Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޮޑުމުޒަހަރާގެ ދައުވާ

ބޮޑުމުޒަހަރާގެ ދައުވާތައް: 3 މީހަކު އެދުނީ ނަސޭހަތުގެ އެއްބަސްވުމެއް ހަދަން، ދެން ތިބި މީހުންނަށް ވަކީލެއް އައްޔަނު ކުރަން ފުރުސަތު ދީފި

17 ޖޫން 2026 | ބުދަ 06:07

މިދިޔަ އަހަރު އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން 8 މީހެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފަށައިފި. މި މައްސަލައިގައި ހިމެނޭ ބައެއް މީހުން ޕީޖީ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ހުށަހަޅާފައިވާއިރު، އަނެއް ބަޔަކަށް ވަކީލަކު އައްޔަނު ކުރުމަށް ކޯޓުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ޖޫން 2026 | ބުދަ 06:07
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ މީހުން ކޯޓަށް ހާޒިރުވުން

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ މީހުން ކޯޓަށް ހާޒިރުވުން | ރާއްޖެ އެމްވީ

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ މީހުންގެ ޝަރީއަތް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.

މި މައްސަލައިގައި 8 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވެއެވެ. އޭގެ ތެރޭގައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ހިމެނިވަޑައިގަންނަވައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ނ ހޮޅުދޫ އަބްދުއްސަލާމް، ނ ކުޑަފަރި މުޙައްމަދު ހަމާއިދު އަބްދުލް ޣަނީ، ދެއްވަދޫ އަލީ ނައުފަލް، ހދ ކުޅުދުއްފުށީ އާއިޝަތު ނަޖުދާ އަލީ، ގދ ގައްދޫ އަލީ މުޢައްވަޒް، އަދި މ ފެހިގެ ހުސައިން ރަޝީދުގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

އެ އެންމެންގެ މައްޗަށްވެސް އުފުލާފައިވަނީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް ޛިހުނީއެވެ. ބުދަ ދުވަހު އޮތީ މައްސަލައިގެ އިބްތިދާއީ ބައި ކުރިއަށް ގެންދިއުމެވެ.

މި އަޑުއެހުމަށް މެމްބަރު މައުރޫފް ފިޔަވައި ދެން ތިއްބެވި ފަރާތްތައް ހާޒިރުވިއެވެ.

މިއީ އިބްތިދާއީ އަޑުއެހުންކަމަށްވުމާއެކު، މައްސަލަ ބައްލަވާ ގާޒީ ވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ލިބިދޭ ޙައްޤުތައް ކިޔައިދެއްވައި، ލިޔެކިއުންތައް ލިބިފައިވޭތޯ އަދި ވަކީލެއްގެ ފުރުސަތު ބޭނުންވޭތޯ ސާފު ކުރައްވާފައެވެ.

މި އަޑުއެހުމުގައި ނައުފަލް، މުއައްވަޒް، އަދި ހުސައިން ރަޝީދު ވަނީ ޕީޖީ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެމީހުންގެ ފަރާތުން ހުށަހަޅާފައިވާނެކަން ފާހަގަކޮށްފައެވެ. އަދި މިހާތަނަށް ޖަވާބެއް ލިބިފައިނުވާކަމަށް އެމީހުން މި އަޑުއެހުމުގައި ފާހަގަކުރިއެވެ.  

އެކަމާ ގުޅޭގޮތުން ގާޒީ ސުވާލު ކުރެއްވުމުން ޕީޖީ އޮފީހުގެ ވަކީލު ވިދާޅުވީ، ނަސޭހަތުގެ އެއްބަސްވުމާ ގުޅޭ ފޯމު ލިބިފައިވާ ކަމަށާއި، މިހާތަނަށް ޕީޖީ އޮފީހުން އަދި އެކަމުގައި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.

މީގެ އިތުރުން، ދެން ތިބި ފަރާތްތަކުން ވަނީ ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތެއް ބޭނުންވާކަމަށް ބުނެފައެވެ. އެހެންވެ ގާޒީ ވަނީ ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އަދި ނަސޭހަތުގެ އެއްބަސްވުމާ ގުޅޭގޮތުން ޕީޖީ އޮފީހުން ނިންމާ ގޮތެއް ބެލުމަށްފަހު އެކަމުގައި ދެން ނިންމަވަންޖެހޭ ކަންކަން ނިންމަވާނެކަމަށް ވިދާޅުވިއެވެ.

ޕީޖީ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުން އެކުލަވާލާ ޙާލަތްތަކުގައި މައްސަލައިގެ ދައުވާ އަނބުރާ ގެނައުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ނިންމިދާނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމްޑީޕީން ބޭއްވި އެ މުޒާހަރާގައި ވަނީ އާޓިފިޝަލް ބީޗުން ފެށިގެން މަޖީދީ މަގުން ކުރިއަށްދާން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ ބާރާއި ހަތިޔާރު ބޭނުންކޮށްގެން އެ މުޒާހަރާއަށް ހުރަސްއަޅާފަ އެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީމައުރޫފް ޒާކިރުފާތިމަތު ޒަހިއްޔާކްރިމިނަލް ކޯޓްގާޒީ އިބްރާހިމް އިހްސާންޕްރޮސެކިއުޓަރ ޖެނެރަލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

17 ޖޫން 2026

ބޮޑުމުޒަހަރާ އާ ގުޅިގެން ޒަހިއްޔާގެ މައްޗަށް އުފުލާފަވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލްކޮށްފި

17 ޖޫން 2026
ބޮޑުމުޒަހަރާ އާ ގުޅިގެން ޒަހިއްޔާގެ މައްޗަށް އުފުލާފަވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލްކޮށްފި
16 ޖޫން 2026

ކުޑަކުދިން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައިގައި ހައްޔަރު ކުރި އެކަކު ދޫކޮށްލަފި

16 ޖޫން 2026
ކުޑަކުދިން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައިގައި ހައްޔަރު ކުރި އެކަކު ދޫކޮށްލަފި
15 ޖޫން 2026

އެމްޑީޕީން ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަނީ

15 ޖޫން 2026
އެމްޑީޕީން ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަނީ
14 ޖޫން 2026

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ

14 ޖޫން 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ
14 ޖޫން 2026

އާރަށު މައްސަލައިގައި ދައުލަތުން ހުށަހެޅި އައު ހެކީގެ މައްސަލަ ނިންމާ އަންނަ މަހު ހުކުމް ކުރަނީ

14 ޖޫން 2026
އާރަށު މައްސަލައިގައި ދައުލަތުން ހުށަހެޅި އައު ހެކީގެ މައްސަލަ ނިންމާ އަންނަ މަހު ހުކުމް ކުރަނީ
12 ޖޫން 2026

ބޮޑު ތަފާތަކުން އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކުރީގެ ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި!

12 ޖޫން 2026
ބޮޑު ތަފާތަކުން އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކުރީގެ ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި!
12 ޖޫން 2026

ރައީސް ނަޝީދަށް މަރުޙަބާ ދަންނަވައި މީކާއީލް ވިދާޅުވީ، އެމްޑީޕީއާއެކު އަބަދުވެސް ސާބިތުކަމާއެކު ހުންނަވާނެ ކަމަށް

12 ޖޫން 2026
ރައީސް ނަޝީދަށް މަރުޙަބާ ދަންނަވައި މީކާއީލް ވިދާޅުވީ، އެމްޑީޕީއާއެކު އަބަދުވެސް ސާބިތުކަމާއެކު ހުންނަވާނެ ކަމަށް
12 ޖޫން 2026

އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދީފި، ދެން އޮތީ އެކުގައި ގޮސް މި ސަރުކާރު ބަލި ކުރުން: ފައްޔާޒު

12 ޖޫން 2026
އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދީފި، ދެން އޮތީ އެކުގައި ގޮސް މި ސަރުކާރު ބަލި ކުރުން: ފައްޔާޒު
12 ޖޫން 2026

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު: ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު!

12 ޖޫން 2026
އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު: ބޮޑު ތަފާތަކުން ކުރި ހޯއްދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު!
11 ޖޫން 2026

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާ ވަގުތު އިތުރުކޮށްފި

11 ޖޫން 2026
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވޯޓުލާ ވަގުތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް