Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫއޭއީ-އީރާން

ހަމަލާތައް ހުއްޓާލާ މަތިން ޔޫއޭއީން އީރާނަށް ފައިސާ ފޮނުވި ވާހަކަތައް ދޮގުކޮށްފި

13 ޖޫން 2026 | ހޮނިހިރު 03:01

ޔޫއޭއީއަށް އަމާޒުކޮށް ދޭ ހަމަލާތައް ހުއްޓާލުމުގެ ބަދަލުގައި އީރާނަށް 3 ބިލިއަން ޑޮލަރު ދިން ކަމަށް ބުނާ ރިޕޯޓްތައް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ދޮގުކޮށްފައި. އެ މިނިސްޓްރީން ބުނި ގޮތުގައި މިއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، އީރާނުގެ ހިފަހައްޓާފައިވާ އެއްވެސް ފައިސާއެއް ދޫކުރުމަށް އެހީތެރިވެދީފައެއް ނުވާނެކަމަށް. އަދި ޚަބަރު ފަތުރާ ވަސީލަތްތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ މިފަދަ ތުހުމަތުތައް ނުފެތުރުމަށް ވެސް ޔޫއޭއީން ވަނީ އިލްތިމާސްކޮށްފައި.

ރާއްޖެ އެމްވީ | 13 ޖޫން 2026 | ހޮނިހިރު 03:01
އަބޫ ދާބީ، ޔުނައިޓެޑް އެރަބް އެމިރޭޓްސް.

އަބޫ ދާބީ، ޔުނައިޓެޑް އެރަބް އެމިރޭޓްސް. | ގެޓީ އިމޭޖަސް

ޔޫއޭއީއަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން، އެ ގައުމުން އީރާނަށް ފައިސާ ފޮނުވި ކަމަށް ދެކެވޭ ވާހަކަތައް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަރަށް ބޮޑަށް ދޮގުކޮށްފިއެވެ.

ޔޫއޭއީން އީރާނަށް މަދުވެގެން 3 ބިލިއަން އެމެރިކާ ޑޮލަރު ފޮނުވި ކަމަށް ބުނާ ރިޕޯޓްތަކެއް ފެންމަތިވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

މިކަމާ ގުޅިގެން އެމިރޭޓްސްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އީރާނުގެ ހިފަހައްޓާފައިވާ އެއްވެސް ފައިސާއެއް ޔޫއޭއީ މެދުވެރިކޮށް ދޫކޮށްފައި ނުވާނެ ކަމަށާއި، އެފަދަ ފައިސާއެއް ބަދަލުކުރުމަށް އެއްވެސް މަގަކުން އެހީތެރިވެދީފައި ނުވާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ އިތުރުން، ޚަބަރު ފަތުރާ ވަސީލަތްތަކުން މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ރަސްމީ މަސްދަރުތަކަށް ބަރޯސާވުމަށް އެ މިނިސްޓްރީން ވަނީ ގޮވާލާފައެވެ. އަދި ކަށަވަރު ނުކުރެވޭ މައުލޫމާތާއި އަސާސެއް ނެތް ތުހުމަތުތައް ފެތުރުމުން ދުރުހެލިވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ސަރަހައްދީ ދެ މަސްދަރަކާ ހަވާލާދީ ރޮއިޓާސްއިން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޖުމްލަ 10 ބިލިއަން ޑޮލަރު އީރާނަށް ދޫކުރުމަށް ޔޫއޭއީން ވަނީ އެއްބަސްވެފައެވެ. ނަމަވެސް އެހެން ދެ މަސްދަރަކުން ރޮއިޓާސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި މުއާމަލާތުގައި ހިމެނޭ ފައިސާގެ ޖުމްލަ އަދަދު އުޅެނީ 20 ބިލިއަން ޑޮލަރާ ގާތްކުރާ މިންވަރެއްގައެވެ.

މި އެއްބަސްވުމުގެ މައުލޫމާތު އެނގޭ މަސްދަރަކުން ރޮއިޓާސްއަށް ބުނެފައިވަނީ، ޔޫއޭއީން މި ފައިސާ ދޫކުރުމުން، އޭގެ ބަދަލެއްގެ ގޮތުން އީރާނުން ޔޫއޭއީއަށް އަމާޒުކޮށް ފޮނުވާ މިސައިލާއި ޑްރޯން ހަމަލާތައް ހުއްޓާލާނެ ކަމަށެވެ.

މި ހަފުތާގެ ކުރީކޮޅު ފެތުރުނު ރިޕޯޓްތައް ބުނާގޮތުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) ގެ އޮފިޝަލުންތަކެއް ޔޫއޭއީއަށް ކުރެއްވި ޒިޔާރަތަކަށްފަހު، މިކަމާ ގުޅޭ އިންތިޒާމުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ޔޫއޭއީގެ އޮފިޝަލުންތަކެއް ވެސް ވަނީ އީރާނަށް ދަތުރުކުރައްވާފައެވެ.

އެމެރިކާ-އީރާންޔުނައިޓެޑް އަރަބް އެމިރޭޓްސްއީރާންއައިއާރުޖީސީއީރާން-ޔޫއޭއީ

އިތުރަށް ކިޔާލަން

11 ޖޫން 2026

އެމެރިކާގެ ހަމަލާއެއްގައި އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވެއްޖެ

11 ޖޫން 2026
އެމެރިކާގެ ހަމަލާއެއްގައި އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވެއްޖެ
11 ޖޫން 2026

އިރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ބަދަލުހިފުމުގެ ހަމަލާތައް ދެނީ

11 ޖޫން 2026
އިރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ބަދަލުހިފުމުގެ ހަމަލާތައް ދެނީ
10 ޖޫން 2026

ތެޔޮ ޓޭންކަރަކަށް މިސައިލް ހަމަލާއެއްގައި ދެ ފަޅުވެރިން ގެއްލިއްޖެ

10 ޖޫން 2026
ތެޔޮ ޓޭންކަރަކަށް މިސައިލް ހަމަލާއެއްގައި ދެ ފަޅުވެރިން ގެއްލިއްޖެ
10 ޖޫން 2026

އީރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް ދީފި

10 ޖޫން 2026
އީރާނުން އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ވަރުގަދަ ބަދަލުހިފުމުގެ ހަމަލާތަކެއް ދީފި
09 ޖޫން 2026

އީރާނުގެ ސަޕޯޓަރުންގެ ޓިކެޓުތައް އެމެރިކާ އިން ކެންސަލް ކޮށްފި

09 ޖޫން 2026
އީރާނުގެ ސަޕޯޓަރުންގެ ޓިކެޓުތައް އެމެރިކާ އިން ކެންސަލް ކޮށްފި
08 ޖޫން 2026

އީރާނުން ހަމަލާތައް ހުއްޓާލައި އިޒްރޭލަށް އިންޒާރުދީފި

08 ޖޫން 2026
އީރާނުން ހަމަލާތައް ހުއްޓާލައި އިޒްރޭލަށް އިންޒާރުދީފި
08 ޖޫން 2026

އީރާނުން އިޒްރޭލުގެ ރާމަތު ޑޭވިޑް އެއާބޭސްއަށް މިސައިލް ހަމަލާދީފި

08 ޖޫން 2026
އީރާނުން އިޒްރޭލުގެ ރާމަތު ޑޭވިޑް އެއާބޭސްއަށް މިސައިލް ހަމަލާދީފި
08 ޖޫން 2026

ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް

08 ޖޫން 2026
ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް
08 ޖޫން 2026

އެމެރިކާ ވިސާގެ މައްސަލަ ކުރިމަތިވެފައިވާ އީރާނުގެ ފުޓްބޯޅަ ޓީމު މެކްސިކޯއަށް ހިނގައްޖެ

08 ޖޫން 2026
އެމެރިކާ ވިސާގެ މައްސަލަ ކުރިމަތިވެފައިވާ އީރާނުގެ ފުޓްބޯޅަ ޓީމު މެކްސިކޯއަށް ހިނގައްޖެ
08 ޖޫން 2026

އިޒްރޭލުގެ އުޅަނދުފަހަރު ރަތްކަނޑުން ދަތުރު ކުރުން ހޫޘީން މަނާކޮށްފި

08 ޖޫން 2026
އިޒްރޭލުގެ އުޅަނދުފަހަރު ރަތްކަނޑުން ދަތުރު ކުރުން ހޫޘީން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް