Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެޓް މާރުކޭޓް މައްސަލަ

ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާ ޤަވައިޢިދުގެ ތެރެއިން ކަމަށް ނިންމައިފި

ވެޓް މާރުކޭޓް ހުރި ބިން ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރެވޭނީ ކުރިން އެ ބިން ތަރައްޤީކުރަން ދެ ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުންތައް ޤާނޫނީ ގޮތުން ބާޠިލްކުރުމަށްފަހު ކަމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ. އެހެން ފަރާތަކާ ހަވާލުކޮށްފައިވާ ބިމެއްގެ އެގްރީމެންޓް އުވާނުލައި، ސަރުކާރުން އެހެން ބަޔަކާ އެ ބިން ހަވާލުކުރުމަކީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވިއެވެ. މި މައްސަލައަށް ހައްލެއް ހޯދުމަށް ހައުސިންގ މިނިސްޓްރީއާ ބައްދަލުކޮށް މަޝްވަރާކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

މަޚްތޫމް
މަޚްތޫމް | 17 ޖޫން 2026 | ބުދަ 09:20
މާލެ ސިޓީ ކައުންސިލްގެ ޖަލްސާގެ ތެރެއިން.

މާލެ ސިޓީ ކައުންސިލްގެ ޖަލްސާގެ ތެރެއިން. | މާލެ ސިޓީ ކައުންސިލް

ވެޓް މާރުކޭޓް މައްސަލައިގައި ބިން ހަވާލުކުރެވޭނީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކަމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މި ގޮތަށް ނިންމީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 4 ވަނަ ޢާންމު ޖަލްސާގަ އެވެ.

ވެޓް މާރުކެޓް ހުރި ބިން، މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ ހަވާލުކުރުމަށް އެދި އެ މިނިސްޓްރީން ކައުންސިލަށް ސިޓީ ފޮނުވުމާ ގުޅިގެން މި ކަމަށް ގޮތެއް ނިންމުމަށް ކުރެވުނު މަޝްވަރާގައި، ކައުންސިލުން ބުނެފައިވަނީ، މި މައްސަލައިގައި މީގެ ކުރިން ވެސް ތަކުރާރުކޮށް ހައުސިންގ މިނިސްޓްރީން ވެސް އެ ބިން ހަވާލުކުރުމަށް އެދި ކައުންސިލަށް ސިޓީ ފޮނުވައިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ތަނަކީ، ނިމިދިޔަ ދައުރުގައި އެ ތަން ތަރައްޤީ ކުރުމަށް ދެ ކުންފުންޏަކަށް އެގްރީމެންޓް ކޮށްފައިވާ ތަނެއް ކަމުން، އެ ކޮންޓްރެކްޓް ބާޠިލް ކުރުމަށް ފަހު މެނުވީ އެހެން ފަރާތަކަށް ބިން ނުދެވޭނެ ކަމަށް މޭޔަރ ޢާދަމް ޢާޒިމް ވިދާޅުވި އެވެ. އަދި މިކަމާ ގުޅޭ ހުރިހައި މަޢުލޫމާތެއް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ ޙިއްސާ ކޮށްފައިވާނެ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

އެހެން ފަރާތަކާ ހަވާލުކޮށްފައި އޮންނަ ބިމެއް، އެ ކޮންޓްރެކްޓް ބާޠިލް ނުކޮށް ދެވަނަ ފަރާތަކަށް ނުދެވޭނެ. އެހެން އޮތް ކަމެއް، އެ ބޭފުޅުންނަށް އެނގިތިއްބަވައިގެން، ސިޓީ ކައުންސިލާ މަޝްވަރާ ވެސް ނުކޮށް އެ ބޭފުޅުން އަތުގައި ނެތް ބިމެއް އިތުރު އެހެން ބަޔަކަށް އެގްރީމެންޓްކޮށް، ސަރުކާރު ފަރާތުން ހައުސިންގ މިނިސްޓަރ ސޮއި ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް ބޮޑަށް ޤާނޫނާ ޚިލާފު ޢަމަލެއް. މި ކަމުން ސަރުކާރު އިތުރަށް ބަދުނާމުވަމުން އެ ދަނީ. މީގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލިގެން ދަނީ

މި ޖަލްސާގައި، މި މައްސަލައާއި ގުޅިގެން ސިޓީ ކައުންސިލުން ހައުސިންގް މިނިސްޓްރީއަށް ފޮނުއްވި ސިޓީ ވަނީ ހަމާކުރައްވާފަ އެވެ. އެ ސިޓީގައި، ކައުންސިލުން ދެ ފަހަރެއްގެ މަތިން އެގްރީމެންޓް ކުރެވުނު ގޮތުގެ ތަފްސީލު ބަޔާންކޮށްފައިވެ އެވެ. އަދި މި ޕްރޮޖެކްޓް އޭރުގެ ހައުސިންގ މިނިސްޓްރީން ކުރިޔަށް ގެންދިއުމަށް ނިންމުމުން، އެ ޕްރޮޖެކްޓާ ގުޅޭ ލިޔެކިއުންތައް ހައުސިންގ މިނިސްޓްރީއަށް ގެންގޮސްފައިވާކަން އެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ. އެ ލިޔެ ކިއުންތައް ގެންގޮސްފައިވަނީ، އުސޫލްތަކާ ޚިލާފަށް ކަން ވެސް މި ސިޓީގައި ވަނީ ބަޔާންކޮށްފަ އެވެ. އަދި މި ބިން ހަވާލުކުރެވޭނީ އެ އެއްބަސްވުންތައް ބާޠިލް ކުރުމަށް ފަހުގައި ކަމަށާއި، ޤާނުނީ ގޮތުން މި މައްސަލައާއި ގުޅުން ހުރި އެތައް ކަމެއް އެ ސިޓީގައި ބަޔާން ކޮށްފައިވެ އެވެ.

މި ކަމާ ގުޅިގެން ކައުންސިލަރުން ދެއްކެވި ވާހަކައިގައި، ހައުސިންގ މިނިސްޓްރީއާ ބައްދަލުކޮށް، މި މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ހައުސިންގ މިނިސްޓްރީން މި ކަމަށް އެއްބާރުލުން ލިބެންދެން މަސައްކަތް ހުއްޓައިނުލައި ކުރިޔަށް ގެންދިއުމަށް ވެސް، ކައުންސިލަރުން ވަނީ ނިންމާފަ އެވެ.

މާލެ މާސްމާރުކޭޓަކީ، ވަރަށް ބޮޑަށް ވިރާނާވެފައިވާ ތަނެއް ކަމަށާއި، ރަނގަޅު ފެންވަރުގައި، ވީހާ ވެސް އަވަހަށް ތަރައްޤީކޮށް ރައްޔިތުންނަށް ޚިދުމަތް ލިބޭނެ މަގު ފަހިކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ދެކޭ ކަމަށް ވެސް މޭޔަރ ޢާޒިމް ވަނީ ވިދާޅުވެފަ އެވެ.

ވެޓް މާރުކޭޓްމާލޭ ސިޓީ ކައުންސިލްމިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްހައުސިންގް މިނިސްޓްރީއާދަމް އާޒިމް

އިތުރަށް ކިޔާލަން

16 ޖޫން 2026

ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫން: ޤާލިބް

16 ޖޫން 2026
ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫން: ޤާލިބް
15 ޖޫން 2026

ބޯހިޔާވެހިކަން ސްކީމަށް އެދުމުގެ ސުންގަޑި ހޯމަދުވަހުގެ ރޭ 2:00 އަށް އިތުރުކޮށްފި

15 ޖޫން 2026
ބޯހިޔާވެހިކަން ސްކީމަށް އެދުމުގެ ސުންގަޑި ހޯމަދުވަހުގެ ރޭ 2:00 އަށް އިތުރުކޮށްފި
15 ޖޫން 2026

ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތެއް ހޯދަން ރައްޔިތުން ގަނޑަތެޅެންޖެހޭ ވަރު، ސަރުކާރުގެ އިސްވެރިންނަށް އިހުސާސެއް ނުކުރެވޭނެ: ޤާލިބް

15 ޖޫން 2026
 ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތެއް ހޯދަން ރައްޔިތުން ގަނޑަތެޅެންޖެހޭ ވަރު، ސަރުކާރުގެ އިސްވެރިންނަށް އިހުސާސެއް ނުކުރެވޭނެ: ޤާލިބް
14 ޖޫން 2026

ބޯހިޔާވަހިކަމަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ ރެއަށް ހަމަވާއިރު، އެންސްޕާ ކާޑުގެ ކޮޕީއާ ނުލައި ވެސް ފޯމް ހުށަހެޅޭގޮތް ހަދައިފި

14 ޖޫން 2026
ބޯހިޔާވަހިކަމަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ ރެއަށް ހަމަވާއިރު، އެންސްޕާ ކާޑުގެ ކޮޕީއާ ނުލައި ވެސް ފޯމް ހުށަހެޅޭގޮތް ހަދައިފި
08 ޖޫން 2026

ވެމްކޯ ގެ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރާތާ 19 މަސް، މައްސަލަ މަޖިލީހަށް

08 ޖޫން 2026
ވެމްކޯ ގެ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރާތާ 19 މަސް، މައްސަލަ މަޖިލީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު