Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޗެއަރޕަރސަން އިންތިޚާބު

ރައީސް ނަޝީދަށް މަރުޙަބާ ދަންނަވައި މީކާއީލް ވިދާޅުވީ، އެމްޑީޕީއާއެކު އަބަދުވެސް ސާބިތުކަމާއެކު ހުންނަވާނެ ކަމަށް

އެމްޑީޕީގެ ޗެއަރޕަރސަން ހޮވުމަށް ބޭއްވި އިންތިޚާބުގެ ނަތީޖާއާއެކު، ރައީސް ނަޝީދަށް މީކާއީލް އަހުމަދު ނަސީމް ފޯނުން ގުޅުއްވައި މަރުހަބާ ދަންނަވައިފި. ކުރިއަށް އޮތް ތަނުގައި ޕާޓީގެ މަސައްކަތްތަކުގައި އެކުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އާ އަޒުމެއްގައި މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޖޫން 2026 | ހުކުރު 18:08
މީކާއީލް އަހުމަދު ނަސީމް

މީކާއީލް އަހުމަދު ނަސީމް | ރާއްޖެ އެމްވީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕަރސަން ހޮވުމަށް ބޭއްވި އިންތިޚާބު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކާމިޔާބު ކުރެއްވުމާ ގުޅިގެން، އެމަނިކުފާނާ ވާދަކުރެއްވި މީކާއީލް އަހުމަދު ނަސީމް މަރުހަބާ ދަންނަވައިފިއެވެ.

މީކާއީލް މި މަރުހަބާ ދަންނަވާފައިވަނީ އިންތިޚާބުގެ ނަތީޖާ އިއުލާނުކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Advertisement - newsAdvertisement

މީކާއީލް ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ސާފުވުމާއެކު ރައީސް ނަޝީދަށް ފޯނުން ގުޅުއްވައި، އެމަނިކުފާނު ހޯއްދެވި ފުރިހަމަ ކާމިޔާބީއަށް މަރުހަބާ ދަންނަވާފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕާޓީގެ މަސައްކަތްތަކުގައި އެކުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަންވެސް އޭނާ ވަނީ ދެއްވާފައެވެ.

މި ޕޯސްޓުގައި މީކާއީލް އިތުރަށް ވިދާޅުވީ، އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ބާއްވައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެ ޕާޓީއަށް ކާމިޔާބު ކޮށްދިނުމަށްޓަކައި އާ އަޒުމެއްގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ޕާޓީގެ އާންމު މެންބަރުންނާއެކު އަބަދުވެސް ސާބިތުކަމާއެކު ހުންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންތިޚާބުގެ ފޯރިގަދަ ކެމްޕެއިނަށް އަލިއަޅުއްވާލައްވަމުން މީކާއީލް ވަނީ އޭނާއަށް ތާއީދުކޮށް ވޯޓު ދެއްވި އާންމު މެންބަރުންނަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. މީގެ އިތުރުން ކެމްޕެއިން ޓީމުން ކޮށްދެއްވި ބުރަ އަދި ހިތްވަރުގަދަ މަސައްކަތް ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާ ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ މި އިންތިޚާބަކީ ޕާޓީގެ ކުރިމަގު ބައްޓަންކުރުމަށް ބޭއްވުނު މުހިންމު އިންތިޚާބެކެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީމުހައްމަދު ނަޝީދުމީކާއިލް އަހުމަދު ނަސީމް

އިތުރަށް ކިޔާލަން

12 ޖޫން 2026

އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދީފި، ދެން އޮތީ އެކުގައި ގޮސް މި ސަރުކާރު ބަލި ކުރުން: ފައްޔާޒު

12 ޖޫން 2026
އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދީފި، ދެން އޮތީ އެކުގައި ގޮސް މި ސަރުކާރު ބަލި ކުރުން: ފައްޔާޒު
12 ޖޫން 2026

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު: ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު!

12 ޖޫން 2026
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު: ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު!
12 ޖޫން 2026

ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކަންކަން އޮމާންކަމާއެކު ގެންދިއުމަށް މީކާއީލްގެ ޓީމުން ގޮވާލައިފި

12 ޖޫން 2026
ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް، އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކަންކަން އޮމާންކަމާއެކު ގެންދިއުމަށް މީކާއީލްގެ ޓީމުން ގޮވާލައިފި
12 ޖޫން 2026

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ވޯޓުލުން ފެށިއްޖެ

12 ޖޫން 2026
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބުގެ ވޯޓުލުން ފެށިއްޖެ
11 ޖޫން 2026

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާ ވަގުތު އިތުރުކޮށްފި

11 ޖޫން 2026
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާ ވަގުތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު