Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ބޮޑުމުޒަހަރާ

ބޮޑުމުޒަހަރާ އާ ގުޅިގެން ޒަހިއްޔާގެ މައްޗަށް އުފުލާފަވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހަށް ތާވަލްކޮށްފި

މިދިޔަ އަހަރު އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ޒަހިއްޔާ ހިމެނޭހެން އަށް މީހެއްގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފަ. މި ދައުވާއަކީ ސަރުކާރުން ބިރުދެއްކުމަށް ކުރާ ކަމެއް ކަމަށް ޒަހިއްޔާ ސިފަކުރައްވާފައިވާއިރު، ފުލުހުން އެ މުޒާހަރާ ރޫޅާލާފައިވަނީ ނަހަމަ ބާރުގެ ބޭނުންކޮށްގެން ކަމަށް އެމްޑީޕީން ތުހުމަތުކުރޭ. މި ޝަރީއަތް ފަށަން ތައްޔާރުވެފައި މިވަނީ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް އެމްޑީޕީން ނިންމާފައިވާ ދަނޑިވަޅެއްގަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 17 ޖޫން 2026 | ބުދަ 00:50
 ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތުމަތު ޒަހިއްޔާ (ޒާޔާ)

ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) | އެކްސް

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މާލޭގައި ބޭއްވި ބޮޑު މުޒާހަރާއާ ގުޅިގެން، ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލުކޮށްފި އެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ހެނދުނު 10 ޖަހާއިރު އެވެ.

މި މުޒާހަރާއާ ގުޅިގެން ޒަހިއްޔާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އެވެ. މި ދައުވާ އުފުލާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުންނެވެ. މި މައްސަލައިގައި ޒަހިއްޔާ ހިމެނޭހެން ޖުމްލަ އަށް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މި ދައުވާއާ ގުޅިގެން ޒަހިއްޔާ ވިދާޅުވީ، ރައްޔިތުންގެ ތާއީދު ގެއްލިފައިވާ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައްކަވާ ބިރަކަށް އޭނާ ބޯގުދު ނުކުރައްވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމްޑީޕީން ބޭއްވި އެ މުޒާހަރާގައި ވަނީ އާޓިފިޝަލް ބީޗުން ފެށިގެން މަޖީދީ މަގުން ކުރިއަށްދާން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ ބާރާއި ހަތިޔާރު ބޭނުންކޮށްގެން އެ މުޒާހަރާއަށް ހުރަސްއަޅާފަ އެވެ. އަދި މުޒާހަރާ ރޫޅާލުމަށްޓަކައި ފުލުހުން ގަވާއިދާ ހިލާފަށް ބާރުގަދަ އަޑު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައިވާކަން ފާހަގަކުރެވެ އެވެ.

ޒަހިއްޔާގެ މައްޗަށް ކުރާ ޝަރީއަތް ތާވަލުކޮށްފައިވާ މި ދަނޑިވަޅަކީ، ރައީސް މުއިއްޒުގެ ސަރުކާރުން ހަމައެއް ލަމައެއް ނެތި ގައުމަށް ނިކަމެތިކަން ލިބޭ ގޮތަށް ކުރަމުންދާ ކަންކަމާ ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް އެމްޑީޕީން ނިންމާފައިވާ ވަގުތެކެވެ. މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް ނިންމީ ހޯމަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި ގަރާރެއް، ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުން ފާސްވުމާ ގުޅިގެންނެވެ.

ފާތިމަތު ޒަހިއްޔާމާލެމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

16 ޖޫން 2026

ރާއްޖޭގައި މިއަހަރު ހިމަބިއްސަށް 20 މީހަކު ޕޮޒިޓިވްވެއްޖެ

16 ޖޫން 2026
ރާއްޖޭގައި މިއަހަރު ހިމަބިއްސަށް 20 މީހަކު ޕޮޒިޓިވްވެއްޖެ
16 ޖޫން 2026

އެމްޑީޕީ އިން ބާއްވާ "ވަޒީފާ ބުރާސްފަތި" މުޒާހަރާގެ ޕޯސްޓަރުތައް ހަރުކުރަން ފަށައިފި

16 ޖޫން 2026
އެމްޑީޕީ އިން ބާއްވާ "ވަޒީފާ ބުރާސްފަތި" މުޒާހަރާގެ ޕޯސްޓަރުތައް ހަރުކުރަން ފަށައިފި
16 ޖޫން 2026

ކުޑަކުދިން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައިގައި ހައްޔަރު ކުރި އެކަކު ދޫކޮށްލަފި

16 ޖޫން 2026
ކުޑަކުދިން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައިގައި ހައްޔަރު ކުރި އެކަކު ދޫކޮށްލަފި
15 ޖޫން 2026

ބޯހިޔާވެހިކަން ސްކީމަށް އެދުމުގެ ސުންގަޑި ހޯމަދުވަހުގެ ރޭ 2:00 އަށް އިތުރުކޮށްފި

15 ޖޫން 2026
ބޯހިޔާވެހިކަން ސްކީމަށް އެދުމުގެ ސުންގަޑި ހޯމަދުވަހުގެ ރޭ 2:00 އަށް އިތުރުކޮށްފި
15 ޖޫން 2026

އެމްޑީޕީން ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަނީ

15 ޖޫން 2026
އެމްޑީޕީން ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު