Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލުބުނާން ހަނގުރާމަ

ޓްރަމްޕްގެ ނުރުހުމާ އެކު ވެސް އިޒްރޭލުން އަނެއްކާވެސް ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީފި

އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ވަގުތީ އެއްބަސްވުމުގެ ދަށުން ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރަމުންދަނިކޮށް، އިޒްރޭލުން އަނެއްކާވެސް އެ ގައުމަށް ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައި. މިކަމާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޒްރޭލުގެ އަމަލުތަކަށް ފާޑުވިދާޅުވެ، ބޮޑުވަޒީރު ނަތަންޔާހޫ މިއަށްވުރެ ޒިންމާދާރުވާން ޖެހޭނެ ކަމަށް ވިދާޅުވެފައި. އީރާނުން ވެސް ވަނީ ލުބުނާނަށް ހަމަލާދިނުމަކީ އެއްބަސްވުމާ ޚިލާފުވުން ކަމަށް ބަލާނެ ކަމުގެ އިންޒާރު ދީފައި.

ރާއްޖެ އެމްވީ | 17 ޖޫން 2026 | ބުދަ 12:18
ލުބުނާނުގެ ނަބަޠިއްޔާގައި ހުންނަ މައުންޓް އަލީ އަލް-ޠާހިރުގެ ވަށައިގެންވާ ސަރަހައްދަށް 2026 ޖޫން 13 ވީ ދުވަހު އިޒްރޭލުން ދިން ހަމަލާއަކާ ގުޅިގެން އެ ސަރަހައްދުން ދުން އަރަނީ.

ލުބުނާނުގެ ނަބަޠިއްޔާގައި ހުންނަ މައުންޓް އަލީ އަލް-ޠާހިރުގެ ވަށައިގެންވާ ސަރަހައްދަށް 2026 ޖޫން 13 ވީ ދުވަހު އިޒްރޭލުން ދިން ހަމަލާއަކާ ގުޅިގެން އެ ސަރަހައްދުން ދުން އަރަނީ. | ގެޓީ އިމޭޖަސް

އިޒްރޭލުގެ އަމަލުތަކާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ފާޑުވިދާޅުވެފައި ވަނިކޮށް، އިޒްރޭލު ސިފައިން ލުބުނާނުގެ ދެކުނަށް އަނެއްކާވެސް އާ ހަމަލާތަކެއް ދީފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ލުބުނާނުގެ ދައުލަތުގެ މީޑިއާ، ނޭޝަނަލް ނިއުސް އެޖެންސީ (އެން.އެން.އޭ) އިން ބުނި ގޮތުގައި ބުދަ ދުވަހު އިޒްރޭލުގެ ހަނގުރާމަމަތީ ބޯޓުތަކުން ވަނީ އެ ގައުމުގެ ނަބަތިއާ އަލް-ފައުގާ ސަރަހައްދަށާއި އަދި އަވަށްޓެރި ކްފާރް ތެބްނިތުގެ ބޭރު ސަރަހައްދުތަކަށް ހަމަލާދީފައެވެ. މި ހަމަލާތަކާ ގުޅޭގޮތުން އިޒްރޭލު ސިފައިން އަދި ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، މީގެ ކުރިން އެ ގައުމުން ބުނަމުން އައީ ހަމަލާތައް އަމާޒުކުރަނީ އީރާނުގެ މަދަދުލިބޭ ހިޒްބުالله ޖަމާއަތަށް ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމަށްޓަކައި އެމެރިކާއާއި އީރާނާ ދެމެދު އެކުލަވާލާފައިވާ އެއްބަސްވުމުގެ ތަފްސީލު އަދި އާންމުކޮށްފައި ނުވި ނަމަވެސް، މި މުއާމަލާތުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން ބުނެފައިވަނީ އެ އެއްބަސްވުމުގައި ލުބުނާނުވެސް ހިމެނޭ ކަމަށެވެ.

އަންގާރަ ދުވަހު ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ، ލުބުނާނުގެ މައްސަލައިގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަށްވުރެ ޒިންމާދާރުވާން ޖެހޭ ކަމަށެވެ.

ފްރާންސްގައި ބޭއްވި ޖީ7 ސަމިޓުގައި ވާހަކަދައްކަވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، އިޒްރޭލުން ހިޒްބުالله އާ ހަނގުރާމަކުރާތާ "މާ ގިނަ ދުވަސް" ވެއްޖެ ކަމަށާއި، މި ހަނގުރާމައިގައި "މާ ގިނަ ބަޔަކު މަރުވަމުންދާ" ކަމަށެވެ.

އާދީއްތަ ދުވަހުގެ ރޭ އެމެރިކާއާއި އީރާނުގެ އެއްބަސްވުން އިއުލާނުކުރި ފަހުންވެސް، އިޒްރޭލާއި ހިޒްބުالله އިން ދަނީ އެއްބަޔަކު އަނެއްބަޔަކަށް ހަމަލާތައް ބަދަލުކުރަމުންނެވެ.

އެ ދުވަހުގެ ކުރީކޮޅު، ހިޒްބުالله އިން ބޯޑަރު ހުރަސްކޮށް ދިން ރޮކެޓް ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިޒްރޭލުން ބެއިރޫތަށް ދިން ވައިގެ ހަމަލާގެ ސަބަބުން، އެއްބަސްވުން ނިންމުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

ޖީ7 ސަމިޓުގައި ޓްރަމްޕް ވިދާޅުވީ ނަތަންޔާހޫއާ އެކު "ގާތް ގުޅުމެއް" އޮންނަ ކަމަށެވެ. ނަމަވެސް އިޒްރޭލުން ދިން ހަމަލާއަކީ "މާ ބޮޑުވަރުގެ" ހަމަލާއެއް ކަމަށާއި، އެކަމާ ހިތްހަމަނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ، "އެމެރިކާއާ ނުލައި އިޒްރޭލެއް ނޯންނާނެ" ކަމަށެވެ. އަދި އެހެން އެއްވެސް ރައީސަކަށް ކުރަން ނުކެރުނު ކަންތައްތައް އޭނާ ކޮށްދީފައިވާތީ، އޭނާއާ ނުލައިވެސް އިޒްރޭލެއް ނޯންނާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ބޮޑުވަޒީރު ނަތަންޔާހޫ ހޯމަ ދުވަހު ވިދާޅުވީ، ބޭނުންވާ މިންވަރަށް ލުބުނާނުގައި އިޒްރޭލު ސިފައިން ތިބޭނެ ކަމަށެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވީ ލުބުނާނަށް އިޒްރޭލުން ދޭ ކޮންމެ ހަމަލާއެއް ނުވަތަ ލުބުނާނުގެ ބިމުގައި އިޒްރޭލު ސިފައިން ތިބޭ ތިބުމަކީ، އެމެރިކާއާއެކު ވެފައިވާ ވަގުތީ އެއްބަސްވުމާ ޚިލާފުވުން ކަމަށް ބަލާނެ ކަމަށެވެ.

'މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ' އެއްގެ ގޮތުގައި ނަންދީފައިވާ މި އެއްބަސްވުމުގެ ތަފްސީލުތައް ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސްވިޒަލޭންޑުގެ ފޮރިން މިނިސްޓްރީން 'ޝްވައިޒް ހިއުޓޭ' ނޫހަށް މައުލޫމާތު ދިން ގޮތުގައި، ދެ ފަރާތުންވެސް މި އެއްބަސްވުމުގައި ސޮއިކުރާނީ އަންނަ ހުކުރު ދުވަހު ސްވިޒަލޭންޑުގެ ބާގަންސްޓޮކް ރިސޯޓުގައެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ، އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުން އަކުރުން އަކުރަށް ކިޔައިދިނުމަށްޓަކައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާނެ ކަމަށެވެ.

މީގެ އިތުރުން، މި އެއްބަސްވުމުގެ ސަބަބުން އީރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެ ކަމަށާއި، ގަލްފުގެ މުހިންމު ކަނޑުއޮޅިއެއް ކަމަށްވާ ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވި، އެއްވެސް ފީއަކާ ނުލައި ދަތުރުކުރެވޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ ބަރަކް އޮބާމާގެ ރައީސްކަމުގައި ވެފައިވާ އެއްބަސްވުމަށްވުރެ މި އެއްބަސްވުން މާ ރަނގަޅުވާނެ ކަމަށް ވިދާޅުވެފައެވެ.

"އޮބާމާ ކުރެއްވި ގޮތަށް އަހަރެމެން މީގެ ބަދަލުގައި ފައިސާއެއް ނުދެން. އޭނާ ބިލިއަނުން ފައިސާ ދެއްވި،" އަންގާރަ ދުވަހު ޓްރަމްޕް ވިދާޅުވިއެވެ.

2015 ވަނަ އަހަރު އެމެރިކާއާއި ދުނިޔޭގެ ބާރުގަދަ ފަސް ގައުމަކާއެކު ވެފައިވާ 'ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން' (ޖޭ.ސީ.ޕީ.އޯ.އޭ) ގެ ދަށުން، އީރާނުން އެއްބަސްވީ އެ ގައުމުގެ ނިއުކްލިއާ ހަރަކާތްތައް މަދުކުރުމަށާއި ބައިނަލްއަގުވާމީ އިންސްޕެކްޓަރުންނަށް ފުރުސަތު ދިނުމަށެވެ. އޭގެ ބަދަލުގައި އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދީ، ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލުމަށް ވަނީ ނިންމާފައެވެ.

އީރާން-ލުބުނާންޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫހިޒްބުﷲއެމެރިކާ-އީރާންޖީ-7 ސަމިޓްއެމެރިކާ-އިޒްރޭލް-އިރާން

ކޮމެންޓް

އިތުރަށް ކިޔާލަން

ލުބުނާންގެ ހަނގުރާމަ ހުއްޓާލުމަށް ޖީ7 ގެ ވެރިން ގޮވާލައްވައިފި

ލުބުނާންގެ ހަނގުރާމަ ހުއްޓާލުމަށް ޖީ7 ގެ ވެރިން ގޮވާލައްވައިފި

17 ޖޫން 2026
ހުޅަނގު އައްސޭރީގެ މިސްކިތެއްގައި ޔަހޫދީން ހުޅުޖަހައިފި

ހުޅަނގު އައްސޭރީގެ މިސްކިތެއްގައި ޔަހޫދީން ހުޅުޖަހައިފި

17 ޖޫން 2026
އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުން މުރާޖައާކުރުމަށް އިޒްރޭލުން އެދުމުން ވައިޓް ހައުސްއިން އެކަމަށް އިންކާރުކޮށްފި

އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުން މުރާޖައާކުރުމަށް އިޒްރޭލުން އެދުމުން ވައިޓް ހައުސްއިން އެކަމަށް އިންކާރުކޮށްފި

17 ޖޫން 2026
ޓްރަމްޕްގެ ހަނގުރާމައިގެ ބާރުތައް ހަނިކުރުމަށް ކޮންގްރެސް އިން ކުރި މަސައްކަތް އަނެއްކާވެސް ނާކާމިޔާބު ކޮށްލައިފި

ޓްރަމްޕްގެ ހަނގުރާމައިގެ ބާރުތައް ހަނިކުރުމަށް ކޮންގްރެސް އިން ކުރި މަސައްކަތް އަނެއްކާވެސް ނާކާމިޔާބު ކޮށްލައިފި

17 ޖޫން 2026
ސޯމާލީލޭންޑުން ގުދުސްގައި އެމްބަސީ ހުޅުވުމާއެކު ފަލަސްތީނުން ރުޅިގަދަވެއްޖެ

ސޯމާލީލޭންޑުން ގުދުސްގައި އެމްބަސީ ހުޅުވުމާއެކު ފަލަސްތީނުން ރުޅިގަދަވެއްޖެ

16 ޖޫން 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު