Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ޓްރަމްޕްގެ އިންޒާރު އީރާނަށް: އެއްބަސްވުމަށް އަމަލުނުކުރާނަމަ އަލުން ބޮން އަޅާނަން

އެމެރިކާ އާއި އީރާނާ ދެމެދު ސުވިޒަލޭންޑުގައި ސޮއިކުރާ ފަހުމުނާމާއާ އެއްގޮތައް އީރާނުން އަމަލު ނުކުރާ ނަމަ، އީރާނަށް އަލުން އަސްކަރީ ހަމަލާތައް ދޭން ފައްޓަވާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި. މިސްރުގެ ރައީސާއެކު ހުންނަވައި ޓްރަމްޕް ވިދާޅުވީ އީރާނުން އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރާނަމަ އެ ގައުމަށް އަމާޒުކޮށް އަލުން ބޮން އަޅާނެ ކަމަށް.

ރާއްޖެ އެމްވީ | 17 ޖޫން 2026 | ބުދަ 12:31
ފްރާންސްގެ އެވިއަން-ލެ-ބެއިންސްގައި ބޭއްވި ޖީ7 ގެ ގައުމުތަކާއި މެދުއިރުމަތީގެ ލީޑަރުންގެ މެންދުރުގެ ފަރިއްކޮޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވަނީ.

ފްރާންސްގެ އެވިއަން-ލެ-ބެއިންސްގައި ބޭއްވި ޖީ7 ގެ ގައުމުތަކާއި މެދުއިރުމަތީގެ ލީޑަރުންގެ މެންދުރުގެ ފަރިއްކޮޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ދެ ދުވަހަށް ވެފައިވަނިކޮށް، އީރާނުން އެ ގައުމުގެ ޒިންމާތަކާ އެއްގޮތައް އަމަލުނުކުރާނަމަ އަލުން އަސްކަރީ ފިޔަވަޅު އެޅުމަށް ތައްޔާރަށް ހުންނެވި ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު ދެއްވައިފިއެވެ.

ޖީ7 ސަމިޓުގެ ތެރެއިން ވާހަކަދައްކަވަމުން، އަންނަ ހުކުރު ދުވަހު ސުވިޒަލޭންޑުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުމާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، މިއީ އަދި އެންމެ ފަހުގެ ނިންމުން ނޫން ކަމަށާއި، މިއީ ހަމައެކަނި ފަހުމުނާމާއެއް (އެމް.އޯ.ޔޫ) ކަމަށެވެ.

މިސްރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީއާއެކު ހުންނަވައި ވާހަކަދައްކަވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، އެ އެއްބަސްވުމާ މެދު ހިތްޕުޅުހަމަނުޖެހޭނަމަ، އީރާނަށް އަލުން ބޮމުގެ ހަމަލާތައް ދޭން ފައްޓަވާނެ ކަމަށެވެ.

އަދި އީރާނުން ރަނގަޅަށް އަމަލުނުކުރާނަމަ، އެ ގައުމުގެ މެދުތެރެއަށް އަމާޒުކޮށް އަލުން ބޮން އަޅަން ފައްޓަވާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ މަދަދުގާރު ޝާހުގެ ވެރިކަން 1979 ވަނަ އަހަރު ވައްޓާލުމަށްފަހު އުފެދުނު އިސްލާމީ ޖުމްހޫރިއްޔާއަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، މިފަދަ ހަރުކަށި ފިޔަވަޅެއް އަޅަން ޖެހެނީ ވޭތުވެދިޔަ 47 އަހަރު ދުވަހު އެ ގައުމުން އަމަލުކޮށްފައިވަނީ ގޯސްކޮށް ކަމަށްވާތީ ކަމަށެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ހަނގުރާމަ ފެށީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ދިން ވައިގެ ހަމަލާތަކަކުންނެވެ. މި ހަމަލާތަކުގައި އީރާނުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ އާއި އެ ގައުމުގެ އިސް އޮފިޝަލުންތަކެއް ވަނީ އަވަހާރަކޮށްލާފައެވެ.

މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އާއި އީރާނާ ދެމެދު ވެވޭ އެންމެ ފަހުގެ އެއްބަސްވުމުގެ މަޝްވަރާތައް ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހު ސުވިޒަލޭންޑުގައި ސޮއިކުރާ އެއްބަސްވުމާ އެކުގައެވެ. އަދި މި އެއްބަސްވުމުގެ ތަފްސީލުތައް ފުރިހަމަކުރުމަށް 60 ދުވަހުގެ މުއްދަތެއް ހޭދަވާނެ ކަމަށް ބެލެވެއެވެ.

އެމެރިކާ-އީރާންޖީ-7 ސަމިޓް

އިތުރަށް ކިޔާލަން

17 ޖޫން 2026

ޓްރަމްޕްގެ ނުރުހުމާ އެކު ވެސް އިޒްރޭލުން އަނެއްކާވެސް ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

17 ޖޫން 2026
ޓްރަމްޕްގެ ނުރުހުމާ އެކު ވެސް އިޒްރޭލުން އަނެއްކާވެސް ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި
15 ޖޫން 2026

އެމެރިކާގެ އަސްކަރީ ބޮންއަޅާ ބޯޓެއް ވެއްޓިއްޖެ

15 ޖޫން 2026
އެމެރިކާގެ އަސްކަރީ ބޮންއަޅާ ބޯޓެއް ވެއްޓިއްޖެ
15 ޖޫން 2026

ޓްރަމްޕް: އީރާނާއެކު އެކުލަވާލި އެއްބަސްވުމުގައި ސޮއިކޮށްފިން

15 ޖޫން 2026
ޓްރަމްޕް: އީރާނާއެކު އެކުލަވާލި އެއްބަސްވުމުގައި ސޮއިކޮށްފިން
15 ޖޫން 2026

އެމެރިކާ-އީރާން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ދުނިޔޭގެ ލީޑަރުން ވިދާޅުވީ ކީކޭ؟

15 ޖޫން 2026
އެމެރިކާ-އީރާން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ދުނިޔޭގެ ލީޑަރުން ވިދާޅުވީ ކީކޭ؟
15 ޖޫން 2026

ޖީ7 ސަމިޓް ހޯމަ ދުވަހު ފެށޭއިރު ބޮޑު ސަމާލުކަމެއް އީރާން އެއްބަސްވުމަށް

15 ޖޫން 2026
ޖީ7 ސަމިޓް ހޯމަ ދުވަހު ފެށޭއިރު ބޮޑު ސަމާލުކަމެއް އީރާން އެއްބަސްވުމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު