Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަބްދުލްޣަފޫރު މޫސާ

ގަޕޯގެ ވަގުތީ ޗެއަރޕާސަން ކަމުގައި އެމްޑީޕީއަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ: ޕާޓީގެ ރައީސް ޝާހިދު

އެމްޑީޕީގެ ވަގުތީ ޗެއަރޕާސަންގެ ގޮތުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވޭތުވެދިޔަ 6 މަސްދުވަހު ކުރެއްވި މަސައްކަތްޕުޅުތަކަށް އެ ޕާޓީގެ ރައީސް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައި. ޝާހިދު ވިދާޅުވީ ޕާޓީއަށް ދިމާވި ހައްސާސް ދަނޑިވަޅެއްގައި ޣަފޫރު ކުރެއްވި މަސައްކަތްޕުޅުތަކަކީ ލޯކަލް ކައުންސިލް އިންތިޚާބުގެ ކާމިޔާބީގައި މުހިއްމު ދައުރެއް އަދާކުރި ހަރުދަނާ މަސައްކަތްތަކެއް ކަމަށް. އަދި ކުރިއަށް އޮތް ތަނުގައި ވެސް ޕާލަމެންޓްރީ ގްރޫޕްގެ ތެރެއިންނާއި އެހެނިހެން ގޮތްގޮތުން ޣަފޫރުގެ ޚިދުމަތް ޕާޓީއަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޝާހިދު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 17 ޖޫން 2026 | ބުދަ 12:02
އެމްޑީޕީން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވާހަކަ ދައްކަވަނީ.

އެމްޑީޕީން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވާހަކަ ދައްކަވަނީ. | އެމްޑީޕީ

ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ)ގެ ވަގުތީ ޗެއަރޕާސަން ކަމުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕާޓީގެ ވަގުތީ ޗެއަރ ޕަރސަންގެ ގޮތުގައި ވޭތުވެދިޔަ 6 މަސްދުވަހު އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަން ގަޕޯ އެޕާޓީ އަށް ހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. 

ގަޕޯގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި ޝާހިދު ވިދާޅުވީ،  ދިމާވި ހައްސާސް ދަނޑިވަޅެއްގައި ޕާޓީގެ ކަންކަމާއި ހަވާލުވެވަޑައިގެން، ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޯއްދެވި ކާމިޔާބީގައި ޣަފޫރު މުހިއްމު ދައުރެއް އަދާ ކުރެއްވި ކަމަށް ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ، ޕާލަމެންޓްރީ ގްރޫޕްގެ މަސައްކަތުގެ ތެރެއިންނާ އެހެނިހެން ގޮތްގޮތުން ވެސް ޣަފޫރުގެ ޚިދުމަތް އަދިވެސް ޕާޓީއަށް ލިބެމުންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. 

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމުން 8 ޑިސެންބަރު 2025 ގައި ރޭ އެމްޑީޕީން ބޭއްވި ގައުމީ މަޖްލިސް ޖަލްސާގައި އިލްހާމް އަހުމަދު ޕާޓީގެ ވަގުތީ ޗެއަރޕާސަން ކަމުގެ މަގާމަށް ޣަފޫރު ގެ ނަން ހުށަހެޅި އެވެ. އަދި ވަގުތީ ޗެއަރޕާސަން ކަމަށް ޣަފޫރު ހޮވުނީ ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 66 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ ވޯޓާއެކު އެވެ.

ޣަފޫރު އަކީ އަކީ އެމްޑީޕީ ޕީޖީ ގްރޫޕުގެ އެންމެ ގިނަ ދުވަސްވީ މެމްބަރެވެ. އޭނާ އަކީ މަޖިލީހުގައި ވެސް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ މެންބަރެކެވެ.

އަބްދުލްޣަފޫރު މޫސާމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަބްދުﷲ ޝާހިދު

އިތުރަށް ކިޔާލަން

17 ޖޫން 2026

ބޮޑުމުޒަހަރާގެ ދައުވާތައް: 3 މީހަކު އެދުނީ ނަސޭހަތުގެ އެއްބަސްވުމެއް ހަދަން، ދެން ތިބި މީހުންނަށް ވަކީލެއް އައްޔަނު ކުރަން ފުރުސަތު ދީފި

17 ޖޫން 2026
ބޮޑުމުޒަހަރާގެ ދައުވާތައް: 3 މީހަކު އެދުނީ ނަސޭހަތުގެ އެއްބަސްވުމެއް ހަދަން، ދެން ތިބި މީހުންނަށް ވަކީލެއް އައްޔަނު ކުރަން ފުރުސަތު ދީފި
17 ޖޫން 2026

ބޮޑުމުޒަހަރާ އާ ގުޅިގެން ޒަހިއްޔާގެ މައްޗަށް އުފުލާފަވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލްކޮށްފި

17 ޖޫން 2026
ބޮޑުމުޒަހަރާ އާ ގުޅިގެން ޒަހިއްޔާގެ މައްޗަށް އުފުލާފަވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލްކޮށްފި
15 ޖޫން 2026

އެމްޑީޕީން ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަނީ

15 ޖޫން 2026
އެމްޑީޕީން ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަނީ
12 ޖޫން 2026

ބޮޑު ތަފާތަކުން އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކުރީގެ ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި!

12 ޖޫން 2026
ބޮޑު ތަފާތަކުން އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކުރީގެ ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި!
12 ޖޫން 2026

ނަޝީދުގެ ޝުކުރު އެމްޑީޕީ މެންބަރުންނަށް، ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް ކަމަށްް!

12 ޖޫން 2026
ނަޝީދުގެ ޝުކުރު އެމްޑީޕީ މެންބަރުންނަށް، ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް ކަމަށްް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު