Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ވެމްކޯ ގެ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރާތާ 19 މަސް، މައްސަލަ މަޖިލީހަށް

ވެމްކޯގެ މުވައްޒަފުންގެ މުސާރައިން އުނިކުރާ ޕެންޝަން ފައިސާ 19 މަސް ދުވަސް ވަންދެން ޖަމާނުކުރާ މައްސަލަ ބަލައިދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހަށް ސިޓީއެއް ފޮނުއްވައިފި. މާލީ ދަތިތަކާ ހުރެ ފައިސާ ނުދެއްކޭ ކަމަށް އެ ކުންފުނިން ބުނި ނަމަވެސް، މިއީ މުވައްޒަފުންގެ އަސާސީ ހައްގުތަކުން މަހްރޫމްވާ ކަމެއް ކަމަށް ފާހަގަކޮށް، މި މައްސަލަ އެސްއޯއީ ކޮމިޓީން ބަލައިދިނުމަށް މެންބަރު ވަނީ އެދިވަޑައިގެންފަ. އެހެންކަމުން، މިކަމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީކުރުވައި، ފައިސާ ދައްކާނެ ތަފްސީލީ ޕްލޭނެއް ހޯދުމަށް މަޖިލީހުގެ ރައީސްގެ އަރިހުން މެންބަރު ވަނީ އެދިވަޑައިގެންފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 8 ޖޫން 2026 | ހޯމަ 09:41
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ | މަޖިލިސް

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މުވައްޒަފުންގެ މުސާރައިން ޕެންޝަންގެ ގޮތުގައި އުނިކުރާ ފައިސާ ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ޖަމާނުކޮށް 19 މަސް ދުވަސް ވެފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ގެނަސްފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި މިކަން މަޖިލީހުގެ ސަމާލު ކަމަށް ވަނީ ގެނަސްފަ އެވެ. މެންބަރުގެ ސިޓީގައި ބުނީ ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، ވެމްކޯއިން އެންމެ ފަހުން މުވައްޒަފުންނަށް ޕެންޝަން ފައިސާ ޖަމާކޮށްފައިވަނީ 16 އޮކްޓޯބަރު 2024 ގައި ކަމަށެވެ.

Advertisement - newsAdvertisement

އޭގެ ފަހުން މިހާތަނަށް އެއްވެސް ފައިސާއެއް ޖަމާކޮށްފައި ނުވާއިރު، އެ ކޯޕަރޭޝަންގެ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކުވެސް ޕެންޝަނަށްވާ ފައިސާ އުނިކުރަމުންދާކަން ފާހަގަ ކޮށްފައިވެ އެވެ. 

މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާގެ ގޮތުގައި އުނިކުރާ ފައިސާ ޕެންޝަން ސްކީމަށް ޖަމާނުވާ މައްސަލައާ ގުޅިގެން، 13 ޖެނުއަރީ 2026 ގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް އިން ނެރުނު ނޫސްބަޔާނުގައި އެ ކޯޕަރޭޝަނުން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެމުންގެންދަނީ ކޯޕަރޭޝަނަށް ލިބޭ އާމްދަނީގެ އިތުރުން ސަރުކާރުން ދޭ ސަބްސިޑީގެ އެހީތެރިކަމާ އެކުގައި ކަމަށް ފާހަގަ ކޮށްފައިވާ ކަން ސިޓީގައި ފާހަގަކޮށްފައި ވެ އެވެ. އަދި މާލެ ސިޓީ ކައުންސިލުން އެ ކޯޕަރޭޝަނަށް ދައްކަންޖެހޭ 98 މިލިއަން ރުފިޔާ ލިބިފައިނުވާތީ، މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަމަށް ސިޓީގައި ވެ އެވެ.

އެހެންނަމަވެސް، ކޯޕަރޭޝަނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ދިމާވާ މާލީ ދަތިކަމަކީ، މުވައްޒަފުންގެ އަސާސީ ޙައްޤުތަކާއި ޤާނޫނީ އިލްތިޒާމުތައް ހިފެހެއްޓުމަށްޓަކައި ދެއްކޭނެ ޤާނޫނީ ހުއްޖަތެއް ނޫން ކަމަށް ކުޑޫ ވިދާޅުވި އެވެ.  

ކުޑޫ ވިދާޅުވީ ޤާނޫނުއަސާސީގެ 38 ވަނަ މާއްދާގެ ދަށުން، ޕެންޝަން ލިބުމުގެ ޙައްޤަކީ ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމަށެވެ. މި ޙައްޤު ހިމާޔަތްކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނު ގެ 12 ވަނަ މާއްދާގެ ދަށުން، ވަޒީފާދޭ ކޮންމެ ފަރާތަކުން މުވައްޒަފުންގެ ޕެންޝަން ފައިސާ ޤަވާއިދުން ދެއްކުމަކީ ލާޒިމްކޮށްފައިވާ އިލްތިޒާމެއް ކަމަށް ކުޑޫ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، ރިޓަރމަންޓް ޕެންށަން ސްކީމުގެ ގަވާއިދު ގެ 8 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކުރާއިރު، މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ އުނިކުރުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި އެ ފައިސާ ސްކީމަށް ޖަމާކުރުމަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް އޮތް ޤާނޫނީ ވާޖިބެއް ކަމަށް އެ ސިޓީގައި ވެ އެވެ.

މެންބަރު ވިދާޅުވީ ކުންފުނީގެ މުވައްޒަފުންގެ އަދަދު ކިތަންމެ ގިނަ ނުވަތަ މަދުވި ކަމުގައިވީ ނަމަވެސް، މި ޒިންމާއިން ބަރީއަވުމުގެ ފުރުސަތެއް ޤާނޫނު ފަހިކޮށްދީފައެއް ނުވާ ކަމަށެވެ. ނަމަވެސް، މި ފައިސާ ޤަވާއިދުން ޖަމާނުކުރުމުގެ ސަބަބުން، ޕެންޝަން ފަންޑުން މުވައްޒަފުންނަށް ލިބެންޖެހޭ އިންވެސްޓްމަންޓް ފައިދާއާއި، ގެދޮރުވެރިކަމުގެ ލޯނުތަކަށް ޕެންޝަން ފަންޑު ރަހުނުކުރުން ފަދަ ޒަރޫރީ މާލީ މަންފާތަކުން މުވައްޒަފުން ދަނީ މަހްރޫމްވަމުން ކަމަށް ވެސް ކުޑޫ ވިދާޅުވި އެވެ. 

އެހެންކަމުން މިއީ އެތައް ސަތޭކަ މުވައްޒަފުންނެއްގެ އަސާސީ ޙައްޤުތަކާއި، ދައުލަތުގެ ކުންފުނިތައް ހިންގުމުގެ ނަޒާހަތްތެރިކަމާ ސީދާ ގުޅިފައިވާ ނާޒުކު މައްސަލައަކަށްވާތީ، ރައްޔިތުންގެ މަޖިލީހުގެ 'ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ' މެދުވެރިކޮށް މިކަން ބައްލަވައިދެއްވުމަށް އެދި މެންބަރު ވަނީ ހުށަހަޅުއްވާފަ އެވެ. އަދި މި މައްސަލައިގައި ވެމްކޯއާއި ޕެންޝަން އޮފީހުގެ އިސްވެރިން ޒިންމާދާރުކުރުވައި، ނުދައްކާ ހުރި ފައިސާ ވީ އެންމެ އަވަހަކަށް ޖަމާކޮށް ނިންމާނެ ގޮތުގެ ތަފްސީލީ ޕްލޭނެއް މަޖިލީހަށް ހުށަހެޅުމަށް އެ ކޯޕަރޭޝަނަށް އެންގުމަށް ވަނީ އެދިފަ އެވެ. 

ވެމްކޯރިޓަޔަމަންޓު ޕެންޝަން ސްކީމުމާލޭ ސިޓީ ކައުންސިލް20 ވަނަ ރައްޔިތުންގެ މަޖިލީސްޕެންޝަން އޮފީސްރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުނިއުކާ ލޮރީތަކުން މަގުމައްޗަށް ހަޑި ފެނާއި، ކުނި ފޭބުން އާންމުވި ނަމަވެސް އެފަދަ ޝަކުވާއެއް ލިބިފައިނުވޭ: ވެމްކޯ

ކުނިއުކާ ލޮރީތަކުން މަގުމައްޗަށް ހަޑި ފެނާއި، ކުނި ފޭބުން އާންމުވި ނަމަވެސް އެފަދަ ޝަކުވާއެއް ލިބިފައިނުވޭ: ވެމްކޯ

08 ޖޫން 2026
ހަފްތާ އަކަށް ޗުއްޓީ އަށް ދިޔަ މަޖިލީހުގެ ޖަލްސާތައް ފެށުން އިތުރު 1 ހަފްތާ އަށް ފަސްކޮށްފި

ހަފްތާ އަކަށް ޗުއްޓީ އަށް ދިޔަ މަޖިލީހުގެ ޖަލްސާތައް ފެށުން އިތުރު 1 ހަފްތާ އަށް ފަސްކޮށްފި

07 ޖޫން 2026
އެމްޑީޕީ ޕީޖީ ގްރޫޕުގައި އެންމެން ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް ސޯބެ ކުރައްވާނެ: ސޯލިޙު

އެމްޑީޕީ ޕީޖީ ގްރޫޕުގައި އެންމެން ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް ސޯބެ ކުރައްވާނެ: ސޯލިޙު

06 ޖޫން 2026
ކެލާއަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައެއް ނުވޭ: ކުރީގެ މެންބަރު ޝަރީފް

ކެލާއަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި އެއްވެސް ވައުދެއް މިހާތަނަށް ފުއްދާފައެއް ނުވޭ: ކުރީގެ މެންބަރު ޝަރީފް

06 ޖޫން 2026
ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ސަސްޕެންޑުކޮށްފި

ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ނާޒިމް ސަސްޕެންޑުކޮށްފި

05 ޖޫން 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު