Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޓްރަމްޕްގެ ހަނގުރާމައިގެ ބާރުތައް ހަނިކުރުމަށް ކޮންގްރެސް އިން ކުރި މަސައްކަތް އަނެއްކާވެސް ނާކާމިޔާބު ކޮށްލައިފި

17 ޖޫން 2026 | ބުދަ 05:55

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ސެނެޓަށް ހުށަހެޅި ގަރާރު 48 ވޯޓުގެ އަގުލަބިއްޔަތުން ވަނީ ބޭރުކޮށްލާފައި. މި ވޯޓު ނަގާފައިވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އިއުލާންކޮށްފައި ވަނިކޮށް ކަމަށްވާއިރު، ގިނަ މެންބަރުން ވޯޓު ދެއްވީ އެ ބޭފުޅަކު ނިސްބަތްވާ ޕާޓީގެ ސިޔާސަތާ އެއްގޮތަށް.

ރާއްޖެ އެމްވީ | 17 ޖޫން 2026 | ބުދަ 05:55
ރަސަލް ސެނެޓް އޮފީސް ބިލްޑިންގް އިން އެމެރިކާގެ ކެޕިޓޮލް އިމާރާތް ފެންނަ މަންޒަރެއް.

ރަސަލް ސެނެޓް އޮފީސް ބިލްޑިންގް އިން އެމެރިކާގެ ކެޕިޓޮލް އިމާރާތް ފެންނަ މަންޒަރެއް. | ރޮއިޓާސް

އިޒްރޭލާއި އެމެރިކާއިން ފެބްރުއަރީ މަހު އީރާނަށް ވައިގެ ހަމަލާތައް ދޭން ފެށި ފަހުން، ކޮންގްރެސްގެ ހުއްދަ ނެތި ކުރިއަށްގެންދާ އީރާން ހަނގުރާމަ ހުއްޓުވުމަށް ކެޕިޓަލް ހިލްއިން ކުރި ނުވަވަނަ މަސައްކަތް، އަންގާރަ ދުވަހު އެމެރިކާގެ ސެނެޓުން ހަނި ތަފާތަކުން ނާކާމިޔާބުކޮށްލައިފިއެވެ.

ހަނގުރާމައިގެ ބާރުތަކާ ބެހޭ ގާނޫނުގެ ދަށުން ހުށަހެޅި މި ގަރާރާ އެއްކޮޅަށް 47 ވޯޓު ދިން އިރު ގަރާރު ބޭރުކޮށްލުމަށް ލިބުނީ 48 ވޯޓެވެ. މި ވޯޓު ނަގާފައިވަނީ ހަނގުރާމަ ހުއްޓާލުމަށާއި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވައިޓް ހައުސްއާއި ތެހެރާނުން މި ހަފުތާގައި އެއްބަސްވުމެއް އިއުލާންކޮށްފައި ވަނިކޮށެވެ.

މި ވޯޓުގައި މެންބަރުން އަމަލުކޮށްފައިވަނީ ބޮޑަށް އެ ބޭފުޅަކު ނިސްބަތްވާ ޕާޓީގެ ސިޔާސަތާ އެއްގޮތަށެވެ. އެގޮތުން ރިޕަބްލިކަން ޕާޓީގެ ލޫސިއާނާގެ ބިލް ކެސިޑީ، މެއިންގެ ސޫޒަން ކޮލިންސް، އެލަސްކާގެ ލީސާ މާކޯވްސްކީ އަދި ކެންޓަކީގެ ރޭންޑް ޕޯލް ވަނީ ގިނަ ޑިމޮކްރެޓުންނާއެކު މި ގަރާރަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ. ނަމަވެސް ޕެންސިލްވޭނިއާގެ ޑިމޮކްރެޓިކް ސެނެޓަރު ޖޯން ފެޓަރމަން ވަނީ ގިނަ ރިޕަބްލިކަނުންނާއެކު މި ގަރާރާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.

މި ވޯޓުގައި ފަސް ސެނެޓަރަކު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އެއީ ރިޕަބްލިކަން ޕާޓީގެ ކެންޓަކީގެ މިޗް މެކޮނެލް އާއި މިސޫރީގެ ޖޯޝް ހޯލީގެ އިތުރުން، ޑިމޮކްރެޓިކް ޕާޓީގެ ކޮލޮރާޑޯގެ މައިކަލް ބެނެޓް އާއި ނިއު ޖާޒީގެ ކޮރީ ބުކަރ އަދި މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ވާމަންޓްގެ ބާނީ ސޭންޑާސްއެވެ.

މި ވޯޓު ނަގާފައިވަނީ، ހަނގުރާމަ ނިންމުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އާދިއްތަ ދުވަހު އިއުލާންކުރެއްވި ފަހުމުނާމާއާ ގުޅޭ ތަފުސީލުތައް ޓްރަމްޕްގެ ސަރުކާރުން ހިއްސާކުރާނެ ވަގުތަކަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން އިންތިޒާރު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޑިމޮކްރެޓުންނާއި ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ބައެއް މެންބަރުން ވެސް ދަނީ އެ މަޝްރޫއުގެ ތަފުސީލުތައް ހާމަކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.

އެމެރިކާގެ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ މެޖޯރިޓީ މިވަގުތު އޮތީ ރިޕަބްލިކަން ޕާޓީގެ އަތުގައެވެ. ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ވެސް ދާދިފަހުން ވަނީ އީރާން ހަނގުރާމަ ނިންމުމަށް ގޮވާލާ ގަރާރަކަށް ތާއީދުކޮށްފައެވެ.

އެމެރިކާގެ ސެނެޓްޑޮނަލްޑް ޓްރަމްޕްކޮންގްރެސްރިޕަބްލިކަންް ޕާޓީ - އެމެރިކާޑިމޮކްރެޓިކް ޕާޓީ - އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން

އިތުރަށް ކިޔާލަން

15 ޖޫން 2026

އެމެރިކާ އާއި އީރާން ސުލްހަ އިޚްތިޔާރު ކުރާއިރު ނަތަންޔާހޫ އާއި ޓްރަމްޕް ބޮޑު ކުރިމަތިލުމަކާ ދިމާލަށް!

15 ޖޫން 2026
އެމެރިކާ އާއި އީރާން ސުލްހަ އިޚްތިޔާރު ކުރާއިރު ނަތަންޔާހޫ އާއި ޓްރަމްޕް ބޮޑު ކުރިމަތިލުމަކާ ދިމާލަށް!
15 ޖޫން 2026

ޓްރަމްޕް: އީރާނާއެކު އެކުލަވާލި އެއްބަސްވުމުގައި ސޮއިކޮށްފިން

15 ޖޫން 2026
ޓްރަމްޕް: އީރާނާއެކު އެކުލަވާލި އެއްބަސްވުމުގައި ސޮއިކޮށްފިން
15 ޖޫން 2026

ޖީ7 ސަމިޓް ހޯމަ ދުވަހު ފެށޭއިރު ބޮޑު ސަމާލުކަމެއް އީރާން އެއްބަސްވުމަށް

15 ޖޫން 2026
ޖީ7 ސަމިޓް ހޯމަ ދުވަހު ފެށޭއިރު ބޮޑު ސަމާލުކަމެއް އީރާން އެއްބަސްވުމަށް
14 ޖޫން 2026

އެމެރިކާ އާއެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރާތީ އީރާނުގެ އެތައް ބަޔަކު އެ ގައުމުގެ ޚާރިޖީ ވަޒީރާ ދެކޮޅަށް މުޒާހަރާ ކޮށްފި

14 ޖޫން 2026
އެމެރިކާ އާއެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރާތީ އީރާނުގެ އެތައް ބަޔަކު އެ ގައުމުގެ ޚާރިޖީ ވަޒީރާ ދެކޮޅަށް މުޒާހަރާ ކޮށްފި
10 ޖޫން 2026

އެޕްސްޓީންއާ އޮތް ގުޅުމާ ގުޅޭގޮތުން ސުވާލުކުރުމަށް ބިލް ގޭޓްސް ކޮންގްރެސްއަށް ހާޒިރުވަނީ

10 ޖޫން 2026
އެޕްސްޓީންއާ އޮތް ގުޅުމާ ގުޅޭގޮތުން ސުވާލުކުރުމަށް ބިލް ގޭޓްސް ކޮންގްރެސްއަށް ހާޒިރުވަނީ
08 ޖޫން 2026

ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލާއި އީރާނަށް ޓްރަމްޕް ގޮވާލައްވައިފި

08 ޖޫން 2026
ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލާއި އީރާނަށް ޓްރަމްޕް ގޮވާލައްވައިފި
08 ޖޫން 2026

އީރާނުން އިޒްރޭލުގެ ރާމަތު ޑޭވިޑް އެއާބޭސްއަށް މިސައިލް ހަމަލާދީފި

08 ޖޫން 2026
އީރާނުން އިޒްރޭލުގެ ރާމަތު ޑޭވިޑް އެއާބޭސްއަށް މިސައިލް ހަމަލާދީފި
08 ޖޫން 2026

އިޒްރޭލުން އިރާނުގެ މުހިންމު ދިފާއީ ނިޒާމުތަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް ބުނެފި

08 ޖޫން 2026
އިޒްރޭލުން އިރާނުގެ މުހިންމު ދިފާއީ ނިޒާމުތަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް ބުނެފި
08 ޖޫން 2026

އީރާނުން އިޒްރޭލަށް ދިން ހަމަލާތަކާ އެކު ތެލުގެ އަގު އުފުލިއްޖެ

08 ޖޫން 2026
އީރާނުން އިޒްރޭލަށް ދިން ހަމަލާތަކާ އެކު ތެލުގެ އަގު އުފުލިއްޖެ
08 ޖޫން 2026

އިޒްރޭލުން ލުބުނާނަށް ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން އިޒްރޭލަށް ހަމަލާދީފި

08 ޖޫން 2026
އިޒްރޭލުން ލުބުނާނަށް ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން އިޒްރޭލަށް ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް