Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރޯހައުސް މަޝްރޫޢު

ކުރީ ސަރުކާރުގައި ތިނަދޫ ސިޓީގައި ތަރައްގީ ކުރަމުންދިޔަ 200 ރޯ ހައުސް މަޝްރޫއު ހުއްޓިފައި، މިސަރުކާރުން ބިންގާ އެޅި 50 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށް ނުދޭ!

ތިނަދޫ ސިޓީގައި ކުރީ ސަރުކާރުން ފެށި 200 ރޯހައުސްގެ މަޝްރޫއު 70 އިންސައްތަ ނިމިފައިވަނިކޮށް، މި ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން މަސައްކަތް ހުއްޓިފައިވާތީ ކުރީގެ މެންބަރު ސަނީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. މީގެ އިތުރުން، އުސޫލުތަކާ ހިލާފަށް އިތުރު 50 ހައުސިން ޔުނިޓެއްގެ މަސައްކަތް ވަކި ބަޔަކަށް ހަވާލުކޮށްފައިވީ ނަމަވެސް، ބިންގާ އެޅުން ފިޔަވައި އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަން އޭނާ ފާހަގަކުރެއްވި. މި މަޝްރޫއުތައް ހުއްޓުމުގެ ސަބަބުން ތިނަދޫގެ ތަރައްގީއަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް ސަނީފް ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 މެއި 2026 | ބުދަ 09:07
ކުރީ ސަރުކާރުން ތިނަދޫ ސިޓީގައި އިމާރާތް ކުރި ރޯ ހައުސްތައް. މިމަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައި.

ކުރީ ސަރުކާރުން ތިނަދޫ ސިޓީގައި އިމާރާތް ކުރި ރޯ ހައުސްތައް. މިމަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައި. | ތިނަދޫ މީޑިއާ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ތިނަދޫ ސިޓީގައި ތަރައްގީ ކުރަމުންދިޔަ 200 ރޯ ހައުސް މަޝްރޫއު މި ސަރުކާރުގައި ހުއްޓިފައިވާކަން ހާމަވެއްޖެ އެވެ. 

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ތިނަދޫ ސިޓީގެ ތަރައްގީ އެކުއެކީގައި ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވައި މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

އެސިޓީގައި ތަރައްގީ ކުރަމުންދިޔަ 200 ރޯ ހައުސްގެ މަޝްރޫއަށް އިޝަރާތް ކުރައްވައި ސަނީފް ވިދާޅުވީ ވެރިކަން ބަދަލުވެގެން ދިޔައިރު އެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރާއެކު އެ މަސައްކަތް އެކުއެކީގައި ހުއްޓިފައިވާ ކަމަށާއި، މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

ތިނަދޫގައި 200 ރޯ ހައުސް ކުރީ ސަރުކާރުގައި ބަޔަކާ ހަވާލުވި. އެއީ ސަރުކާރުން ފަންޑު ކުރާ ގޮތަށް އެ ބަޔަކަށް ފައިސާ ދެވި އެ މަސައްކަތް އެ ސަރުކާރުން ފައިސާ ދެވިފައިވާ މިންވަރާ އެއްވަރަށް ގާތްގަނޑަކަށް މުޅި މަސައްކަތުގެ 70 ޕަސެންޓްގެ މަސައްކަތް ކުރިއަށް ގެންގޮސްފައި އިމާރާތްތައް ކޮޅަށް ޖެހި، އިމާރާތްތައް ހިޔާކުރެވި ނިމިފައި ހުއްޓައި މިސަރުކާރާ ހަވާލުވެެގެން އެބޭފުޅުން ފައިސާ ޕްރޮޖެކްޓަށް ނުލިބުމުގެ ސަބަބުން އެމަސައްކަތް 200 ހައުސިން ޔުނިޓްގެ މަސައްކަތް އެއޮތީ ހުއްޓިފައި. އެހެންނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން މިއާއެކު ކޮންކަހަލަ ނިޔަތެއް އޮވެގެން ކަމެއް އަޅުގަނޑަށް ނޭނގޭ ޕްރޮކިއުމަންޓް އުސޫލާ ހިލާފަށް ރާއްޖޭގައި އިއުލާން ކުރެވުނު ބައިވަރު ޕްރޮޖެކްޓްތަކެއް ގާތްތިމާގެ މީހުންނަށާއި، ރައްޓެހިންނާއި މަޖިލިސް މެންބަރުންނާއި ބަހާލެވުނުއިރު ތިނަދޫގެ ވެސް މެންބަރަކަށް މީގެ 50 ޔުނިޓްގެ ޕްރޮޖެކްޓް ދީފައިވޭ. މީގެ ފަހަތުގައި ފޮރުވިފައި އޮތީ ކޮން މަގުސަދެއްގައި ކަމެއް އަޅުގަނޑަށް ނޭނގޭ. މިތާގެ ބިންގަލެއް އެޅި ވާހަކަ އަޅުގަނޑު އަހާފިން.    
ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސަނީފް

ތިނަދޫގެ 200 ރޯހައުސް އިމާރާތްކުރަން ފެށީ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ. ތިނަދޫގައި މި 200 ރޯހައުސް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށިފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ޔުނިޓްތަކަށް ކުރިމަތިލުމަށް 2025 ވަނަ އަހަރު ހުޅުވާލި ނަމަވެސް މި މަޝްރޫއު އެއްކޮށް ނިންމާފައިނުވެ އެވެ. އޭރު ހައުސިން މިނިސްޓްރީން ބުނީ، 1022 މީހުން އެޕްލިކޭޝަން ހުށަހަޅައިފައިވާ ކަމަށާއި، އެ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

މީގެ އިތުރުން 23 މާރޗް 2026 ގައި ތިނަދޫ ސިޓީގައި އިތުރު 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ފެށިކަން އިއުލާން ކުރި އެވެ.

450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މިމަޝްރޫއު ހަވާލުކުރި ނަމަވެސް ބިންގާ އެޅުން ފިޔަވައި އިތުރު މަސައްކަތެއް މިހާތަނަށް ކޮށްފައިނުވެ އެވެ. 

ތިނަދޫ ސިޓީއަބްދުﷲ ސަނީފްހައުސިންގް މިނިސްޓްރީރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރުރޯހައުސް މަޝްރޫޢު

ކޮމެންޓް

އިތުރަށް ކިޔާލަން

ތިނަދޫ ސިޓީގެ ތަރައްގީ އެކުއެކީގައި ހުއްޓިފައި، އެއަރޕޯޓުގެ މަޝްރޫއު ވެސް 3 ފަހަރަށް ވަނީ ބަދަލުކޮށްފައި: ކުރީގެ މެންބަރު ސަނީފް

ތިނަދޫ ސިޓީގެ ތަރައްގީ އެކުއެކީގައި ހުއްޓިފައި، އެއަރޕޯޓުގެ މަޝްރޫއު ވެސް 3 ފަހަރަށް ވަނީ ބަދަލުކޮށްފައި: ކުރީގެ މެންބަރު ސަނީފް

27 މެއި 2026
މި ސަރުކާރުގައި މުޒާހަރާ ކޮށްގެން ހައްޔަރު ކޮށްފައި ތިބި މީހުންނަކީ ސިޔާސީ ހައްޔަރީނެއް ނޫން: މުންދު

މި ސަރުކާރުގައި މުޒާހަރާ ކޮށްގެން ހައްޔަރު ކޮށްފައި ތިބި މީހުންނަކީ ސިޔާސީ ހައްޔަރީނެއް ނޫން: މުންދު

24 މެއި 2026
ބިމާއި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ޖޫން 15 ގެ ނިޔަލަށް އިތުރުކޮށްދީފި

ބިމާއި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ޖޫން 15 ގެ ނިޔަލަށް އިތުރުކޮށްދީފި

23 މެއި 2026
ސިޔާސީ ގޮތުން މީހުން ޖަލަށް ލުމަށްފަހު ވެސް އެ ވިދާޅުވަނީ ސިޔާސީ ހައްޔަރީން ނެތް ކަމަށް!

ސިޔާސީ ގޮތުން މީހުން ޖަލަށް ލުމަށްފަހު ވެސް އެ ވިދާޅުވަނީ ސިޔާސީ ހައްޔަރީން ނެތް ކަމަށް!

23 މެއި 2026
އެމްޑީޕީގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު: ރައީސް މުއިއްޒު

އެމްޑީޕީގެ ސިޔާސަތަކީ އެންމެން އަބަދު ހަމައިގެ ނުތިބެ، ބޮވެންވާނެ ސިޔާސަތު: ރައީސް މުއިއްޒު

15 މެއި 2026

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު