Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުހައްމަދު ފަލާހު

ރާއްޖޭގައި މިއަދު މި އޮތް ސަރުކާރު މި ދަނީ ހުންގާނު ނެތް އޮޑިއެއް ދާހެން، ރައްޔިތުން ދަނީ ނިކަމެތިވަމުން: ފަލާހު

30 މެއި 2026 | ހޮނިހިރު 08:17

މި ސަރުކާރުގައި ކަންކަން ކުރަން އެނގޭ ބޭފުޅުން ނެތުމުގެ ސަބަބުން ގައުމުގެ ހިންގުން ބަލިކަށިވެ، ރައްޔިތުންގެ މަޖިލިސް ޖަވާބުދާރީ ނުކުރެވޭ ކަމަށް ކުރީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވި. ރައީސް ޑރ. މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު ވެސް ކަންކަން ނުކުރެވޭކަން ފާހަގަކުރައްވަމުން، ފަލާހު ވިދާޅުވީ މިހާރު ފެންނަނީ އެއްވެސް ނަތީޖާއެއް ނުނިކުންނަ ބޭކާރު ދަތުރުފުޅުތަކެއް ކުރައްވާ މަންޒަރު ކަމަށް. ސަރުކާރުން ކިތަންމެ ވަރަކަށް ވާހަކަ ދެއްކި ނަމަވެސް، އަމަލީ ގޮތުން ގައުމުގައި އެއްވެސް ކަމެއް ނުހިނގާ ކަމަށް އޭނާ ތުހުމަތު ކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 30 މެއި 2026 | ހޮނިހިރު 08:17
ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު. | ރާއްޖެ އެމްވީ

ރާއްޖޭގައި މިއަދު މި އޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ދަނީ ހުންގާނެއް ނެތް އޮޑިއެއް ދާހެން ކަމަށާއި ރައްޔިތުންނަށް އެއްވެސް ކަމެއް ނުވާއިރު، ރައްޔިތުން ދަނީ ނިކަމެތި ވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ މި ސަރުކާރުގައި ކަމެއް ކުރަން އެނގޭ ބޭފުޅަކު ނެތް ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް ވެސް ސަރުކާރު ޖަވާބުދާރީވެސް ނުކުރެވޭއިރު ފެންނަނީ މަޖިލީހުގެ މެންބަރުން ކަސްތޮޅު އަޅުވާ ދަނޑިމާރު އަޅައިގެން ގެންގުޅޭތަން ކަމަށް ފަލާހު ވިދާޅުވި އެވެ. އެ ނޫން ގޮތަކަށް މިހާރު މި އޮތް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގެންގުޅޭ ތަން ނުފެންނަ ކަމަށް ފަލާހު ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ފަލާހު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ވެސް ވާހަކަދައްކަނީ ދެ މެންބަރުން ކަމަށެވެ. އެކަމުން ފެންނަނީ މިއަދު މިއޮތް ސަރުކާރު ބަލިކަށިވެގެން ގޮސްފައިވާ މިންވަރު ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ވެސް ގައުމުގައި އެއްވެސް ކަމެއް ނުހިނގާ ކަމަށާ އެކަން އެގޮތަށް ވަނީ ހިންގަން ނޭނގޭ ބަޔަކު ތިބީމަ ކަމަށް ފަލާހު ވިދާޅުވި އެވެ.

ރާއްޖޭގަ މިއަދު މިއޮތް ސަރުކާރު މި ދަނީ ހަމަ ހުންގާނު ނެތް އޮޑިއެއް ދާހެން. އަޅުގަނޑުމެން މިއުޅެނީ މޮޔައެއްގެ އަތަށް ކަނޑި ދީގެންނޭ. ދެން ހަމަ ހޫރަމުން ދުވަނީ. އެތާކު ލައްވާލިއްޔާ މިތާކު ލައްވާލިއްޔާ ލައްވާލީ.  ސަރުކާރެއް ހިންގަން އެނގޭ ބޭފުޅަކު، އަޅުގަނޑޫމެން އެންމެނަށް ވެސް އެނގޭ މިއަދު މި ހުންނެވި ރައީސް ފުރަތަމަ ހުންނެވީ މާލެ ސިޓީ ކައުންސިލްގައި ކަން. ސިޓީ ކައުންސިލްގައި ހުންނެވި ގާތްގަނޑަކަށް 2 އަހަރާއި ބައި. މާލެ އަށް ކޮން ކަމެއްތޯ ވީ. ކަމެއް ވި ތޯ. ހަމަ ބަރާބަރަށް އެ ބޭފުޅުންނަށް ދޭން ޖެހޭ ބަޖެޓާ އެއްޗެހި އެމްޑީޕީ ސަރުކާރުން ދެމުން ދިޔައީ. މިހާރު، ކަންކަން ކުރާ ކަހަލަ މޭޔަރުން އައިމަ، މާލޭގެ މަގުތައް ހެދޭތަން ވެސް އެބަ ފެނޭނު. ފެން ހިނދޭތަން ވެސް އެބަ ފެނޭ ނޫންތޯ. 
 ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު 

ފަލާހު ވިދާޅުވީ ކަންކަން ކުރަން ނޭނގޭ މީހުން އަތަން ކަން ކުރަން ދިނުމުން ވާނެ ހަ އެތި މިއަދު ފެންނަމުން ދާއިރު ރައީސް މުއިއްޒަށް ކުރައްވަން އެނގިވަޑައިގަންނަވާ އޮތީ އެންމެ ކަމެއް ކަމަށެވެ. 

އެއީ ގައުމުތަކަށް ދަތުރު ކުރުން ކަމަށާ މި ވީ ދެ އަހަރަށް ބަލާއިރު މަހަކު 2 ދަތުރުގެ ނިސްބަތުން ދަތުރު ރާއްޖޭން ބޭރަށް، އެކި ގައުމުތަކަށް އެމަނިކުފާނު ކުރައްވާފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ. ނަމަވެސް މިއިން ދަތުރަކުން ރާއްޖެ އަށް ވީ ފައިދާއެއް ވެސް ވީ ކަމެއް ވެސް ނެތް ކަމަށާ ވީނަމަ ވީހާވެސް ކަމަކީ ރާއްޖޭގެ ރައްޔިތުން ނިކަމެތިވުން ކަމަށް އޭނާ ވިދާޅުވި އެވެ. 

ފަލާހު ވިދާޅުވީ ދެ ދުވަހުން އެއް ދުވަހުން ނޫސް ވެރިންނާ ބައްދަލުކުރެވިދާނެ ކަމަށާއި ސްޕޯކްސްޕަރސަން ބަދަލު ކުރައްވާ، އެ ބޭފުޅާ ލައްވާ ވާހަކަ ވެސް ދެއްކެވި ދާނެ ކަމަށާ ކިތަންމެ ވަރަކަށް ވާހަކަ ބަދަލުވެސް ކުރެވިދާނެ ކަމަށެވެ. ނަމަވެސް ހަގީގަތަކީ ކަން ނުވާކަން ކަމަށް ފަލާހު ވިދާޅުވި އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުމުހައްމަދު ފަލާހުމާފަންނު ހުޅަނގު ދާއިރާ20 ވަނަ ރައްޔިތުންގެ މަޖިލީސްމާލޭ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

29 މެއި 2026

4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދޭނެކަން މިހާތަނަށް ވެސް ފްލެޓްވެރިންނަށް އަންގާފައި ނުވޭ

29 މެއި 2026
4000 ފްލެޓްގެ ރަޖިސްޓްރީ ކޮށްދޭނެކަން މިހާތަނަށް ވެސް ފްލެޓްވެރިންނަށް އަންގާފައި ނުވޭ
28 މެއި 2026

އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ، ތަހުނިޔާ ފޮނުއްވައިފި

28 މެއި 2026
އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ،  ތަހުނިޔާ ފޮނުއްވައިފި
28 މެއި 2026

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމާ ގުޅޭ ޖަލްސާ އާދިއްތަ ދުވަހަށް ތާވަލްކޮށްފި

28 މެއި 2026
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމާ ގުޅޭ ޖަލްސާ އާދިއްތަ ދުވަހަށް ތާވަލްކޮށްފި
28 މެއި 2026

ދެވަނަ، ވައިޑް-ބޮޑީ މަތިންދާބޯޓު ގެންނަން އަނެއްކާވެސް އިތުރު ޑެޑްލައިނެއް!

28 މެއި 2026
 ދެވަނަ، ވައިޑް-ބޮޑީ މަތިންދާބޯޓު ގެންނަން އަނެއްކާވެސް އިތުރު ޑެޑްލައިނެއް!
28 މެއި 2026

ރައީސް މުއިއްޒު ބޭނުންފުޅުވަނީ މުއައްސަސާތަކަށް "ބޮޓުން" ލައިގެން ޚުދުމުހުތާރުކޮށް ވެރިކަން ކުރަން: މައުރޫފް

28 މެއި 2026
ރައީސް މުއިއްޒު ބޭނުންފުޅުވަނީ މުއައްސަސާތަކަށް "ބޮޓުން" ލައިގެން ޚުދުމުހުތާރުކޮށް ވެރިކަން ކުރަން: މައުރޫފް
27 މެއި 2026

ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް

27 މެއި 2026
ސަރުކާރުން މި އީދަށް ނެރުނު "ދޮގު" މާލިތައް
27 މެއި 2026

އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް

27 މެއި 2026
އަޟްހާ އީދަކީ މައާފުކުރުމުގެ ފިނި ރޯޅިން އެންމެންގެ ހިތްތަކަށް ދިރުން ގެނެސްދޭ މޫސުން، ކުޅިވަރުތައް ކުޅުމުގައި ވެސް އިސްލާމީ އުސޫލުތައް ހިފަހައްޓަން ޖެހޭ: ރައީސް
27 މެއި 2026

15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި

27 މެއި 2026
15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކޮށް ނިމުމުން ނޫސްވެރިޔާ ޝަހުޒާން މިނިވަންކޮށްފި
26 މެއި 2026

ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް

26 މެއި 2026
ރައީސް މުއިއްޒު އަކީ ގިނިކަންޏާ ވެރިކަން ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް، ދިމާވެގެން އުޅޭ މައްސަލަ އަކީ އެއީ: މައުރޫފް
25 މެއި 2026

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމް އާ ބައްދަލުކުރައްވާކަށް ނޫން، އާއިލާ އެކު ޗުއްޓީ ހޭދަކުރުމަށް: ތަރުޖަމާނު

25 މެއި 2026
 ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމް އާ ބައްދަލުކުރައްވާކަށް ނޫން، އާއިލާ އެކު ޗުއްޓީ ހޭދަކުރުމަށް: ތަރުޖަމާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް