Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ގޯއްޗާއި ފްލެޓު

ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ބާކީ 7 ދުވަސް

މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ އެކި ސްކީމްތަކުގެ މުއްދަތު، އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީން ވަނީ އިތުރުކޮށްފައި، މި މުއްދަތު އިތުރުކުރަން ނިންމީ އީދު ބަންދާ ގުޅިގެން ލިޔެކިޔުންތައް ހަމަކުރުމުގައި އާންމުންނަށް ދަތިތަކެއް ކުރިމަތިވަމުންދާތީ، ގިނަ ބައެއްގެ އެދުމުގެ މަތިން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 ޖޫން 2026 | ހޯމަ 08:00
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާ ކޮށްފައިވާ ޓަވަރުތަކެއް.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާ ކޮށްފައިވާ ޓަވަރުތަކެއް. | ރާއްޖެ އެމްވީ

ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު ހަމަވާން ކައިރިވެއްޖެއެވެ. 

މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން ކުރިއަށް އޮތް އަޟްޙާ އީދުގެ ބޮޑު ބަންދާ ގުޅިގެން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ރޭ 23:59 އާ ހަމައަށް މި ފުރުސަތު ވަނީ އިތުރުކޮށްދެވިފައެވެ. ކުރިން ހަމަޖައްސާފައިވާ ގޮތުން ނަމަ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް އެންމެ ފަހުން ދިން މުއްދަތު ހަމަވާނީ މި މޭ މަހުގެ ނިޔަލަށެވެ.

Advertisement - newsAdvertisement

މުއްދަތު އިތުރުކުރަން ނިންމީ ބޮޑު އީދަކީ ގިނަ ބަޔަކު އާއިލާއާ އެކު ޗުއްޓީ އަށް ރަށުން ބޭރަށް ދާ ދުވަސްވަރަކަށް ވުމާއި އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދު ކޮށްފައި ވުމާ އެކު، ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމަށް ދަތިވަމުންދާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ހުށަހަޅަމުންދާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.

މުއްދަތު އިތުރުކޮށްފައިވާ ސްކީމްތަކުގެ ތެރޭގައި ވެށިފަހި މާލެ ނުވަތަ ހިޔާ މަޝްރޫން ފުލެޓު ލިބޭނެ ކަމުގެ ލިޔުން ލިބި ފުލެޓު ހާވާލުކޮށްފައި ނުވާ ފަރާތްތަކުން ފުލެޓަށް އެދި ހުށަހަޅާ ހާއްސަ ކެޓަގަރީ ހިމެނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުލެޓަށް އެދި ހުށަހަޅާ ހާއްސަ ކެޓަގަރީ ވެސް ހިމެނެ އެވެ.

މީގެ އިތުރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ދޫކުރާ ބިން އަދި ބިންވެރިޔާ ހާއްސަ ސްކީމް ކެޓަގަރީ ތަކަށް ވެސް މުއްދަތު އިތުރުކޮށްފައިވެ އެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައި ގޯތި ލިބިފައިވާ ފަރާތްތަކަށް ވަކިން ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ އާއި ބިންވެރިޔާ ސްކީމަށް ފުލެޓެއް އޮތުމުގެ ސަބަބުން ޝަރުތު ހަމަނުވި ފަރާތްތަކުން ފުލެޓް ދޫކޮށް ގޯއްޗަށް އެދި ހުށަހެޅުމުގެ ކެޓަގަރީ ހިމެނެ އެވެ.

ގޯތިގެދޮރު ޕްރޮގުރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ވެސް މި މުއްދަތު އިތުރުކުރުމުގައި ހިމެނެ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި މިނިސްޓްރީން ހުޅުވާލާފައިވާ ހުރިހާ ސްކީމުތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ 23:59 ވަންދެން އިތުރުކޮށްފައިވާ ކަމަށެވެ.

ގޯތިގެދޮރު ޕްރޮގްރާމްހައުސިންގް މިނިސްޓްރީބިންވެރިޔާ ސްކީމްހިޔާ މަޝްރޫއުމާލެ

ކޮމެންޓް

އިތުރަށް ކިޔާލަން

އިތުރު ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިތުރު ހަތް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

06 ޖޫން 2026
އިގްތިސާދީ ގޮންޖެހުންތަކުގެ ތެރޭގައި ވެސް ސަރުކާރުން އިސްކަން ދިނީ "އީދު ޕްލޭނަށް"

އިގްތިސާދީ ގޮންޖެހުންތަކުގެ ތެރޭގައި ވެސް ސަރުކާރުން އިސްކަން ދިނީ "އީދު ޕްލޭނަށް"

05 ޖޫން 2026
ސަރުކާރު ޓެކްސީތަކުގެ ހަގީގީ ބޭނުމަކީ ކޮބާ؟

ސަރުކާރު ޓެކްސީތަކުގެ ހަގީގީ ބޭނުމަކީ ކޮބާ؟

04 ޖޫން 2026
ބަލި ހާލަތަށް ރިއާޔަތްކޮށް، ރާއްޖެއިން ލިބޭ ފަރުވާއަށް ވެސް ބޭރަށް ދާން އާސަންދަ ދޭން ނިންމައިފި

ބަލި ހާލަތަށް ރިއާޔަތްކޮށް، ރާއްޖެއިން ލިބޭ ފަރުވާއަށް ވެސް ބޭރަށް ދާން އާސަންދަ ދޭން ނިންމައިފި

02 ޖޫން 2026
14 ކޮމާންޑު ލެވެލްއެއް ހިމަނައި، ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް!

14 ކޮމާންޑު ލެވެލްއެއް ހިމަނައި، ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް!

02 ޖޫން 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު