Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޓްރަމްޕް: އީރާނާއެކު އެކުލަވާލި އެއްބަސްވުމުގައި ސޮއިކޮށްފިން

މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް އެމެރިކާއާއި އީރާނުން އެކުލަވާލި އެއްބަސްވުމުގައި ދެ ގައުމުގެ އިސްވެރިން މިހާރު ވަނީ އިލެކްޓްރޯނިކްކޮށް ސޮއިކުރައްވާފައި. މި އެއްބަސްވުމުގެ ދަށުން ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމާއި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ހަމަޖެހިފައިވާއިރު، މީގެ ރަސްމީ ރަސްމިއްޔާތު މި ހަފުތާ ބަންދުގައި ޖެނީވާގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައި. މި އެއްބަސްވުމުގައި ލުބުނާނު ހިމެނިފައި ނުވި ނަމަވެސް، މިއީ ސަރަހައްދީ ސުލްހައަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައި.

ރާއްޖެ އެމްވީ | 15 ޖޫން 2026 | ހޯމަ 17:33
ވޮޝިންގޓަން، ޑީސީ: 2026 ވަނަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހު، ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބޭއްވި ރަސްމީ ލިޔުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ.

ވޮޝިންގޓަން، ޑީސީ: 2026 ވަނަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހު، ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބޭއްވި ރަސްމީ ލިޔުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ. | ގެޓީ އިމޭޖަސް

އެމެރިކާއާއި އީރާނާ ދެމެދު އެކުލަވާލި އެއްބަސްވުމުގައި މިހާރު "ސޮއިކޮށް ނިމިފައިވާ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޯންއާއެކު ހޯމަ ދުވަހު ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަން ހާމަކުރައްވަން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ނައިބު ރައީސް ޖޭޑީ ވެންސްގެ އިތުރުން އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް، އިލެކްޓްރޯނިކްކޮށް އެއްބަސްވުމުގެ ފަހުމުނާމާގައި ސޮއިކުރައްވާފައިވާ ކަމަށް އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުން ހާމަކުރައްވާފައިވަނިކޮށްނެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމީ ރަސްމިއްޔާތު މި ހަފުތާގެ ފަހުކޮޅު ޖެނީވާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ނަން ހާމަނުކުރުމަށް އެދި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ އިސް އޮފިޝަލް ވިދާޅުވީ، ރައީސް ޓްރަމްޕް މި އެއްބަސްވުމުގައި އަމިއްލަފުޅަށް ސޮއިކުރައްވަން ބޭނުންފުޅުވީ، މި މައްސަލައަށް ކާމިޔާބު ހައްލެއް ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތު ހާމަކޮށްދެއްވުމަށްޓަކައި ކަމަށެވެ.

ހުރްމުޒް ކަނޑުއޮޅިން މިހާރު އުޅަނދުފަހަރު "ދަތުރުކުރަން ފަށާފައިވާ" ކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވާއިރު، އެ ސަރަހައްދުގެ ޓްރެފިކަށް އަދި ބޮޑު ބަދަލެއް އައިސްފައި ނުވި ނަމަވެސް، ބީބީސީ ވެރިފައިއިން ދިރާސާކުރި ޝިޕިންގް ޑޭޓާތަކުން ދައްކާގޮތުގައި ގިނަ އަދަދެއްގެ އުޅަނދުފަހަރު މިހާރު ދަނީ އެ ކަނޑުއޮޅި ހުރަސްކުރުމަށް މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، އެ މުހިންމު ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރުން އީރާނަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވަނީ ވިދާޅުވެފައެވެ.

އީރާނުން ބުނާ ގޮތުގައި، އޮމާންއާ ގުޅިގެން ހުރްމުޒް ކަނޑުއޮޅިން އުޅަނދުފަހަރު ރައްކާތެރިކަމާއެކު ދަތުރުކުރުމަށް މަގުދެއްކުމަށްޓަކައި "އަޅަންޖެހޭ ފިޔަވަޅުތައް" ދަނީ އަޅަމުންނެވެ. މީގެ އިތުރުން، އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ، އީރާނު އަލުން ބިނާކުރުމަށާއި އެ ގައުމާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެމެރިކާއިން އެއްބަސްވެފައިވާ ކަމަށެވެ.

މި ދަނޑިވަޅުގައި ލުބުނާނުގެ ދެކުނުގެ އަވަށެއް ކަމަށްވާ ކަފްރް ތިބްނިތުން ދުން އަރަމުންދާ މަންޒަރު ފެންނަ ފޮޓޯތައް އާންމުވެފައިވީ ނަމަވެސް، އިޒްރޭލުން މި ހަމަލާއާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ލުބުނާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާގައި އެކަކު ވަނީ މަރުވެފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާ ލުބުނާނުގައި ދެމިތިބޭނެ ކަމަށް އެ ގައުމުން ބުނަމުންދާއިރު، އިޒްރޭލުގެ ޕާލަމަންޓް މެންބަރަކު ބީބީސީ އަށް ވިދާޅުވީ "ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރާނެ" ކަމަށެވެ.

ވޮޝިންގްޓަނުން މައުލޫމާތު ދެއްވަމުން އެމެރިކާގެ އިސް އޮފިޝަލަކު ބީބީސީއަށް ވިދާޅުވީ، މި އެއްބަސްވުމުގައި ލުބުނާނު ހިމެނިފައި ނުވި ނަމަވެސް، އިޒްރޭލާއި ލުބުނާނާ ދެމެދު ސީދާ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

އެ އޮފިޝަލް އިތުރަށް ވިދާޅުވީ، ހިޒްބުالله ކޮންޓްރޯލް ކުރުމަށް އީރާނަށް ނުކުޅެދިއްޖެނަމަ އަދި އިޒްރޭލުގެ މަގާމުތަކަށް ނުވަތަ ރަށްތަކަށް ހަމަލާދީފިނަމަ، އަމިއްލަ ނަފްސުގެ ދިފާއުގައި ރައްދު ހަމަލާދިނުމުގެ ހައްގު އިޒްރޭލަށް ލިބިގެންވާ ކަމަށެވެ.

އީރާނާއި އެ ގައުމުގެ ބައިވެރިންގެ އިތުރުން އެމެރިކާއާއި އެމެރިކާގެ ބައިވެރިން މަސައްކަތް ކުރަމުންދަނީ ހަމަނުޖެހުންތައް ނިމުމަކަށް ގެނެސް، ސުލްހައިގެ ދާއިމީ އެއްބަސްވުމަކަށް އައުމަށް ކަމަށާއި، އެ އެއްބަސްވުމުގައި ހަނގުރާމަވެރި ގިނަ ޖަމާއަތްތައް ހިމެނޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

ނިމިދިޔަ ހަފުތާގައި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ދެ ރޭ ވަންދެން ހަމަލާދޭން ޖެހުމުން އެކަމާ "ދެރަވި" ކަމަށެވެ.

އެމެރިކާއާއި އީރާނާ ދެމެދު ރަނގަޅު ގުޅުމެއް އުފެދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި، ނަމަވެސް އެކަން އެގޮތަށް ނުވެއްޖެނަމަ ކުރިން އޮތް ހާލަތަށް ރުޖޫއަވާން ޖެހިދާނެ ކަމަށާއި، އެކަމަކު އެފަދަ ހާލަތަކަށް ދާންޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޖެނީވާގައި ބާއްވާ ރަސްމީކޮށް ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެތޯ ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމުގައި ސޮއިކުރައްވާނީ ނައިބު ރައީސް ޖޭޑީ ވޭންސް ކަމަށެވެ.

އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވެފައިވާ ފަހުމުނާމާއާ ގުޅޭގޮތުން ސުވާލުކުރުމުން ޓްރަމްޕް ވިދާޅުވީ، އޭގެ ތަފްސީލުތައް "ވަރަށް އަވަހަށް" އާންމުކުރާނެ ކަމަށާއި، ބޮޑަށް ބެލެވެނީ ހުކުރު ދުވަހު ސޮއިކުރުމަށްފަހު އެ ތަފްސީލުތައް ހާމަކުރާނެ ކަމަށެވެ.

އަދި ހުކުރު ދުވަހުގެ ނިޔަލަށް ހުރްމުޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލެވޭނެ ކަމަށްވެސް ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.

އެމެރިކާ-އީރާންޑޮނަލްޑް ޓްރަމްޕްޖޭޑީ ވޭންސްމުހައްމަދު ބާގިރު ގަލިބާފްހުރްމުޒް ކަނޑުއޮޅިޖެނީވާ

އިތުރަށް ކިޔާލަން

15 ޖޫން 2026

އެމެރިކާއާއި އީރާނުން އެއްބަސްވުމަކަށް އަތުވެއްޖެ - ދުނިޔޭގެ އިގުތިސާދު ހަމަޔަކަށް އެޅޭނީ ކޮން އިރަކުން؟

15 ޖޫން 2026
އެމެރިކާއާއި އީރާނުން އެއްބަސްވުމަކަށް އަތުވެއްޖެ - ދުނިޔޭގެ އިގުތިސާދު ހަމަޔަކަށް އެޅޭނީ ކޮން އިރަކުން؟
15 ޖޫން 2026

އެމެރިކާ-އީރާން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ދުނިޔޭގެ ލީޑަރުން ވިދާޅުވީ ކީކޭ؟

15 ޖޫން 2026
އެމެރިކާ-އީރާން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ދުނިޔޭގެ ލީޑަރުން ވިދާޅުވީ ކީކޭ؟
15 ޖޫން 2026

ޖީ7 ސަމިޓް ހޯމަ ދުވަހު ފެށޭއިރު ބޮޑު ސަމާލުކަމެއް އީރާން އެއްބަސްވުމަށް

15 ޖޫން 2026
ޖީ7 ސަމިޓް ހޯމަ ދުވަހު ފެށޭއިރު ބޮޑު ސަމާލުކަމެއް އީރާން އެއްބަސްވުމަށް
15 ޖޫން 2026

ސުލްހައިގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމުގެ ކުރިން، މި ހަފުތާގައި ދޯހާގައި އެމެރިކާއާއި އީރާނުން ބައްދަލު ކުރަނީ

15 ޖޫން 2026
ސުލްހައިގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމުގެ ކުރިން، މި ހަފުތާގައި ދޯހާގައި އެމެރިކާއާއި އީރާނުން ބައްދަލު ކުރަނީ
15 ޖޫން 2026

އެމެރިކާއާއި އީރާނުގެ އެއްބަސްވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ހިނގައްޖެ

15 ޖޫން 2026
އެމެރިކާއާއި އީރާނުގެ އެއްބަސްވުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު