Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަހި ދިރިއުޅުން ކޯޕަރޭޝަން

ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތްކުރި 4،000 ފުލެޓު ލިބުނު ފަރާތްތަކަށް މާލޭގެ ރަށްވެހިކަން ހޯދުމަށް ބޭނުންވާ ލިޔެކިއުންތައް އެ ކޯޕަރޭޝަންގެ ޕޯޓަލް މެދުވެރިކޮށް މިހާރު ދޫކުރަން ވަނީ ފަށާފައި. މި ފަރާތްތަކަށް ރަށްވެހިކަން ރަޖިސްޓްރީކޮށްދިނުމަށް ހައުސިން މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާއިރު، އެފްޑީސީން ދޫކުރާ ސިޓީއާއެކު ކައުންސިލަށް ހުށަހެޅުމަށް ފަހި ޔޫނިއަނުން ވަނީ އެދިފައި. އެހެންކަމުން ފުލެޓު ލިބުނު ފަރާތްތަކަށް އިތުރު ތަކްލީފެއް ނުޖައްސައި، ވީހާވެސް އަވަހަށް ރަށްވެހިކަން ހަމަޖައްސައިދިނުމަށް އެ ޔޫނިއަނުން ވަނީ ގޮވާލާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 31 މެއި 2026 | އާދީއްތަ 06:48
ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ

ފުލެޓު ލިބިފައިވާ ފަރާތްތަކުން އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަން ރަޖިސްޓްރީކުރުމަށް ސިޓީ ހޯދުމަށް ފަހި ޔޫނިއަނުން އެދިއްޖެ | ސޯޝަލް މީޑިއާ

ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކޮށްފައިވާ 4000 ފުލެޓު ލިބިފައިވާ ފަރާތްތަކުން މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވުމަށް މާލޭ ސިޓީ ކައުންސިލަށް ހުށަހަޅަން ބޭނުންވާ ލިޔެކިއުންތައް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ހޯދުމަށްފަހު ސިޓީ ކައުންސިލަށް ހުށަހެޅުމަށް ފަހި ޔޫނިއަނުން އެދިއްޖެއެވެ.

Advertisement - newsAdvertisement

ފަހި ޔޫނިއަންއިން ނެރުނު ބަޔާނެއްގައި ބުނީ، ައުސިން މިނިސްޓްރީ އަދި އެފްޑީސީން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަކޮށްދެއްވުމުން ރަށްވެހިކަން ރަޖިސްޓްރީކޮށްދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރު މުހައްމަދު އިބްރާހިމްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުއްﷲ މުއްތަލިބު ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވާ އެއްބަސްވުމުގައި ސޭލްސް އެންޑް ޕާޗޭސްގެ ބަދަލުގައި ރެންޓް އޯން މޮޑެލް ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިދެވޭނެ ކަމަށާއި ރަޖިސްޓްރީ ހެއްދުމާ ބެހޭ އެންމެހައި ކަންކަން ކުރިއަށް ގެންގޮސްދިނުމަށް އެދި 22 އޭޕްރީލްގައި ސިޓީގެ ޒަރީޔާއިން މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

އަދި މާލޭގައި ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިދިނުމުގެ ހުއްދަ އެފްޑީސީން މާލޭ ސިޓީ ކައުންސިލަށް ދިނުމަށާއި އެކަމަށް ބޭނުންވާ ސިޓީ ފަދަ އެހެނިހެން ލިޔެކިއުންތައް ހައުސިން ޔުނިޓް ލިބިފައިވާ ފަރާތްތަކަށް ދިނުމަށް އެފްޑީސީއަށް އެ ދުވަހު ސިޓީގެ ޒަރީޔާއިން އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެފްޑީސީގެ ފުލެޓުތައް ލިބިފައިވާ ރައްޔިތުން މާލޭ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވުމަށް މާލޭ ސިޓީ ކައުންސިލަށް ހުށަހަޅަން ބޭނުންވާ ލިޔެކިއުންތައް އެކަމަށް ޚާއްސަކުރެވިފައިވާ އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް މިމަހުގެ ހަ ވަނަ ދުވަހުން ފެށިގެން ލިބޭނެގޮތް އެފްޑީސީން ހަމަޖައްސަވާފައިވާކަމަށާއި ސިޓީ ހޯދުމަށް ޕޯޓަލަށް ހުށަހަޅާ ފަރާތްތަކަށް އެފްޑީސީގެ ފަރާތުން ސިޓީ ދޫކުރަން ފަށާފައިވާކަމަށް ފަހި ޔޫނިއަނުން ހާމަކުރިއެވެ.

އެފްޑީސީން ފޮނުވާފައިވާ ސިޓީގައި މާލޭ ސިޓީ ކައުންސިލަށް އެޑްރެސްކޮށް ބުނެފައިވަނީ މި ޔުނިޓް ދީފައިވާ ފަރާތަކީ މި ކޯޕަރޭޝަންގެ ހަތަރު ހާސް ސޯޝަލް ހައުސިން ޔުނިޓްތަކުގެ ތެރެއިން ޔުނިޓް ލިބިފައިވާ ފަރާތްކަން ކަށަވަރުކޮށްދޭ ކަމަށާއި މި ޔުނިޓް ކުއްޔަށް ދިނުމާއި މިލްކުރުމުގެ އެއްބަސްވުން މި ކޯޕަރޭޝަނާއެކު ސޮއިކޮށް މިހާރު ވަނީ އެފަރާތާ ޔުނިޓް ހަވާލުކުރެވިފައި ކަމަށެވެ.

ވީމާ ޔުނިޓް ލިބިފައިވާ ފަރާތުގެ އެދުމުގެ މަތިން އެފަރާތުން ކަނޑައަޅާ ފަރާތްތައް މާލޭ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީކޮށްދިނުމާމެދު މި ކޯޕަރޭޝަންގެ އެއްވެސް އިއުތިރާޒެއް ނެތްކަން ސިޓީގައި ބަޔާންކޮށްފައިވެއެވެ.

ހަތަރު ހާސް ފުލެޓު ލިބިފައިވާ ފަރާތްތަކަކީ މާލޭ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައި ނުވާ ފަރާތްތަކަކަށްވުމުން އެފަރާތްތަކަށް ނުހަނު ގިނަ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާތީ މާލޭ ސިޓީ ކައުންސިލުން މި ފަރާތްތަކަށް އިތުރު ތަކްލީފެއް ނުޖައްސައި ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރކޮށްދެއްވުމަށް ފަހި ޔޫނިއަނުން ގޮވާލިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންމާލޭ ސިޓީ ކައުންސިލްފަހި ޔޫނިއަންޑރ. އަބްދުﷲ މުއްތަލިބުބްރާހިމް މުހައްމަދުމާލެ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލަ ބަލަނީ

މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގި މައްސަލަ ބަލަނީ

30 މެއި 2026
ރާއްޖޭގައި މިއަދު މި އޮތް ސަރުކާރު މި ދަނީ ހުންގާނު ނެތް އޮޑިއެއް ދާހެން، ރައްޔިތުން ދަނީ ނިކަމެތިވަމުން: ފަލާހު

ރާއްޖޭގައި މިއަދު މި އޮތް ސަރުކާރު މި ދަނީ ހުންގާނު ނެތް އޮޑިއެއް ދާހެން، ރައްޔިތުން ދަނީ ނިކަމެތިވަމުން: ފަލާހު

30 މެއި 2026
ހިމަބިހީގެ ވެކްސިން ކެމްޕޭނެއް ފަށަން އެޗްޕީއޭ އިން ނިންމައިފި

ހިމަބިހީގެ ވެކްސިން ކެމްޕޭނެއް ފަށަން އެޗްޕީއޭ އިން ނިންމައިފި

30 މެއި 2026
ގަމުގައި ކަރަންޓުގައި ޖެހުނު 14 އަހަރުގެ ކުއްޖާ ވެންޓިލޭޓަރުން ނަގައިފި

ގަމުގައި ކަރަންޓުގައި ޖެހުނު 14 އަހަރުގެ ކުއްޖާ ވެންޓިލޭޓަރުން ނަގައިފި

30 މެއި 2026
އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ދާއިމީ ވޯޓަރސް ލިސްޓު އާންމު ކޮށްފި

އެމްޑީޕީ ޗެއާޕަރސަން އިންތިޚާބު: ދާއިމީ ވޯޓަރސް ލިސްޓު އާންމު ކޮށްފި

29 މެއި 2026

އަހަރުތަކުން މިއަދު

30 މެއި
މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟
20251 އަހަރު ކުރިން
ރިޕޯޓު

މިނިސްޓަރު މުއްތަލިބުއެވެ. ތިޔަހާ އިމޯޝަނަލްވެ، ގިސްލާފަ ރޮމުން ވެސް ރައްޔިތުންނަށް ތިޔަ ދެއްވަނީ ދޯކާ ނޫންތޯއެވެ.!؟

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު
20242 އަހަރު ކުރިން
ރާއްޖެ

އިސްރާއީލު ޕާސްޕޯޓް މަނާ ނުކުރަނީ ލިބޭ ޑޮލަރުކޮޅު ގެއްލިދާނެތީ ބިރުން - އުމަރު ނަސީރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު
20233 އަހަރު ކުރިން
ކުޅިވަރު

ސައުތް ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް އަލީ ވަހީދު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟
20224 އަހަރު ކުރިން
ރިޕޯޓު

މުއިއްޒުވެސް "މުއިއްޒުވީ" ތަ؟

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"
20215 އަހަރު ކުރިން
ރާއްޖެ

"ރައީސް ނަޝީދު ގޮއްވާލީ ހަވާލުވެ ތިބި މީހުންގެ އިހުމާލުން, އުމުރަށް މިވާހަކަ ދައްކާނަން"

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި
20197 އަހަރު ކުރިން
ދުނިޔެ

މުސްލިމުން ނުކުމެ ލަންކާގެ މިސްކިތެއް ތަޅާލައިފި

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"
20188 އަހަރު ކުރިން
ދުނިޔެ

\"ސަލާހް އަށް އަނިޔާވީ ކޯފާ އަކުން\"

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު