Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އީރާން

އެމެރިކާ-އީރާން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ދުނިޔޭގެ ލީޑަރުން ވިދާޅުވީ ކީކޭ؟

އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު ވަގުތީ އެއްބަސްވުމަށް އދ. އާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން މަރުހަބާ ކިޔައި، މިއީ މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ސިފަކޮށްފައި. މި އެއްބަސްވުމުގެ ދަށުން ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ގޮވާލަމުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ދާއިމީ ހައްލެއް ހޯދުމަށް ގައުމުތަކުން ބާރުއަޅާފައިވޭ. އަދި މި ސުލްހައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށާއި ސަރަހައްދީ ސަލާމަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ގައުމުތަކުގެ ލީޑަރުން އުންމީދު ކުރައްވާ.

ރާއްޖެ އެމްވީ | 15 ޖޫން 2026 | ހޯމަ 11:59
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުގެ ކުރިން، އީރާންގެ ގައުމީ ފުޓްބޯޅަ ޓީމު މަޑުކޮށްގެން ތިބި ހޮޓާ ކުރިމައްޗަށް އީރާނުގެ ދިދަ ހިފައިގެން ތިބި ބަޔަކު އެއްވެފައި.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗުގެ ކުރިން، އީރާންގެ ގައުމީ ފުޓްބޯޅަ ޓީމު މަޑުކޮށްގެން ތިބި ހޮޓާ ކުރިމައްޗަށް އީރާނުގެ ދިދަ ހިފައިގެން ތިބި ބަޔަކު އެއްވެފައި. | ގެޓީ އިމޭޖަސް

އެމެރިކާ އާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި، އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ހުރަސްތައް ނައްތާލުމަށާއި، ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް އެމެރިކާ އާއި އީރާނުގެ އޮފިޝަލުން އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ އިގްތިސާދަށް މުހިންމު މި ކަނޑުއޮޅިން ތެޔޮ އުފުލާ އުޅަނދުފަހަރު އަލުން ދަތުރުކުރަން ފެށުމާއެކު، ހަކަތައިގެ އަގުތައް ދަށްވެގެންދާނެ ކަމަށް ބެލެވެއެވެ.

މި ވަގުތީ އެއްބަސްވުމާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ފާޅުކުރަމުންދާ ޝުއޫރުތައް ތިރީގައި އެވަނީއެވެ:

ޔޫއޭއީ

އެމެރިކާ އާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އިބްތިދާއީ އެއްބަސްވުން ފުރިހަމައަށް ތަންފީޒުކުރުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ގޮވާލައިފިއެވެ. ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

އެ މިނިސްޓްރީގެ ބަޔާނުގައި، އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު ފަހުމުނާމާއަށްފަހު، މަޝްވަރާ އާއި ޑިޕްލޮމަސީގެ އިތުރުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯލެނބުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.

މި ހަނގުރާމައިގެ ސަބަބުން ޔޫއޭއީއަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. އެގޮތުން ހަނގުރާމައިގެ ތެރޭގައި އީރާނުން ދިން ހަމަލާތައް ޔޫއޭއީއާ ގުޅުންހުރި މުދާ އުފުލާ އުޅަނދުތަކަށާއި ހަކަތައިގެ ވަސީލަތްތަކަށް އަމާޒުވެފައިވެއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ތަރުޖަމާނު:

"އެމެރިކާ އާއި އީރާނާ ދެމެދު ވަގުތުން އަދި ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމަށާއި، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށާއި، އިތުރު މަޝްވަރާތަކަށް މަގުފަހިކޮށްދޭ ސުލްހައިގެ އެއްބަސްވުމެއް އިިއުލާން ކުރުމުން ސެކްރެޓަރީ ޖެނެރަލް އެކަމަށް މަރުހަބާ ވިދާޅުވެއެވެ. މިއީ މި ހަމަނުޖެހުން ސުލްހަވެރިކަމާއެކު ހައްލުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ."

މިސްރު

މިސްރުގެ ފޮރިން މިނިސްޓްރީން ބުނީ އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު މި އެއްބަސްވުމަކީ، ހަނގުރާމަ ހުއްޓުވުމަށްޓަކައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބައިވެރިންނާއެކު މަސްތަކެއް ވަންދެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އީ4 ގެ ލީޑަރުން ކަމަށްވާ އިނގިރޭސިވިލާތް، ފްރާންސް، ޖަރުމަނު އަދި އިޓަލީގެ ގުޅިފައިވާ ބަޔާން:

"އީރާނުން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް އުފައްދައިގެން ނުވާނެއެވެ. މި މަގްސަދު ހާސިލުކުރުމަށްޓަކައި އެމެރިކާ، އީރާން އަދި އައި.އޭ.އީ.އޭ އާއެކު މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށެވެ."

އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް:

"އެމެރިކާ އާއި އީރާނުން އެއްބަސްވުމަކަށް އައުމުން އޮސްޓްރޭލިއާ ސަރުކާރުން އެކަމަށް މަރުހަބާ ކިޔަމެވެ. ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހިމެނޭހެން، މަސްރަހު ފިނިކުރުމަށާއި ހަނގުރާމަ ހުއްޓާލުމަށް އޮސްޓްރޭލިއާއިން އަންނަނީ މާކުރިން ފެށިގެން ގޮވާލަމުންނެވެ. އަޅުގަނޑުމެން ކުރިންވެސް ބުނަމުން އައި ފަދައިން، މި ހަނގުރާމަ ދިގުލައިގެން ދިޔަވަރަކަށް އޭގެ ނޭދެވޭ އަސަރު ބޮޑުވާނެއެވެ. އިތުރު ހަމަނުޖެހުންތައް ހުއްޓުވައި ދާއިމީ އެއްބަސްވުމެއް ގާއިމުކުރުމަށްޓަކައި، ދެފަރާތުންވެސް ކެތްތެރިކަން އިސްކޮށް ބިނާކުރަނިވި ގޮތެއްގައި މަސައްކަތް ކުރުން މުހިންމެވެ."

އޮސްޓްރިއާގެ ޗާންސެލަރ ކްރިސްޓިއަން ސްޓޮކާ:

"ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި، ހުރްމުޒް ކަނޑުއޮޅި ދާއިމީކޮށް ހުޅުވާލުން ހިމެނޭހެން، މި ފަހުމުނާމާ އަވަހަށް އަދި ފުރިހަމައަށް ތަންފީޒު ކުރުމަށް ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ގޮވާލަމެވެ. މި އެއްބަސްވުމުގެ ސަބަބުން މެދުއިރުމަތީގައި ހަމަޖެހުމާއި ސަލާމަތްތެރިކަން ގާއިމުކުރުމަށް މަޝްވަރާގެ ދޮރު ހުޅުވިގެންދެއެވެ. އަދި އީރާނުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް ޕްރޮގްރާމްތަކާ ގުޅޭގޮތުން ވާހަކަދެއްކުން ހިމެނޭހެން، ހުރިހާ ފަރާތްތަކަކުން ބިނާކުރަނިވި ގޮތެއްގައި ބައިވެރިވުމަށް އަޅުގަނޑު ބާރުއަޅަމެވެ."

އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ:

"ހުރްމުޒް ކަނޑުއޮޅީގައި އެއްވެސް ފީއަކާ ނުލައި ދަތުރުފަތުރު ކުރުމުގެ މިނިވަންކަން އަލުން ގާއިމުކުރަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރަމެވެ. އަދި އީރާނުން ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ހޯދައިގެން ނުވާނެއެވެ."

ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރުސުލާ ފޮން ޑަ ލޭޔަން:

"މިހާރު އެންމެ އިސްކަމެއް ދޭންވީ ހުރިހާ ފަރާތްތަކުން މި އެއްބަސްވުން އަވަހަށް އަދި ފުރިހަމައަށް ތަންފީޒު ކުރުމަށެވެ. އެއްވެސް ފީއަކާ ނުލައި ދަތުރުފަތުރު ކުރުމުގެ މިނިވަންކަން އަލުން ގާއިމުކުރަން ޖެހެއެވެ. މިއީ ސަރަހައްދީ ހަމަޖެހުމަށާއި ދުނިޔޭގެ އިގްތިސާދަށް ކޮންމެހެން މުހިންމު ކަމެކެވެ. މީގެ ސަބަބުން މެދުއިރުމަތީގެ ސުލްހަ އާއި ސަލާމަތާ ގުޅޭ ފުޅާ ދާއިރާއެއްގެ މަޝްވަރާތަކަށް މަގު ހުޅުވިގެންދެއެވެ."

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން:

"އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުމަށް އަޅުގަނޑު މަރުހަބާ ކިޔަމެވެ. މިއީ އެތައް ބައިވެރިންނެއްގެ އެހީތެރިކަމާއެކު ކުރެވުނު ޑިޕްލޮމެޓިކް މަސައްކަތުގެ ނަތީޖާއެވެ. ހަނގުރާމައިގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން މި އެއްބަސްވުން އަވަހަށް އަދި ފުރިހަމައަށް ތަންފީޒު ކުރުމަށް އަޅުގަނޑު ގޮވާލަމެވެ. މި އެއްބަސްވުމުގެ ދަށުން، އެއްވެސް ޝަރުތަކާ ނުލައި ހުރްމުޒް ކަނޑުއޮޅި ވަގުތުން ހުޅުވާލަން ޖެހޭނެއެވެ. މިކަމަށް އެހީތެރިވުމަށް އިނގިރޭސިވިލާތާއެކު އުފައްދާފައިވާ ބައިނަލްއަގުވާމީ މިޝަން އޮތީ ތައްޔާރަށެވެ."

ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާޒް:

"އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުމަށް އަޅުގަނޑު މަރުހަބާ ކިޔަމެވެ. އަދި މި ހޯއްދެވި ޑިޕްލޮމެޓިކް ކާމިޔާބީއަށްޓަކައި ރައީސް ޓްރަމްޕަށާއި އީރާނަށް މަރުހަބާ ދަންނަވަމެވެ. މީގެ ސަބަބުން ދުނިޔޭގެ އިގްތިސާދު އާރޯވުމަށާއި މެދުއިރުމަތީގެ ސަލާމަތްތެރިކަން ވަރުގަދަވުމަށް މަގުފަހިވެގެންދާނެއެވެ. މި އެއްބަސްވުން ސާބިތުކަމާއެކު ތަންފީޒު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ."

އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ:

"މި އެއްބަސްވުން ހަގީގަތަކަށް ހަދައިދިނުމަށް މެދުވެރިއެއްގެ ދައުރު އަދާކުރި ހުރިހާ ފަރާތްތަކަކަށް، ހާއްސަކޮށް ގަތަރާއި ޕާކިސްތާނަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަމެވެ. މިއީ ސުލްހައަށް ލިބުނު ފުރުސަތެކެވެ. މީގެ ކުރިންވެސް ކަންކުރި ފަދައިން، ފުރިހަމަ އެއްބަސްވުމަކަށް ދިއުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކަށް އެހީތެރިވުމަށް އިޓަލީ އޮތީ ތައްޔާރަށެވެ."

"ހުރްމުޒް ކަނޑުއޮޅި ފުރިހަމައަށް ހުޅުވާލުމަށް އެހީތެރިވުމުގެ ގޮތުން ބައިނަލްއަގުވާމީ ކަނޑުގެ ސިފައިންގެ ފައުޖެއްގައި ބައިވެރިވުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށެވެ. އެންމެ ފަހުން ދަންނަވަން އޮތީ، ލުބުނާނުގައި ހިނގަމުންދާ ހަމަނުޖެހުންތައްވެސް ހުއްޓާލަން ޖެހޭ ކަމަށެވެ. ލުބުނާނުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް އިޓަލީން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ."

ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ:

ހުރްމުޒް ކަނޑުއޮޅިން "މިނިވަންކަމާއި ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރެވޭނެކަން އަމަލީގޮތުން ކަށަވަރުވެގެންދާނެ ކަމަށް" ޖަޕާނުން ވަރަށް ބޮޑަށް އުންމީދުކުރާ ކަމަށާއި، އީރާނުގެ ނިއުކްލިއާ މައްސަލަ އާއި އެހެނިހެން ކަންކަމުގައި ވީ އެންމެ އަވަހަކަށް ފައިނަލް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވިއެވެ.

ނިއުޒީލެންޑުގެ ފޮރިން މިނިސްޓަރު ވިންސްޓަން ޕީޓާސް:

"މި މުހިންމު އަދި ބިނާކުރަނިވި އެއްބަސްވުމަކީ، ދުނިޔޭގެ އިގްތިސާދީ ރައްކާތެރިކަމަށް މުހިންމު ސަރަހައްދެއްގައި އޮތް ނުތަނަވަސްކަން ކުޑަކޮށް، ހަމަޖެހުން ގާއިމުކުރުމަށް އެޅުނު ފިޔަވަޅެކެވެ. ދިގުލައިގެން ގޮސްފައިވާ މައްސަލަތައް ހައްލުކުރުމަށް އޮތް އެންމެ ފައިދާހުރި މަގަކީ މަޝްވަރާ އާއި ޑިޕްލޮމަސީއެވެ."

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން:

"އެމެރިކާ އާއި އީރާނާ ދެމެދު ވެވުނު އެއްބަސްވުމަކީ އަޅުގަނޑުމެންގެ ސަރަހައްދުގައި ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އަދި އެކަމާ އުފާކޮށް މަރުހަބާ ކިޔަމެވެ."

"އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށްދާއިރު، ނުތަނަވަސްކަން އިތުރުވެދާނެ ފަދަ ވާހަކަތަކާއި، އުދުވާނީ އަމަލުތަކުން ދުރުހެލިވުމަށް އަޅުގަނޑު ބާރުއަޅަމެވެ. އަދި މި އެއްބަސްވުމަށް ހުރަސްއަޅަން ބަޔަކު ކޮށްފާނެ ކަންކަމަށް ސަމާލުވެ ތިބުމަށް ގޮވާލަމެވެ."

އެމެރިކާ-އީރާންހުރްމުޒް ކަނޑުއޮޅި

ކޮމެންޓް

އިތުރަށް ކިޔާލަން

ޖީ7 ސަމިޓް ހޯމަ ދުވަހު ފެށޭއިރު ބޮޑު ސަމާލުކަމެއް އީރާން އެއްބަސްވުމަށް

ޖީ7 ސަމިޓް ހޯމަ ދުވަހު ފެށޭއިރު ބޮޑު ސަމާލުކަމެއް އީރާން އެއްބަސްވުމަށް

15 ޖޫން 2026
ސުލްހައިގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމުގެ ކުރިން، މި ހަފުތާގައި ދޯހާގައި އެމެރިކާއާއި އީރާނުން ބައްދަލު ކުރަނީ

ސުލްހައިގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމުގެ ކުރިން، މި ހަފުތާގައި ދޯހާގައި އެމެރިކާއާއި އީރާނުން ބައްދަލު ކުރަނީ

15 ޖޫން 2026
އެމެރިކާއާއި އީރާނުގެ އެއްބަސްވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ހިނގައްޖެ

އެމެރިކާއާއި އީރާނުގެ އެއްބަސްވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ހިނގައްޖެ

15 ޖޫން 2026
އެމެރިކާއާއި އީރާނުގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އާދެވުނު ނަމަވެސް ޝައްކުތަކާއި ރިސްކުތައް ފިލައިގެން ނުދޭ!

އެމެރިކާއާއި އީރާނުގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް އާދެވުނު ނަމަވެސް ޝައްކުތަކާއި ރިސްކުތައް ފިލައިގެން ނުދޭ!

15 ޖޫން 2026
އެމެރިކާ އާއެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރާތީ އީރާނުގެ އެތައް ބަޔަކު އެ ގައުމުގެ ޚާރިޖީ ވަޒީރާ ދެކޮޅަށް މުޒާހަރާ ކޮށްފި

އެމެރިކާ އާއެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރާތީ އީރާނުގެ އެތައް ބަޔަކު އެ ގައުމުގެ ޚާރިޖީ ވަޒީރާ ދެކޮޅަށް މުޒާހަރާ ކޮށްފި

14 ޖޫން 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު