Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލް-ފަލަސްތީން

ހުޅަނގު އައްސޭރީގެ މިސްކިތެއްގައި ޔަހޫދީން ހުޅުޖަހައިފި

ހުޅަނގު އައްސޭރީގެ ޖިލްޖިލިޔާ އަވަށުގެ މައި މިސްކިތަށް އިޒްރޭލުގެ ހަރުކަށި އާބާދުވެރިން ވަދެ ހުޅުޖަހައި ބޮޑެތި ގެއްލުންތަކެއް ދީފި. މި ހަމަލާގައި މިސްކިތުގެ ފާރުތަކުގައި ނަފުރަތު އުފައްދާ ޝިއާރުތައް ލިޔެފައިވާއިރު، މިއީ ޣައްޒާ ހަނގުރާމަ ފެށުނު ފަހުން ފަލަސްތީނު މީހުންނަށް އަމާޒުކޮށް އާބާދުވެރިން ދޭ ހަމަލާތައް ރެކޯޑު މިންވަރަކަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި ހިނގި ހާދިސާއެއް. އދ. އިން ހާމަކުރާ ގޮތުގައި އިޒްރޭލު ސަރުކާރުގެ ތާއީދާއެކު އާބާދުވެރިން ދަނީ އެއްވެސް ބިރެއްނެތި ފަލަސްތީނުގެ މުދަލާއި ވަސީލަތްތަކަށް ގެއްލުންދެމުން.

ރާއްޖެ އެމްވީ | 17 ޖޫން 2026 | ބުދަ 10:24
އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲގެ އުތުރުގައި އޮންނަ ޖިލްޖިލިއާ އަވަށުގެ މިސްކިތަކަށް، އިޒްރޭލުގެ ވަޒަންވެރިން ރޭގަނޑުގެ ވަގުތެއްގައި ދިން ހަމަލާއެއްގައި އަންދާލާފައިވާތީ، އެ ތަނަށް ލިބިފައިވާ ގެއްލުންތައް ބަލައި ފާސްކުރުމަށް ފަލަސްތީނު މީހަކު އަނދާފައިވާ ފާރެއްގެ ކައިރިން ހިނގާފައި ދަނީ. މި ހާދިސާ ހިނގާފައިވަނީ 2026 ޖޫން 17 ގައި.

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲގެ އުތުރުގައި އޮންނަ ޖިލްޖިލިއާ އަވަށުގެ މިސްކިތަކަށް، އިޒްރޭލުގެ ވަޒަންވެރިން ރޭގަނޑުގެ ވަގުތެއްގައި ދިން ހަމަލާއެއްގައި އަންދާލާފައިވާތީ، އެ ތަނަށް ލިބިފައިވާ ގެއްލުންތައް ބަލައި ފާސްކުރުމަށް ފަލަސްތީނު މީހަކު އަނދާފައިވާ ފާރެއްގެ ކައިރިން ހިނގާފައި ދަނީ. މި ހާދިސާ ހިނގާފައިވަނީ 2026 ޖޫން 17 ގައި. | އޭއެފްޕީ

އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ގަވައިދާ ޚިލާފު ވަޒަންވެރިން ހުޅަނގު އައްސޭރީގެ އަވަށެއްގައި ހުންނަ މިސްކިތެއްގައި ބުދަ ދުވަހު ހުޅުޖަހާފައިވާ ކަމަށް އެ އަވަށުގެ މޭޔަރު ވިދާޅުވެއްޖެއެވެ. އެ ސަރަހައްދަށް ދިޔަ އޭއެފްޕީގެ ނޫސްވެރިންނަށް ވެސް ވަނީ މިސްކިތަށް ގެއްލުންދީ، ރޭވުންތެރިކަމާއެކު ހުޅުޖަހާފައިވާ ކަމުގެ ހެކިތައް ފެނިފައެވެ.

މި ހާދިސާ ހިނގާފައި މިވަނީ، 2023 ވަނަ އަހަރު ގާޒާ ހަނގުރާމަ ފެށުނު ފަހުން، އިޒްރޭލުން ހިސޯރު ކޮށްފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ޔަހޫދީން ދޭ ހަމަލާތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ރާމަﷲގެ އުތުރުގައި އޮންނަ ޖިލްޖިލިޔާ އަވަށުގެ ކައުންސިލްގެ ރައީސް އުސާމާ އަބްދުﷲ އޭއެފްޕީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޔަހޫދީން އެ އަވަށުގެ މައި މިސްކިތުގެ ވުޟޫކުރާ ބަޔަށް ވަދެ ހުޅުޖަހައި، މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. އަދި މިސްކިތުގެ ބޭރު ފާރުތަކުގައި ނަފުރަތު އުފައްދާ ފަދަ ޝިއާރުތައް ލިޔެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އޭއެފްޕީން ސުވާލުކުރުމުން، އިޒްރޭލުގެ އަސްކަރިއްޔާއިން ވަގުތުން ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.

ބުދަ ދުވަހު އެ މިސްކިތަށް ޒިޔާރަތްކުރި އޭއެފްޕީގެ ނޫސްވެރިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިސްކިތުގެ ސީލިންގާއި، ފާރުތަކުގެ އިތުރުން ތަޅުންގަނޑު ވަނީ ދުމާއި އަލިފާނުގެ ސަބަބުން ކަޅުވެފައެވެ.

ނޫސްވެރިން ބުނި ގޮތުގައި، ހީބްރޫ ބަހުން މިސްކިތުގެ ފާރުތަކުގައި އެކި އެއްޗެހި ލިޔެފައިވެއެވެ. އޭގެ ތެރޭގައި "ބަދަލުހިފުން" އަދި "ހިލްޓޮޕް ޔޫތުގެ ފަރާތުން ސަލާމް" ފަދަ އިބާރާތްތައް ހިމެނެއެވެ.

"ހިލްޓޮޕް ޔޫތު" އަކީ ހުޅަނގު އައްސޭރީގައި އުޅޭ އިޒްރޭލުގެ ހަރުކަށި ބައެކެވެ. މިއީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިންތަކުން ބޭރުކޮށް، އެ ބިންތަކަށް ވެރިވެގަތުމަށްޓަކައި ފަލަސްތީނު މީހުންނަށް އަނިޔާވެރި ހަމަލާތައް ދޭ ކަމުގެ ތުހުމަތު އަބަދުވެސް ކުރެވޭ ބައެކެވެ.

މޭޔަރު އަބްދުﷲ ވިދާޅުވީ، ޔަހޫދީން މިސްކިތް އަންދާލަން އައީ ދަންވަރު 2 ޖަހާކަންހާއިރު ކަމަށެވެ. ނަމަވެސް މިސްކިތުގެ ދޮރު ތަޅުލާފައި ހުރުމުން، އެމީހުން ހުޅުޖެހީ މިސްކިތުގެ ތިރީ ފަންގިފިލާގައި ހުންނަ ވުޟޫކުރާ ބައިގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މި އަލިފާންގަނޑު ނިއްވާލާފައިވަނީ ފަލަސްތީނުގެ ސިވިލް ޑިފެންސް ޓީމުތަކާއި، އެ އަވަށުގެ ޒުވާނުންނާއި އަވަށްޓެރި ސަރަހައްދުތަކުގެ މީހުން ގުޅިގެން ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

އިޒްރޭލުން ހުޅަނގު އައްސޭރި ހިފާފައިވަނީ 1967 ވަނަ އަހަރުން ފެށިގެންނެވެ. އިރުމަތީ ގުދުސް ނުހިމެނޭހެން، އެ ސަރަހައްދުގައި ދިރިއުޅޭ 3 މިލިއަނެއްހާ ފަލަސްތީނު މީހުންގެ މެދުގައި، އިޒްރޭލުގެ 500،000 އަށްވުރެ ގިނަ އާބާދުވެރިން ދިރިއުޅެމުންދެއެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ކަނޑައެޅިގެން މަނާކޮށްފައިވާ މި އާބާދުވުންތައް، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކަނާތު ފިޔަހުގެ ސަރުކާރު އައިފަހުން ހުޅަނގު އައްސޭރީގެ ހުރިހާ ސަރަހައްދެއްގައި ވަނީ އިތުރުވެފައެވެ. ނަތަންޔާހޫގެ ސަރުކާރުގައި އާބާދުވުމަށް ތާއީދުކުރާ ގިނަ އަދަދެއްގެ ވަޒީރުން ހިމެނެއެވެ.

އދ. އިން ދާދިފަހުން އިންޒާރު ދީފައިވާ ގޮތުގައި، ހުޅަނގު އައްސޭރީގައި އާބާދުވެރިން ދޭ ހަމަލާތައް ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން ދުވާލަކު އެވްރެޖްކޮށް ހަ ހަމަލާ ދޭއިރު، މި ހަމަލާތަކުގައި މީހުންނަށް އަނިޔާވުމާއި މުދަލަށް ބޮޑެތި ގެއްލުންތައް ލިބެމުންދެއެވެ.

އެ ސަރަހައްދުގެ ރައްޔިތުން ތުހުމަތުކުރާ ގޮތުގައި، އިޒްރޭލުގެ އާބާދުވެރިން ގާނޫނާ ޚިލާފަށް މިފަދަ އަމަލުތައް ހިންގަނީ އެއްވެސް ބިރެއް ނެތި، އަދި އެމީހުންނަށް އެއްވެސް އަދަބެއް ނުލިބޭނެކަމުގެ ޔަގީންކަން އޮވެގެންނެވެ.

މަސްދަރު: އޭއެފްޕީ

އިޒްރޭލް-ފަލަސްޠީންވެސްޓް ބޭންކްޖިލްޖިލިޔާރާމަﷲބެންޖަމިން ނަތަންޔާހޫޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

17 ޖޫން 2026

އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުން މުރާޖައާކުރުމަށް އިޒްރޭލުން އެދުމުން ވައިޓް ހައުސްއިން އެކަމަށް އިންކާރުކޮށްފި

17 ޖޫން 2026
އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުން މުރާޖައާކުރުމަށް އިޒްރޭލުން އެދުމުން ވައިޓް ހައުސްއިން އެކަމަށް އިންކާރުކޮށްފި
16 ޖޫން 2026

ސޯމާލީލޭންޑުން ގުދުސްގައި އެމްބަސީ ހުޅުވުމާއެކު ފަލަސްތީނުން ރުޅިގަދަވެއްޖެ

16 ޖޫން 2026
ސޯމާލީލޭންޑުން ގުދުސްގައި އެމްބަސީ ހުޅުވުމާއެކު ފަލަސްތީނުން ރުޅިގަދަވެއްޖެ
16 ޖޫން 2026

އދ ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ސެޝަންގެ ބައްދަލުވުމުގައި ދިވެހިރާއްޖެ އިން ބައިވެރިވެއްޖެ

16 ޖޫން 2026
އދ ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 62 ވަނަ ސެޝަންގެ ބައްދަލުވުމުގައި ދިވެހިރާއްޖެ އިން ބައިވެރިވެއްޖެ
16 ޖޫން 2026

އީރާންގެ ނިއުކްލިއަރ ހަމަލާގެ ބިރުން އިޒްރޭލް ފަނާވުމުން ސަލާމަތް ވެއްޖެ: ނަތަންޔާހޫ

16 ޖޫން 2026
އީރާންގެ ނިއުކްލިއަރ ހަމަލާގެ ބިރުން އިޒްރޭލް ފަނާވުމުން ސަލާމަތް ވެއްޖެ: ނަތަންޔާހޫ
15 ޖޫން 2026

އެމެރިކާ އާއި އީރާން ސުލްހަ އިޚްތިޔާރު ކުރާއިރު ނަތަންޔާހޫ އާއި ޓްރަމްޕް ބޮޑު ކުރިމަތިލުމަކާ ދިމާލަށް!

15 ޖޫން 2026
އެމެރިކާ އާއި އީރާން ސުލްހަ އިޚްތިޔާރު ކުރާއިރު ނަތަންޔާހޫ އާއި ޓްރަމްޕް ބޮޑު ކުރިމަތިލުމަކާ ދިމާލަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު