Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ އިހުތިޖާޖު

އެމްޑީޕީން ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަނީ

ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމާއި، ސިޔާސީ ސަބަބުތަކަށްޓަކައި މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމަށް ބުނެ އެމްޑީޕީން މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން ވަނީ ނިންމާފަ. މިގޮތުން ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ހުއްޓިފައިވާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކައުންސިލްތަކާއެކު މަސައްކަތް ކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ. މިއީ ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އެމްޑީޕީން ހަރަކާތްތެރިވާން ފެށި ބޮޑު ނިންމުމެއް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 15 ޖޫން 2026 | ހޯމަ 19:19
3 އޮކްޓޯބަރ 2025 ގައި އެމްޑިޕީ އިން ބޭއްވި "ލޫޓުވައިފި" ބޮޑު އެއްވުމުގެ ތެރެއިން

3 އޮކްޓޯބަރ 2025 ގައި އެމްޑިޕީ އިން ބޭއްވި "ލޫޓުވައިފި" ބޮޑު އެއްވުމުގެ ތެރެއިން

ރައީސް މުއިއްޒުގެ ސަރުކާރުން ހަމައެއް ލަމައެއްނެތި ދިވެހި ގައުމަށް ނިކަމެތިކަން ލިބޭގޮތަށް  ކުރަމުންދާ ކަންކަމާ ދެކޮޅަށް، މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ނިންމައިފި އެވެ.

މިގޮތަށް ނިންމާފައި ވަނީ ހޯމަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި ގަރާރެއް، ޖަލްސާގައި ބައިވެރިވި 52 މެންބަރުންގެ އިއްތިފާގުން ފާސްކުރުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ސެކްރެޓޭރިއެޓުން ހުށަހެޅި މި ގަރާރު ފާސްކޮށްފައި ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގަތުމަށްފަހު، އެމަނިކުފާނުގެ ރިޔާސަތުގައި ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. މި ގަރާރުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ، ރައީސް މުއިއްޒުގެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ނިކަމެތިކަން ލިބެމުންދާ ކަމަށާއި، ގާނޫނާއި ގަވާއިދުތަކަށް ބޯނުލަނބައި ސަރުކާރުން ކުރަމުންދާ ކަންކަމުގެ ތަކުލީފު ރައްޔިތުން އުފުލަން ޖެހުމަކީ އެމްޑީޕީން ބަލަން ތިބޭނެ ކަމެއް ނޫން ކަމަށެވެ.

މި ގަރާރުގައި ސަރުކާރާ ދެކޮޅަށް މައިގަނޑު ތިން މައްސަލައެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތެރޭގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި އޮތުމާއި، ސިޔާސީ ސަބަބުތަކަށްޓަކައި ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުން ދިޔުމުގެ އިތުރުން، އެކި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ސިޔާސީ ދައުވާތައް އުފުލަމުން ދިޔުމެވެ. ޚާއްސަކޮށް، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފަށާފައިވާ މަޝްރޫއުތަކުގެ ތެރެއިން 90 އިންސައްތަ ނިމިފައި ހުރި މަޝްރޫއުތައް ވެސް ކުރިއަށް ނުގެންގޮސް ހުއްޓާލާފައިވާ ކަމަށާއި، އޭގެ ތެރޭގައި ރަށްރަށުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ މަޝްރޫއުތައް ހިމެނޭކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ އެމްޑީޕީ އަށް ތާއީދުކުރާ މުވައްޒަފުންނާ މެދު އެއްވެސް އިންސާފެއް ނެތި، ގާނޫނާއި ގަވާއިދާ ޚިލާފަށް ފިޔަވަޅު އަޅައި ވަޒީފާ އިން ވަކިކުރަމުންދާ ކަމަށް ވެސް އެމްޑީޕީން ތުހުމަތުކުރެ އެވެ. މިކަންކަމާ ދެކޮޅަށް ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމުގެ އިތުރުން، ސިޔާސީ ގޮތުން ވަޒީފާ އިން ވަކިކުރާ ފަރާތްތަކަށާއި ސިޔާސީ ދައުވާތައް އުފުލާފައިވާ މީހުންނަށް އެމްޑީޕީގެ ފަރާތުން ގާނޫނީ އެހީތެރިކަމާއި އެހެނިހެން އެއްބާރުލުން ފޯރުކޮށްދިނުމުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ގައުމީ މަޖިލީހުން ވަނީ ނިންމާފަ އެވެ.

ހަމައެއާއެކު، ސަރުކާރުން ހުއްޓުވާފައިވާ ތަރައްގީގެ މަޝްރޫއުތަކާ ރަށު ކައުންސިލްތަކުން ހަވާލުވެ، އެ މަޝްރޫއުތައް ނިންމައި ރައްޔިތުންނަށް ހިދުމަތް ދޭން ފެށުމަށްޓަކައި އެމްޑީޕީން ކައުންސިލްތަކާއެކު ގާތުން މަސައްކަތް ކުރުމަށް ވެސް ހޯމަ ދުވަހުގެ ރޭ ފާސްކުރި ގަރާރުގައި ވަނީ ހިމަނާފަ އެވެ..

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުމުޒާހަރާ-އިހުތިޖާޖު

އިތުރަށް ކިޔާލަން

15 ޖޫން 2026

ފެންނަ ނުފެންނަ ވޯޓުން 70 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނި ޕީއެންސީ އަކީ، ރައްޔިތުން އެންމެ ބަލައިގަތް ޕާޓީކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

15 ޖޫން 2026
ފެންނަ ނުފެންނަ ވޯޓުން 70 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނި ޕީއެންސީ އަކީ، ރައްޔިތުން އެންމެ ބަލައިގަތް ޕާޓީކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
15 ޖޫން 2026

ރައީސް މުއިއްޒު އަޒުލް ކުރުން ނޫން ގޮތެއް ނެތް: ކުރީގެ ރައީސް ޔާމީން

15 ޖޫން 2026
ރައީސް މުއިއްޒު އަޒުލް ކުރުން ނޫން ގޮތެއް ނެތް: ކުރީގެ ރައީސް ޔާމީން
15 ޖޫން 2026

މިސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން 2645 ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ނިމިފައިވާ ކަަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

15 ޖޫން 2026
މިސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން 2645 ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ނިމިފައިވާ ކަަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
15 ޖޫން 2026

އަންނަ ދިރާސީ އައު އަހަރު އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ: ރައީސް މުއިއްޒު

15 ޖޫން 2026
އަންނަ ދިރާސީ އައު އަހަރު އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ: ރައީސް މުއިއްޒު
15 ޖޫން 2026

އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް، ޕީއެންސީގެ ފިކުރަކީ ބިނާކުރަނިވި ފިކުރެއް: ރައީސް މުއިއްޒު

15 ޖޫން 2026
އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް، ޕީއެންސީގެ ފިކުރަކީ ބިނާކުރަނިވި ފިކުރެއް: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު