވިދާޅުވީ، އެމްޑީޕީއާއެކު އަބަދުވެސް ސާބިތުކަމާއެކު ހުންނަވާނެ ކަމަށް

12 ޖޫން 2026
ރައީސް ނަޝީދަށް މަރުޙަބާ ދަންނަވައި މީކާއީލް ވިދާޅުވީ، އެމްޑީޕީއާއެކު އަބަދުވެސް ސާބިތުކަމާއެކު ހުންނަވާނެ ކަމަށް
12 ޖޫން 2026

އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދީފި، ދެން އޮތީ އެކުގައި ގޮސް މި ސަރުކާރު ބަލި ކުރުން: ފައްޔާޒު

12 ޖޫން 2026
އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދީފި، ދެން އޮތީ އެކުގައި ގޮސް މި ސަރުކާރު ބަލި ކުރުން: ފައްޔާޒު
12 ޖޫން 2026

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު: ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު!

12 ޖޫން 2026
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު: ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު!
12 ޖޫން 2026

ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކަންކަން އޮމާންކަމާއެކު ގެންދިއުމަށް މީކާއީލްގެ ޓީމުން ގޮވާލައިފި

12 ޖޫން 2026
ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކަންކަން އޮމާންކަމާއެކު ގެންދިއުމަށް މީކާއީލްގެ ޓީމުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު